Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ސްޕެނިޝް ލަލީގާ

ސްޕެނިޝް ލަލީގާ: މެސީގެ ލަނޑުތަކުން ބާސާ މޮޅުވިއިރު، އެޓްލެޓިކޯއަށް ތަފާތުބޮޑު މޮޅެއް

ބާސާ މޮޅުވީ ޑިޕޯޓިވޯ އަލަވޭސްއާ ވާދަކޮށް 0-2 ގެ ނަތީޖާއަކުން

ލީވާން އަލީ
ލީވާން އަލީ, ރާއްޖެ އެމްވީ | 27 އޯގަސްޓު 2017 | އާދީއްތަ 06:55
ބާސާ އަދި ލަސްޕާމަސް ބައްދަލުކުރި މެޗުގެ ތެރެއިން

ބާސާ އަދި ލަސްޕާމަސް ބައްދަލުކުރި މެޗުގެ ތެރެއިން

ސްޕެނިޝް ލަލީގާގައި ލިއޮނެލް މެސީގެ ލަނޑުތަކުން ބާސެލޯނާ މޮޅުވިއިރު، ތަފާތުބޮޑު ނަތީޖާއަކުން އެޓްލެޓިކޯ މޮޅުވެއްޖެއެވެ.

ހޮނިހިރު ދުވަހުގެރޭ ކުޅުނު މެޗުން ބާސާ މޮޅުވީ ޑިޕޯޓިވޯ އަލަވޭސްއާ ވާދަކޮށް 0-2 ގެ ނަތީޖާއަކުންނެވެ.

އަލަވޭސް ދަނޑުގައި ކުޅުނު މި މެޗު ފެށިގެން ރަނގަޅަށް ކުޅުނީ އަލަވޭސް އިންނެވެ. އެގޮތުން އެޓީމުން ވަނީ ބާސާގެ ހާފަށް ބާރުބޮޑުކޮށް ލަނޑު ޖެހުމަށް ފުރުސަތަކެއް ތަނަވަސްކޮށްފައެވެ.

މެޗުގެ 37 ވަނަ މިނެޓުގައި ބާސާ އަށް ވަނީ ޕެނަލްޓީއެއް ލިބިފައެވެ. އެހެންނަމަވެސް ލިއޮނެލް މެސީ ފޮނުވާލި ޕެނަލްޓީ އަލަވޭސްގެ ކީޕަރު ޕޮޗިއޯ ވަނީ ހުށިޔާރުކަމާއެކީ ދިފާއުކޮށްފައެވެ.

ފުރަތަމަ ހާފް ނިމުނީ 0-0 ގެ ނަތީޖާއިން ދެޓީމު އެއްވަރުވެގެންނެވެ.

އެހެންނަމަވެސް ދެވަނަ ހާފް ފެށިގެން ބާސާއިން ވަނީ އެޓީމުގެ ކުޅުން ރަނގަޅުކޮށްފައެވެ. އެގޮތުން އެޓީމުން ވަނީ ލަނޑު ޖެހުމަށް ރަނގަޅު ފުރުސަތުތައް ދެވަނަ ހާފްގައި ހޯދާފައެވެ.

ބާސާ އިން މެޗުގެ ލީޑު ނެގީ 55 ވަނަ މިނެޓުގައެވެ. މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ޖޯޑީ އަލްބާގެ އެހީތެރިކަމާއެކު މެސީއެވެ. މި ލަނޑަށްފަހުވެސް ބާސާއިން ދިޔައީ އަލަވޭސްގެ ހާފަށް ބާރުބޮޑުކުރަމުންނެވެ.

އެގޮތުން 66 ވަނަ މިނެޓުގައި މެސީ ވަނީ އިތުރު ލަނޑެއް ކާމިޔާބުކޮށް ބާސާއަށް ލީޑު ފުޅާކޮށްދީފައެވެ. މެޗުގެ 74 ވަނަ މިނެޓުގައި މެސީއަށް ވަނީ ހެޓްރިކް ފުރިހަމަކުރުމަށްވެސް ފުރުސަތެއް ލިބި ބޭކާރުވެފައެވެ. އޭނާ ކުރިޔަށް ފޮނުވާލި ހަމަލާ ދިޔައީ ގޯލު ދަނޑިމަތިން ބޭރަށެވެ.

ލީގުގައި ބާސާ ދެ މެޗު ކުޅެފައިވާއިރު، އެޓީމު ވަނީ ދެ މެޗުވެސް ކާމިޔާބުކޮށްފައެވެ. އަލަވޭސް ވަނީ ލީގުގައި އެޓީމު ކުޅުނު ދެ މެޗުންވެސް ބަލިވެފައެވެ.

ހޮނިހިރު ދުވަހުގެ ރޭ އެޓްލެޓިކޯ މެޑްރިޑް މޮޅުވީ ލަސްޕާމަސްއާ ވާދަކޮށް 1-5 ގެ ތަފާތުބޮޑު ނަތީޖާއަކުންނެވެ.

ލަސްޕާމަސް ދަނޑުގައި ކުޅުނު މި މެޗު ފެށިގެން ތިންވަނަ މިނެޓުގައި އެޓްލެޓިކޯ އިން ވަނީ މެޗުގެ ލީޑު ނަގާފައެވެ. މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ އެންހަލް ކޮރެއާއެވެ. އޭގެ ދެ މިނެޓު ފަހުން ޔަނިކް ކަރަސްކޯ ކާމިޔާބުކުރި ލަނޑަކުން އެޓްލެޓިކޯ އިން ވަނީ ލީޑު ފުޅާކޮށްފައެވެ.

މި ލަނޑުތަކަށްފަހުވެސް އެޓްލެޓިކޯއިން ދިޔައީ ލަސްޕާމަސްގެ ހާފަށް ބާރުބޮޑުކުރަމުންނެވެ. އެގޮތުން ލީޑު އިތުރަށް ފުޅާކުރުމަށްވެސް ފުރުސަތުތަކެއް އެޓީމަށް ވަނީ ލިބި ބޭކާރުވެފައެވެ.

ފުރަތަމަ ހާފް ނިމުނީ 0-2 ގެ ނަތީޖާއިން ލަސްޕާމަސްގެ މައްޗަށް އެޓްލެޓިކޯ ކުރީގައި އޮވެގެންނެވެ.

ދެވަނަ ހާފް ފެށިގެން ލަސްޕާމަސް އިން ވަނީ ނަތީޖާގެ ފަރަގު ކުޑަކޮށްފައެވެ. މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ޖޮނަތަން ކެލެރީއެވެ. އެހެންނަމަވެސް 62 ވަނަ މިނެޓުގައި ކޮކޭ ވަނީ އެޓްލެޓިކޯއަށް ލީޑު ފުޅާކޮށްދީފައެވެ. އެޓްލެޓިކޯއިން ޖެހި ހަތަރުވަނަ ލަނޑުވެސް ކާމިޔާބުކުރީ ކޮކޭއެވެ.

މެޗު ފަހު ވަގުތުކޮޅު ތެރޭގައިވެސް އެޓްލެޓިކޯއަށް ހުސް ގިނަ ފުރުސަތުތައް ލިބިފައިވެއެވެ. އެޓީމުން މެޗުގައި ޖެހި ފަސްވަނަ ލަނޑު 88 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ތޯމަސް ޕާޓޭއެވެ.

މި ނަތީޖާއާއެކު އެޓްލެޓިކޯ ވަނީ ކުޅުނު ދެ މެޗުން ހަތަރު ޕޮއިންޓް ހޯދާފައެވެ. މެޗުން ބަލިވި ލަސްޕާމަސް ވަނީ ކުޅުނު ދެ މެޗުންވެސް ބަލިވެފައެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ސްޕެނިޝް ލަލީގާ: ބޭލް އެނބުރި އައިސް ރެއާލް މޮޅުކޮށްދީ މަގާމުގައި ބަހައްޓައިފި

ސްޕެނިޝް ލަލީގާ: ބޭލް އެނބުރި އައިސް ރެއާލް މޮޅުކޮށްދީ މަގާމުގައި ބަހައްޓައިފި

19 ފެބުރުއަރީ 2017
ޗެމްޕިއަންސް ލީގު: ބޮޑު ތަފާތަކުން ބާސާ ބަލިކޮށް ޕީއެސްޖީ ކުއާޓާގެ އުންމީދު ބޮޑުކޮށްފި

ޗެމްޕިއަންސް ލީގު: ބޮޑު ތަފާތަކުން ބާސާ ބަލިކޮށް ޕީއެސްޖީ ކުއާޓާގެ އުންމީދު ބޮޑުކޮށްފި

15 ފެބުރުއަރީ 2017
 ޗެމްޕިއަންސް ލީގު: ތިއާގޯ ސިލްވާ އަށް ބާސާއާ ދެކޮޅަށް ނުކުޅެވޭނެ

ޗެމްޕިއަންސް ލީގު: ތިއާގޯ ސިލްވާ އަށް ބާސާއާ ދެކޮޅަށް ނުކުޅެވޭނެ

14 ފެބުރުއަރީ 2017
ސްޕެނިޝް ލަލީގާ: ރެއާލް އަދި ބާސާ މޮޅުވެ މަގާމު ދަމަހައްޓައިފި

ސްޕެނިޝް ލަލީގާ: ރެއާލް އަދި ބާސާ މޮޅުވެ މަގާމު ދަމަހައްޓައިފި

12 ފެބުރުއަރީ 2017
ކޮޕާޑެލްރޭ: އެޓްލެޓިކޯއާ އެއްވަރުކޮށް އެގްރިގޭޓް ނަތީޖާއިން ބާސާ ފައިނަލަށް

ކޮޕާޑެލްރޭ: އެޓްލެޓިކޯއާ އެއްވަރުކޮށް އެގްރިގޭޓް ނަތީޖާއިން ބާސާ ފައިނަލަށް

08 ފެބުރުއަރީ 2017

އަހަރުތަކުން މިއަދު

27 އެޕްރީލު
ޔުމްނުގެ މައްސަލަ ބަލާ ކޮމިޝަނަށް އައްޔަން ކުރި ހަބީބުއާއި ރައުދު އާއި އާއިލީ ގުޅުން އޮވޭ، އިސްތިއުފާ ދީފި
20251 އަހަރު ކުރިން
ރާއްޖެ

ޔުމްނުގެ މައްސަލަ ބަލާ ކޮމިޝަނަށް އައްޔަން ކުރި ހަބީބުއާއި ރައުދު އާއި އާއިލީ ގުޅުން އޮވޭ، އިސްތިއުފާ ދީފި

އިންޑިއާއާއެކު ވެފައިވާ އެއްބަސްވުންތައް ހާމަކުރާނެކަމަށް ސަރުކާރުން ބުނި ވާހަކައިގެ ރާގު ބަދަލުވެއްޖެ
20242 އަހަރު ކުރިން
ރާއްޖެ

އިންޑިއާއާއެކު ވެފައިވާ އެއްބަސްވުންތައް ހާމަކުރާނެކަމަށް ސަރުކާރުން ބުނި ވާހަކައިގެ ރާގު ބަދަލުވެއްޖެ

ޗާގޯސް "ދެބޯގެރި" ޗޮކުން!
20233 އަހަރު ކުރިން
ރިޕޯޓު

ޗާގޯސް "ދެބޯގެރި" ޗޮކުން!

"ލަމްހާއަކީ ގޭންގަކަށް ނިސްބަތްވާ މީހެއް ނޫން، ނުވަތަ ސީރިއަލް ކިލަރ އެއް ނޫން"
20224 އަހަރު ކުރިން
ރާއްޖެ

"ލަމްހާއަކީ ގޭންގަކަށް ނިސްބަތްވާ މީހެއް ނޫން، ނުވަތަ ސީރިއަލް ކިލަރ އެއް ނޫން"

ޝަވަރުމާ ޕިއްޒާ
20215 އަހަރު ކުރިން
ލައިފް ސްޓައިލް

ޝަވަރުމާ ޕިއްޒާ

ލަންކާގައި ދިރިއުޅޭ ގިނަ އަދަދެއްގެ ދިވެހިން މާލެ އަންނަނީ
20197 އަހަރު ކުރިން
ރާއްޖެ

ލަންކާގައި ދިރިއުޅޭ ގިނަ އަދަދެއްގެ ދިވެހިން މާލެ އަންނަނީ

ލ. ގަމުގައި މައުމޫނުގެ ސަޕޯޓަރުން ރައީސް ޔާމީނާ ދެކޮޅަށް ތެދުވުމުން މާފަތިން މަރުހަބާ ކިޔާއިފި
20188 އަހަރު ކުރިން
ރާއްޖެ

ލ. ގަމުގައި މައުމޫނުގެ ސަޕޯޓަރުން ރައީސް ޔާމީނާ ދެކޮޅަށް ތެދުވުމުން މާފަތިން މަރުހަބާ ކިޔާއިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު