Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެސަރުކާރުން ވިޔަފާރިތަކަށް ވަނުން

މި ސަރުކާރުން މަސައްކަތް ކުރަނީ އާއްމު ރައްޔިތުން ފަގީރު ކުރަން: މެންބަރު ޝަމްހީދު

ވިޔަފާރިތަކަށް ސަރުކާރުން ވަންނަމުންދަނީ ރައްޔިތުންނަށް ދަތި ކުރުމަށް ކަމަށް

އަމްނާ އިމާދު
އަމްނާ އިމާދު, ރާއްޖެ އެމްވީ | 7 ޖޫން 2025 | ހޮނިހިރު 06:06
ރައީސް އެންމެ ފަހުން ހއ. އަތޮޅަށް ކުރެއްވި ދަތުރުފުޅުގައި އުލިގަމުގައި - ފައިލް

ރައީސް އެންމެ ފަހުން ހއ. އަތޮޅަށް ކުރެއްވި ދަތުރުފުޅުގައި އުލިގަމުގައި - ފައިލް

މި ސަރުކާރުން މަސައްކަތް ކުރަނީ އާއްމު ރައްޔިތުން ފަގީރު ކުރުމަށް ކަމަށް ހުޅުމާލޭ ދެކުނު ދާއިރާގެ މެންބަރު ޑރ.އަހްމަދު ޝަމްހީދު ވިދާޅުވެއްޖެއެވެ.

ރާއްޖެޓީވީގެ ފަލަސުރުހީ ޕްރޮގްރާމްގައި މެންބަރު ޝަމްހީދު ވިދާޅުވީ ރާއްޖޭގެ އާއްމު ރައްޔިތުން ތިބީ ފަގީރު ކަމުގައި ކަމަށާއި، ދަތި ހާލު ޖައްސަމުންދާ ކަމަށެވެ. ވިޔަފާރިތަކަށް ސަރުކާރުން ވަންނަމުންދާކަން ފާހަގަކުރައްވައި މެންބަރު ޝަމްހީދު ވިދާޅުވީ ވިޔަފާރިތަކަށް ސަރުކާރުން ވަންނަމުންދަނީ ރައްޔިތުންނަށް ދަތި ކުރުމަށް ކަމަށެވެ. އަދި ގިނަ އާއިލާތައް ކޮންމެވެސް ވިޔަފާރިއަކާ ގުޅިފައިވާ ކަމަށާއި، ސަރުކާރުގެ ސަބަބުން ވިޔަފާރިތަކަށް އަދި އާއިލާތަކަށް ނޭދެވޭ އަސަރުކޮށްފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

Advertisement - newsAdvertisement

މީގެ އިތުރުން މެންބަރު ޝަމްހީދު ވިދާޅުވީ މިސަރުކާރާއެކު، ޕްރައިވެޓް ސެކްޓަރގެ ވިޔަފާރިތައް ބަންދު ކުރުމަށް ބަޖުބޫރުވެފައިވާ ކަމަށެވެ. އަދި ސަރުކާރުން އެ ކުންފުނިތަކަށް ދޫކުރަންޖެހޭ ފައިސާ ދޫނުކޮށް ހިފަހައްޓާފައިވާ ކަމަށް ވިދާޅުވިއެވެ. ނަމަވެސް ދައުލަތަށް ލިބޭ ހުރިހާ ރެވެނިއުއަކީ ޕްރައިވެޓް ސެކްޓަރއިން ލިބޭ ފައިސާ ކަމަށް މެންބަރު ޝަމްހީދު ވިދާޅުވިއެވެ.

ސަރުކާރުން ވިޔަފާރިވެރިންނަށް ގޮންޖައްސަވާ މިދައްކާ ވާހަކަ އަޅުގަނޑުމެން ކުޑަކުޑަކޮށް ފަހަތަށް ޖެހިލާ ބަލާލާއިރު، ހޭދަކުރާ މިހުރިހާ ފައިސާއެއް މިއީ ވިޔަފާރިވެރިން ދެއްވާ ފައިސާއެއް. މިއަހަރު ވެސް އަޅުގަނޑުމެން މިދިޔަ އަހަރު ވެސް ގާތްގަނޑަކަށް 37 ބިލިއަން ރުފިޔާ އެބޭފުޅުން އަމިއްލައަށް މަސައްކަތް ކުރައްވާ އަޅުގަނޑުމެންނާ ހަވާލުކުރި ފައިސާ އެއީ. ރައްޔިތުންނަށް ރަނގަޅު ކަންތައްތަކެއް ކުރުމަށްޓަކައި އެނގޭތޯ. މި ރިސޯޓެއްގައި ނޫނީ ގެސްޓްހައުސްއެއްގައި މާފުށީގައި ހެދީމަ ދައުލަތަކުން ނުކޮށްދޭ މާބޮޑު ކަމެއް. އެބޭފުޅުންގެ ބުރަ މަސައްކަތުން އެބޭފުޅުން އިޓަލީއަށް ތަންތަނަށް ދަތުރުކޮށް ގެސްޓުން ގެނެސްގެން އެބޭފުޅުންނަށް ލިބޭ ކޮންމެ 100 ޑޮލަރުކުން ގާތްގަނޑަކަށް 30 ކޮންމެވެސް ޑޮލަރެއް ދައުލަތަށް ދީގެން އެ އުޅެނީ. މިގޮތަށް ކުރާ ކަމެއްގައި ދިވެހިރާއްޖޭގެ ޓެކްސްގެ ނިޒާމެއްގެ ތެރެއިން ދައުލަތަށް މިލިބޭ ހުރިހާ ރެވެނިއުއަކީ އަމިއްލަ ޕްރައިވެޓް ސެކްޓަރއަށް ކުރި މަސައްކަތްތައް ރައީސް ނޫނިއްޔާ ސަރުކާރަށް ނޭނގުމަކީ ވަރަށް ދެރަ ކަމެއް.
ހުޅުމާލޭ ދެކުނު ދާއިރާގެ މެންބަރު ޑރ.އަހްމަދު ޝަމްހީދު

މެންބަރު ޝަމްހީދު ވިދާޅުވީ މިއަދުގެ ސަރުކާރުން ވިޔަފާރިތަކުގެ ތެރެއަށް ވަދެ ވިޔަފާރިތައް ހުއްޓަން ފެށުމުން، މިއަހަރު ދައުލަތަށް ޓެކްސްގެ ގޮތުގައި ލިބޭ އާމްދަނީ ދަށްވެފައިވާ ކަމަށެވެ. ޓެކްސްގެ ޕަސެންޓޭޖް ބޮޑުކުރި ނަމަވެސް މިދިޔަ އަހަރަށްވުރެ، މިއަހަރު ލިބޭ އާމްދަނީ ބޮޑުނުވާ ކަމަށް އޭނާ ވިދާޅުވިއެވެ.

އެއީ ސަރުކާރުން ވިޔަފާރިތަކަށް ވަންނާތީ ވާގޮތް ކަމަށާއި، ސަރުކާރުގެ އެއްވެސް ކުންފުންޏަކީ ފައިދާވާ ތަންތަންތޯ ނުވަތަ ގިނަ ކުންފުނިތަކުން ދައްކަންޖެހޭ ޓެކްސްތައް ދައްކާތޯ ސުވާލު އުފެދިފައިވާ ކަމަށް މެންބަރު ޝަމްހީދު ވިދާޅުވިއެވެ. އަދި ވިދާޅުވީ 2024 ވަނަ އަހަރުން ފެށިގެން މި ތަފާސްހިސާބުތައް ފެންނަން ނެތް ކަމަށެވެ.

ޑރ. އަހްމަދު ޝަމްހީދުހުޅުމާލޭ ދެކުނު ދާއިރާސަރުކާރުޕްރައިވެޓް ސެކްޓަރ

އިތުރަށް ކިޔާލަން

05 ޑިސެމްބަރު 2025

ރައީސް ވިދާޅުވީ ކުށްކުރާ މީހަކު ދޫކޮށްލުމުގެ ހައްޤެއް ނޯނާނެ ކަމަށް! އަމަލު ކުރެއްވީ ކިހިނެތްބާ؟

05 ޑިސެމްބަރު 2025
ރައީސް ވިދާޅުވީ ކުށްކުރާ މީހަކު ދޫކޮށްލުމުގެ ހައްޤެއް ނޯނާނެ ކަމަށް! އަމަލު ކުރެއްވީ ކިހިނެތްބާ؟
04 ޑިސެމްބަރު 2025

ތަސްވީރު ބަލާނީ، ތަސްވީރު ބުނާހެން! މި ތަސްވީރު ބުނަނީ ކީކޭ؟

04 ޑިސެމްބަރު 2025
ތަސްވީރު ބަލާނީ، ތަސްވީރު ބުނާހެން! މި ތަސްވީރު ބުނަނީ ކީކޭ؟
01 ޑިސެމްބަރު 2025

އައިޖީއެމްއެޗް އިން ތަކެތި ހުސްވަނީ ސަޕްލަޔަރުންނަށް ދޭންޖެހޭ ފައިސާ ނުދީ ބިލުތައް ބިލިއަނުން އަރާތީ: މެންބަރު ޝަމްހީދު

01 ޑިސެމްބަރު 2025
އައިޖީއެމްއެޗް އިން ތަކެތި ހުސްވަނީ ސަޕްލަޔަރުންނަށް ދޭންޖެހޭ ފައިސާ ނުދީ ބިލުތައް ބިލިއަނުން އަރާތީ: މެންބަރު ޝަމްހީދު
28 ނޮވެމްބަރު 2025

ފިސްކަލް ޒިންމާ ގެ ޗާޓަރ އެކުލަވާލަންވީ ވަގުތަކީ މިއީ، މިހާރު ނުވިކަމެއް ދެ އަހަރު ފަހުން ވެސް ނުވާނެ: ޑރ.ޝަމްހީދު

28 ނޮވެމްބަރު 2025
ފިސްކަލް ޒިންމާ ގެ ޗާޓަރ އެކުލަވާލަންވީ ވަގުތަކީ މިއީ، މިހާރު ނުވިކަމެއް ދެ އަހަރު ފަހުން ވެސް ނުވާނެ: ޑރ.ޝަމްހީދު
28 ނޮވެމްބަރު 2025

ރާއްޖޭގައި ދަރަނީގެ އިންޓަރެސްޓް ޕޭމަންޓު ދަނީ އިތުރުވަމުން، ސަސްޓެއިން ނުކުރެވޭނެ: މެންބަރު ޝަމްހީދު

28 ނޮވެމްބަރު 2025
ރާއްޖޭގައި ދަރަނީގެ އިންޓަރެސްޓް ޕޭމަންޓު ދަނީ އިތުރުވަމުން، ސަސްޓެއިން ނުކުރެވޭނެ: މެންބަރު ޝަމްހީދު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު