Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެހައްޖު

ހުއްދަ ނެތި ހައްޖު ވާން އުޅުނު ދެ ލައްކަ އަށް ވުރެ ގިނަ މީހުން މައްކާ އިން ބޭރު ކޮށްފި

ޕަބްލިކް ސެކިއުރިޓީގެ އޮފިޝަލުން ވަނީ ޤާނޫނާ ޚިލާފަށް ޙައްޖުވެރިން އުފުލަން މަސައްކަތްކުރި 1,239 މީހުން ހައްޔަރުކޮށް، ޙައްޖުގެ ޤަވާޢިދުތަކާ ޚިލާފުވި 75,000 އަށް ވުރެ ގިނަ މީހުންނަށް އަދަބު ދީފައެވެ. އަދި ސެކިއުރިޓީ ޓީމުތަކުން ވަނީ 415 އަށްވުރެ ގިނަ ފޭކު ޙައްޖު އޮފީސް ހޯދާފައެވެ.

ރާއްޖެ އެމްވީ | 2 ޖޫން 2025 | ހޯމަ 15:52
ޙައްޖުވެރިއަކު މާތް ވެގެންވާ ކައުބަތުﷲ ގެފުޅަށް ކުރިމަތިލައިގެން ހުރެ ދުއާ ކުރަނީ - 2 ޖޫން 2025

ޙައްޖުވެރިއަކު މާތް ވެގެންވާ ކައުބަތުﷲ ގެފުޅަށް ކުރިމަތިލައިގެން ހުރެ ދުއާ ކުރަނީ - 2 ޖޫން 2025

ހުއްދަ ނެތި ހައްޖުވާން މަސައްކަތް ކުރި 205,000 އަށް ވުރެ ގިނަ މީހުން މައްކާ އިން ބޭރުކޮށްފި ކަމަށް ސަޢޫދީ ޢަރަބިއްޔާގެ ޕަބްލިކް ސެކިއުރިޓީގެ ޑިރެކްޓަރ އަދި ޙައްޖު ސެކިއުރިޓީ ކޮމިޓީގެ ޗެއަރމަން ލެފްޓިނަންޓް ޖެނެރަލް މުޙައްމަދު އަލް-ބައްސާމީ ހާމަ ކުރައްވައިފިއެވެ.

އާދީއްތަ ދުވަހު މައްކާގައި ބޭއްވުނު ޙައްޖު ސެކިއުރިޓީ ކޮމާންޑަރުންގެ ޖޮއިންޓް ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން އޭނާ ވިދާޅުވީ، ސަލާމަތީ ބާރުތަކުން ވަނީ ޙައްޖު ހުއްދަ ނެތް 269,000 އަށް ވުރެ ގިނަ މީހުން މައްކާ އަށް ވަނުން ހުއްޓުވާފައެވެ.

"ޕަބްލިކް ސެކިއުރިޓީގެ އޮފިޝަލުން ވަނީ ޤާނޫނާ ޚިލާފަށް ޙައްޖުވެރިން އުފުލަން މަސައްކަތްކުރި 1,239 މީހުން ހައްޔަރުކޮށް، ޙައްޖުގެ ޤަވާޢިދުތަކާ ޚިލާފުވި 75,000 އަށް ވުރެ ގިނަ މީހުންނަށް އަދަބު ދީފައެވެ. އަދި ސެކިއުރިޓީ ޓީމުތަކުން ވަނީ 415 އަށްވުރެ ގިނަ ފޭކު ޙައްޖު އޮފީސް ހޯދާފައެވެ،" އޭނާ ވިދާޅުވިއެވެ.

ނޫސްވެރިންގެ ބައްދަލުވުމުގައި، ޙައްޖު ސެކިއުރިޓީ ކޮމާންޑަރުން ވަނީ މިއަހަރުގެ ޙައްޖު މޫސުމަށް ރޭވިފައިވާ ސެކިއުރިޓީ އިންތިޒާމުތަކުގެ ޕްލޭންތައް ނޫސްވެރިންނަށް ވަނީ ހިއްސާ ކޮށްފައެވެ.

އަލް-ބައްސާމީ ވިދާޅުވީ ސަޢޫދީ ޕަބްލިކް ސެކިއުރިޓީ ވަނީ ޙައްޖުގެ ޤަވާޢިދުތަކާ ޚިލާފުވާ ފަރާތްތަކާ ދެކޮޅަށް ފިޔަވަޅު އެޅުން ހަރުދަނާ ކުރުމަށް އާޓިފިޝަލް އިންޓެލިޖެންސް ބޭނުން ކުރަން ފަށާފައެވެ.

އޭނާ ވަނީ ޙައްޖުގެ ޤަވާޢިދުތަކާ ޚިލާފުވާ ކޮންމެ މީހަކަށް ސެކިއުރިޓީ މުވައްޒަފުން ފާރަލާނެކަމަށް ވިދާޅުވެފައެވެ.

އަލް-ބައްސާމީ ވިދާޅުވީ ޕަބްލިކް ސެކިއުރިޓީ އޮފިޝަލުން ވަނީ ހުއްދަނެތް ޙައްޖުވެރިން އުފުލުމުގެ ސަބަބުން މައްކާ އަށް ވަންނަ އެންޓްރީ ޕޮއިންޓް ތަކުން 110,000 އުޅަނދު އަނބުރާ ފޮނުވާލާފައެވެ. އަދި ހުއްދަނެތް ޙައްޖުވެރިން އުފުލަން ރޭވި 5,000 އަށްވުރެ ގިނަ އުޅަނދު ހިފަހައްޓާފައެވެ.

ސަޢޫދީ ޕަބްލިކް ސެކިއުރިޓީން ވަނީ ޤަވާޢިދާ ޚިލާފުވާ ފަރާތްތައް ހައްޔަރުކުރުމަށް މައްކާ އަށް ވަންނަ ތަންތަނުގައި ދާއިމީ ސެކިއުރިޓީ ޗެކްޕޮއިންޓްތައް ޤާއިމު ކޮށްފައެވެ.

ޕާސްޕޯޓުގެ ޑިރެކްޓަރ ޖެނެރަލް މޭޖަރ ޖެނެރަލް ސާލިޙް އަލް-މުރައްބާ ހާމަ ކުރެއްވި ގޮތުގައި ބޭރު ޤައުމުތަކުން އައިސްފައިވާ ޙައްޖުވެރިންގެ އަދަދު ވަނީ 1.47 މިލިއަނަށް ވުރެ އިތުރުވެފައެވެ.

މައްކާ ރޫޓު އިނީޝިއޭޓިވްގެ ފައިދާ ލިބޭ ޤައުމުތަކުގެ އަދަދު ވަނީ 12 އެމްބާކޭޝަން ޕޮއިންޓްތަކާއެކު 8 ޤައުމަށް އިތުރުވެފައެވެ.

އިތުރަށް ކިޔާލަން

02 އެޕްރީލު 2017

ހިމާޔަތް ހޯދުމަށް އިނގިރޭސިވިލާތުގައި އުޅުނު ކުއްޖަކަށް ހަމަލާދީފި

02 އެޕްރީލު 2017
ހިމާޔަތް ހޯދުމަށް އިނގިރޭސިވިލާތުގައި އުޅުނު ކުއްޖަކަށް ހަމަލާދީފި
31 މާރިޗު 2017

ސްކޮޓްލެންޑްގެ މިނިވަންކަމުގެ ވޯޓު ނެގުމުގެ ހުއްދައަށް އިނގިރޭސި ސަރުކާރުގެ ކިބައިން ރަސްމީކޮށް އެދެފި

31 މާރިޗު 2017
ސްކޮޓްލެންޑްގެ މިނިވަންކަމުގެ ވޯޓު ނެގުމުގެ ހުއްދައަށް އިނގިރޭސި ސަރުކާރުގެ ކިބައިން ރަސްމީކޮށް އެދެފި
22 މާރިޗު 2017

އުތުރު ކޮރެއާއިން ލޯންޗް ކުރަން އުޅުނު މިސައިލެއް ފެއިލްވެއްޖެ: ދެކުނު ކޮރެއާ

22 މާރިޗު 2017
އުތުރު ކޮރެއާއިން ލޯންޗް ކުރަން އުޅުނު މިސައިލެއް ފެއިލްވެއްޖެ: ދެކުނު ކޮރެއާ
11 މާރިޗު 2017

މޫސަލްގައި ހަނގުރާމަވެރިންގެ ހަމަލާތައް ބަލިކަށިވާން ފަށައިފި: އިރާގު ކޮމާންޑަރުން

11 މާރިޗު 2017
މޫސަލްގައި ހަނގުރާމަވެރިންގެ ހަމަލާތައް ބަލިކަށިވާން ފަށައިފި: އިރާގު ކޮމާންޑަރުން
07 މާރިޗު 2017

ސައުދީ ރަސްގެފާނަށް ހަމަލާދޭން އުޅުނު ބަޔަކު ހައްޔަރުކޮށްފި

07 މާރިޗު 2017
ސައުދީ ރަސްގެފާނަށް ހަމަލާދޭން އުޅުނު ބަޔަކު ހައްޔަރުކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު