Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
ޣައްޒާ ހަނގުރާމަ

ޣައްޒާ ހަނގުރާމަ 60 ދުވަހަށް ހުއްޓާލުމުގެ އެއްބަސްވުމެއް އެމެރިކާ އިން ހުށަހަޅައިފި

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ސަރުކާރުން އިސްރާއީލާ ގުޅިގެން ހުށަހަޅާފައިވާ މި ހުށަހެޅުމަކީ ހަމާސް އިން "އަދިވެސް ދިރާސާ ކުރަމުންދާ" ހުށަހެޅުމެއް ކަމަށާއި، ނަމަވެސް މިހާރު އޮތް ގޮތުން މި ހުށަހެޅުމުގެ ނަތީޖާ އަކަށް ވާނީ ޣައްޒާގައި "މީހުން މެރުމާއި، ބަނޑުހައިހޫނުކަން ދެމިގެންދިއުން" އެކަނި ކަމަށް ފަލަސްތީނު ޖަމާޢަތުގެ އޮފިޝަލަކު ބުނެފައިވޭ

ރާއްޖެ އެމްވީ | 30 މެއި 2025 | ހުކުރު 09:09
ޣައްޒާ ސިޓީގެ އުތުރަށް އިސްރާއީލު ސިފައިން ދިން ހަމަލާ އެއްގައި ޝަހީދުވި ބައެއްގެ ހަށިތައް އަލް ޝިފާ ހޮސްޕިޓަލަށް ގެންނަމުން ދާއިރު އާއިލާގެ މެމްބަރުން ހިތާމަ ކުރަނީ - 27 މެއި 2025

ޣައްޒާ ސިޓީގެ އުތުރަށް އިސްރާއީލު ސިފައިން ދިން ހަމަލާ އެއްގައި ޝަހީދުވި ބައެއްގެ ހަށިތައް އަލް ޝިފާ ހޮސްޕިޓަލަށް ގެންނަމުން ދާއިރު އާއިލާގެ މެމްބަރުން ހިތާމަ ކުރަނީ - 27 މެއި 2025

ޣައްޒާ ހަނގުރާމަ 60 ދުވަހަށް ހުއްޓާލުމުގެ ޕްލޭނެއް އެމެރިކާ އިން ހުށަހަޅައިފިއެވެ.

ރޮއިޓާސް އަށް ފެނިފައިވާ މި ޕްލޭނުގައި ވާ ގޮތުން ހަނގުރާމަ ހުއްޓާލުމާ އެކު، ފުރަތަމަ ހަފްތާގައި ދިރިތިބި އަދި މަރުވެފައިވާ ރަހީނުން ހިމެނޭ ގޮތުން 28 އިސްރާއީލީ ރަހީނުން ދޫކޮށްލަން ޖެހެއެވެ. އޭގެ ބަދަލުގައި އިސްރާއީލުގެ ޖަލުތަކުން 125 ފަލަސްތީނު ގައިދީން މިނިވަން ކުރުމާއެކު، އިސްރާއީލުން ހިފަހައްޓާފައިވާ މަރުވެފައިވާ 180 ފަލަސްތީނު މީހެއްގެ ހަށިގަނޑު ހަވާލު ކުރަން ޖެހެއެވެ.

މި ޕްލޭންގައި ބަޔާންކޮށްފައިވާ ގޮތުގައި، މިއީ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އަދި އިސްރާއީލާއި ހަމާސް އާ ދެމެދު މެދުވެރިންގެ ދައުރު އަދާ ކުރަމުންދާ މިޞްރު އާއި ޤަތަރުން ގެރެންޓީ ކޮށްދީފައިވާ ޕްލޭނެކެވެ. މި ހުށަހެޅުން ބުނާ ގޮތުގައި ހަމާސް އިން ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމުގައި ސޮއިކުރުމާއެކު ޣައްޒާ އަށް އެހީ ފޯރުކޮށްދިނުން ހިމެނެއެވެ.

އަދި މި ޕްލޭންގައި ބަޔާންކޮށްފައިވާ ގޮތުން، ދާއިމީ ގޮތެއްގައި ހަނގުރާމަ ހުއްޓާލުމުން ހަމާސް އިން ބާކީ ތިބި 30 ރަހީނުން ދޫކޮށްލާނެއެވެ.

ބުރާސްފަތި ދުވަހު ވައިޓް ހައުސް އިން ބުނެފައިވަނީ އެމެރިކާގެ މި ހުށަހެޅުމަށް އިސްރާއީލުން އެއްބަސްވެފައިވާ ކަމަށެވެ.

ފަލަސްތީނުގެ ހަމާސް އިން ރޮއިޓަރސް އަށް ބުނެފައިވަނީ އެ ފަރާތުން މި ޕްލޭން ދިރާސާކުރަމުންދާ ކަމަށާއި، ހުކުރު ނުވަތަ ހޮނިހިރު ދުވަހު ޖަވާބުދޭނެ ކަމަށެވެ.

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ސަރުކާރުން އިސްރާއީލާ ގުޅިގެން ހުށަހަޅާފައިވާ މި ހުށަހެޅުމަކީ ހަމާސް އިން "އަދިވެސް ދިރާސާ ކުރަމުންދާ" ހުށަހެޅުމެއް ކަމަށާއި، ނަމަވެސް މިހާރު އޮތް ގޮތުން މި ހުށަހެޅުމުގެ ނަތީޖާ އަކަށް ވާނީ ޣައްޒާގައި "މީހުން މެރުމާއި، ބަނޑުހައިހޫނުކަން ދެމިގެންދިއުން" އެކަނި ކަމަށް ފަލަސްތީނު ޖަމާޢަތުގެ އޮފިޝަލަކު ބުނެފައިވެއެވެ.

ހަމާސްގެ ސިޔާސީ ބިއުރޯގެ މެންބަރު ބާސިމް ނައީމް ރޮއިޓަރސް ނިއުސް އޭޖެންސީ އަށް ބުނެފައިވަނީ މި އެއްބަސްވުމުން ޣާއްޒާ ރައްޔިތުންގެ އެއްވެސް ޑިމާންޑެއް ފުރިހަމައެއް ނުވާ ކަމަށާއި، އޭގެ ތެރެއިން އެންމެ މުހިންމު ކަމަކީ ހަނގުރާމަ މުޅިން ހުއްޓާލުން ކަމަށެވެ.

ހަމާސް އާއި އިސްރާއީލާ ދެމެދު އޮތް ބޮޑެތި ތަފާތުތަކުގެ ސަބަބުން، މީގެ ކުރިން ހަނގުރާމަ ހުއްޓާލުމަށް ވީ އެއްބަސްވުން ދެމެހެއްޓިފައެއް ނުވެއެވެ.

އޭރު އިސްރާއީލުން ޑިމާންޑު ކޮށްފައި ވަނީ ހަމާސް އިން މުޅިން ހަތިޔާރު ދޫކޮށްލައި، ހަނގުރާމަވެރި އަދި ވެރިކަން ހިންގާ ބާރެއްގެ ގޮތުގައި ހަމާސް ދެމި ނުއޮތުމަށާއި، ހަނގުރާމަ ނިންމުމަށް އެއްބަސްވުމުގެ ކުރިން ބާކީ ތިބި 58 ރަހީނުން މިނިވަން ކުރުމަށެވެ.

ހަމާސް އިން ބުނެފައިވަނީ ހަތިޔާރު ބަހައްޓަން ކުރާ ޑިމާންޑް ބަލައި ނުގަންނާނެ ކަމަށެވެ. އެއާއެކު ހަމާސް އިން ޑިމާންޑް ކޮށްފައިވަނީ ޣައްޒާ އިން އިސްރާއީލު ސިފައިން މުޅިން ފޭބުމަށާއި، ހަނގުރާމަ މުޅިން ހުއްޓާލުމަށް އެއްބަސްވުމަށެވެ.

އިސްރާއީލުން ޣައްޒާގައި ހަނގުރާމަ ފެށީ 2023 ވަނަ އަހަރުގެ އޮކްޓޯބަރު 7 ވަނަ ދުވަހު ހަމާސް އިން ދެކުނު އިސްރާއީލަށް ދިން ހަމަލާއަށް ރައްދު ދިނުމުގެ ގޮތުން ކަމަށް ބުނެއެވެ.

އޭގެ ފަހުން އިސްރާއީލުން ދިން ހަމަލާތަކުގައި 54,000 އަށްވުރެ ގިނަ ފަލަސްތީނު ރައްޔިތުން ޝަހީދުވެފައިވެއެވެ. އޭގެ ތެރޭގައި ގިނައީ އަންހެނުންނާއި ކުޑަކުދިންނެވެ. މުޅި ޣައްޒާ ވަނީ ސުންނާފަތިވެ ވީރާނާ ވެފައެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

މޫސަލް މިނިވަން ކުރުމަށް ކުރާ ހަނގުރާމައިގައި އިތުރު އަވަށްތަކެއް މިނިވަންކޮށްފި

މޫސަލް މިނިވަން ކުރުމަށް ކުރާ ހަނގުރާމައިގައި އިތުރު އަވަށްތަކެއް މިނިވަންކޮށްފި

20 ފެބުރުއަރީ 2017
ރަޝިއާއިން ޔޫކްރެއިން ހަނގުރާމަވެރިންގެ ޕާސްޕޯޓް ބަލައިގަންނަނީ

ރަޝިއާއިން ޔޫކްރެއިން ހަނގުރާމަވެރިންގެ ޕާސްޕޯޓް ބަލައިގަންނަނީ

19 ފެބުރުއަރީ 2017
ޖާނުންފިދާވުމުގެ ހަމަލާއާ ގުޅިގެން ޕާކިސްތާނުން ހިންގި އޮޕަރޭޝަނުގައި ގިނަ ހަނގުރާމަވެރިންތަކެއް މަރާލައިފި

ޖާނުންފިދާވުމުގެ ހަމަލާއާ ގުޅިގެން ޕާކިސްތާނުން ހިންގި އޮޕަރޭޝަނުގައި ގިނަ ހަނގުރާމަވެރިންތަކެއް މަރާލައިފި

18 ފެބުރުއަރީ 2017
ފްރާންސަށް ނިސްބަތްވާ އައިއެސްގެ ހަނގުރާމަވެރިއަކަށް އަމާޒުކޮށް 72 ގަޑިއިރުގެ ހަމަލާތަކެއް

ފްރާންސަށް ނިސްބަތްވާ އައިއެސްގެ ހަނގުރާމަވެރިއަކަށް އަމާޒުކޮށް 72 ގަޑިއިރުގެ ހަމަލާތަކެއް

11 ފެބުރުއަރީ 2017
އައިއެސްގެ ހަނގުރާމަވެރިން ކަމަށް ބެލެވޭ ބަޔަކު ރެޑް ކްރޮސްގެ މުވައްޒަފުންތަކެއް މަރާލައިފި

އައިއެސްގެ ހަނގުރާމަވެރިން ކަމަށް ބެލެވޭ ބަޔަކު ރެޑް ކްރޮސްގެ މުވައްޒަފުންތަކެއް މަރާލައިފި

09 ފެބުރުއަރީ 2017

އަހަރުތަކުން މިއަދު

16 މެއި
އައިޖީއެމްއެޗުން އުކުޅުވަޅުގެ އޮޕަރޭޝަނެއް ކުރި މީހެއްގެ ލޮލުގެ ފެނުން ގެއްލި، ނުކުޅެދުންތެރި މީހަކަށް ބަދަލުވި މައްސަލައެއް
20251 އަހަރު ކުރިން
ރާއްޖެ

އައިޖީއެމްއެޗުން އުކުޅުވަޅުގެ އޮޕަރޭޝަނެއް ކުރި މީހެއްގެ ލޮލުގެ ފެނުން ގެއްލި، ނުކުޅެދުންތެރި މީހަކަށް ބަދަލުވި މައްސަލައެއް

އިންތިހާ ތައްޔާރީ ކާބޯތަކެތިން ހަށިގަނޑަށް ވަނީ ގެއްލުންތަ؟ ނޫނީ ފައިދާތަ؟
20242 އަހަރު ކުރިން
ތަފާތު ޚަބަރު

އިންތިހާ ތައްޔާރީ ކާބޯތަކެތިން ހަށިގަނޑަށް ވަނީ ގެއްލުންތަ؟ ނޫނީ ފައިދާތަ؟

12 މެމްބަރުންނާއި އިތުރު ބައެއް ފަރާތްތައް އެމްޑީޕީ އިން ވަކިވެއްޖެ
20233 އަހަރު ކުރިން
ރާއްޖެ

12 މެމްބަރުންނާއި އިތުރު ބައެއް ފަރާތްތައް އެމްޑީޕީ އިން ވަކިވެއްޖެ

އަނެއްކާވެސް ބައްޔަކާމެދު ކަންބޮޑުވުން ފެތުރެން ފަށައިފި
20224 އަހަރު ކުރިން
ރިޕޯޓު

އަނެއްކާވެސް ބައްޔަކާމެދު ކަންބޮޑުވުން ފެތުރެން ފަށައިފި

ބިލް ގޭޓްސްގެ ގިރިޓީކަން ކެނޑި "ކޫޑިކަން" ފާޅުވާން ފަށައިފި
20215 އަހަރު ކުރިން
ތަފާތު ޚަބަރު

ބިލް ގޭޓްސްގެ ގިރިޓީކަން ކެނޑި "ކޫޑިކަން" ފާޅުވާން ފަށައިފި

އަބްދުރަހީމް ފައުންޑޭޝަން ހިމެނޭ ގޮތަށް ވެމްކޯއިން ގިނަ އަދަދެއްގެ ފައިސާ ކުންފުނިތަކަށް ދޫކޮށްފައިވޭ: އާދަމް މުހައްމަދު
20197 އަހަރު ކުރިން
ރާއްޖެ

އަބްދުރަހީމް ފައުންޑޭޝަން ހިމެނޭ ގޮތަށް ވެމްކޯއިން ގިނަ އަދަދެއްގެ ފައިސާ ކުންފުނިތަކަށް ދޫކޮށްފައިވޭ: އާދަމް މުހައްމަދު

ސެއްޅި ބޭސް
20188 އަހަރު ކުރިން
ވާހަކަަ

ސެއްޅި ބޭސް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު