Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
އީރާންގެ ނިއުކްލިއަރ ޕްރޮގްރާމް

އެއްވެސް މިންވަރަކަށް ޔޫރޭނިއަމް މުއްސަނދި ކުރުމުގެ ފުރުސަތު އީރާނަކަށް ނުލިބޭނެ: ޓްރަމްޕް

އީރާނުން ބުނަނީ މަޤްޞަދަކީ ސުލްޙަވެރި ނިއުކްލިއަރ ޙަރަކާތްތަކުން އީރާނު މަހްރޫމް ކުރުން ކަމުގައި ވާނަމަ، ޔަޤީނުން ވެސް އެއްވެސް އެއްބަސްވުމަކަށް ވާސިލު ނުވެވޭނެއެވެ.

ރާއްޖެ އެމްވީ | 3 ޖޫން 2025 | އަންގާރަ 10:18
ނޮވެމްބަރު 10، 2019 ގައި ނަގާފައިވާ ފޮޓޯއަކުން މި ފެންނަނީ އީރާނުގެ ބުޝޭރް ނިއުކްލިއާ އިންޖީނުގޭ ގައި އީރާނުގެ ދިދަ ނަގާފައިވާ މަންޒަރެވެ

ނޮވެމްބަރު 10، 2019 ގައި ނަގާފައިވާ ފޮޓޯއަކުން މި ފެންނަނީ އީރާނުގެ ބުޝޭރް ނިއުކްލިއާ އިންޖީނުގޭ ގައި އީރާނުގެ ދިދަ ނަގާފައިވާ މަންޒަރެވެ

އެއްވެސް މިންވަރަކަށް ޔޫރޭނިއަމް މުއްސަނދި ކުރުމުގެ ފުރުސަތެއް އީރާނަށް ނުލިބޭނެ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެއެވެ.

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ ހޯމަ ދުވަހު، އީރާނާއި އެމެރިކާއާ ދެމެދު ވެވޭ އެއްވެސް ނިއުކްލިއަރ އެއްބަސްވުމެއްގެ ދަށުން އީރާނަށް ޔުރޭނިއަމް މުއްސަނދިކުރުމުގެ ހުއްދަ ދިނުމަށް ދެކޮޅު ހައްދަވާފައެވެ. މިއާއެކު، ތެހެރާނުން ވަނީ ކަރަންޓު އުފެއްދުމަށް ބޭނުންވާ ހަކަތަ ހޯދުމަށް ހިންގާ "ސުލްޙަވެރި" ނިއުކްލިއަރ މަސައްކަތް ދިފާޢުކޮށްފައެވެ.

އޭޕްރިލް މަހުން ފެށިގެން އީރާނާއި އެމެރިކާ އާ ދެމެދު ބޭއްވުނު ފަސް ބުރުގެ މަޝްވަރާތަކުގައި، ޔޫރޭނިއަމް މުއްސަނދި ކުރުމުގެ މައްސަލަ ވެފައިވަނީ ދެ ފަރާތުގެ ދެމެދުގައި އެންމެ ބޮޑަށް ޚިޔާލު ތަފާތުވެފައިވާ އަދި އެއްބަސްވުމަކަށް އައުމުގައި ހައްލު ކުރަން އެންމެ އުނދަގޫ މައްސަލައިގެ ގޮތުގައެވެ.

"ކުރިއަށް އޮތް އެއްބަސްވުމުގެ ދަށުން - ޔުރޭނިއަމް އެންރިޗްކުރުމުގެ އެއްވެސް ހުއްދައެއް އަޅުގަނޑުމެން ނުދޭނަން!" ޓްރަމްޕް އޭނާގެ ޓްރުތް ސޯޝަލް ނެޓްވަރކްގައި ވިދާޅުވިއެވެ. ޓްރަމްޕް މިހެން ވިދާޅުވީ ވޮޝިންގްޓަނުން ހުށަހަޅާފައިވާ ހުށަހެޅުމުގައި ތެހެރާނަށް ކޮންމެވެސް ވަރަކަށް ނިއުކްލިއަރ ފިއުލް އެންރިޗްކުރުމުގެ ހުއްދަ ދީފައިވާކަމަށް އެކްސިއޯސް ނިއުސް އައުޓްލެޓުން ހާމަ ކުރުމާއެކުގައެވެ.

މި ޕޯސްޓުގައި ޓްރަމްޕް ވަނީ އޭނާގެ ކުރިން ހުންނެވި ރައީސް ބައިޑްން އަށް ވެސް މި މައްސަލައިގައި ވަރަށް ބޮޑަށް ފާޑު ވިދާޅުވެފައެވެ. އޭނާ ވިދާޅުވީ އީރާނުން ކުރިއަށް ގެންދާ ޔޫރޭނިއަމް މުއްސަނދި ކުރުމުގެ މަސައްކަތް މާ ކުރިން ބައިޑްންގެ ސަރުކާރުން އޮންނަން ވާނީ ހުއްޓުވާފައި ކަމުގައެވެ.

އެކްސިއޯސްގެ ޚަބަރުގައި ބުނަނީ ވޮޝިންގްޓަނުން ހޮނިހިރު ދުވަހު ތެހެރާނަށް ފޮނުވާފައިވާ އެންމެ ފަހުގެ ހުށަހެޅުމުގައި، އީރާނުގެ ބިމުގައި މަދު މިންވަރަކަށް ވަކި މުއްދަތަކަށް ޔުރޭނިއަމް އެންރިޗްކުރުމުގެ ހުއްދަ ދީފައިވާ ކަމުގައެވެ. އެހެން ނަމަވެސް އެހީ ކިހާ މުއްދަތަކަށް ދޭ ހުއްދައެއް ކަމެއް ސާފު ނުވާ ކަމަށް ޚަބަރުގައި ބުނެފައިވެއެވެ.

އީރާނުން ވަނީ އެ ޤައުމުގެ ނިއުކްލިއަރ ޕްރޮގްރާމާ ގުޅޭގޮތުން "ފޮރުވާފައިވާ އެއްވެސް އެއްޗެއް ނެތް" ކަމަށް ބުނެފައެވެ.

ކައިރޯގައި، އދ.ގެ ނިއުކްލިއަރ ވޮޗްޑޯގުގެ އިސްވެރިޔާ ރަފައެލް ގްރޮސީއާ ބައްދަލު ކުރެއްވުމަށް ފަހު، އީރާނުގެ ޚާރިޖީ ވަޒީރު އައްބާސް އަރަގްޗީ ވިދާޅުވެފައިވަނީ: "މަޤްޞަދަކީ ސުލްޙަވެރި ނިއުކްލިއަރ ޙަރަކާތްތަކުން އީރާނު މަޙްރޫމް ކުރުން ކަމުގައި ވާނަމަ، ޔަޤީނުން ވެސް އެއްވެސް އެއްބަސްވުމަކަށް ވާސިލު ނުވެވޭނެއެވެ."

އިންޓަނޭޝަނަލް އެޓޮމިކް އެނަރޖީ އޭޖެންސީ (އައިއޭއީއޭ) ގެ ގްރޮސީ ވަނީ ހޯމަ ދުވަހު، ލީކުވެފައިވާ ރިޕޯޓެއްގައި ތެހެރާނުން ޔުރޭނިއަމް އެންރިޗްކުރުން އިތުރުކޮށްފައިވާކަން ހާމަވާ ކަމަށް ވިދާޅުވެ، އީރާނުން ހާމަކަން ބޮޑު ގޮތެއްގައި ކަންކަން ކުރުމަށް ގޮވާލައްވާފައެވެ.

ލީކުވެފައިވާ އައިއޭއީއޭގެ ރިޕޯޓުން ދައްކާގޮތުގައި އީރާނުން ވަނީ 60 އިންސައްތަ އާ ހަމައަށް އެންރިޗްކޮށްފައިވާ ޔުރޭނިއަމް އުފެއްދުން އިތުރު ކޮށްފައެވެ. މިއީ ނިއުކްލިއަރ ހަތިޔާރު އުފެއްދުމަށް ބޭނުންވާ 90 ޕަސެންޓްގެ ފެންވަރާ ކައިރި މިންވަރެކެވެ.

ގްރޮސީ އިތުރަށް ވިދާޅުވެފައިވަނީ އައިއޭއީއޭ ގެ ރިޕޯޓުގައިވާ ބައެއް ހޯދުންތަކަށް ބައެއް ފަރާތްތަކުން ހިތްހަމަ ނުޖެހިދާނެ ކަމަށާއި އެހެން ނަމަވެސް އައިއޭއީއޭ ފާޑުކިޔުމަށް އާދަވެފައިވާ ކަމަށެވެ.

އީރާނުން ވަނީ މި ރިޕޯޓު ބަލައިނުގަންނާނެ ކަމަށް ބުނެފައެވެ. އަދި އީރާނަށް ކުރިން ވެސް ދަތި ކުރުމުގެ ފިޔަވަޅު އަޅާނެ ކަމަށް ބުނެ ބިރު ދައްކާފައިވާ ހުޅަނގުގެ ގައުމުތަކުން މި ރިޕޯޓުގެ ބޭނުން ނަހަމަ ގޮތުގައި ހިފަން އުޅެފި ނަމަ ބަދަލު ހިފާނެކަމުގެ އިންޒާރު އީރާނުން ވަނީ ދީފައެވެ.

"ބައެއް ޤައުމުތަކުން މި އޭޖެންސީ ބޭނުން ކޮށްގެން އީރާނާ ދެކޮޅަށް ކަންކަން އިތުރަށް ގޯސްކުރުމަށް މަގުފަހިކުރަން މަސައްކަތް ކުރަމުންދެއެވެ. އަޅުގަނޑު އުންމީދު ކުރަނީ މި އޭޖެންސީ މި ދަލުގައި ނުޖެހޭނެ ކަމަށެވެ،" އައިއޭއީއޭއާ ބެހޭގޮތުން އަރަގްޗީ ވިދާޅުވިއެވެ.

މިއާއެކު، އީރާނުން ވަނީ ޓްރަމްޕްގެ އިދާރާއާއެކު ނިއުކްލިއަރ އެއްބަސްވުމަކަށް ވާސިލްވުމުގެ ޝަރުޠެއްގެ ގޮތުގައި، އެ ޤައުމުގެ އިޤްތިޞާދު ހަލާކުކޮށްފައިވާ ދަތި ކުރުމުގެ ފިޔަވަޅުތައް އުވާލުމަށް އެމެރިކާގެ ކިބައިން އެދިފައެވެ.

އޮމާން މެދުވެރިވެގެން ބޭއްވުނު ފަސް ބުރުގެ މަޝްވަރާ ތަކަށްފަހު، އަރަގްޗީ ހޮނިހިރު ދުވަހު ވިދާޅުވެފައިވަނީ އޭނާ އަށް ނިއުކްލިއަރ އެއްބަސްވުމަކަށް އެމެރިކާއިން ހުށަހަޅާފައިވާ ހުށަހެޅުމުގެ "ބައިތަކެއް" ލިބިފައިވާ ކަމަށެވެ.

އަރަގްޗީ އަދި ގްރޮސީ ވަނީ މިޞްރުގެ ރައީސް އަބްދުލް ފައްތާޙް އައް-ސީސީއާ ބައްދަލު ކުރައްވާފައެވެ. ސީސީ ވަނީ އެމެރިކާ-އީރާން މަޝްވަރާތަކަށް ތަޢުރީފުކުރައްވައި، "މުޅި ސަރަޙައްދު ހަނގުރާމަ އަކަށް ވެއްޓުނަ ނުދީ މަސްރަހް ފިނި ކުރުމަށް ގޮވާލައްވާފައެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

އީމެއިލް ހެކު ކުރުމުގެ މައްސަލަ ޓްރަމްޕް ޗައިނާގެ ބޮލަށް ކަނޑާލައްވައިފި!

އީމެއިލް ހެކު ކުރުމުގެ މައްސަލަ ޓްރަމްޕް ޗައިނާގެ ބޮލަށް ކަނޑާލައްވައިފި!

01 މެއި 2017
އެމެރިކާ އިން އެޅި ދަތިކުރުމުގެ ފިޔަވަޅުގެ ގެއްލުން ވާނީ އާންމު ރައްޔިތުންނަށް: ސީރިޔާ

އެމެރިކާ އިން އެޅި ދަތިކުރުމުގެ ފިޔަވަޅުގެ ގެއްލުން ވާނީ އާންމު ރައްޔިތުންނަށް: ސީރިޔާ

26 އެޕްރީލު 2017
ސީރިޔާގައި ދިން ކެމިކަލް ހަމަލާއާއި ގުޅިގެން ސީރިޔާ ސަރުކާރުގެ އެޖެންސީއަކަށް ދަތިކުރުމުގެ ފިޔަވަޅު އަޅައިފި

ސީރިޔާގައި ދިން ކެމިކަލް ހަމަލާއާއި ގުޅިގެން ސީރިޔާ ސަރުކާރުގެ އެޖެންސީއަކަށް ދަތިކުރުމުގެ ފިޔަވަޅު އަޅައިފި

25 އެޕްރީލު 2017
އެެމެރިކާގެ ޑިފެންސް ސެކްރެޓަރީ ގަތަރަށް "ގުޅުން ރަނގަޅު ކުރުމުގެ" ބޭނުމުގައި ޒިޔާރަތެއް ކުރައްވައިފި

އެެމެރިކާގެ ޑިފެންސް ސެކްރެޓަރީ ގަތަރަށް "ގުޅުން ރަނގަޅު ކުރުމުގެ" ބޭނުމުގައި ޒިޔާރަތެއް ކުރައްވައިފި

24 އެޕްރީލު 2017
ޓްރަމްޕް ހުވާކުރުމުގެ ރަސްމިއްޔާތައް ވެނެޒުއޭލާއިން ފަސް ލައްކަ ޑޮލަރު ދިން

ޓްރަމްޕް ހުވާކުރުމުގެ ރަސްމިއްޔާތައް ވެނެޒުއޭލާއިން ފަސް ލައްކަ ޑޮލަރު ދިން

20 އެޕްރީލު 2017

އަހަރުތަކުން މިއަދު

16 މެއި
އައިޖީއެމްއެޗުން އުކުޅުވަޅުގެ އޮޕަރޭޝަނެއް ކުރި މީހެއްގެ ލޮލުގެ ފެނުން ގެއްލި، ނުކުޅެދުންތެރި މީހަކަށް ބަދަލުވި މައްސަލައެއް
20251 އަހަރު ކުރިން
ރާއްޖެ

އައިޖީއެމްއެޗުން އުކުޅުވަޅުގެ އޮޕަރޭޝަނެއް ކުރި މީހެއްގެ ލޮލުގެ ފެނުން ގެއްލި، ނުކުޅެދުންތެރި މީހަކަށް ބަދަލުވި މައްސަލައެއް

އިންތިހާ ތައްޔާރީ ކާބޯތަކެތިން ހަށިގަނޑަށް ވަނީ ގެއްލުންތަ؟ ނޫނީ ފައިދާތަ؟
20242 އަހަރު ކުރިން
ތަފާތު ޚަބަރު

އިންތިހާ ތައްޔާރީ ކާބޯތަކެތިން ހަށިގަނޑަށް ވަނީ ގެއްލުންތަ؟ ނޫނީ ފައިދާތަ؟

12 މެމްބަރުންނާއި އިތުރު ބައެއް ފަރާތްތައް އެމްޑީޕީ އިން ވަކިވެއްޖެ
20233 އަހަރު ކުރިން
ރާއްޖެ

12 މެމްބަރުންނާއި އިތުރު ބައެއް ފަރާތްތައް އެމްޑީޕީ އިން ވަކިވެއްޖެ

އަނެއްކާވެސް ބައްޔަކާމެދު ކަންބޮޑުވުން ފެތުރެން ފަށައިފި
20224 އަހަރު ކުރިން
ރިޕޯޓު

އަނެއްކާވެސް ބައްޔަކާމެދު ކަންބޮޑުވުން ފެތުރެން ފަށައިފި

ބިލް ގޭޓްސްގެ ގިރިޓީކަން ކެނޑި "ކޫޑިކަން" ފާޅުވާން ފަށައިފި
20215 އަހަރު ކުރިން
ތަފާތު ޚަބަރު

ބިލް ގޭޓްސްގެ ގިރިޓީކަން ކެނޑި "ކޫޑިކަން" ފާޅުވާން ފަށައިފި

އަބްދުރަހީމް ފައުންޑޭޝަން ހިމެނޭ ގޮތަށް ވެމްކޯއިން ގިނަ އަދަދެއްގެ ފައިސާ ކުންފުނިތަކަށް ދޫކޮށްފައިވޭ: އާދަމް މުހައްމަދު
20197 އަހަރު ކުރިން
ރާއްޖެ

އަބްދުރަހީމް ފައުންޑޭޝަން ހިމެނޭ ގޮތަށް ވެމްކޯއިން ގިނަ އަދަދެއްގެ ފައިސާ ކުންފުނިތަކަށް ދޫކޮށްފައިވޭ: އާދަމް މުހައްމަދު

ސެއްޅި ބޭސް
20188 އަހަރު ކުރިން
ވާހަކަަ

ސެއްޅި ބޭސް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު