Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
އީރާންގެ ނިއުކްލިއަރ ޕްރޮގްރާމް

އީރާނުން ޔޫރޭނިއަމް ފައްކާ ކުރުން ހުއްޓާލުމަށް އެމެރިކާ އިން ކުރާ ޑިމާންޑް އަކީ "މޮޔަ" ވާހަކައެއް: ރޫހާނީ ލީޑަރު

އީރާނުގެ ނިއުކްލިއަރ ޕްރޮގްރާމް އާ ބެހޭ ގޮތުން، އެމެރިކާ އާއި އީރާން އާ ދެމެދު ކުރެވޭ މަޝްވަރާތައް ހީނަރުވަމުންދާ ކަމުގެ ނިޝާންތައް ފެންނަމުން ދާއިރު، އީރާނުން ބުނަނީ އެއްބަސްވުމެއް އޮތަސް ނެތަސް ޔޫރޭނިއަމް ފައްކާ ކުރުން އެ ގައުމުން ހުއްޓާ ނުލާނެކަމަށް.

ރާއްޖެ އެމްވީ | 20 މެއި 2025 | އަންގާރަ 14:42
އީރާނުގެ ބުޝެހްރް ގައި ހުންނަ އެ ގައުމުގެ ފުރަތަމަ އަދި ހަމައެކަނި ކަރަންޓު އުފައްދާ ނިއުކްލިއަރ އިންޖީނުގެ. މިއިީ 2011 ވަނަ އަހަރު ފުރިހަމައަށް ހިންގަން ފަށާ އަދި ގައުމީ ކަރަންޓް ގްރިޑާ ގުޅާފައިވާ ޕްލާންޓެެއް.

އިރާނުގެ ނިއުކްލިއަރ ޕްރޮގްރާމް އާ ބެހޭ ގޮތުން އެމެރިކާ އާ އެކު ކުރެވެމުންދާ މަޝްވަރާ ތަކުގައި، އީރާނުން ޔޫރޭނިއަމް ފައްކާ ކުރުން ހުއްޓާލުމަށް އެމެރިކާ އިން ކުރާ ޑިމާންޑް އަކީ "މޮޔަ" ވާހަކައެއް ކަމަށް ވިދާޅުވެ އީރާނުގެ އެންމެ މަތީ ވެރިޔާ އާޔަތުﷲ އަލީ ޚާމަނާއީ އެމެރިކާ އަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެއްޖެއެވެ.

"އަހަރެމެން އީރާނަށް ޔުރޭނިއަމް އެންރިޗްކުރުމަށް ހުއްދައެއް ނުދޭނަން" ކަމަށް ބުނުން ފަދަ ވާހަކަތަކަކީ މޮޔަ ވާހަކަތަކެއް ކަމަށް އާޔަތުﷲ ޚާމަނާއި ވިދާޅުވިއެވެ.

"އީރާނުން އެއްވެސް ބައެއްގެ ހުއްދަ އަކަށް އިންތިޒާރެއް ނުކުރަން،" އާދީއްތަ ދުވަހު އެ ޤައުމުގެ ސެމީ-އޮފިޝަލް މެހްރު ނިއުސް އެޖެންސީން ރިޕޯޓުކުރި ތަޤުރީރެއްގައި ޚާމަނާއީ ވިދާޅުވިއެވެ.

އަދި އިތުރަށް ވިދާޅުވެފައިވަނީ މަޝްވަރާތަކުން "ނަތީޖާއެއް ނެރެވޭނެކަން" އޭނާ އަށް އެނގިވަޑައި ނުގަންނަވާ ކަމަށެވެ.

އޭޕްރިލް މެދުން ފެށިގެން، ވޮޝިންގްޓަނާއި ތެހެރާނުން ވަނީ އޮމާނުން މެދުވެރިއެއްގެ ދައުރު އަދާކުރުމުގެ ތެރެއިން ހަތަރު ބުރެއްގެ މަޝްވަރާތަކެއް ކޮށްފައެވެ. މި މަޝްވަރާތަކުގެ މަޤްޞަދަކީ އީރާނުގެ ނިއުކްލިއަރ ޕްރޮގްރާމް ވަކި މިންވަރެއްގައި ހިފެހެއްޓުމަށް އެއްބަސްވާނަމަ އޭގެ ބަދަލުގައި އެ ޤައުމުގެ މައްޗަށް އަޅާފައިވާ ދަތިތައް ލުއިކޮށްދިނުމެވެ.

ނަމަވެސް، އެ ދެ ފަރާތުގެ މެދުގައި ތަކުރާރުކޮށް ކުރިމަތިވަމުންދާ ޚިޔާލު ތަފާތުވުންތަކުގެ ސަބަބުން، ރޮއިޓަރސް ނިއުސް އެޖެންސީން ބުނާ ގޮތުގައި މި ހަފްތާ ބަންދުގައި ރޯމްގައި ބޭއްވުމަށް ހަމަޖެހިފައިވާ ދެން އޮތް ބުރުގެ މަޝްވަރާތައް ކުރިއަށްދާނެ ކަމާމެދު ވަނީ ސުވާލު އުފެދިފައެވެ.

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ އޭނާގެ ފުރަތަމަ ދައުރުގައި 2015 ވަނަ އަހަރު އީރާނާއި ދުނިޔޭގެ ބާރުތަކުން ސޮއިކުރި ޖޮއިންޓް ކޮމްޕްރިހެންސިވް ޕްލޭން އޮފް އެކްޝަން (ޖޭސީޕީއޯއޭ) އިން ވަކިވެފައެވެ. ޖެނުއަރީ މަހު އަލުން ވެރިކަމަށް ވަޑައިގަތުމާއެކު، އާ އެއްބަސްވުމަކަށް ވާސިލުވުމުގެ މަޤްޞަދުގައި ޓްރަމްޕް ވަނީ އީރާނާ ދެކޮޅަށް ގެންގުޅުއްވި "މެކްސިމަމް ޕްރެޝަރ" ސިޔާސަތު އަލުން އިއާދަ ކޮށްފައެވެ. އަދި ފާއިތުވި ހަފްތާގައި މަޝްވަރާތައް "އަވަހަށް ކުރިއަށް ގެންދަންޖެހޭނެ ކަމަށާއި، އެހެންނޫނީ ނުބައި ކަމެއް ހިނގައިފާނެ" ކަމަށް ވިދާޅުވެ ޓްރަމްޕް ވަނީ އީރާނަށް އިންޒާރެއް ދެއްވާފައެވެ.

އާދީއްތަ ދުވަހު ތެހެރާނުން ކަށަވަރު ކޮށްދީފައި ވަނީ އެމެރިކާގެ ހުށަހެޅުމެއް ލިބިފައިވާ ކަމަށާއި، އެ ހުށަހެޅުން މިހާރު ދިރާސާކުރަމުންދާ ކަމަށެވެ.

ނަމަވެސް، އޭގެ ކުރީ ދުވަހު އީރާނުގެ ޑެޕިއުޓީ ފޮރިން މިނިސްޓަރ މަޖީދު ތަޚްތު-ރަވާންޗީ ވިދާޅުވެފައިވަނީ އީރާނުން ޔުރޭނިއަމް ފައްކާކުރުން ހުއްޓާލުމަށް ވޮޝިންގްޓަނުން މަޖުބޫރު ކުރާނަމަ މަޝްވަރާތައް ނާކާމިޔާބުވާނެ ކަމަށެވެ. އެމެރިކާއިން ބުނާ ގޮތުގައި އީރާނަށް ޔޫރޭނިއަމް ފައްކާ ކުރުމުގެ މަގު ތަނަވަސްވެފައި އޮވެއްޖެ ނަމަ އެކަން ވާނީ ނިއުކްލިއަރ ހަތިޔާރު އުފެއްދުމަށް ހުޅުވިފައި އޮންނަ މަގަކަށެވެ.

މިހާރު އީރާނުން ޔުރޭނިއަމް ފައްކާކުރަނީ 60 އިންސައްތައަށެވެ. މިއީ 2015 ވަނަ އަހަރުގެ އެއްބަސްވުމުގައި ކަނޑައެޅި 3.67 އިންސައްތައިގެ މިންގަނޑަށްވުރެ މާ މަތީ އަދަދެކެވެ. ނަމަވެސް، ނިއުކްލިއަރ ހަތިޔާރު އުފެއްދުމަށް ބޭނުންވާ 90 އިންސައްތައަށް ވުރެ މިއީ ދަށް އަދަދެކެވެ.

އީރާނުން ތަކުރާރުކޮށް ބުނަމުން އަންނަނީ އެ ޤައުމުގެ ޕްރޮގްރާމަކީ ސުލްޙަވެރި މަޤްޞަދުތަކަކަށް ކުރިއަށްގެންދާ އަދި "މަޝްވަރާކުރެވެން ނެތް" ޕްރޮގްރާމެއް ކަމަށެވެ.

އީރާން އާއެކު ކުރިއަށް ގެންދާ މަޝްވަރާ ތަކުގައި އެމެރިކާ އިން އިސްވެ ހުންނަވާ ސްޓީވް ވިޓްކޮފް ވިދާޅުވަނީ އީރާނުން ޔޫރޭނިއަމް ފައްކާ ކުރުމުގެ ޕްރޮގްރާމް ކުރިއަށް ގެންދިއުން ވާނީ "ރަތް ރޮނގު ހުރަސްކުރުން" ކަމުގައެވެ. އާދީއްތަ ދުވަހު އޭނާ އަލުން ތަކުރާރުކޮށް ވިދާޅުވެފައިވަނީ އީރާނަށް އެންމެ އިންސައްތަ އަކަށް ވެސް ޔޫރޭނިއަމް ފައްކާ ކުރުމުގެ ފުރުސަތު ނުދެވޭނެ ކަމަށެވެ.

އީރާނުގެ ފޮރިން މިނިސްޓަރ އައްބާސް އަރާޤްޗީ އާދީއްތަ ދުވަހު ވިދާޅުވެފައިވަނީ "އެއްބަސްވުމެއް އޮތަސް ނުވަތަ އެއްބަސްވުމެއް ނެތަސް" ޔުރޭނިއަމް ފައްކާ ކުރުން އީރާނުން ކުރިއަށް ގެންދާނެއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

މޫސުމާ ބެހޭ އެއްބަސްވުމަށް އަމަލުކުރުން ލާޒިމް: ގުޓަރެސް

މޫސުމާ ބެހޭ އެއްބަސްވުމަށް އަމަލުކުރުން ލާޒިމް: ގުޓަރެސް

31 މެއި 2017
ގެފުޅު ވަށައިގެން ތަވާފްކުރާ ސަރަހައްދުގައި ސުންނަތް ނަމާދު ކުރުން މަނާކޮށްފި

ގެފުޅު ވަށައިގެން ތަވާފްކުރާ ސަރަހައްދުގައި ސުންނަތް ނަމާދު ކުރުން މަނާކޮށްފި

23 މެއި 2017
އުތުރު ކޮރެއާ އިން ނިއުކްލިއަ ޓެސްޓް ކުރުން އަވަސް ކުރަނީ

އުތުރު ކޮރެއާ އިން ނިއުކްލިއަ ޓެސްޓް ކުރުން އަވަސް ކުރަނީ

02 މެއި 2017
އުތުރު ކޮރެއާ އިން މިސައިލް ޓެސްޓުތައް ކުރުން މަތީ ދެމިތިބޭނެ ކަމަށް އަގައުމުން ބުނެފި

އުތުރު ކޮރެއާ އިން މިސައިލް ޓެސްޓުތައް ކުރުން މަތީ ދެމިތިބޭނެ ކަމަށް އަގައުމުން ބުނެފި

18 އެޕްރީލު 2017
އދ.އިން ހެއިޓީގައި ސުލްހަ ބެލެހެއްޓުން ހުއްޓާލުމަށް ސަލާމަތީ މަޖިލީހުން ފާސްކޮށްފި

އދ.އިން ހެއިޓީގައި ސުލްހަ ބެލެހެއްޓުން ހުއްޓާލުމަށް ސަލާމަތީ މަޖިލީހުން ފާސްކޮށްފި

14 އެޕްރީލު 2017

އަހަރުތަކުން މިއަދު

16 މެއި
އައިޖީއެމްއެޗުން އުކުޅުވަޅުގެ އޮޕަރޭޝަނެއް ކުރި މީހެއްގެ ލޮލުގެ ފެނުން ގެއްލި، ނުކުޅެދުންތެރި މީހަކަށް ބަދަލުވި މައްސަލައެއް
20251 އަހަރު ކުރިން
ރާއްޖެ

އައިޖީއެމްއެޗުން އުކުޅުވަޅުގެ އޮޕަރޭޝަނެއް ކުރި މީހެއްގެ ލޮލުގެ ފެނުން ގެއްލި، ނުކުޅެދުންތެރި މީހަކަށް ބަދަލުވި މައްސަލައެއް

އިންތިހާ ތައްޔާރީ ކާބޯތަކެތިން ހަށިގަނޑަށް ވަނީ ގެއްލުންތަ؟ ނޫނީ ފައިދާތަ؟
20242 އަހަރު ކުރިން
ތަފާތު ޚަބަރު

އިންތިހާ ތައްޔާރީ ކާބޯތަކެތިން ހަށިގަނޑަށް ވަނީ ގެއްލުންތަ؟ ނޫނީ ފައިދާތަ؟

12 މެމްބަރުންނާއި އިތުރު ބައެއް ފަރާތްތައް އެމްޑީޕީ އިން ވަކިވެއްޖެ
20233 އަހަރު ކުރިން
ރާއްޖެ

12 މެމްބަރުންނާއި އިތުރު ބައެއް ފަރާތްތައް އެމްޑީޕީ އިން ވަކިވެއްޖެ

އަނެއްކާވެސް ބައްޔަކާމެދު ކަންބޮޑުވުން ފެތުރެން ފަށައިފި
20224 އަހަރު ކުރިން
ރިޕޯޓު

އަނެއްކާވެސް ބައްޔަކާމެދު ކަންބޮޑުވުން ފެތުރެން ފަށައިފި

ބިލް ގޭޓްސްގެ ގިރިޓީކަން ކެނޑި "ކޫޑިކަން" ފާޅުވާން ފަށައިފި
20215 އަހަރު ކުރިން
ތަފާތު ޚަބަރު

ބިލް ގޭޓްސްގެ ގިރިޓީކަން ކެނޑި "ކޫޑިކަން" ފާޅުވާން ފަށައިފި

އަބްދުރަހީމް ފައުންޑޭޝަން ހިމެނޭ ގޮތަށް ވެމްކޯއިން ގިނަ އަދަދެއްގެ ފައިސާ ކުންފުނިތަކަށް ދޫކޮށްފައިވޭ: އާދަމް މުހައްމަދު
20197 އަހަރު ކުރިން
ރާއްޖެ

އަބްދުރަހީމް ފައުންޑޭޝަން ހިމެނޭ ގޮތަށް ވެމްކޯއިން ގިނަ އަދަދެއްގެ ފައިސާ ކުންފުނިތަކަށް ދޫކޮށްފައިވޭ: އާދަމް މުހައްމަދު

ސެއްޅި ބޭސް
20188 އަހަރު ކުރިން
ވާހަކަަ

ސެއްޅި ބޭސް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު