Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
އުރީދޫ މޯލްޑިވްސް

ކަނޑުއަޑީގެ އެންމެ ބޮޑު ޕެނަލް ޑިސްކަޝަން އާއެކު އުރީދޫ މޯލްޑިވްސް ގިނިސް ވޯލްޑް ރެކޯޑަށް

ގިނިސް ވާރލްޑް ރިކޯޑް ހަދާފައިވަނީ 20 މީހުން ކަނޑުއަޑީގައި ބައިވެރިކުރުވައިގެން ޕެނަލް ޑިސްކަޝަންއަކާއެކު

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް, ރާއްޖެ އެމްވީ | 4 މެއި 2025 | އާދީއްތަ 13:50
ކަނޑު އަޑީގައި ބޭއްވި ޕެނަލްޑިސްކަޝަނާއެކު އުރީދޫއިން ވަނީ ގިނިސް ވޯލްދް ރެކޯޑުން ޖާގަ ހޯދާފައި

ކަނޑު އަޑީގައި ބޭއްވި ޕެނަލްޑިސްކަޝަނާއެކު އުރީދޫއިން ވަނީ ގިނިސް ވޯލްދް ރެކޯޑުން ޖާގަ ހޯދާފައި

އުރީދޫ މޯލްޑިވްސް އިން އެންމެ ބޮޑު ކަނޑުއަޑީގެ ޕެނަލް ޑިސްކަޝަން ބާއްވައި އުރީދޫގެ 20 ވަނަ އަހަރީ ދުވަހާއި ގުޅުވައިގެން 20 މީހުންނާއިއެކު ކަނޑުއަޑީގައި ރެކޯޑެއް ހަދައިފިއެވެ.

ބ.ފުޅަދޫގެ ހިތްގައިމު ކަނޑުގެ އަޑީގައި ބޭއްވި މި ރެކޯޑް ބްރޭކިން އިވެންޓުގައި ބައިވެރިވި 20 މީހުންގެ ތެރެއިން ޕެނަލިސްޓުންގެ ގޮތުގައި ހަރަކާތްތެރިވި ފަސް ޕެނަލިސްޓުން ވަނީ ގިނިސް ވާރލްޑް ރިކޯޑު ހެދުމަށްޓަކައި ކަނޑު އަޑީގައި ކޮންމެ ޕެނަލިސްޓަކު 2 މިނެޓަށް ވުރެ ގިނައިން ވާހަކަ ދައްކާފައެވެ.

Advertisement - newsAdvertisement

ޕެނަލިސްޓުންގެ ގޮތުގައި ހިމެނުނީ

  • މިނިސްޓަރ އޮފް ފިޝަރީޒް އެންޑް އޯޝަން ރިސޯސަސް އަޙްމަދު ޝިޔާމް
  • އުރީދޫ މޯލްޑިވްސްގެ ސީއީއޯ ޚާލިދު އަލް ހަމާދީ
  • ބްރިގޭޑިއަރ ޖެނެރަލް މުޙައްމަދު ސަލީމް، މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް
  • އުރީދޫ މޯލްޑިވްސްގެ ޑިރެކްޓަރ އޮފް އޮޕަރޭޝަންސް ޝަބީން އަލީ
  • އުރީދޫ މޯލްޑިވްސްގެ ސީނިއަރ މެނޭޖަރ، ޓްރާންސްމިޝަން އަފްޝީން މުޙައްމަދު

މީގެ އިތުރުން މި ޕެނަލް ޑިސްކަޝަންގެ އޯޑިއަންސްގައި އެމް.އެމް.ޕީ.އާރު.ސީގެ މެނޭޖިންގ ޑިރެކްޓަރ ޝިއުރީ އިބްރާހިމް އަދި އުރީދޫގެ އިސް ވެރިން އަދި ރާއްޖެއިން ބޭރުގެ މީހުން ވަނީ ބައިވެރިވެފައެވެ.

އުރީދޫއިން ބޭއްވި މި ޕެނަލް ޑިސްކަޝަންގެ ސަބަބުން ޓެކްނޮލޮޖީއާއި އިނޮވޭޝަން އަށް ވަނީ އަލިއަޅުވާލެވިފައެވެ. މި ކާމިޔާބީގެ ސަބަބުން އުރީދޫ މޯލްޑިވްސްގެ ދައުރަކީ ހަމައެކަނި ޓެލެކޮމް ގެ ހިދުމަތް ދޭ ކުންފުންޏެއް ނޫން ކަމަށާއި ރާއްޖޭގެ ޑިޖިޓަލް ލޭންޑްސްކޭޕް ބައްޓަން ކުރަމުން އަންނަ ޗޭންޖްމޭކަރެއްގެ ހައިސިއްޔަތުން އުރީދޫ މޯލްޑިވްސްގެ ދައުރު ވަނީ ވަރަށް ބޮޑަށް ފާހަގަކުރެވިފައެވެ.

މިއީ ހަމައެކަނި ރެކޯޑެއް ހެދުމެއް ނޫން ކަމަށާއި، މިއީ އިނޮވޭޝަންގައި އެއްވެސް ލިމިޓެއް ނެތްކަން ސާބިތުކޮށްދިނުން ކަމަށް އުރީދޫ މޯލްޑިވްސްގެ ސީއީއޯ ހާލިދު އަލް ހަމާދީ ވިދާޅުވި އެވެ. އަދި ދުނިޔޭގެ އެންމެ ބޮޑު ކަނޑުއަޑީގެ ޕެނަލް ޑިސްކަޝަން ބޭއްވުމަކީ ފަޚުރުވެރިވާ ކަމެއް ކަމަށާއި، މިއީ ޓެކްނޮލޮޖީ، ހިތްވަރާއި އުފެއްދުންތެރިކަމާ ގުޅިއްޖެ ނަމަ، އަޅުގަނޑުމެން ހީކުރި މިންވަރަށް ވުރެ އިތުރަށް ގެންދެވޭނެ ކަމުގެ ރަމްޒެއް ކަމަށް ވިދާޅުވިއެވެ.

އުރީދޫ މޯލްޑިވްސްއަކީ ފެށުނީއްސުރެ ޓެކްނޮލޮޖީގެ ކުރިއެރުމުގައި އެންމެ ކުރީ ސަފުގައި ހަރަކާތްތެރިވާ ކުންފުންޏެކެވެ. މިއީ 3ޖީ، 4ޖީ އަދި 5ޖީ ބްރޯޑްބޭންޑްގެ ހިދުމަތް ރާއްޖެއަށް އެންމެ ފުރަތަމަ ތައާރަފްކޮށް، މީހުން ގުޅުވައިދީ، އުނގެނުމާއި، މަސައްކަތްކުރުމާއި، ކުރިއަރަމުން އަންނަ ގޮތަށް އިންގިލާބީ ބަދަލެއް ގެނެސްދިން ކުންފުންޏެވެ. ސްމާޓް ހޯމްތަކުން ފެށިގެން އޭއައި-ޑްރިވެން ސޮލިއުޝަންތަކާ ހަމައަށް ހުރިހާ ކަމެއް ބާރުވެރިކޮށް، ޑިޖިޓަލް-ފަސްޓް ދުނިޔޭގައި ހުރިހާ ސައިޒެއްގެ ވިޔަފާރިތައް ކުރިއެރުވުމަށް މަގުފަހިކޮށްދީ، ޑިޖިޓަލް ޓްރާންސްފޯމޭޝަންގައި މިއަދު ވެސް އެ ކުންފުނިން ދަނީ އިސްކޮށް ހަރަކާތްތެރިވަމުންނެވެ.

ދުނިޔޭގެ މި އެންމެ ފަހުގެ ރެކޯޑަކީ، ކިތަންމެ ގޮންޖެހުންބޮޑު ނަމަވެސް، ހުރިހާ މާހައުލެއްގައި ވެސް އިނޮވޭޝަނަށް އުރީދޫއިން ދޭ އަހައްމިއްޔަތުކަން ދައްކުވައިދޭ ރަމްޒެކެވެ. ކަނޑުގެ އަޑިން ފެށިގެން 5ޖީ ޓެކްނޮލޮޖީއާ ހަމައަށް އުރީދޫއިން ދެމިއޮންނާނީ އިންކްލޫސިވް، ގުޅިފައިވާ އަދި މުސްތަގުބަލަށް ތައްޔާރުވެފައިވާ ޑިޖިޓަލް މޯލްޑިވްސްއެއް ބިނާކުރުމުގެ މަސައްކަތުގައި ސާބިތުކަމާ އެކީގައެވެ.

ޑިޖިޓަލީ ބަދަލުވެގެންދާ ޒަމާނަކަށް ގައުމު ވަންނައިރު، އުރީދޫ މޯލްޑިވްސް އިން އަންނަނީ އަމިއްލަ ފަރުދުންނާއި މުޖުތަމައުތަކާއި ސިނާއަތްތަކަށް ހުރި ފުރުސަތުތައް ހުޅުވާލާ އިތުރު ކުރަމުންނެވެ. އުރީދޫގެ އިސްނެގުމާއި ޕާޓްނަރޝިޕްތަކާއި ޚިޔާލުތަކުގެ ޒަރިއްޔާއިން، ގުޅާލުމުގެ މާނަ އަކީ ކޮބައިކަން އަލުން ބަޔާންކުރަމުން އަންނަ އިރު، މުސްތަޤުބަލުގައި ޓެކްނޮލޮޖީގެ ޒަރީއާއިން ދިވެހި ރާއްޖެއަށް ދެވޭ އެންމެ ދިއުމަށް ހިތްވަރު ދެއެވެ.

އުރީދޫ މޯލްޑިވްސްކަނޑުއަޑީގެ ޕެނަލް ޑިސްކަޝަންބ.ފުޅަދޫގިނިސް ވާރލްޑް ރިކޯޑު

ކޮމެންޓް

އިތުރަށް ކިޔާލަން

ރާއްޖޭގެ ބޮޑު ބަޔަކަށް ވިއްސާރަ ކުރާނެ: މެޓް

ރާއްޖޭގެ ބޮޑު ބަޔަކަށް ވިއްސާރަ ކުރާނެ: މެޓް

28 ޖެނުއަރީ 2017
އިންޑިޔާ އަށް ވުރެ ވެސް ރާއްޖޭގައި ކޮރަޕްޝަން ބޮޑު: ސީޕީއައި

އިންޑިޔާ އަށް ވުރެ ވެސް ރާއްޖޭގައި ކޮރަޕްޝަން ބޮޑު: ސީޕީއައި

26 ޖެނުއަރީ 2017
ރަނގަޅު ވެރިކަމެއްގައި މިސަރުކާރުގެ ބޮޑުން ތިބޭނީ ޖަލުގައި: ނާދިރާ

ރަނގަޅު ވެރިކަމެއްގައި މިސަރުކާރުގެ ބޮޑުން ތިބޭނީ ޖަލުގައި: ނާދިރާ

20 ޖެނުއަރީ 2017
މޫސުމަށް އަންނަ ބަދަލުތަކާ ގުޅޭ ޕެނަލްއެއްގައި އެމެރިކާގެ ކުރީގެ ނައިބު ރައީސްއާއެކު ރައީސް ނަޝީދު!

މޫސުމަށް އަންނަ ބަދަލުތަކާ ގުޅޭ ޕެނަލްއެއްގައި އެމެރިކާގެ ކުރީގެ ނައިބު ރައީސްއާއެކު ރައީސް ނަޝީދު!

19 ޖެނުއަރީ 2017
ސަރުކާރުން ޕްރޮޖެކްޓްތައް ހިންގަނީ ތިން ގުނަ އަގު ބޮޑުކޮށް: އާޒިމް

ސަރުކާރުން ޕްރޮޖެކްޓްތައް ހިންގަނީ ތިން ގުނަ އަގު ބޮޑުކޮށް: އާޒިމް

16 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

13 ފެބުރުއަރީ
ބެއިރޫތުން އީރާނުގެ ފްލައިޓެއް ކެންސަލް ކޮށްލި މައްސަލަ ހޫނުވެއްޖެ
20251 އަހަރު ކުރިން
ދުނިޔެ

ބެއިރޫތުން އީރާނުގެ ފްލައިޓެއް ކެންސަލް ކޮށްލި މައްސަލަ ހޫނުވެއްޖެ

މަޖިލީހުގެ ފާރަށް އަރައި، ގްރީން ޒޯން ތެރޭގައި މުޒާހަރާކުރިއިރު އެކަން ނުހުއްޓުވުނީ ކީއްވެތޯ ސާފުކުރަން ސަލާމަތީ ބާރުތައް ކޮމިޓީއަށް ހާޒިރުކުރަނީ
20242 އަހަރު ކުރިން
ރާއްޖެ

މަޖިލީހުގެ ފާރަށް އަރައި، ގްރީން ޒޯން ތެރޭގައި މުޒާހަރާކުރިއިރު އެކަން ނުހުއްޓުވުނީ ކީއްވެތޯ ސާފުކުރަން ސަލާމަތީ ބާރުތައް ކޮމިޓީއަށް ހާޒިރުކުރަނީ

13 އޭ ސްޓާ ހޯދައި ރައީސްގެ ސްކޮލަރޝިޕް ހާސިލުކުރި ހުޔާމާއި ރައީސް ބައްދަލުކުރައްވައިފި
20233 އަހަރު ކުރިން
ރާއްޖެ

13 އޭ ސްޓާ ހޯދައި ރައީސްގެ ސްކޮލަރޝިޕް ހާސިލުކުރި ހުޔާމާއި ރައީސް ބައްދަލުކުރައްވައިފި

ބޮޑު ޚިޔާނާތާއި ގުޅޭ ގިނަ ވާހަކަތަކެއް އާތިފް ޝަކޫރުގެ ދުލުން: "މިއަދު މިނިވަންކަން އޮތަސް އޭރު ދައުލަތުގެ އިދާރާތައް އޮތީ ކަސްތޮޅު އެޅުވިފައި"
20224 އަހަރު ކުރިން
ރާއްޖެ

ބޮޑު ޚިޔާނާތާއި ގުޅޭ ގިނަ ވާހަކަތަކެއް އާތިފް ޝަކޫރުގެ ދުލުން: "މިއަދު މިނިވަންކަން އޮތަސް އޭރު ދައުލަތުގެ އިދާރާތައް އޮތީ ކަސްތޮޅު އެޅުވިފައި"

ޑިއުޓީތަކަށް ދާ މީހުން ވެސް ދެން ޖެހޭނީ ބޭރަށް ނިކުންނަ ކޮންމެ ފަހަރަކު ވަކި ހުއްދައަކަށް އެދެން
20215 އަހަރު ކުރިން
ރާއްޖެ

ޑިއުޓީތަކަށް ދާ މީހުން ވެސް ދެން ޖެހޭނީ ބޭރަށް ނިކުންނަ ކޮންމެ ފަހަރަކު ވަކި ހުއްދައަކަށް އެދެން

ފަނޑިޔާރު ފާއިޒާއި، މުއުތަސިމް ވަކިކުރުމަށް މެންބަރުންނަށް 10 މިލިއަން!
20197 އަހަރު ކުރިން
ރާއްޖެ

ފަނޑިޔާރު ފާއިޒާއި، މުއުތަސިމް ވަކިކުރުމަށް މެންބަރުންނަށް 10 މިލިއަން!

މުދަލު ޒަކާތް ވާޖިބުވާ ނިޞާބު އިތުރުވެއްޖެ
20188 އަހަރު ކުރިން
ރާއްޖެ

މުދަލު ޒަކާތް ވާޖިބުވާ ނިޞާބު އިތުރުވެއްޖެ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު