Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެރަޝިޔާ-ޔޫކްރެއިން ހަނގުރާމަ

ޔޫކްރެއިން އަދި ރަޝިޔާގެ ވަފުދުތައް އަލުން ސުލްހަ މަޝްވަރާތަކަށް ތުރުކީގައި

ސުލްހައިގެ ވާހަކަތަކުގެ ފުރަތަމަ ބުރު މިދިޔަ މަހު އިސްތަންބޫލުގައި ބޭއްވުނު އިރު ދެފަރާތުގެ ދެމެދުގައި ހަނގުރާމައިގެ ކުށްވެރިން ބަދަލު ކުރުމަށް ނޫން އިތުރު ކަމަކާ އެއްބަސްވެފައެއް ނުވޭ

ރާއްޖެ އެމްވީ | 2 ޖޫން 2025 | ހޯމަ 12:26
ޔޫކްރެއިންގެ ސިފައިންގެ ޑްރޯން ޔުނިޓެއް ހަނގުރާމަައިގެ މައިދާނުގައި ހަރަކާތްތެރިވަނީ

ޔޫކްރެއިންގެ ސިފައިންގެ ޑްރޯން ޔުނިޓެއް ހަނގުރާމަައިގެ މައިދާނުގައި ހަރަކާތްތެރިވަނީ

ދެ ހަފުތާއަށް ވުރެ ކުޑަ މުއްދަތެއްގެ ތެރޭގައި ދެވަނަ ފަހަރަށް ސުލްހަ މަޝްވަރާތަކަށް ރަޝިޔާ އަދި ޔޫކްރެއިންގެ ވަފުދުތައް ހޯމަ ދުވަހު ތުރުކީގައި އެއްވެއްޖެއެވެ.

އެހެން ނަމަވެސް މި ވާހަކަ ތަކުން ތިން އަހަރު ދުވަހުގެ ހަނގުރާމަ ނިންމުމަށް އެއްވެސް މުހިންމު ކުރިއެރުމެއް ލިބޭނެކަމުގެ އުންމީދު ކުޑަ ކަމަށް ރިޕޯޓުތައް ބުނެއެވެ.

މަޝްވަރާތަކަށް އައި އިރު ދެފަރާތުންވެސް ހަމަލާތައް ވަރުގަދަ ކޮށްފައިވާކަން ފާހަގަ ކުރެވެއެވެ.

ގޮވުންތަކެއްގެ ސަބަބުން އާދިއްތަ ދުވަހު ރަޝިޔާގެ ދެ ބްރިޖެއް ވެއްޓިފައި ވާއިރު، ރަޝިޔާގެ ހަމަލާއެއްގައި ޔޫކްރެއިންގެ އަސްކަރީ ބޭސް އަކުން 12 ސިފައިން މަރުވެފައިވާކަމަށް ރިޕޯޓު ކުރެވިފައިވެއެވެ.

ޔޫކްރެއިންގެ ފޮރިން މިނިސްޓްރީގެ ތަރުޖަމާނު ވިދާޅުވެފައިވަނީ ދިފާއު ވަޒީރު ރުސްޓަމް އުމެރޯވް އިސްވެ ހުންނަވާ ޔޫކްރެއިންގެ ވަފުދު އިސްތަންބޫލްގައި ބައްދަލުވުމަށް ހާޒިރުވެފައިވާ ކަމަށެވެ.

ރަޝިޔާގެ ސަރުކާރުގެ މީޑިއާތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި ރަޝިޔާގެ ވެރިޔާ ވްލަޑިމިއަރ ޕުޓިންގެ މުޝީރެއް ކަމަށްވާ ވްލަޑިމިއަރ މެޑިންސްކީގެ އިސްވެ ހުންނަވާ ރަޝިޔާގެ ވަފުދު އާދީއްތަ ދުވަހުގެ ރޭ ވަނީ އިސްތަންބޫލަށް އައިސްފައެވެ.

ތުރުކީގެ އޮފިޝަލުން ބުނެފައިވަނީ ބައްދަލުވުން ފެށޭނީ މެންދުރުފަހު ކަމަށާއި، ތުރުކީގެ ފޮރިން މިނިސްޓަރު ހަކަން ފިދާން މި މަޝްވަރާތަކުގެ ރިޔާސަތު ބަލަހައްޓަވާނެ ކަމަށެވެ. އަދި ތުރުކީގެ އިންޓެލިޖެންސް އޭޖެންސީގެ އޮފިޝަލުންވެސް މި ބައްދަލުވުމުގައި ބައިވެރިވާ ގޮތައް ވަނީ ހަމަޖެހިފައެވެ.

ދެ ޤައުމުގެ އިސް އޮފިޝަލުން މި ފަހުން ދެއްވި ބަޔާންތަކުން ދައްކައިދެނީ ހަނގުރާމަ ނިމުމަކަށް ގެނައުމަށް ދެ ފަރާތުން ޝަރުތު ކުރާ ކަންކަމުގައި ބޮޑެތި ތަފާތު ތައް ހުރި ކަމަށެވެ.

ވާހަކަ ތައް ބޭއްވޭ އިރުވެސް ދެ ފަރާތުގެ ދެމެދުގައި ގަދަޔަށް ހަނގުރާމަ ކުރިއަށްދާއިރު، ދެ ފަރާތުންވެސް އަނެއް ފަރާތުގެ ސަރަހައްދުތަކަށް ބޮޑެތި ހަމަލާތައް ދަނީ ދެމުންދެއެވެ.

ރަޝިޔާގެ ފަސް ސަރަޙައްދެއްގައި ހުރި އެއަރބޭސްތަކަށް ބޮޑު ސްކޭލެއްގައި ޔޫކްރެއިން އިން ދިން ޑްރޯން ހަމަލާއެއްގައި މަދުވެގެން 13 ހަނގުރާމަމަތީ މަތިންދާބޯޓު ހަލާކުކޮށްލެވުނު ކަމަށް ޔުކްރެއިނުން ބުނެފައިވެއެވެ.

ޔުކްރެއިނުގެ ރައީސް ވޮލޮޑިމިރް ޒެލެންސްކީ ވަނީ މި ހަމަލާ އަށް ވަރަށް ބޮޑަށް ތައުރީފު ކުރައްވާފައެވެ. މި އޮޕަރޭޝަންގެ ރާވަން ފަށާފައި ވަނީ އަހަރާއި ހަ މަސް ދުވަސް ކުރިން ކަމަށް އޭނާ ވިދާޅުވިއެވެ.

"ޔޫކްރެއިން ދިފާޢުވަމުން ދިއުމުގެ އިތުރުން މި ހަނގުރާމަ ނިންމަން ޖެހޭކަން ރަޝިޔާ އަށް އިޙްސާސް ކުރެވޭނެ ހުރިހާ ކަމެއް ކުރަމުންދާ ކަމަށް" ޒެލެންސްކީ ވިދާޅުވިއެވެ.

އަނެއްކޮޅުން ރަޝިޔާ އިން ޔޫކްރެއިންގެ 162 ޑްރޯން ވައްޓާލި ކަމަށް ހޯމަ ދުވަހު ރަޝިޔާ ގެ ޑިފެންސް މިނިސްޓްރީން ބުނެފައިވެއެވެ.

ހޯމަ ދުވަހު ހެނދުނު ޔޫކްރެއިންގެ އުތުރު-އިރުމަތީގައިވާ ޚާކިވް ސިޓީގެ އާއްމުން ދިރިއުޅޭ ސަރަހައްދަކަށް ދެ ބެލިސްޓިކް މިސައިލް އެރި ކަމަށް އެ ސިޓީގެ މޭޔަރު ވިދާޅުވިއެވެ. އޭގެ ތެރެއިން އެއް މިސައިލް އަރާފައިވަނީ ސްކޫލަކާ ކައިރި ސަރައްދަކަށް ކަމަށް ހާކިވް ގެ މޭޔަރު ނެރުއްވި ބަޔާނެއްގައި ވެއެވެ.

ސުލްހައިގެ ވާހަކަތަކުގެ ފުރަތަމަ ބުރު މިދިޔަ މަހު އިސްތަންބޫލުގައި ބޭއްވުނު އިރު ދެފަރާތުގެ ދެމެދުގައި ހަނގުރާމައިގެ ކުށްވެރިން ބަދަލު ކުރުމަށް ނޫން އިތުރު ކަމަކާ އެއްބަސްވެފައެއް ނުވެއެވެ.

އިތުރަށް ކިޔާލަން

18 ފެބުރުއަރީ 2017

އިޒްރޭލަކީ މުޅި ދުނިޔެ އާއި ސަރަހައްދުގެ ސުލްހަޔަށް އޮތް އެންމެ ބޮޑު ނުރައްކާ: އިރާން

18 ފެބުރުއަރީ 2017
އިޒްރޭލަކީ މުޅި ދުނިޔެ އާއި ސަރަހައްދުގެ ސުލްހަޔަށް އޮތް އެންމެ ބޮޑު ނުރައްކާ: އިރާން
15 ފެބުރުއަރީ 2017

ގެމްބިއާ ވަރަށް އަވަހަަށް އަލުން ކޮމަންވެލްތާ ގުޅޭނެ: އިނގިރޭސި ޚާރިޖީ ވަޒީރު

15 ފެބުރުއަރީ 2017
 ގެމްބިއާ ވަރަށް އަވަހަަށް އަލުން ކޮމަންވެލްތާ ގުޅޭނެ: އިނގިރޭސި ޚާރިޖީ ވަޒީރު
06 ފެބުރުއަރީ 2017

ފަސް އަހަރުގެ ތުއްތު ކުއްޖަކު މަންމައާ އަލުން ގުޅުމުގެ ސަބަބުން ޕާކިސްތާނުގެ ޝުކުރު އިންޑިއާ އަށް

06 ފެބުރުއަރީ 2017
ފަސް އަހަރުގެ ތުއްތު ކުއްޖަކު މަންމައާ އަލުން ގުޅުމުގެ ސަބަބުން ޕާކިސްތާނުގެ ޝުކުރު އިންޑިއާ އަށް
26 ޖެނުއަރީ 2017

އަސްތާނާގައި ބޭއްވި ސީރިޔާގެ ސުލްހައިގެ މަޝްވަރާތަކަކީ ޖެނިވާގައި ބާއްވާ މަަޝްވަރާތަކުގައި ބޭނުން ކުރެވިދާނެ އަސާސެއް: ރައީސް ޕުޓިން

26 ޖެނުއަރީ 2017
އަސްތާނާގައި ބޭއްވި ސީރިޔާގެ ސުލްހައިގެ މަޝްވަރާތަކަކީ ޖެނިވާގައި ބާއްވާ މަަޝްވަރާތަކުގައި ބޭނުން ކުރެވިދާނެ އަސާސެއް: ރައީސް ޕުޓިން
25 ޖެނުއަރީ 2017

ސީރިޔާގެ ސުލްހައިގެ މަޝްވަރާތައް ފެށިއްޖެ

25 ޖެނުއަރީ 2017
ސީރިޔާގެ ސުލްހައިގެ މަޝްވަރާތައް ފެށިއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު