Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެއޮޅުހިޔާ ފެސިލިޓީ

'' އޮޅުހިޔާ '' ފެސިލިޓީ ހިންގުމަށް މަދުވެގެން 1.2 ބިލިއަން ރުފިޔާ ޚަރަދުވާނެ ކަމަށް ވިދާޅުވެވުނީ އޮޅުމަކުން: މިނިސްޓަރު މާރިޔާ

ފެސިލިޓީ ހިންގަން ހަރަދުވާނީ 1.2 މިލިއަން ރުފިޔާ

އަމްނާ އިމާދު
އަމްނާ އިމާދު | 14 މެއި 2025 | ބުދަ 09:36
ރައްޔިތުން މަޖިލީހުގައި މިނިސްޓަރ އޮފް އެގްރިކަލްޗަރ އެންޑް އެނިމަލް ވެލްފެއަރ ޑރ. މަރްޔަމް މާރިޔާ ވާހަކަދައްކަވަނީ

ރައްޔިތުން މަޖިލީހުގައި މިނިސްޓަރ އޮފް އެގްރިކަލްޗަރ އެންޑް އެނިމަލް ވެލްފެއަރ ޑރ. މަރްޔަމް މާރިޔާ ވާހަކަދައްކަވަނީ

މާލޭގެ މަގުތަކުގައި އުޅޭ ބުޅާތައް ބެލެހެއްޓުމަށް ގާއިމްކުރި ''އޮޅުހިޔާ'' ފެސިލިޓީ ހިންގުމަށް މަދުވެގެން 1.2 ބިލިއަން ރުފިޔާ ޚަރަދުވާނެ ކަމަށް ވިދާޅުވެވުނީ އޮޅުމަކުން ކަމަށާއި، ރަނގަޅު ގޮތަކީ 1.2 މިލިއަން ރުފިޔާ މިނިސްޓަރ އޮފް އެގްރިކަލްޗަރ އެންޑް އެނިމަލް ވެލްފެއަރ ޑރ. މަރްޔަމް މާރިޔާ ވިދާޅުވެއްޖެއެވެ.

ބުދަ ދުވަހު ކުރިއަށް ގެންދިޔަ ރައްޔިތުން މަޖިލީހުގައި ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހީމް ކުރެއްވި ސުވާލަށް މިނިސްޓަރު މާރިޔާ ވިދާޅުވީ ފެސިލިޓީ ހިންގުމުގެ ހަރަދު ނުލައި ވެސް 1.2 ބިލިއަން ރުފިޔާ ހަރަދުވާނެ ކަމަށެވެ.

ނަމަވެސް މިހެން ވިދާޅުވެވިފައިވާތީ އެކަމަށް މައާފަށް އެދިވަޑައިގެން މިނިސްޓަރު މާރިޔާ ވިދާޅުވީ ނަން ރިކަރަންޓް ހަރަދުގެ ގޮތުގައި ޚަރަދުވާނީ 1.2 ބިލިއަން ރުފިޔާ ކަމަށް ދެންނެވުނީ އޮޅުމަކުން ކަމަށާއި، ރަނގަޅު ގޮތަކީ 1.2 މިލިއަން ރުފިޔާ ކަމަށެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި އިއްޒަތްތެރި މެންބަރަކު ކުރެއްވި ސުވާލުގެ ޖަވާބުގައި ނަން ރިކަރަންޓް ހަރަދުގެ ގޮތުގައި ޚަރަދުވާނީ 1.2 ބިލިއަން ރުފިޔާ ކަމަށް އަޅުގަނޑަށް ދެންނެވުނީ އަޅުމަކުން. ރަނގަޅު ގޮތަކީ 1.2 މިލިއަން ރުފިޔާ. އެހެންކަމުން މިކަމަށްޓަކައި މައާފަށް އެދެން.
މިނިސްޓަރ އޮފް އެގްރިކަލްޗަރ އެންޑް އެނިމަލް ވެލްފެއަރ ޑރ. މަރްޔަމް މާރިޔާ

ބުދަ ދުވަހުގެ މަޖިލިސް ޖަލްސާގައި މިނިސްޓަރު މާރިޔާ ވިދާޅުވީ އޮޅުހިޔާ ފެސިލިޓީގައި 2000 ބުޅާ ގެންގުޅޭނަމަ، ކޮންމެ ބުޅަލަކަށް މަހެއްގެ މައްޗަށް ހަތްލައްކަ ރުފިޔާ ޚަރަދުވާނެ ކަމަށެވެ.

އެގޮތުން ކޮންމެ ތިން މަހަކުން 3.4 މިލިއަން ރުފިޔާ ހަރަދުވާނެ ކަމަށާއި، އަހަރަކު 10.8 މިލިއަން ރުފިޔާ ހަރަދުވާނެކަމަށް މިނިސްޓަރު މާރިޔާ ވިދާޅުވިއެވެ. އަދި ފެސިލިޓީގެ ޖުމުލަ ބަޖެޓުން ބުޅަލަކަށް މަހަކު 368 ރުފިޔާ ހަރަދުވާނެ ކަމަށާއި، އަހަރަކު 5416 ރުފިޔާ ހަރަދުވާނެކަމަށް ވެސް މިނިސްޓަރު މާރިޔާ ވިދާޅުވިއެވެ.

އޮޅުހިޔާ ފެސިލިޓީގެ ގިނަ މަސައްކަތްތަކެއް އަދިވެސް ކުރަންހުރިކަން ފާހަގަކުރައްވައި މިނިސްޓަރު މާރިޔާ ވިދާޅުވީ ފެބްރުއަރީ މަހު އެފެސިލިޓީއާ ހަވާލުވިއިރު، އެތަން ހުރީ ބުޅާތައް ގެންގޮސްގެން ބެލެހެއްޓޭނެ ގޮތަށް ނޫން ކަމަށެވެ.

ނަމަވެސް މިނިސްޓްރީ ހަވާލުވުމަށްފަހު، ގިނަ މަސައްކަތްތައް ކޮށް ފުރަތަމަ 16 ގަޑިއިރުގެ ތެރޭގައި، ފުރަތަމަ ބެޗްގައި 15 ބުޅާ ގޮސް ބަލަހައްޓަމުން ގެންދާ ކަމަށް މިނިސްޓަރު މާރިޔާ ވިދާޅުވިއެވެ.

އޮޅުހިޔާ ފެސިލިޓީ މިނިސްޓްރީގެ ދަށަށް ގެންދިޔައީ އެތަން އަޅަން މާލެސިޓީ ކައުންސިލާ ހަވާލުކޮށްފައި އޮތް ތާރީހު ހަމަވެގެންދިޔަ އިރުވެސް އެތަނުގެ މަސައްކަތްތައް ނިމިފައި ނުވާތީ ކަމަށް މިނިސްޓަރު މާރިޔާ ވިދާޅުވި ނަމަވެސް، އެފެސިލިޓީ ސަރުކާރުން ނަގާފައިވަނީ ކައުންސިލުން ބަރާބަރަށް މަސައްކަތްތައް ކުރިއަށް ގެންދަނިކޮށްށެވެ. އެއީ ރައީސް ޑރ.މުހައްމަދު މުއިއްޒުގެ ސަރުކާރަށް އެއް އަހަރު ފުރުމާއި ގުޅިގެން އެކަމުގެ ކާމިޔާބީއެއް ގޮތުގައި ފާހަގަކުރުމުގެ ގޮތުންނެވެ.

މި މައްސަލައާ ގުޅިގެން މާލެސިޓީ ކައުންސިލުން ކަންބޮޑުވުން ވެސް ފާޅުކޮށްފައިވެއެވެ.

ބުޅާ ބެލެހެއްޓުމަށް ތަރައްގީކޮށްފައިވާ "އޮޅުހިޔާ" ކައުންސިލް އަތުން ސަރުކާރުން އަތުލުމަށްފަހު ބުޅާތައް މަގުމަޗަށް މަރުވެ، މަގުތަށް ނަޖިސްކުރަން ދޫކޮށްލާފައިވާ ކަމަށް މޭޔަރު އާދަމް އާޒިމް ވެސް ވިދާޅުވެފައިވެއެވެ.

މާލެ ސިޓީ ކައުންސިލްގެ އަތުން ސަރުކާރުން ބުޅާ ފެސިލިޓީގެ ތަޅުދަނޑި އަތުލާފައިވަނީ ނިމިދިޔަ ފެބްރުއަރީ މަހުގެ 26 ވަނަ ދުވަހުގެ ހަވީރުގެ ވަގުތެއްގަ އެވެ.

ހުޅުމާލޭގެ ދެ ވަނަ ފިޔަވަހީގައި ގާއިމް ކޮށްފައިވާ މި ބުޅާ ފެސިލިޓީ އަކީ ފަސްހާސް އަކަފޫޓޫ ބޮޑު ފެސިލިޓީއެކެވެ. އެތަނުގައި ބުޅާތައް ކަރަންޓީނު ކުރާނެ ސަރަހައްދަކާއި ކްލިނިކަކާއި ލެބޯޓްރީއެއްގެ އިތުރުން ބުޅާތަކަށް ދޭން ޖެހޭ ބޭސްތައް ބަހައްޓާނެ ފާމަސީއަކާއި އެ ބުޅާތަށް އުޅޭނެ ރަނގަޅު ފެންވަރެއްގެ ސަރަހައްދެއް ވެސް ކައުންސިލުން ވަނީ ތަރައްގީ ކޮށްފަ އެވެ.

މާލޭގެ ބުޅާތައްއޮޅުހިޔާ ފެސިލިޓީމަރްޔަމް މާރިޔާމުހައްމަދު އިބްރާހިމް

އިތުރަށް ކިޔާލަން

05 ޑިސެމްބަރު 2025

ސައިކަލުތައް ވަގަށް ނެގުމުގެ މައްސަލަތައް އިތުރުވާތީ އިދާރީ އަދި މާލީ ދަތިތަކަށް ލުޔެއް ހޯދައި ދިނުމަށް އެދި ހުށަހަޅައިފި

05 ޑިސެމްބަރު 2025
ސައިކަލުތައް ވަގަށް ނެގުމުގެ މައްސަލަތައް އިތުރުވާތީ  އިދާރީ އަދި މާލީ ދަތިތަކަށް ލުޔެއް ހޯދައި ދިނުމަށް އެދި ހުށަހަޅައިފި
17 ނޮވެމްބަރު 2025

ކުޑޫގެ މެސެޖެއް އޭސީސީއަށް: ހޯދަން އެންގި 77 މިލިއަނުން ހޯދުނީ އެންމެ 49،000 ރުފިޔާ، ޓައި އަޅައިގެން އޮފީހަށް ދާނެ ކަމެއް ނެތް!

17 ނޮވެމްބަރު 2025
ކުޑޫގެ މެސެޖެއް އޭސީސީއަށް: ހޯދަން އެންގި 77 މިލިއަނުން ހޯދުނީ އެންމެ 49،000 ރުފިޔާ، ޓައި އަޅައިގެން އޮފީހަށް ދާނެ ކަމެއް ނެތް!
16 ނޮވެމްބަރު 2025

ފުވައްމުލަކުގެ ފެނުގެ މައްސަލައާ ގުޅިގެން މަޖިލީހަށް ކުއްލި މައްސަލަ ހުށަހަޅަން ފުރުސަތެއް ނުދިން

16 ނޮވެމްބަރު 2025
ފުވައްމުލަކުގެ ފެނުގެ މައްސަލައާ ގުޅިގެން މަޖިލީހަށް ކުއްލި މައްސަލަ ހުށަހަޅަން ފުރުސަތެއް ނުދިން
07 އޮކްޓޯބަރު 2025

ޔުމްނު ވެއްޓުނު ހާދިސާ - ރިޕޯޓާގުޅިގެން ސުވާލުކުރިތާ 2 މަސްފަހުން އިހުސާންގެ ޖަވާބު އިއްވުން ބުދަ ދުވަހު

07 އޮކްޓޯބަރު 2025
ޔުމްނު ވެއްޓުނު ހާދިސާ - ރިޕޯޓާގުޅިގެން ސުވާލުކުރިތާ 2 މަސްފަހުން އިހުސާންގެ ޖަވާބު އިއްވުން ބުދަ ދުވަހު
06 އޮކްޓޯބަރު 2025

އަންގާރަ ދުވަހުގެ މަޖިލިސް ގައިވެސް ފެނަކަ އޮޑިޓް ރިޕޯޓުގައިވާ ކޮރަޕްޝަންގެ އަމަލުތައް ތަހުގީގުކޮށް ފިޔަވަޅުއެޅުން އަވަސްކުރުމަށް ބަހުސްކުރުން

06 އޮކްޓޯބަރު 2025
އަންގާރަ ދުވަހުގެ މަޖިލިސް ގައިވެސް ފެނަކަ އޮޑިޓް ރިޕޯޓުގައިވާ ކޮރަޕްޝަންގެ އަމަލުތައް ތަހުގީގުކޮށް ފިޔަވަޅުއެޅުން އަވަސްކުރުމަށް ބަހުސްކުރުން
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު