Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެޣައްޒާ ހަނގުރާމަ

އިސްރާއީލުގެ ހަމަލާތަކުން 30 މިނެޓުގެ ތެރޭގައި ޣައްޒާގައި މަދުވެގެން 38 މީހުން ޝަހީދު ވެއްޖެ

ކެނެޑާ، ފްރާންސް އަދި އިނގިރޭސިވިލާތުން ވަނީ އިސްރާއީލުން އަލުން ފަށާފައިވާ އަނިޔާވެރި ހަމަލާތައް ހުއްޓާ ނުލައިފިނަމަ 'އަމަލީ ފިޔަވަޅު' އަޅާނެ ކަމަށް ބުނެ އިންޒާރު ދީފައި.

ރާއްޖެ އެމްވީ | 20 މެއި 2025 | އަންގާރަ 09:53
ޣައްޒާގެ ބޯޑަރު ކައިރިއަށް އިސްރާއީލުގެ ޓޭންކަރެއް ދަތުރުކުރަނީ...އިސްރާއީލުގެ އަސްކަރިއްޔާ އިން ވަނީ ޣައްޒާގައި ހިންގާ ގްރައުންޑް އޮޕަރޭޝަންތައް "އޮޕަރޭޝަން ގިޑިއަންސް ޝެރިއޮޓްސް،' ގެ ނަމުގައި ވަރުގަދަ ކޮށް އިތުރަށް ފުޅާ ކޮށްފައި - 19 މެއި 2025

އިސްރާއީލުން ޣައްޒާ ސްޓްރިޕްގެ އެކި ސަރަޙައްދު ތަކަށް ދިން ވައިގެ ހަމަލާތަކުގައި އެންމެ ބައި ގަަޑިއިރުގެ ތެރޭގައި މަދުވެގެން 38 ފަލަސްތީނު ރައްޔިތުން ޝަހީދު ވެއްޖެ ކަމަށް ޣައްޒާގެ ސިއްހީ އޮފިޝަލުން ހާމަ ކޮށްފި ކަމަށް ބީބީސީ އިން ބުނެފިއެވެ.

ޣައްޒާ ގެ ސިވިލް ޑިފެންސް އޭޖެންސީގެ ތަރުޖަމާނަކު ބުނެފައިވަނީ އިސްރާއީލުގެ ހަނގުރާމަމަތީ މަތިންދާބޯޓުތަކުން ހަމަލާ ދީފައިވަނީ އިރުމަތީ ޣައްޒާ ސިޓީގައި ހުރި ސްކޫލަކަށާއި؛ މެދުތެރޭ ޣައްޒާގެ ނުސައިރާތު ރެފިއުޖީ ކޭމްޕުގައި ގެދޮރު ގެއްލިފައިވާ ޢާއިލާތަކެއް އުޅެމުން ދިޔަ ސަރަހައްދުގައި ހުރި މިހާރު ބޭނުން ނުކުރާ ތެޔޮ ސްޓޭޝަނަކަށާއި؛ އަދި ދެކުނު ޣައްޒާގެ ދީރުލް ބަލާޙުގައި ހުރި ތިން ބުރީގެ އާންމުން ދިރިއުޅޭ އިމާރާތަކަށް ކަމަށެވެ.

އިސްރާއީލީ ބާރުތަކުން ޣައްޒާއަށް ބޮންއެޅުމުގެ ސަބަބުން، އަންގާރަ ވިލޭރޭ މެންދަމުން ފެށިގެން މަދުވެގެން 60 މީހުން ޝަހީދުވެފައިވާ ކަމަށް އަލްޖަޒީރާ އިން ރިޕޯޓުކޮށްފައިވެއެވެ. މިއީ ދެކުނުގެ ޚާން ޔޫނިސް ސިޓީގައި ދިރިއުޅޭ ފަލަސްތީނުގެ ރައްޔިތުން އަދި "މިހާތަނަށް ނުދެކޭފަދަ ހަމަލާއެއް" ކަމަށް ރިޕޯޓުކޮށްފައި ވެއެވެ. އިސްރާއީލުގެ އަސްކަރިއްޔާ އިން ވަނީ މިސަރަހައްދު ދޫކޮށް ދިއުމަށް ފަލަސްތީނު ރައްޔިތުންނަށް އަމަރު ކޮށްފައެވެ.

ކެނެޑާ، ފްރާންސް އަދި އިނގިރޭސިވިލާތުން ވަނީ އިސްރާއީލުން އަލުން ފަށާފައިވާ އަނިޔާވެރި ހަމަލާތައް ހުއްޓާ ނުލައިފިނަމަ 'އަމަލީ ފިޔަވަޅު' އަޅާނެ ކަމަށް ބުނެ އިންޒާރު ދީފައެވެ.

އޭގެ އިތުރުން 22 ޤައުމަކުން އިސްރާއީލަށް ގޮވާލާފައިވަނީ ބަނޑުހައިހޫނުކަން ތަހައްމަލު ކުރަމުންދާ ޣައްޒާއަށް އެހީ ފޯރުކޮށްދިނުމަށް އަޅާފައިވާ ފިޔަވަޅުތައް ވަގުތުން އުވާލުމަށެވެ.

އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނެތަންޔާހޫ ވަނީ ދުނިޔޭގެ ގައުމުތަކުގެ ގޮވާލުންތައް ބަލައިނުގަނެ، ހަމަލާތައް ކުރިއަށް ގެންދާނެ ކަމަށް ވަޢުދުވެފައިވެއެވެ.

އިސްރާއީލުގެ އަނިޔާވެރި ބޮޑުވަޒީރު ނަތަންޔާހޫގެ އަމުރަށް އިސްރާއީލު ސިފައިން މިހާރު ދެމުންދާ ގަދަފަދަ ހަމަލާތަކަކީ މުޅި ޣައްޒާ އިސްރާއީލުގެ ބާރުގެ ދަށަށް ގެނައުމުގެ މަގްސަދުގައި ފަށާފައިވާ ހަމަލާތަކެއް ކަމަށް އިސްރާއީލުން ވަނީ ބުނެފައެވެ.

އިތުރަށް ކިޔާލަން

01 ނޮވެމްބަރު 2017

ވިހަދީގެން ފިރިމީހާ މަރަން އުޅުމުގެ ތެރޭގައި އާއިލާގެ 15 މީހުން މަރާލައިފި

01 ނޮވެމްބަރު 2017
ވިހަދީގެން ފިރިމީހާ މަރަން އުޅުމުގެ ތެރޭގައި އާއިލާގެ 15 މީހުން މަރާލައިފި
28 އޯގަސްޓު 2017

އުތުރު ކޮރެއާއިން ޖަޕާނާއި ދިމާލަށް ފޮނުވައިލި މިސައިލެއް ވައިގެ ތެރޭގައި ގޮވައިފި

28 އޯގަސްޓު 2017
އުތުރު ކޮރެއާއިން ޖަޕާނާއި ދިމާލަށް ފޮނުވައިލި މިސައިލެއް ވައިގެ ތެރޭގައި ގޮވައިފި
15 އޯގަސްޓު 2017

ޔަމަނުގައި ކޮލެރާ ޖެހިފައިވާ މީހުންގެ އަދަދު ހަތަރު މަސްތެރޭގައި ފަސްލައްކަ އަށް އަރައިފި

15 އޯގަސްޓު 2017
ޔަމަނުގައި ކޮލެރާ ޖެހިފައިވާ މީހުންގެ އަދަދު ހަތަރު މަސްތެރޭގައި ފަސްލައްކަ އަށް އަރައިފި
10 އޯގަސްޓު 2017

ގުއާމް ކަނޑަށް ހަމަލާ ދިނުމާއި ބެހޭ ޕްލޭން އޯގަސްޓް މެދުތެރޭގައި ތައްޔާރު ވާނެ: އުތުުރު ކޮރެއާ

10 އޯގަސްޓު 2017
ގުއާމް ކަނޑަށް ހަމަލާ ދިނުމާއި ބެހޭ ޕްލޭން އޯގަސްޓް މެދުތެރޭގައި ތައްޔާރު ވާނެ: އުތުުރު ކޮރެއާ
01 އޯގަސްޓު 2017

މަގާމު ހަވާލުކުރިތާ 10 ދުވަހުގެ ތެރޭގައި ވައިޓް ހައުސްގެ ކޮމިއުނިކޭޝަންސް ޑިރެކްޓަރ ވަކިކުރައްވައިފި

01 އޯގަސްޓު 2017
މަގާމު ހަވާލުކުރިތާ 10 ދުވަހުގެ ތެރޭގައި ވައިޓް ހައުސްގެ ކޮމިއުނިކޭޝަންސް ޑިރެކްޓަރ ވަކިކުރައްވައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު