Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
އިސްރާއީލް-ޔަމަން ހަމަނުޖެހުން

އިސްރާއީލުން ޔަމަނުގެ ހުދައިދާ ބަނދަރަށް ހަމަލާދީފި

އިސްރާއީލުން މި ހަމަލާ ދިން އިރު ހުކުރުވިލޭރޭ ޔަމަނުން ވަނީ އިސްރާއީލުގެ ވައިގެ ބަނދަރަކަށް މިސައިލް ހަމަލާއެއް ދީފައި.

ރާއްޖެ އެމްވީ | 16 މެއި 2025 | ހުކުރު 15:38
އިސްރާއީލުގެ ހަނގުރާމަމަތީ މަތިންދާބޯޓުތަކުން ޔަމަނުގެ ހުދައިދާ ގައި ހުންނަ ސިމެންތި ފެކްޓްރީއަކަށް ދިން ހަމަލާ އާ ގުޅިގެން ރޯވެފައިވާ އަލިފާންގަނޑު ނިއްވުމުގެ މަސައްކަތް ކުރަނީ – 5 މެއި 2025 (ފައިލް).

އިސްރާއީލުގެ ހަނގުރާމަމަތީ ބޯޓުތަކުން ޔަމަނުގެ ހުދައިދާ ބަނދަރަށް ހުކުރު ދުވަހު ހަމަލާ ދީފިއެވެ.

ހޫތީންނާ ގުޅުންހުރި ޔަމަނުގެ އަލް މަސީރާ ޓީވީން ބުނެފައިވަނީ މި ހަމަލާ އަމާޒުވެފައިވަނީ ޔަމަނުގެ ހުޅަނގު ފަރާތު ރެޑް ސީ ސަރަހައްދުގައި އޮންނަ ހުދައިދާގެ ބަނދަރުގެ އިތުރުން ސަލީފް ބަނދަރަށް ކަމަށެވެ.

ހަމަލާގެ ސަބަބުން ލިބުނު ގެއްލުންތައް ހާމަ ކޮށްފައެއް ނުވެއެވެ.

އިސްރާއީލުން ބުނެފައިވަނީ ހޫތީން ގާބިލްކަން ނައްތާލުމުގެ އިތުރުން ހަމަލާތައް އިސްރާއީލަށް ދެމުންދާނަމަ އެ ގްރޫޕްގެ އެންމެ މަތީ ލީޑަރު، އަބްދުލްމަލިކް އަލް-ހޫތީ އަށް އަމާޒުކުރަން ޖެހިދާނެ ކަމަށެވެ.

އިސްރާއިލުން މެއި 6 ގައި ދިން ހަމަލާއެއްގައި ޔަމަނުގެ މައި ވައިގެ ބަނދަރު ސަނާ އަށް ގެއްލުން ލިބި، އަދި އެތައް ބަޔަކު މަރުވެފައިވެއެވެ.

ހުކުރު ދުވަހު، އިސްރާއީލުގެ ސިފައިންގެ ފަރާތުން ބުނެފައިވަނީ ހުދެއިދާ އަދި ސަލީފްގެ ބަނދަރުތައް ބޭނުންކުރެވެމުންދަނީ ހަތިޔާރު އުފުލުމަށް ކަމަށާއި، އެ ސަރަހައްދުތަކުގައި ދިރިއުޅޭ އާންމުން އެ އެތަންތަން ދޫކޮށް ދިއުމަށް ދެވުނު އިންޒާރު ވަނީ ތަކުރާރު ކޮށްފައެވެ.

ހުދެއިދާގެ އާންމުން ބުނެފައިވަނީ އެމީހުންނަށް ހުކުރު ދުވަހު 4 ބޮޑު ހަތަރު ގޮވުމެއްގެ އަޑު އިވުނު ކަމަށާއި، އަދި އިސްރާއީލުގެ ހަމަލާތަކަށް ފަހު ބަނދަރުން ދުން އަރަމުންދާތަން ފެނުނު ކަމަށެވެ.

އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ އާއި ދިފާއީ ވަޒީރު އިސްރާއީލް ކަޓްޒް ނެރުނު ގުޅިފައިވާ ބަޔާނެއްގައި ބުނެފައިވަނީ އެމީހުން ހޫތީންގެ އެންމެ މަތީ ލީޑަރު، އަބްދުލް މަލިކް އަލް-ހޫތީ ހޯދާނެ ކަމަށެވެ.

"ހޫތީން އިސްރާއީލު ދައުލަތަށް މިސައިލް ފޮނުވުން ކުރިއަށް ގެންދާނަމަ، އެމީހުންނަށް ވަރަށް ބޮޑެތި ގެއްލުން ލިބޭނެ، އަދި އަހަރެމެން އެމީހުންގެ ލީޑަރުންނަށްވެސް ގެއްލުން ދޭނަން،" ބަޔާނުގައި ބުނެފައިވެއެވެ. އަދި އިތުރަށް ބުނެފައިވަނީ އަލް-ހޫތީ ވެސް އިސްރާއީލުން މަރާލާފައިވާ ހަމާސްގެ ޔަހްޔާ ސިންވާރު އަދި ހިޒްބުﷲ ގެ ހަސަން ނަސްރުއްލާ ފަދަ ލީޑަރުންގެ ލިސްޓުގައި ހިމެނިދާނެ ކަމަށެވެ.

އިސްރާއީލުން ހުދައިދާގެ ބަނދަރަށް ހަމަލާ ދިން އިރު ޔަމަނުން ވަނީ އިސްރާއީލުގެ ވައިގެ ބަނދަރަކަށް ހުކުރުވިލޭރޭ މިސައިލް ހަމަލާ އެއް ދީފައެވެ.

ޔަމަނުގެ ހަތިޔާރުއެޅި ބާރުތަކުގެ ތަރުޖަމާނު ވަނީ، ޣައްޒާގައި އިސްރާއީލުން ހިންގަމުންދާ އަނިޔާވެރި ޢަމަލުތަކަށް ރައްދު ދިނުމުގެ ގޮތުން، އިސްރާއީލުން ހިފާފާފައިވާ ފަލަސްތީނުގެ ސަރަހައްދުގައި އޮންނަ ބެން ގުރިއަން އިންޓަނޭޝަނަލް އެއަރޕޯޓަށް މިސައިލް ހަމަލާއެއް ދީފައިވާ ކަމަށް އިޢުލާނުކޮށްފައެވެ.

ޔަމަނުގެ ސިފައިންގެ ތަރުޖަމާނު ބްރިގޭޑިއަރ ޖެނެރަލް ޔަހްޔާ ސާރީ ބުރާސްފަތި ދުވަހުގެ ރޭ ވިދާޅުވެފައިވަނީ، ޔަމަނުގެ މިސައިލް ޔުނިޓްތަކުން ތެލް އަވީވުގެ ދެކުނު އިރުމަތީ ފަރާތުން 20 ކިލޯމީޓަރު ދުރުގައި އޮންނަ މި އެއަރޕޯޓަށް އެ ޤައުމުގައި އުފައްދާފައިވާ ހައިޕަރސޮނިކް ބެލިސްޓިކް މިސައިލަކުން އަމާޒުކޮށްފައިވާ ކަމަށެވެ.

ސާރީ ހާމަ ކުރި ގޮތުގައި ރައްދު ދިނުމުގެ މި ހަމަލާއިން އޭގެ މަޤްޞަދު ކާމިޔާބުކަމާއެކު ހާސިލުވެފައިވާ ކަމަށާއި، އެތައް ސަތޭކަ ހާސް ޣައިރު ގާނޫނީ އިސްރާއީލުގެ ވަޒަންވެރިން ޝެލްޓަރުތަކަށް ފިލަން ވަންނަން ޖެހުނު ކަމަށެވެ.

ސާރީ ވިދާޅުވީ، ޔަމަނުގެ ހަތިޔާރުއެޅި ބާރުތަކާއި އެ ޤައުމުގެ މިނިވަންކަމަށް ލޯބިކުރާ ރައްޔިތުން، ޣައްޒާ ގައި ހިނގަމުންދާ ކަންތައްތަކާއި، އާންމު ރައްޔިތުން ކޮންމެ ދުވަހަކު މަރަމުންދާ މިންވަރާއި، އެތައް ހަފްތާ އެއް ވަންދެން އެހީގެ ތަކެއްޗަށް ހުރަސް އަޅާފައި ވުމާއެކުވެސް މުސްލިމް ޤައުމުތަކުން އެއްވެސް ފިޔަވަޅެއް ނާޅާ ތިބުމާ ގުޅިގެން، ޣައްޒާގެ ރައްޔިތުންނާ އެއްބައިވުމަކީ ދީނީ، އަޚްލާޤީ އަދި އިންސާނީ ޒިންމާއެއްގެ ގޮތުގައި ދެކޭ ކަމަށެވެ.

ޔަމަނުގެ އިސް ސިފައިންގެ އޮފިޝަލު ވިދާޅުވެފައިވަނީ، ޔަމަނަށް ކުރިމަތި ކުރަމުންދާ އުދުވާނުތައް ހުއްޓެންދެން އަދި، ޣައްޒާގެ ރައްޔިތުންގެ މައްޗަށް އަޅާފައިވާ ނުރައްކާތެރި ހިޞާރު އެއްކޮށް އުވާލަންދެން، އެ ޤައުމުގެ ސިފައިންގެ އެކަންކަމާ ދެކޮޅަށް ފިޔަވަޅު އަޅަމުން ގެންދާނެ ކަމަށެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

އިސްރާއީލުން އަލްޖަޒީރާ ހުއްޓުވަން ނިންމައިފި

އިސްރާއީލުން އަލްޖަޒީރާ ހުއްޓުވަން ނިންމައިފި

07 އޯގަސްޓު 2017
ޔަމަނުގެ 21 ޕްރޮވިންސްއަކަށް ކޮލެރާ ފެތުރި 1600 މީހުން މަރުވެއްޖެ

ޔަމަނުގެ 21 ޕްރޮވިންސްއަކަށް ކޮލެރާ ފެތުރި 1600 މީހުން މަރުވެއްޖެ

07 ޖުލައި 2017
ރޯދަމަސް ފެށުނުއިރުވެސް ޔަމަނުގެ 17 މިލިއަން މީހުން ބަނޑުހައިހޫނު ކަމުގައި

ރޯދަމަސް ފެށުނުއިރުވެސް ޔަމަނުގެ 17 މިލިއަން މީހުން ބަނޑުހައިހޫނު ކަމުގައި

29 މެއި 2017
ހަތިޔާރު އެޅި ބަޔަކު އަފްގާން ޓީވީ ސްޓޭޝަނަށް ހަމަލާދީފި

ހަތިޔާރު އެޅި ބަޔަކު އަފްގާން ޓީވީ ސްޓޭޝަނަށް ހަމަލާދީފި

17 މެއި 2017
ބޮންތަކުގެ "މަންމަ ބޮމުން" އަފްގާނުގެ އައިއެސްއަށް ހަމަލާދީފި

ބޮންތަކުގެ "މަންމަ ބޮމުން" އަފްގާނުގެ އައިއެސްއަށް ހަމަލާދީފި

14 އެޕްރީލު 2017

އަހަރުތަކުން މިއަދު

16 މެއި
އައިޖީއެމްއެޗުން އުކުޅުވަޅުގެ އޮޕަރޭޝަނެއް ކުރި މީހެއްގެ ލޮލުގެ ފެނުން ގެއްލި، ނުކުޅެދުންތެރި މީހަކަށް ބަދަލުވި މައްސަލައެއް
20251 އަހަރު ކުރިން
ރާއްޖެ

އައިޖީއެމްއެޗުން އުކުޅުވަޅުގެ އޮޕަރޭޝަނެއް ކުރި މީހެއްގެ ލޮލުގެ ފެނުން ގެއްލި، ނުކުޅެދުންތެރި މީހަކަށް ބަދަލުވި މައްސަލައެއް

އިންތިހާ ތައްޔާރީ ކާބޯތަކެތިން ހަށިގަނޑަށް ވަނީ ގެއްލުންތަ؟ ނޫނީ ފައިދާތަ؟
20242 އަހަރު ކުރިން
ތަފާތު ޚަބަރު

އިންތިހާ ތައްޔާރީ ކާބޯތަކެތިން ހަށިގަނޑަށް ވަނީ ގެއްލުންތަ؟ ނޫނީ ފައިދާތަ؟

12 މެމްބަރުންނާއި އިތުރު ބައެއް ފަރާތްތައް އެމްޑީޕީ އިން ވަކިވެއްޖެ
20233 އަހަރު ކުރިން
ރާއްޖެ

12 މެމްބަރުންނާއި އިތުރު ބައެއް ފަރާތްތައް އެމްޑީޕީ އިން ވަކިވެއްޖެ

އަނެއްކާވެސް ބައްޔަކާމެދު ކަންބޮޑުވުން ފެތުރެން ފަށައިފި
20224 އަހަރު ކުރިން
ރިޕޯޓު

އަނެއްކާވެސް ބައްޔަކާމެދު ކަންބޮޑުވުން ފެތުރެން ފަށައިފި

ބިލް ގޭޓްސްގެ ގިރިޓީކަން ކެނޑި "ކޫޑިކަން" ފާޅުވާން ފަށައިފި
20215 އަހަރު ކުރިން
ތަފާތު ޚަބަރު

ބިލް ގޭޓްސްގެ ގިރިޓީކަން ކެނޑި "ކޫޑިކަން" ފާޅުވާން ފަށައިފި

އަބްދުރަހީމް ފައުންޑޭޝަން ހިމެނޭ ގޮތަށް ވެމްކޯއިން ގިނަ އަދަދެއްގެ ފައިސާ ކުންފުނިތަކަށް ދޫކޮށްފައިވޭ: އާދަމް މުހައްމަދު
20197 އަހަރު ކުރިން
ރާއްޖެ

އަބްދުރަހީމް ފައުންޑޭޝަން ހިމެނޭ ގޮތަށް ވެމްކޯއިން ގިނަ އަދަދެއްގެ ފައިސާ ކުންފުނިތަކަށް ދޫކޮށްފައިވޭ: އާދަމް މުހައްމަދު

ސެއްޅި ބޭސް
20188 އަހަރު ކުރިން
ވާހަކަަ

ސެއްޅި ބޭސް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު