Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެފަލަސްތީން-އިސްރާއީލު ހަަމަނުޖެހުން

ހުޅަނގު އައްސޭރި އަށް ޒިޔާރަތް ކުރާ އަރަބި މިނިސްޓަރުންގެ ވަފުދަށް އިސްރާއީލުން ހުރަސް އަޅައިފި

ފަލަސްތީނު ސަރުކާރުން ހާމަ ކުރި ގޮތުގައި، ސަޢޫދީ އަރަބިއްޔާގެ ޚާރިޖީ ވަޒީރު ޕްރިންސް ފައިޞަލް ބިން ފަރްޙާން އިސްކޮށް ހުންނަވައިގެން ޔޫއޭއީ، މިޞްރު، އުރުދުން، ގަތަރު އަދި ތުރުކީގެ ވަޒީރުން ހިމެނޭ ވަފުދެއް އާދީއްތަ ދުވަހު ރާމަﷲ އަށް ވަޑައިގެން ފަލަސްތީނުގެ ރައީސް މަޙްމޫދު ޢައްބާސްއާ ބައްދަލު ކުރައްވަން އޮތީ ހަމަ ޖެހިފައި

ރާއްޖެ އެމްވީ | 31 މެއި 2025 | ހޮނިހިރު 10:49
ހުޅަނގު އައްސޭރީގައި އިސްރާއީލު ސިފައިން ރާމަﷲ ގައި ހުންނަ ފައިސާ މާރު ކުރާ ފިހާރައެއް ރެއިޑް ކުރަނީ - 27 މެއި 2025

ހުޅަނގު އައްސޭރީގައި އިސްރާއީލު ސިފައިން ރާމަﷲ ގައި ހުންނަ ފައިސާ މާރު ކުރާ ފިހާރައެއް ރެއިޑް ކުރަނީ - 27 މެއި 2025

ސައުދީ އަރަބިއްޔާގެ ޚާރިޖީ ވަޒީރު އިސްވެ ހުންނަވައިގެން ހުޅަނގު އައްސޭރި އަށް އަރަބި ގައުމުތަކުގެ ވަޒީރުންގެ ވަފުދެއް ކުރައްވަން ހަމަ ޖެއްސި ޒިޔާރަތައް އިސްރާއީލުން ހުރަސް އަޅައިފިއެވެ.

މި ޒިޔާރަތައް އެއްބާރުލުން ނުދޭނެ ކަން ހާމަ ކުރީ ހުކުރު ދުވަހު އިސްރާއީލުގެ އޮފިޝަލަކު ސީއެންއެން އަށް ވާހަކަ ދައްކަމުންނެވެ.

ރާމަﷲ ގައި ފަލަސްތީނުގެ ސަރުކާރުގެ ވެރިންނާއި އަރަބި ގައުމުތަކުގެ ވަފުދު ބައްދަލު ކުރުމަކީ އިސްރާއީލުގެ އޮފިޝަލް ބުނި ގޮތުގައި އިސްރާއީލު "ރުޅިއަރުވަން" ކުރާ ކަމެއް ކަމަށާއި، އެ ބައްދަލުވުމުގައި މަޝްވަރާ ކުރަން ހަމަ ޖެހިފައިވަނީ ފަލަސްތީނުގެ ދައުލަތެއް ގާއިމު ކުރުމާ ބެހޭ ގޮތުން ކަމަށާއި "އިސްރާއީލަށް ގެއްލުން ދިނުމަށާއި އެ ގައުމުގެ ސަލާމަތަށް ނުރައްކާވާ ފަދަ ކަންކަމުގައި އިސްރާއީލުން އެއްބާރުލުން ނުދޭނެ" ކަމަށެވެ.

ފަލަސްތީނުގެ ދައުލަތެއް ވެގެންދާނީ އިސްރާއީލުގެ ބިމުގައި އުފެދޭ "ޓެރަރިސްޓް ދައުލަތަކަށް" ކަމަށް ވެސް އޮފިޝަލު ބުނެފައިވެއެވެ.

ހުޅަނގު އައްސޭރި އަށް އެ ވަފުދަށް ވާސިލު ވެވެނީ އުރުދުންގެ ތެރެއިން ކަމަށް ވެފައި، އުރުދުން އާ ހަމައިން ހުޅަނގު އައްސޭރި އަށް ދަތުރު ކުރުމަށް އިސްރާއީލުގެ ހުއްދަ ބޭނުންވެއެވެ.

ފަލަސްތީނު ސަރުކާރުގެ ނައިބު ރައީސް ހުސެއިން އަލް-ޝެއިޚް ވިދާޅުވެފައިވާ ގޮތުގައި، ސަޢޫދީ އަރަބިއްޔާގެ ޚާރިޖީ ވަޒީރު ޕްރިންސް ފައިޞަލް ބިން ފަރްޙާން އިސްކޮށް ހުންނަވައިގެން ޔޫއޭއީ، މިޞްރު، އުރުދުން، ގަތަރު އަދި ތުރުކީގެ ވަޒީރުން ހިމެނޭ ވަފުދެއް އާދީއްތަ ދުވަހު ރާމަﷲ އަށް ވަޑައިގެން ފަލަސްތީނުގެ ރައީސް މަޙްމޫދު ޢައްބާސްއާ ބައްދަލު ކުރައްވަން އޮތީ ހަމަ ޖެހިފައެވެ.

1967 ގައި އިސްރާއީލުން ފަލަސްތީނުގެ ހުޅަނގު އައްސޭރި ހިސާރު ކުރި ފަހުން އަރަބި ގައުމުތަކަށް ނިސްބަތްވާ މިހާ އިސް ވަފުދެއް މިހާތަނަށް ދަތުރު ކުރައްވާފައެއް ނުވެއެވެ.

ސަޢޫދީ އަރަބިއްޔާގައި ހުންނަވާ ފަލަސްތީނުގެ ސަފީރު މާޒިން ޣުނައިމް ސަޢޫދީ ސަރުކާރުގެ މީޑިއާއަށް ވިދާޅުވެފައިވަނީ "މިނިސްޓަރުންގެ މި ޒިޔާރަތަކީ... ސާފު މެސެޖެއް ކަމުގައި ބެލެވެއެވެ. ފަލަސްތީނުގެ މައްސަލައަކީ ޢަރަބިންނާއި މުސްލިމުންނަށް މުހިންމު މައްސަލައެކެވެ."

އިތުރަށް ކިޔާލަން

08 ޖޫން 2017

އުތުރު ކޮރެއާ އިން އެގައުމުގެ އިރުމަތީ އައްސޭރިފަށުން ހަަތަރު އެންޓި-ޝިޕް ކްރޫޒް މިސައިލް ފޮނުވާލައިފި

08 ޖޫން 2017
އުތުރު ކޮރެއާ އިން އެގައުމުގެ އިރުމަތީ އައްސޭރިފަށުން ހަަތަރު އެންޓި-ޝިޕް ކްރޫޒް މިސައިލް ފޮނުވާލައިފި
06 ޖޫން 2017

އަރަބި ހަ ގައުމަކުން ގަތަރާ ގުޅުން ކަނޑާލިއަސް އެމެރިކާގެ ތައުރީފު ގަތަރަށް!

06 ޖޫން 2017
އަރަބި ހަ ގައުމަކުން ގަތަރާ ގުޅުން ކަނޑާލިއަސް އެމެރިކާގެ ތައުރީފު ގަތަރަށް!
05 ޖޫން 2017

ގަތަރާ ގުޅުން ކަނޑާލި އަރަބި ގައުމުތަކުގެ އަދަދު ހަޔަކަށް!

05 ޖޫން 2017
ގަތަރާ ގުޅުން ކަނޑާލި އަރަބި ގައުމުތަކުގެ އަދަދު ހަޔަކަށް!
03 ޖޫން 2017

މެންޗެސްޓާ ހަމަލާ: އާރިއާނާ ގްރާންޑޭ ޒަޚަމްވި ފަރާތްތަކަށް ޒިޔާރަތްކޮށް ހާލު ބަލައިފި

03 ޖޫން 2017
މެންޗެސްޓާ ހަމަލާ:  އާރިއާނާ ގްރާންޑޭ ޒަޚަމްވި ފަރާތްތަކަށް ޒިޔާރަތްކޮށް ހާލު ބަލައިފި
18 މެއި 2017

ވެނެޒުއޭލާ ހަމަނުޖެހުން: ހުޅަނގުގެ ސަރަހައްދަށް 2600 ސިފައިން ފޮނުވައިފި

18 މެއި 2017
ވެނެޒުއޭލާ ހަމަނުޖެހުން: ހުޅަނގުގެ ސަރަހައްދަށް 2600 ސިފައިން ފޮނުވައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު