Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެޣައްޒާ ހަނގުރާމަ

ޣައްޒާ އަށް ހުއްޓުމެއްނެތި ބޮންއަޅަނީ، 14،000 ކުދިން ބަނޑަށް މަރުވުމުގެ ނުރައްކަލުގައި

އިސްރާއީލުގެ "ބަނޑަށްޖެއްސުމުގެ ސިޔާސަތު" ގެ ސަބަބުން މާރޗް 2 އިން ފެށިގެން މަދުވެގެން 326 ފަލަސްތީނު މީހުން މަރުވެފައިވޭ.

ރާއްޖެ އެމްވީ | 21 މެއި 2025 | ބުދަ 05:17
ޣައްޒާ ސްޓްރިޕްގެ ޖަބާލިއާ ރެފިއުޖީ ކޭމްޕްގައި ހުންނަ އިމާރާތަކަށް އިސްރާއީލު ސިފައިން ދިން ހަމަލާގައި ޒަޚަމްވި ކުއްޖަކު ސަރޗް އެންޑް ރެސްކިއު ޓީމުތަކުން ސަލާމަތް ކުރަނީ - 18 މެއި 2025

ޣައްޒާ ސްޓްރިޕްގެ ޖަބާލިއާ ރެފިއުޖީ ކޭމްޕްގައި ހުންނަ އިމާރާތަކަށް އިސްރާއީލު ސިފައިން ދިން ހަމަލާގައި ޒަޚަމްވި ކުއްޖަކު ސަރޗް އެންޑް ރެސްކިއު ޓީމުތަކުން ސަލާމަތް ކުރަނީ - 18 މެއި 2025

އިސްރާއީލުގެ ބާރުތަކުން ޣައްޒާއަށް ހުއްޓުމެއްނެތި ބޮންއެޅުން ކުރިއަށް ގެންދާއިރު، ބުދަ ވިލޭރޭގެ ހަމަލާތަކުގައި މަދުވެގެން 24 މީހުން ވަނީ ޝަހީދުވެފައެވެ.

އިސްރާއީލުން ޣައްޒާ އަށް ދެމުންދާ ހަމަލާތައް އިތުރަށް ނުރައްކާ ކޮށްފައިވާތީ ޔޫރަޕިއަން ޔޫނިއަން އާއި އިނގިރޭސި ވިލާތުން އިސްރާއީލަށް އިންޒާރު ދިން ނަމަވެސް އެކަމަށް އެއްވެސް ފަރުވާލެއް އިސްރާއީލު ސަރުކާރުން ބަހައްޓާފައެއް ނުވެއެވެ.

ޣައްޒާގެ އިސްވެރިން ބުނާ ގޮތުގައި އިސްރާއީލުގެ "ބަނޑަށްޖެއްސުމުގެ ސިޔާސަތު" ގެ ސަބަބުން މާރޗް 2 އިން ފެށިގެން މަދުވެގެން 326 ފަލަސްތީނު މީހުން މަރުވެފައިވެއެވެ. އަދި އދ. އިން އިންޒާރުދެމުން ބުނަނީ 48 ގަޑިއިރުގެ ތެރޭގައި 14،000 ކުޑަކުދިން މަރުވުމުގެ ނުރައްކާ އޮތް ކަމަށެވެ.

އދ. އިން އިތުރަށް ބުނާ ގޮތުގައި، އެ ސަރަޙައްދަށް މަދު އަދަދެއްގެ އެހީގެ ޓްރަކުތައް ވަދެފައިވީ ނަމަވެސް، އިސްރާއީލުގެ ހުރަސްތަކުގެ ސަބަބުން ޣައްޒާގައި އެއްވެސް އެހީއެއް ބެހިފައެއް ނުވެއެވެ.

ޣައްޒާގެ ޞިއްޙީ ވުޒާރާގެ ތަފާސް ހިސާބުން ދައްކާ ގޮތުގައި، އިސްރާއީލުން ޣައްޒާ ގައި ކުރަމުންދާ ހަނގުރާމައިގައި މަދުވެގެން 53،573 ފަލަސްޠީނު މީހުން ޝަހީދުވެ، 121،688 މީހުން ޒަޚަމްވެފައިވެއެވެ.

އިތުރަށް ކިޔާލަން

02 ސެޕްޓެމްބަރު 2017

ކެންޔާގެ ސްކޫލެއްގައި ރޯވެ ހަތްކުދިން މަރުވެއްޖެ

02 ސެޕްޓެމްބަރު 2017
ކެންޔާގެ ސްކޫލެއްގައި ރޯވެ ހަތްކުދިން މަރުވެއްޖެ
18 އޯގަސްޓު 2017

ޔަމަނުގެ ހަނގުރާމައިގެ ޝިކާރައަކަށްވި ގިނަ ކުޑަ ކުދިންނަށް އެ ހާލަތު ދިމާވީ ސަައުދީ ކޯލިޝަނުގެ ސަބަބުން: ގުޓަރޭސް

18 އޯގަސްޓު 2017
ޔަމަނުގެ ހަނގުރާމައިގެ ޝިކާރައަކަށްވި ގިނަ ކުޑަ ކުދިންނަށް އެ ހާލަތު ދިމާވީ ސަައުދީ ކޯލިޝަނުގެ ސަބަބުން: ގުޓަރޭސް
14 އޯގަސްޓު 2017

އިންޑިއާ ހޮސްޕިޓަލެއްގައި ގިނަ ކުދިންތަކެއް މަރުވި ހާދިސާއާ ގުޅިގެން ހޮސްޕިޓަލުގެ ވެރިޔާ ސަސްޕެންޑްކޮށްފި

14 އޯގަސްޓު 2017
އިންޑިއާ ހޮސްޕިޓަލެއްގައި ގިނަ ކުދިންތަކެއް މަރުވި ހާދިސާއާ ގުޅިގެން ހޮސްޕިޓަލުގެ ވެރިޔާ ސަސްޕެންޑްކޮށްފި
21 މެއި 2017

ހަމާސްގެ އަސްކަރީ ކޮމާންޑަރު މަރާލި މައްސަލައިގައި ތިން މީހެއްގެ މައްޗަށް ޣައްޒާގެ ކޯޓަކުން މަރުގެ ހުކުމް އިއްވައިފި

21 މެއި 2017
ހަމާސްގެ އަސްކަރީ ކޮމާންޑަރު މަރާލި މައްސަލައިގައި ތިން މީހެއްގެ މައްޗަށް ޣައްޒާގެ ކޯޓަކުން މަރުގެ ހުކުމް އިއްވައިފި
23 އެޕްރީލު 2017

ދެކުނު އެފްރިކާގައި ހިނގި ބަސް އެކްސިޑެންޓެއްގައި 19 ކުޑަކުދިން މަރުވެއްޖެ

23 އެޕްރީލު 2017
ދެކުނު އެފްރިކާގައި ހިނގި ބަސް އެކްސިޑެންޓެއްގައި 19 ކުޑަކުދިން މަރުވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު