Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ފަނޑިޔާރުން ވަކިކުރުން

ރާއްޖެ މިއަދު މިއޮތް އަނދިރިކަމުން އަރަގައިތުމަށް ރައީސް މުއިއްޒުގެ ވެރިކަން ނިމުމަކަށް ގެނައުމަކީ ގައުމީ ވާޖިބެއް: ބިގޭ

ރައީސް މުއިއްޒުގެ ވެރިކަން ނިމުމަކަސް ގެނައުމަކީ ދިވެހި ކޮންމެ ރައްޔިތެއްގެ ވެސް ގައުމީ ވާޖިބަކަށް ވެއްޖެ

އަބްދުލް ހަންނާން މުހައްމަދް
އަބްދުލް ހަންނާން މުހައްމަދް, ރާއްޖެ އެމްވީ | 14 މެއި 2025 | ބުދަ 10:09
މަޖިލީހުގެ ކުރީގެ މެމްބަރު މުހައްމަދު ރަޝީދު ހުސައިން  (ބިގޭ)

މަޖިލީހުގެ ކުރީގެ މެމްބަރު މުހައްމަދު ރަޝީދު ހުސައިން (ބިގޭ)

ދިވެހިރާއްޖެއަށް މިއަދު ވެރިވެފައި މިއޮތް ކަޅު އަނދިރި ނާމާންކަން ނިމުމަކަށް ގެނައުމަށާއި ގައުމު ހަމަމަގަށް އެޅުވުމަށް މިހާރު މިއޮތް ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވެރިކަން ނިމުމަކަށް ގެނައުމަކީ ކޮންމެ ދިވެހި ރައްޔިތެއްގެވެސް ގައުމީ ވާޖިބެއް ކަމަށް އަލިފުށީ ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު ރަޝީދު ހުސައިން (ބިގޭ) ވިދާޅުވެއްޖެއެވެ.

ބިގޭ މިފަދައިން ވިދާޅުވެފައި ވަނީ ދިވެހިރާއްޖޭގައި ފަނޑިޔާރުންނަށް ނުލިބުނު އިންސާފެއް އެއްވެސް ރައްޔިތަކަށް ނުލިބޭނެ ކަމަށް ބުނެ އެމްޑީޕީން ބުދަ ދުވަހު ކުރިއަށް ގެންދިއަ އިހުތިޖާޖަށް ފަހު ރާއްޖެ އެމްވީއަށް ދެއްވި ބަސްދީގަތުމެއްގައެވެ.

Advertisement - newsAdvertisement

ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަޒްމިރަލްދާ ޒާހިރު އާއި މަހާޒް އަލީ ޒާހިރު ވަކި ކުރަން ރައްޔިތުންގެ މަޖިލީހުން މިއަދު ވަނީ ފާސްކޮށްފައެވެ.

ބުދަ ދުވަހު ކުރިއަށް ގެންދިޔަ މަޖިލީހުގެ ޖަލްސާގައި ފަނޑިޔާރު އަޒްމިރަލްދާ އާއި މަހާޒު ވަކިކުރަން ފެންނަ ކަމަށް 68 މެންބަރަކު ވޯޓު ދެއްވިއެވެ. އަދި ނުފެންނަ ކަމަށް ވޯޓު ދެއްވީ 11 މެންބަރުންނެވެ. އެހެންކަމުން ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ މަގާމުން އެ ދެ ބޭފުޅުން ވަނީ ވަކިވެފައެވެ.

މިކަމާއި ގުޅުވައި ރާއްޖެ އެމްވީއާއި ވާހަކަދައްކަވަމުން ބިގޭ ވިދާޅުވީ މިއަދަކީ ދިވެހި ރައްޔިތުންނަށް ކަޅުއަނދިރި ދުވަހެއް ކަމަށާއި އެތައް ޒަމާނަކުން ދިވެހިރައްޔިތުން ކުރި ބުރަމަސައްކަތުން ވަކިކޮށްފައި ވާ ބާރުތައް އެއްކޮށް މިހާރުގެ ރައީސް މުއިއްޒުގެ މުށުތެރެއަށް ލައިފިކަމަށެވެ.

ބިގޭ ވިދާޅުވީ މިއަދަކީ ދިވެހީންނަށް ކަޅުދުވަހަކަށް ވެގެން ދިއައީ މަޖިލީހުގެ މެމްބަރުންގެ އަނގައިގައި ތަޅު އަޅުވައި ހުރިހާ ބާރުތަކެއް ނެންގެވުމުން ނުރަނގަޅު އަސަރުތައް ކުރިއަށް އޮތްތަނުގައި ގައުމަށާއި ރައްޔިތުންނަށް ކުރަމުންދާނެތީ ކަމަށެވެ.

ބިގޭ ވިދާޅުވީ ރައީސް މުއިއްޒުގެ ބާރު މުށުތެރެއަށް ލުމަށް ފަނޑިޔާރުންގެ ބާރުތައް ކަނޑުވާލުމަށް އެކިގޮތްގޮތުން މަސައްކަތް ކުރަމުން އަންނަތާ ވަރަށް ގިނަ ދުވަސްތަކެއް ވެއްޖެ ކަމަށާއި އެގޮތުން މިއަދު އެކަން ވެސް ހާސިލްކޮށްފައިވާ ކަމަށެވެ.

އަދި ސްޕްރީމް ކޯޓުގައި މަސައްކަތް ކުރައްވަން ތިބި އިޚްލާސްތެރި ރަނގަޅު، އަދުލުއިންސާފަށް ލޯބިކުރާ ފަނޑިޔާރުންތައް ވަރަށް އިހާނެތިކޮށް ނެރެއެއްލާލައި ރައީސް މުއިއްޒު ބޭނުންފުޅުވާ ކޮރަޕްޓް ޕަޕެޓުންތަކެއް ސްޕްރީމްކޯޓަށް ލުމަށް ކުރި މަސައްކަތް މިއަދު ކާމިޔާބުކޮށްފައިވާ ކަމަށް ވެސް ބިގޭ ވިދާޅުވިއެވެ.

ބިގޭ ވިދާޅުވީ ގައުމު މިއަދު މިދަނީ ވަރަށް ނާމާން އަނދިރި މިސްރާބަކަށް ކަމަށާއި މި މިސްރާބުން ގައުމު ސަލާމަތް ކުރުމަށް މިހާރު މިއޮތް ރައީސް މުއިއްޒުގެ ވެރިކަން ނިމުމަކަށް ގެނައުމަކީ ރާއްޖޭގެ ރައްޔިތުންނަށް މިއަދު ގައުމީ ވާޖިބަކަށް ވެފައިވާ ކަމަށެވެ.

ރާއްޖޭގެ މިސްރާބު މިހާރު މިހުރީ ވަރަށް ނާމާން މިސްރާބަކަށް ޖަހާފަ. ވަރަށް ނުރަނގަޅު މިސްރާބަކަށް ރާއްޖެ މިދަނީ. އެހެން މި ދެންނެވީ ރާއްޖެއާއި ދޭތެރޭގައި ރަނގަޅު ނިޔަތެއްގައި ވިސްނާނެ، ޚާއްސަކޮށް މިހާރު މިއޮތް އިގްތިސާދީ ހާލަތުން އަރައިގަތުމަށް އެކަމުގައި މަދަދުވެރިކަން ހޯދަން ތިބި ފަރާތްތަކަށް އިތުބާރު މިހާރު މިވަނީ ގެއްލިފަ. ފަނޑިޔާރުގެ ނުލިބުމަކީ ކުރިއަށް އޮތް ތަނުގައި އެއްވެސް ބޭފުޅަކަށް އިންސާފު ގާއިމު ނުވާނެކަން ކަށަވަރުވެގެން ދިއަ ކަމެއް.
އަލިފުށީ ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު ރަޝީދު ހުސައިން (ބިގޭ)

ބިގޭ އިތުރަށް ވިދާޅުވީ މިވަގުތު ރާއްޖޭގައި ކުރަމުން އަންނަ ވިޔަފާރިތަކުގައާއި ރާއްޖޭއިން ބޭރުން އަން އިންވެސްޓަރުންނަށް ރާއްޖެއާއި މެދު އޮންނަ އިތުބާރު ގެއްލިގެން ދިއުމަކީ ރާއްޖެ މިހާރު މިއޮތް އިގްތިސާދީ އަދަވަޅުން އަރައިގަތުމައްޓަކައި އެޅީގެން ދިއަ ހުރަހެއް ކަމަށެވެ.

ބިގޭ ވިދާޅުވީ ސްޕްރީމް ކޯޓުގެ ދެ ފަނޑިޔާރަކު އަނިޔާވެރިކޮށް މަގާމުން ވަކިކުރެވިގެން ދިއުމަކީ މުޅި ދިވެހި ރައްޔިތުންނަށް ވެސް ލިބިގެން ދިއަ ބޮޑު ހިތާމައެއް ކަމަށެވެ. އަދި މިހާރު މި ގައުމު އޮތް ހާލަތުން ރަނގަޅު މިސްރާބަކަށް އަނބުރާލުމަކީ ވަރަށް ދަތިކަމަކަށް ވެގެންދާނެ ކަމުގައިވެސް އޭނާ ވިދާޅުވިއެވެ.

ފަނޑިޔާރު އަޒްމިރަލްދާ އާއި މަހާޒު ވަކި ކުރައްވާފައި މިވަނީ މިމައްސަލަ މަޑު ޖައްސާލުމަށް ކަމާގުޅުންހުރި ބޭރުގެ ލޯފާމްތަކާއި، އެކި ޖަމިއްޔާތަކުން ގޮވާލާފައިވާ ދަނޑިވަޅެއްގައެވެ. އަދި މި ދެ ފަނޑިޔާރުން ވަކިކުރަންޖެހޭ ގާނޫނީ ހުއްޖަތެއް ދެއްކިފައެއް ނެތް ކަމަށާއި، މިއީ ކޮންގެންވާނެ ކަމެއް ނޫން ކަމަށް ގިނަ ގާނޫނީ ވަކީލުން ވިދާޅުވެފައިވެއެވެ. މިމައްސަލަ ކުރިއަށް ދިޔަ ގޮތާ ގުޅޭގޮތުން ބާ ކައުންސިލްގެ ގިނަ ވަކީލުން ވެސް ކަންބޮޑުވުން ފާޅުކޮށްފައިވެއެވެ.

ޖޭއެސްސީއިން ސުޕްރީމް ކޯޓުގެ ފަނޑިޔާރުންތަކެއްގެ މައްސަލަ ކުއްލި ގޮތަކަށް ބަލަން ފެށީ ރައްޔިތުންގެ މަޖިލިހުގެ ގޮނޑި ގެއްލޭ ގޮތަށް ގާނޫނު އަސާސީއަށް ބަދަލު ގެނައި މައްސަލަ ސުޕްރީމް ކޯޓުން ކުރިއަށް ގެންދަން ނިންމާފައި ވަނިކޮށެވެ.

ސުޕްރީމް ކޯޓުއަޒްމިރަލްދާ ޒާހިރުމަހާޒް އަލީ ޒާހިރުމުހައްމަދު ރަޝީދު ހުސައިންޖޭއެސްސީރައްޔިތުންގެ މަޖިލިސް

ކޮމެންޓް

އިތުރަށް ކިޔާލަން

މަޢުރޫފް ހައްޔަރުކުރީ އަނިޔާވެރިކޮށް، އޭނާ ވަގުތުން ދޫކޮށްލާން ގޮވާލަން: އެމްޑީޕީ ގެ ޕީޖީ

މަޢުރޫފް ހައްޔަރުކުރީ އަނިޔާވެރިކޮށް، އޭނާ ވަގުތުން ދޫކޮށްލާން ގޮވާލަން: އެމްޑީޕީ ގެ ޕީޖީ

11 ޑިސެމްބަރު 2025
ސުލްހަވެރިކަމާ އެކު އިހުތިޖާޖު ކުރާ މަސްވެރިންނަށް ބިރު ދައްކައިގެން ހުއްޓުވޭނެ ކަމަށް ވިސްނުމަކީ ވަރަށް ބޮޑު ގޯހެއް: މައުރޫފް ޒާކިރު

ސުލްހަވެރިކަމާ އެކު އިހުތިޖާޖު ކުރާ މަސްވެރިންނަށް ބިރު ދައްކައިގެން ހުއްޓުވޭނެ ކަމަށް ވިސްނުމަކީ ވަރަށް ބޮޑު ގޯހެއް: މައުރޫފް ޒާކިރު

11 ޑިސެމްބަރު 2025
ސަރވިސް ޗާޖު ޑޮލަރުން ދިނުން ލާޒިމު ކުރަން ގާނޫނަށް އިސްލާހެއް

ސަރވިސް ޗާޖު ޑޮލަރުން ދިނުން ލާޒިމު ކުރަން ގާނޫނަށް އިސްލާހެއް

09 ޑިސެމްބަރު 2025
ގޮނޑި ގެއްލޭ އިސްލާހު ފާސްކުރީ ރައްޔިތުންގެ ނިންމުމަށް އިހުތިރާމް ކުރުމަށް ކަމަށް ރައީސް ވިދާޅުވުމުން މެންބަރު އަބްދުއްރަޙްމާންގެ ސުވާލެއް

ގޮނޑި ގެއްލޭ އިސްލާހު ފާސްކުރީ ރައްޔިތުންގެ ނިންމުމަށް އިހުތިރާމް ކުރުމަށް ކަމަށް ރައީސް ވިދާޅުވުމުން މެންބަރު އަބްދުއްރަޙްމާންގެ ސުވާލެއް

08 ޑިސެމްބަރު 2025
ޑްރަގް އެތެރެކުރާ މީހުންނަށް މަރު ގެ އަދަބު ދޭ ބިލު، ރައީސް ތަސްދީގު ކުރައްވައިފި

ޑްރަގް އެތެރެކުރާ މީހުންނަށް މަރު ގެ އަދަބު ދޭ ބިލު، ރައީސް ތަސްދީގު ކުރައްވައިފި

06 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

1 ފެބުރުއަރީ
ކުއިކް އެމްވީ ޓެކްސީ އެޕްލިކޭޝަނުން، ޓެކްސީ ދަތުރުތަކަށް އިތުރު ލުއިފަސޭހަކަން!
20251 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ކުއިކް އެމްވީ ޓެކްސީ އެޕްލިކޭޝަނުން، ޓެކްސީ ދަތުރުތަކަށް އިތުރު ލުއިފަސޭހަކަން!

ބްރިޖް ހައިވޭގައި ހިނގި އެކްސިޑެންޓެއްގައި، ކާރެއް ކޮންޓްރޯލްނުވެ ގޮސް އެރީ ސޯލާ ޕެނަލްތަކުގެ ދަގަނޑުތަކަށް، ގެއްލުން ބޮޑު!
20242 އަހަރު ކުރިން
ރާއްޖެ

ބްރިޖް ހައިވޭގައި ހިނގި އެކްސިޑެންޓެއްގައި، ކާރެއް ކޮންޓްރޯލްނުވެ ގޮސް އެރީ ސޯލާ ޕެނަލްތަކުގެ ދަގަނޑުތަކަށް، ގެއްލުން ބޮޑު!

ރައީސާ ދެކޮޅަށް ލޭއޮހޮރުވުމަކަށް ދާން ގޮވާލި މައްސަލަ ފުލުހުން ބަލަން ފަށައިފި
20233 އަހަރު ކުރިން
ރާއްޖެ

ރައީސާ ދެކޮޅަށް ލޭއޮހޮރުވުމަކަށް ދާން ގޮވާލި މައްސަލަ ފުލުހުން ބަލަން ފަށައިފި

ފަރާ: ކުޅި، ފާ އަދި ޗަސްބިންތަކަށް އާދަޔާޚިލާފު ލޯތްބެއް
20224 އަހަރު ކުރިން
ރިޕޯޓު

ފަރާ: ކުޅި، ފާ އަދި ޗަސްބިންތަކަށް އާދަޔާޚިލާފު ލޯތްބެއް

އިދިކޮޅުގެ ސިޔާސީ ގޭމް މިފަހަރު ގޮވީ އަތަށް!
20215 އަހަރު ކުރިން
ރިޕޯޓު

އިދިކޮޅުގެ ސިޔާސީ ގޭމް މިފަހަރު ގޮވީ އަތަށް!

ރާޑަރު ބަހައްޓާ ވާހަކަ ދެއްކީ މި ސަރުކާރަކުން ނޫން!
20197 އަހަރު ކުރިން
ރިޕޯޓު

ރާޑަރު ބަހައްޓާ ވާހަކަ ދެއްކީ މި ސަރުކާރަކުން ނޫން!

ފުލުހުންތަކެއް މުޒާހަރާގެ ބައިވެރިނާ ގުޅިގެން، އަޑުއުފުލާ މަންޒަރު ފެންނަ ވީޑިއޯއެއް!
20188 އަހަރު ކުރިން
ރާއްޖެ

ފުލުހުންތަކެއް މުޒާހަރާގެ ބައިވެރިނާ ގުޅިގެން، އަޑުއުފުލާ މަންޒަރު ފެންނަ ވީޑިއޯއެއް!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު