Raajje.mv
Raajje.mv
  • ރާއްޖެ
  • ކުޅިވަރު
  • ދުނިޔެ
  • ވިޔަފާރި - އިގްތިސާދު
  • ރިޕޯޓު
  • ފޮޓޯ
  • ވާހަކަ
  • ސިއްހަތު
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ފުލިދޫ ކައުންސިލް އިދާރާ

ފުލިދޫ ކައުންސިލް އިމާރާތުގެ ހާލަތު ގޯސްވެ ސަރުކާރުން އަޅާ ނުލުމުން އެ އިދާރާގެ ބިން ކުއްޔަންދޭން ނިންމައިފި

ބިން ކުއްޔަށް ދިނުމަށް ނިންމި ނަމަވެސް އެކަން ކުރާނީ ދިރާސާއެއް ހެދުމަށްފަހުގައި

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް, ރާއްޖެ އެމްވީ | 5 މެއި 2025 | ހޯމަ 14:37
ވ. ފުލިދޫ ކައުންސިލް އިދާރާގެ ހާލަތު

ވ. ފުލިދޫ ކައުންސިލް އިދާރާގެ ހާލަތު

ވ. ފުލިދޫ ކައުންސިލް އިދާރާގެ އިމާރާތުގެ ހާލަތު ގޯސްވެ ސަރުކާރުން އެކަމާއި އަޅާ ނުލުމުން އެ އިދާރާގެ ބިން ކުއްޔަންދޭން ނިންމައިފިއެވެ.

މިގޮތަށް ނިންމާފައިވަނީ ފުލިދޫ ކައުންސިލްގެ ހަތަރުވަނަ ދައުރުގެ 2025 ވަނަ އަހަރުގެ 11 ވަނަ އާންމު ޖަލްސާއިންނެވެ. އެގޮތުން ޖަލްސާއަށް ހުށަހެޅީ ކައުންސިލުން ކަނޑައަޅާ ޝަރުތުތަކާއި އެއްގޮތަށް ކައުންސިލް އިދާރާގެ ބިން ބަޔަކަށް ކުއްޔަށް ދިނުމަށެވެ. އެގޮތުން މި ނިންމުން ފާސްކޮށްފައިވަނީ އާންމު ޖަލްސާގައި ބައިވެރިވެވަޑައިގެންނެވި ކައުންސިލްގެ 5 މެންބަރުންގެ އިއްތިފާގުންނެވެ.

Advertisement - newsAdvertisement

މިކަމާއި ގުޅޭގޮތުން ރާއްޖެއެމްވީއަށް މައުލޫމާތު ދެއްވަމުން ފުލިދޫ ކައުންސިލްގެ ރައީސް މުހައްމަދު އިމްތިޔާޒް ވިދާޅުވީ ބައްދަލުވުމުގައި ބިން ކުއްޔަން ދިނުމަށް ނިންމި ނަމަވެސް އެކަމާއި ގުޅޭ ފީސިބިލިޓީ ސްޓަޑީއެއް ހަދައި، ރަށުގެ ވިޔަފާރިއަށް ގެއްލުން ނުވާނެ ގޮތަން ކަންކަން ކުރިއަށް ގެންދާނެ ކަމަށެވެ.

އޭނާ ވިދާޅުވީ ކައުންސިލް އިދާރާ ބާވެ ބޭނުން ނުކުރެވޭތީ ތަފާތު އެކި ފަހަރުމަތިން އެ ވާހަކަ ސަރުކާރުތަކުގައި ދެކެވިއްޖެ ކަމަށެވެ. ނަމަވެސް ކައުންސިލް އިދާރާތައް ތަރައްގީކުރާ ލިސްޓުގައި ފުލިދޫގެ ނަމެއް ނެތް ކަމަށެވެ. އަދި ފުލިދޫ އަކީ ބިމުގެ ޖާގައިގެ ގޮތުން ކުޑަ ރަށަކަށްވުމުން، ކައުންސިލުން އެދިފައިވާނީ އެއް ބިމެއްގައި ކައުންސިލް އިދާރާއާއި ކޯޓު އަދި ސަރުކާރުގެ އެހެނިހެން މުވައްސަސާތައް ހިމެނޭ ގޮތަށް އެއް އިމާރާތް އަޅައި ދިނުމަށް ކަމަށެވެ.

ނަމަވެސް މިހާތަނަށް އައި އިރު އެކަމާއި ގުޅޭ ޖަވާބެއް ދީފައި ނުވާއިރު، މިއަހަރު ކައުންސިލް އިދާރާތައް އަޅާ ލިސްޓުގައި ވެސް ފުލިދޫ ނުހިމެނޭ ކަމަށެވެ. އިމްތިޔާޒް ވިދާޅުވީ ކައުންސިލް އިދާރާ އިމާރާތް ހުންނާނެ ގޮތް ކައުންސިލުން އެދުމުން ސީދާ އެކަމަށް ޖަވާބެއް ދީފައި ނުވިނަމަވެސް ކައުންސިލް މިނިސްޓަރ އާދަމް ޝަރީފް އުމަރުއާއި އެވާހަކަ ހިއްސާކުރެއްވުމުން އެ ހިޔާލު ރަނގަޅުކަމަށް ވެސް ވިދާޅުވި ކަމަށެވެ.

އިމްތިޔާޒް ވިދާޅުވީ ކައުންސިލް އިދާރާގެ ހާލަތު ހުރި ގޮތުން އިމާރާތުގެ ތެރޭގައި މުވައްޒަފުންނަށް މަސައްކަތްވެސް ކުރެވެން ނުތިބެވޭ ކަމަށެވެ. އެހެންކަމުން ބިން ކުއްޔަށްދޭއިރު މި ހުރިހާ ކަމަކަށްވެސް ރިއާޔަތްކުރާނެ ކަމަށެވެ.

200 އަށްވުރެ ގިނަ ގެސްޓް ރޫމް ހުންނަ ފުލިދޫއިން މިދިޔަ އަހަރު 9 ލައްކައަށްވުރެ ގިނަ ރުފިޔާ ދައުލަތަށް ދެއްކިއެވެ. ގިނަ އަދަދެއްގެ ގެސްޓް ހައުސް ހިންގާ ރަށަކަށްވެފައި، ސަރުކާރުން ފޯރުކޮށްދޭންޖެހޭ ޒަރޫރީ ހިދުމަތްތައް ނުލިބޭތީ ގެސްޓް ހައުސްތަކުން އަންނަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.

އަދި މި މައްސަލަތަކާއި ގުޅިގެން ގެސްޓްހައުސްތަކުންނާއި ވިޔަފާރިތަކުން މުޒާހަރާކުރުމަށް ދަނީ ތައްޔާރުވަމުންނެވެ. ވިޔަފާރިވެރިން ބުނެފައިވަނީ ފުލިދޫގެ ތަރައްގީއަށް އަޅާނުލާ ކަމަށާއި، 2023 ވަނަ އަހަރު އެމްޓީސީސީ އާއި ހަވާލުކުރި ބަނދަރު ޕްރޮޖެކްޓްވެސް އަދި ވެސް ނުފެށޭ ކަމަށެވެ.

މިހާތަނަށް ފުލިދޫގައި ސަރުކާރަކުން ކުރިއަށްގެންދިޔަ އެންމެ ބޮޑު ޕްރޮޖެކްޓް ހިންގާފައިވަނީ އެމްޑީޕީ ސަރުކާގައެވެ. އެއީ އެރަށުގެ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫއެވެ.

ފުލިދޫ ކައުންސިލް އިދާރާމުހައްމަދު އިމްތިޔާޒްފުލިދޫގެސްޓްހައުސްތައް

ކޮމެންޓް

އިތުރަށް ކިޔާލަން

ރައީސްގެ ދަތުރުފުޅުގެ ތެރެއިން ވ. ފުލިދޫގަ އާއި އެ އަތޮޅު ތިނަދޫގައި އޭޓީއެމް ހުޅުއްވައިދެއްވައިފި

ރައީސްގެ ދަތުރުފުޅުގެ ތެރެއިން ވ. ފުލިދޫގަ އާއި އެ އަތޮޅު ތިނަދޫގައި އޭޓީއެމް ހުޅުއްވައިދެއްވައިފި

19 ސެޕްޓެމްބަރު 2025
މީޑިއާ ކައުންސިލްގެ މީޑިއާގެ މަގާމަށް މެންބަރަކު އިންތިޚާބް ކުރުމަށް ބާއްވާ ވޯޓުނެގުން 28 ގައި!

މީޑިއާ ކައުންސިލްގެ މީޑިއާގެ މަގާމަށް މެންބަރަކު އިންތިޚާބް ކުރުމަށް ބާއްވާ ވޯޓުނެގުން 28 ގައި!

20 ޖެނުއަރީ 2017
ގއ. އަތޮޅު ކައުންސިލްގެ ރައީސް އަތޮޅުގެއިން ބޭރުކޮށްފި

ގއ. އަތޮޅު ކައުންސިލްގެ ރައީސް އަތޮޅުގެއިން ބޭރުކޮށްފި

14 ޖެނުއަރީ 2017
ލޯކަލް ކައުންސިލް އިންތިހާބު ފަސްކުރުމާ ގުޅިގެން އަންނަ އާދިއްތަ ދުވަހު ކޯޓަށް މައްސަލަ ހުށަހަޅާނަން: ނިޔާޒް

ލޯކަލް ކައުންސިލް އިންތިހާބު ފަސްކުރުމާ ގުޅިގެން އަންނަ އާދިއްތަ ދުވަހު ކޯޓަށް މައްސަލަ ހުށަހަޅާނަން: ނިޔާޒް

13 ޖެނުއަރީ 2017
މާލޭ ސިޓީ ކައުންސިލްގެ މެމްބަރު ޒައިދުލް އަމީން ހައްޔަރުކޮށް، ބަންދަށް 15 ދުވަސް ޖަހައިފި

މާލޭ ސިޓީ ކައުންސިލްގެ މެމްބަރު ޒައިދުލް އަމީން ހައްޔަރުކޮށް، ބަންދަށް 15 ދުވަސް ޖަހައިފި

13 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

8 ޖެނުއަރީ
ހައުސިންގ މިނިސްޓްރީގެ ހައުސިންގ ޑިޕާޓްމަންޓްގެ މުވައްޒަފުން ގެއަށް ފޮނުވާލައިފި
20251 އަހަރު ކުރިން
ރާއްޖެ

ހައުސިންގ މިނިސްޓްރީގެ ހައުސިންގ ޑިޕާޓްމަންޓްގެ މުވައްޒަފުން ގެއަށް ފޮނުވާލައިފި

ދިވެހި ރޮނާލްޑޯ: އުމުރުން 45، އަދިވެސް ގޯލު ޖަހަނީ
20242 އަހަރު ކުރިން
މީހުން

ދިވެހި ރޮނާލްޑޯ: އުމުރުން 45، އަދިވެސް ގޯލު ޖަހަނީ

ދިގުމުއްދަތުން ފައިސާ ދައްކާގޮތަށް ސަރުކާރުން ޓެކްސީ ގެނެސްދެނީ
20233 އަހަރު ކުރިން
ރާއްޖެ

ދިގުމުއްދަތުން ފައިސާ ދައްކާގޮތަށް ސަރުކާރުން ޓެކްސީ ގެނެސްދެނީ

ބޮމުގެ ޙަމަލާ: އަލިމަނިކު ބުނަނީ އައިސިސް ލީޑަރު މަރާލާފައިވާ ކަމަށާއި، އެ ޖަމާއަތް ވުޖޫދުގައި ނެތްކަމަށް
20224 އަހަރު ކުރިން
ރާއްޖެ

ބޮމުގެ ޙަމަލާ: އަލިމަނިކު ބުނަނީ އައިސިސް ލީޑަރު މަރާލާފައިވާ ކަމަށާއި، އެ ޖަމާއަތް ވުޖޫދުގައި ނެތްކަމަށް

އެމެރިކާގެ މަޖިލިސް ރައީސްގެ އޮފީހުގެ ތެރެއަށް ވަދެ މޭޒުކޮޅަށް ފައި އަރުވާގެން އިން ރިޗަރޑް ހައްޔަރުކޮށްފި
20215 އަހަރު ކުރިން
ދުނިޔެ

އެމެރިކާގެ މަޖިލިސް ރައީސްގެ އޮފީހުގެ ތެރެއަށް ވަދެ މޭޒުކޮޅަށް ފައި އަރުވާގެން އިން ރިޗަރޑް ހައްޔަރުކޮށްފި

ޔާމީންގެ ވާހަކަފުޅުތަކާއެކު އިތުރު ސުވާލުތަކެއް!
20197 އަހަރު ކުރިން
ރިޕޯޓު

ޔާމީންގެ ވާހަކަފުޅުތަކާއެކު އިތުރު ސުވާލުތަކެއް!

އިންޓެލިޖެންސް ރިޕޯޓަކާއި ގުޅިގެން ރައީސް މައުމޫން ދިރިއުޅުއްވާ ގެކޮޅުގެ ސެކިއުރިޓީ ބަލަހައްޓަން ފަށައިފި
20188 އަހަރު ކުރިން
ރާއްޖެ

އިންޓެލިޖެންސް ރިޕޯޓަކާއި ގުޅިގެން ރައީސް މައުމޫން ދިރިއުޅުއްވާ ގެކޮޅުގެ ސެކިއުރިޓީ ބަލަހައްޓަން ފަށައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު