Raajje.mv
Raajje.mv
  • ރާއްޖެ
  • ކުޅިވަރު
  • ދުނިޔެ
  • ވިޔަފާރި - އިގްތިސާދު
  • ރިޕޯޓު
  • ފޮޓޯ
  • ވާހަކަ
  • ސިއްހަތު
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
މަގޭ ރިޕޯޓް

ދޮގު ހެދުމާއި އޮޅުވާލުމާއި ނޭނގުމާއި އިއްތިފާގުގެ ސާދަ ގަޑިއިރު

ކޮންމެއަކަސް މިހުރި ހައްތަހާވެސް ރިކޯޑެއެވެ. އެކަމަކު މިއީ ގައުމެއްގެ ވެރިއަކު ހަމަ އެހާ ހައްދަވާހިތުން ހައްދަވަން ބޭނުންފުޅުވާނެ ރެކޯޑްތަކެއްބާ އޭ ހިތަށް އަރައެވެ.

އާމިރު ސަލީމް
އާމިރު ސަލީމް, ރާއްޖެ އެމްވީ | 4 މެއި 2025 | އާދީއްތަ 13:48
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު

ފައްސަތޭކަ ދުވަހަށް ފަހު ރައީސް ޑރ މުހައްމަދު މުއިއްޒު ނޫސްވެރިންނާއި ބައްދަލުކުރައްވަން އުޅުއްވާކަން އިއުލާންކުރެއްވުމާއި އެކު ރާއްޖޭގެ ހުރިހާ ނޫސްމީޑިއާތައް މިނޫސްވެރިންގެ ބައްދަލުވުމަށް ތައްޔާރުވާން ފެށިއެވެ. އެންމެ ބޮޑު އެއް ސަބަބަކީ ރައީސް މުއިއްޒުގެ ސަރުކާރަކީ މިހާތަނަށް ދިވެހިން ދުށް އެންމެ ސިއްރު އެންމެ މައުލޫމާތު ހާމަ ނުކުރާ ސަރުކާރަށް ވުމުން ރައީސް ނޫސްވެރިންނާއި ބައްދަލުކުރައްވަން ނިންމެވުން އެއީ ނޫސްވެރިންގެ ގިނަ ސުވާލުތަކަކަށް ޖަވާބު ލިބިގެންދާނެ ކަމަކަށް ވާނެ ކަމަށް ކުރެވުނު އުއްމީދެކެވެ.

ޕްރެސް ފްރީޑަމް ޑޭ ނުވަތަ މޭއި މަހުގެ ތިން ވަނަ ދުވަހުގެ ހެނދުނު 10:00 ގައި މިބައްދަލުވުން އޮންނާނެ ވާހަކަ ރައީސް އޮފީހުން އެންގިއިރު މިބައްދަލުވުމުގައި ނޫސްވެރިން ބޭނުން ހުރިހާ ސުވާލެއް ކުރުމުގެ ފުރުޞަތު ދޭނެ ކަމަށާއި ސުވާލުތައް ނިމެންދެން ނޫސް ކޮންފަރެންސް ކުރިއަށްދާނެ ކަމަށް ރައީސް އޮފީހުން އަންގާފައެއް ނެތެއެވެ. އެހެންކަމުން ހެނދުނު 10 ޖެހިއިރު މިބައްދަލުވުން ފެށީވެސް އޮޅުވާލުމުގެ ތެރެއިންނެއެވެ. ދެން އޮތީ އާންމުކޮށް ނޫސްވެރިންގެ ބައްދަލުވުންތައް ފެށުމުގެ ކުރިން ދޭ ބްރީންފިންއެކެވެ. މިކަމުގައިވެސް ކަން ހިނގީ އާދަޔާ ޙިލާފް ތަފާތު ގޮތަކަށެވެ.

ގާތްގަނޑަކަށް ހެދނުނު 10:05 އެހާކަންހާއިރު، ބައްދަލުވުން ފެށި ގޮތަށް ރައީސް ވިދާޅުވީ އޯވީއެއް ނުވަތަ އޯވަރ ވިއުއެއް ދެއްވާ ކަމަށެވެ. ދެން ރައީސް ފެއްޓެވީ އޯވަ ވިއުއެވެ. މި ފެއްޓެވި އޯވަ ވިއު ނިމުނީ މެންދުރު ނަމާދު ބަންގިއަށެއެވެ. އޭރު ދެގަޑިއިރުވީއެވެ.

ބްރޭކަކަށްފަހު ދެން ފެށުނީ ނޫސްވެރިންގެ ސުވާލުތަކެއެވެ. އެހާ ހިސާބުން ކޮންމެ ނަމާދު ވަގުތަކަށް ބްރޭކް ނަންގަވަމުން އަލުން ފައްޓަވަމުން ކުރިއަށް ގެންގޮސް ނޫސްވެރިންގެ ބައްދަލުވުން ނިންމަވާލެއްވީ ދަންވަރު 12:55 ގައެވެ. އޭރު ގާތްގަނޑަކަށް 15 ގަޑިއިރާއި ގާތްވީއެވެ. އެހާހިސާބުން ސަރުކާރަށް ތާއީދުކުރާ ސޯޝަލް މީޑިއާ އެކްޓިވިސްޓުންނާއި ސަރުކާރުން މިޕްރެސްއިން ހާސިލްކުރަން ބޭނުންވި މަގްޞަދު ހާމަކޮށް މިއީ ރެކޯޑެއް ކަމުގައި ބުނެ ރައީސް އަށް ޝުކުރު ދަންނަވާ މަރުހަބާ ދަންނަވަން ފެށިއެވެ.

މިހާތަނަށް ދުނިޔޭގައި އެންމެ ދިގު ނޫސްވެރިންގެ ބައްދަލުވުމެއް ބާއްވާފައިވަނީ ޔޫކްރެއިންގެ ރައީސް ޒެލެންސްކީ ކަމަށާއި އެއީވެސް 14 ގަޑިއިރު ކަމަށާއި ރާއްޖޭގެ ރައީސް އެރިކޯޑް މުގުރާލައިފި ކަމަށް ބުނެ އަތް ޖަހަން ފެށިއެވެ. މިކަމުގައި ވެސް އޮތީ އޮޅުވާލުމެއެވެ.

ރައީސް ފެށުމުގެ ގޮތުން ދެއްވި އޮވާވިއުއަށް ހޭދަވި ދެ ގަޑިއިރާއި ބްރޭކްތަކަށް ހޭދަވި ވަގުތު އެއްކޮށްލުމުން ތިންގަޑި ތިރީސް މިނިޓް ހޭދަވިއެވެ. މިއަދަދު ނޫސްވެރިންގެ ބައްދަލުވުމުގެ 15 ގަޑިއިރުން ކަނޑާލުމުން ނޫސްވެރިންނަށް ޖަވާބުދެއްވުމުގައި ރައީސްއަށް ހޭދަކުރެއްވުނީ އެގާރަގަޑި ތިރީސް މިނިޓެއް ހާއިރެއެވެ.

މިވާހަކަ ދޫކޮށްލަމާ ތޯއެވެ. ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް ދެއްކެވި ވާހަކަފުޅުތަކަށް ބަލާލަމާތޯއެވެ. މިޕްރެސް އަޑުއެހި ގިނަ މީހުން ބުނަނީ މިއީ އިންސާނީ ތާރީހުގައިވެސް، އިންސާނަކު އެއްތަނެއްގައި ކޮޅަށް ހުރެގެން އެންމެ ގިނަ ދޮގު ހެދި ފުރަތަމަ ފަހަރު ކަމަށެވެ. މިއީ ގައުމެއްގެ ރައީސަކަށް ގައުމުގައި ހިނގި ހިނގަމުންދާ ކަންކަން އެނގިވަޑައިނުގަންނަވާ ކަމަށް އެންމެ ގިނައިން އެއްބަސްވެވަޑައިގެންނެވި ފުރަތަމަ ފަހަރު ކަމަށެވެ. މިއީ ގައުމެއްގެ ރައީސަކު އޭނާއަށް މަތިކުރެވިފައިވާ ހުރިހާ ޒިންމާއަކުން ރެކި، ކަންކަމުން ބޯދަމައިގަނެ، އެހެން މީހުންގެ ބޮލުގައި ކަންކަން އެޅުމަވުމަށް އެންމެ ގިނަ ވަގުތު ހޭދަކުރި ފުރަތަމަ ފަހަރު ކަމަށެވެ. އަދި މިއީ ގައުމެއްގެ ރައީސަކު ނޫސްވެރިންނާއި މުޅި ރައްޔިތުންގެ ކުރިމަތީގައި އެންމެ ބޮޑަށް ބޭޒާރުވެ މިހާބޮޑަށް ފަޟީހަތްވި ފުރަތަމަ ފަހަރު ކަމަށެވެ.

ކޮންމެއަކަސް މިހުރީ ހައްތަހާވެސް ރިކޯޑެއެވެ. އެކަމަކު މިއީ ގައުމެއްގެ ވެރިއަކު ހަމަ އެހާ ހައްދަވާހިތުން ހައްދަވަން ބޭނުންފުޅުވާނެ ރެކޯޑްތަކެއްވާބެ އޭ ހިތަށް އަރައެވެ.

ރައީސްއަށް އެނގިވަޑައިގަންނަވާ އެއްކަމެއްވެސް ނެތެއެވެ. އަމިއްލަފުޅު ޕާޓީގެ ސުޕަ މެޖޯރިޓީ އޮތް މަޖިލީހަށް އަމިއްލުފުޅު ޕާޓީގެ ޕީޖީ ގުރޫޕުން ހުށަހަޅާ ބިލް އަމިއްލަފުޅު އެންގެވުމުގެ މަތިން 4 ގަޑިއިރުގެ ތެރޭގައި ފާސްކޮށް ނިންމާ އަމިއްލަފުޅަށް ތަސްދީގު ކުރައްވާއިރުވެސް އެއީ ދެނަހުރި ކަމަކަށް ނުވެއެވެ. ޕީޖީގެ ގުރޫޕުގެ ވަޓްސްއަޕް ގުރޫޕުގައި އިންނަވައި ކޯފާ ވެގެން އޭގައި މެސެޖް ލިޔުއްވާއިރުވެސް ލިޔުއްވުނު އެއްޗެއް ކުރެއްވުނު ކަމެއް އެނގިވަޑައިގަންނަވާ ކަމަކަށް ނުވެއެވެ. އަމިއްލަފުޅަށް މީހުންނަށް ގުޅުއްވާ އިންޒާރު ދެއްވާ ހެއްދެވުމަށްފަހު، ފޯނުން ވާހަކަދެއްކި މީހާ ކުރިމައްޗަށް ނިކުމެ މަނިކުފާނު އެހެން މިހެން ވިދާޅުވިއޭ، ރައްޔިތުންގެ ކުރިމަތީގައި ބުނުމުންވެސް ދެނަހުރި ކަމަކަށް ނުވިއެވެ. އާހިރުގައި ދޮގު ހެދިކަމަކަށްވީ އެހެން ބުނި މީހާއެވެ. އަމިއްލަފުޅު އެޓާރނީ ޖެނެރަލް ދައުލަތުގެ ފަރާތުން ސުޕްރީމްކޯޓުގައި ދުސްތޫރީ މައްސަލައެއްގެ ދިފާއުގައި ވަކާލާތު ކުރައްވާ އެމައްސަލަ ނާކާމިޔާބު ވެދާނެހެން ހީވުމުން އަމިއްލަފުޅަށް ރައީސް އާއި ނައިބް ރައީސް އައްޔަން ކުރައްވާ އޭސީސީން ކުއްލިއަކަށް ސުޕްރީމް ކޯޓުގެ ތިން ފަނޑިޔާރެއްގެ މައްސަލައެއް ބަލާ ކަމަށް ޖޭއެސްސީއަށް އެންގުމުން އަމިއްލަފުޅު މެޖޯރިޓީއޮތް ޖުޑިޝިއަލް ސަރވިސް ކޮމިޝަނުން ތިން ފަނޑިޔާރުން ސަސްޕެންޑްކޮށް، ސުޕްރީމް ކޯޓް ވާ ކޮށްލިއިރު ވެސް އެނގިވަޑައިގަންނަވާ ކަމަށް ނުވިއެވެ. އެއަށްވުރެ މަޖަލީ މިތިން ފަނޑިޔާރުންގެ މައްސަލަ ބަލަން ޖޭއެސްސީން އެކުލަވާލި ތިން މެމްބަރުންގެ ކޮމިޓީގައި އިންނެވި އަމިއްލަފުޅު މެމްބަރު ކުއްލިއަކަށް ބަދަލު ކުރައްވާ، އަމިއްލަފުޅު ޕާޓީން މަޖިލިސް އިންތިހާބުގައި ވާދަކޮށް ނާކާމިޔާބުވި ބޭފުޅަކު ބަދަލުގައި އެކޮމިޓީއަށް ހަމަޖެއްސެވިއިރުވެސް އެކަން ކުރެއްވުނު ކަމަށްވީ އިއްތިފާގަކުން ކަމަށޭ ވިދާޅުވި ވިދާޅުވުމެއެވެ.

މަގުމަތީގައި ހުންނަ ކާނު ގަނޑުވެސް ރައީސްގެ އިރުޝާދުފުޅާއި ލަފާފުޅުގެ މަތިން ނޫނީ ސާފު ނުކުރެވޭ ގައުމެއްގައި، ހާއްސަކޮށް ރައީސްގެ ފުރިހަމަ އާރާއި ބާރު ހިނގާ ބަސްވިކޭ މީހުން ނޫނީ މަގާމްތަކަށް ނުލައްވާނެ ކަމަށް ތަކުރާރުކޮށް ވިދާޅުވަމުންގެންދަވާ ރައީސަކު ރައީސްކަން ކުރައްވާ ގައުމެއްގައި، ހިނގާ ކަންކަން ރައީސްއަށް އެނގިވަޑއިނުގަންނަވާ ކަމަށް ވިދާޅުވުމަށްވުރެ ޖޯކް ދޮގު އެހެން ވާހަކައެއް މީހަކަށް ބުނެވިދާނެތޯއެވެ.

700 އަށްވުރެ ސިޔާސީ މަގާމްތަކުގެ އަދަދު އިތުރު ނުކުރައްވާނެ ކަމުގެ ވަރުގަދަ ވައުދަކާއި އެކު ވެރިކަމަށް ވަޑައިގެން ދޮޅު އަހަރު ހޭދަވިއިރު ސަރުކާރަށް ބުނެ ނުދެވުނު އެންމެ މުހިއްމު އެކައްޗަކީ ސިޔާސީ މުވައްޒަފުންގެ އަދަދުއެވެ. ނޫސްވެރިން ހީކުރީ 532 ދުވަހުގެ ފަހުން ވިޔަސް ރައީސް އެދަދު ވިދާޅުވާނެ ކަމަށެވެ. އެކަމަކު ނޫސްވެރިންގެ ބައްދަލުވުން ފެށުނީއްސުރެ ނިމެންދެން އެކި ގޮތްގޮތަށް އެކި ނޫސްވެރިން މިސުވާލު ތަކުރާރު ކުރަމުންދިޔަ އިރުވެސް ޖަވާބެއް ނުދެއްވުނެއެވެ. އެންމެފަހުން ވިދާޅުވާތީ އިވުނީ ވަޒީރުން އެމައުލޫމާތު މިގަޑީގައި އަޕްޑޭޓްކޮށް ނުދެއްވަނީ ކަމަށެވެ. ޖެހިގެން ހުރި ކޮޓަރީގައި ހުރިހާ ވަޒީރުންނާއި މީޑިޔާ ޓީމް އެބައޮތް ކަމަށާއި މިދައްކަވާ ވާހަކަ އެބޭފުޅުންނަށްވެސް އަޑު އިވިވަޑައިގަންނަވާނެ ކަމަށާއި އެކަމަކު އެބޭފުޅުން އެމައުލޫމާތު އަޕްޑޭޓްކޮށް ނުދެއްވަންޔާ އެ މައުލޫމާތު ދޭނީ ކިހިއްނެއްތޯ ކަމަށެވެ. މިއަށްވުރެ ލަދުވެތި އެހެން ވާހަކައެއް ޕްރެސް އިން އަޑު އިވޭނެ ތޯއެވެ.

އިންޑިއާގެ އަސްކަރީ އުޅަނދުތައް ރާއްޖޭގައި ދުއްވާތީ ކޯފާވެ، އެމީހުންނާއި އުޅަނދުތައް މިތަނުން ބޭލުމަށާއި އެއްބަސްވުންތައް އުވާލުމަށް ގޮވާ މުޒާހަރާކުރަމުންދިޔަ، ބޭފުޅާއަށް ވެރިކަން ލިބި ވެރިކަމަށް ދޮޅު އަހަރު ނުވަނީސް އެބުނާ އަސްކަރީ އުޅަދުނތަކެއްގެ އެއްބަސްވުމުގެ މުއްދަތު ފެބްރުއަރީ މަހުގައި ހަމަވެއްޖެ ކަމަށާއި އެއްބަސްވުމެއްގެ ތެރެއިން ކުރީގެ ސަރުކާރުން އެއުޅަނދުތައް ދުއްވުމަށް ހުއްދަ ދިނުމުން އެކަން ކަމުނުދިޔަ ބޭފުޅަކު އެއްބަސްވުމެއް ނެތި ހަމަ އެއުޅަނދުތައް ދުއްވަން، ހުއްދަދީގެން ތި ހުންނަވަނީ ކޮން އުސޫލެއްގެ ދަށުންތޯ ސުވާލު ކުރުމުން ވިދާޅުވާތީ އިވުނީ އެއީ ފްރެންޑްޝިޕް ކަމަށެވެ. އަސްރަކީ އެއްބަސްވުންތައް ނުދައްކައިގެން ދެފައި އެއްތާކު ނުޖެހިގެން އުޅުނު ބޭފުޅާއަށް ވެރިކަން ލިބި ވެރިކަމަށް ދޮޅު އަހަރުވީއިރުވެސް އެހާމަ ނުކޮށްގެން، ސުވާލު ކުރުމުން ވިދާޅުވާތީ އިވުނީ އޭގައި ކޮންފޮޑެންޝިއަލިޓީ ކްލޯޒްއެއް އޮންނަ ކަމަށާއި އޭގައި މައްސަލަތަކެއްވެސް ނެތް ކަމަށެވެ. މިއަށްވުރެ މުނާފިގް އެހެން ޖަވާބެއް މިޕްރެސް އިން އަޑު އިވޭނެ ތޯއެވެ.

ވާހަކަ ދިގު ކުރާކަށް އިތުރު ވާހަކަ ދައްކާނެ ކަމެއް ނެތެއް ނޫންތޯއެވެ. ހޯދާ ހޯދާވެސް މިޕްރެސްއިން ދެތެއް ފެނުނު މީހަކާއި ދިމައެއްވެސް ނުވާނެ ނޫންތޯއެވެ.

ޤަބޫލުފުޅުކުރައްވާށެއެވެ. ހަފްތާއަކު ކޮންމެ ދުވަހަކު ދުވާލަކު ތިން ގަޑިއިރު، އާރަށުގައި ފުޓްބޯޅަ ކުޅުއްވަން ހުސް ވަގުތު އޮންނަ ބޭފުޅަކަށް 24 ގަޑިއިރު ޕްރެސްއެއްގައި ހުންނާކަށްވެސް ދަށްޗެއް ނުވާނެ ނޫންތޯއެވެ. އެކަމަކު ނިއްކުރިއަށް ރުލެއްވެސް އަރުވާނުލައި ހުންނަވައިގެން މަނިކުފާނު ނޫން ހުރިހާ އެންމެންނަކީ ދޮގު ހަދާ މީހުން ކަމަށާއި މިގައުމުގައި ފަތުރަނީ ފެބްރިކޭޓެޑް ދޮގުތަކެއް ކަމަށް ވިދާޅުވެ އަމިއްލަފުޅަށް ތިމަން މަނިކުފާނަކީ ކުޑަތާ މަލައިކަތެއް ކަމަށް ދައްކަވް އުޅުއްވިއަކަސް ރާއްޖޭގެ ގިނަ ބަޔަކު އެކަމެއް ޤަބޫލެއް ނުކުރެއް ނޫންތޯއެވެ. ގިނަ މީހުން ބުނަނީ ޕްރެސްއަށް އިތުރުވި ކޮންމެ ގަޑިއިރަކުން އިތުރުވީ މަނިކުފާނުގެ ފަޟީހަތްވުން ކަމަށެވެ. ޕްރެސްއަށް އިތުރުވި ކޮންމެ މިނިޓަކުން އިތުރުވީ މަނިކުފާނުގެ އޮޅުވާލުން ކަމަށެވބެ. ޕްރެސްއަށް އިތުރުވި ކޮންމެ ސިކުންތަކުން އިތުރުވީ މަނިކުފާނު ހައްދަވާ ދޮގުތަކަށް އިތުރު ދޮގެއް ކަމަށެއެވެ. ވީއިރު، ތިޔަ ވިދާޅު 15 ގަޑިއިރަކީ އޮޅުވާލުމާއި ދޮގު ހެދުމާއި ނޭނގުމާއި އިއްތިފާގުގެ 15 ގަޑިއުރު ނޫން ދެން އެހެން ކޮންއެއްޗެއްތޯ އެވެ. ނޫސްވެރިއަކަށް ރައްޔިތަކަށް ސާފުވި، އޮޅުންފިލި، އެއްޗެއް އިނގުނު އެއްޗެއް ހަރާން ނޫންތޯއެވެ.

ރައީސުލްޖުމްހޫރިއްޔާ މުޢިއްޒުނޫސްވެރިންމާލެސިޔާސީ ހަގީގަތްތައްސިޔާސީ މުވައްޒަފުންއިންޑިއާއަސްކަރީ އެއްބަސްވުންތައް

ކޮމެންޓް

އިތުރަށް ކިޔާލަން

މެސީ އިންޑިއާ އަށް، އެތައް ސަތޭކަ ބަޔަކު މަރުޙަބާ ކިޔަން ނިކުތް

މެސީ އިންޑިއާ އަށް، އެތައް ސަތޭކަ ބަޔަކު މަރުޙަބާ ކިޔަން ނިކުތް

13 ޑިސެމްބަރު 2025
އަޚްލާގީ ޕްރޮގްރާމު ފުރިހަމަ ކުރަންދެން ދަރިވަރު ސަސްޕެންޑް ކޮށްފި

އަޚްލާގީ ޕްރޮގްރާމު ފުރިހަމަ ކުރަންދެން ދަރިވަރު ސަސްޕެންޑް ކޮށްފި

11 ޑިސެމްބަރު 2025
ދުނިޔޭގައި އެންމެ ގިނައިން ނޫސްވެރިން މަރާ ގައުމު ގެ ރެކޯޑް ޖެހިޖެހިގެން ތިންވަނަ އަހަރު އިޒްރޭލަށް!

ދުނިޔޭގައި އެންމެ ގިނައިން ނޫސްވެރިން މަރާ ގައުމު ގެ ރެކޯޑް ޖެހިޖެހިގެން ތިންވަނަ އަހަރު އިޒްރޭލަށް!

10 ޑިސެމްބަރު 2025
32 އަހަރުގެ އުމުރުގެ ތަފާތު ހުރި ދެ ލޯބިވެރިން މާރާމާރީ ހިންގައި ވަޅި ޖަހައިފި

32 އަހަރުގެ އުމުރުގެ ތަފާތު ހުރި ދެ ލޯބިވެރިން މާރާމާރީ ހިންގައި ވަޅި ޖަހައިފި

09 ޑިސެމްބަރު 2025
ދެ ގެއެއް ބަލައިފާސްކޮށް، ގިނަ އަދަދެއްގެ ވޭޕް އަދި ވޭޕް ކާޓްރިޖްތަކެއް ހޯދައިފި، މީހަކު ހައްޔަރެއް ނުކުރޭ!

ދެ ގެއެއް ބަލައިފާސްކޮށް، ގިނަ އަދަދެއްގެ ވޭޕް އަދި ވޭޕް ކާޓްރިޖްތަކެއް ހޯދައިފި، މީހަކު ހައްޔަރެއް ނުކުރޭ!

07 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

8 ޖެނުއަރީ
ހައުސިންގ މިނިސްޓްރީގެ ހައުސިންގ ޑިޕާޓްމަންޓްގެ މުވައްޒަފުން ގެއަށް ފޮނުވާލައިފި
20251 އަހަރު ކުރިން
ރާއްޖެ

ހައުސިންގ މިނިސްޓްރީގެ ހައުސިންގ ޑިޕާޓްމަންޓްގެ މުވައްޒަފުން ގެއަށް ފޮނުވާލައިފި

ދިވެހި ރޮނާލްޑޯ: އުމުރުން 45، އަދިވެސް ގޯލު ޖަހަނީ
20242 އަހަރު ކުރިން
މީހުން

ދިވެހި ރޮނާލްޑޯ: އުމުރުން 45، އަދިވެސް ގޯލު ޖަހަނީ

ދިގުމުއްދަތުން ފައިސާ ދައްކާގޮތަށް ސަރުކާރުން ޓެކްސީ ގެނެސްދެނީ
20233 އަހަރު ކުރިން
ރާއްޖެ

ދިގުމުއްދަތުން ފައިސާ ދައްކާގޮތަށް ސަރުކާރުން ޓެކްސީ ގެނެސްދެނީ

ބޮމުގެ ޙަމަލާ: އަލިމަނިކު ބުނަނީ އައިސިސް ލީޑަރު މަރާލާފައިވާ ކަމަށާއި، އެ ޖަމާއަތް ވުޖޫދުގައި ނެތްކަމަށް
20224 އަހަރު ކުރިން
ރާއްޖެ

ބޮމުގެ ޙަމަލާ: އަލިމަނިކު ބުނަނީ އައިސިސް ލީޑަރު މަރާލާފައިވާ ކަމަށާއި، އެ ޖަމާއަތް ވުޖޫދުގައި ނެތްކަމަށް

އެމެރިކާގެ މަޖިލިސް ރައީސްގެ އޮފީހުގެ ތެރެއަށް ވަދެ މޭޒުކޮޅަށް ފައި އަރުވާގެން އިން ރިޗަރޑް ހައްޔަރުކޮށްފި
20215 އަހަރު ކުރިން
ދުނިޔެ

އެމެރިކާގެ މަޖިލިސް ރައީސްގެ އޮފީހުގެ ތެރެއަށް ވަދެ މޭޒުކޮޅަށް ފައި އަރުވާގެން އިން ރިޗަރޑް ހައްޔަރުކޮށްފި

ޔާމީންގެ ވާހަކަފުޅުތަކާއެކު އިތުރު ސުވާލުތަކެއް!
20197 އަހަރު ކުރިން
ރިޕޯޓު

ޔާމީންގެ ވާހަކަފުޅުތަކާއެކު އިތުރު ސުވާލުތަކެއް!

އިންޓެލިޖެންސް ރިޕޯޓަކާއި ގުޅިގެން ރައީސް މައުމޫން ދިރިއުޅުއްވާ ގެކޮޅުގެ ސެކިއުރިޓީ ބަލަހައްޓަން ފަށައިފި
20188 އަހަރު ކުރިން
ރާއްޖެ

އިންޓެލިޖެންސް ރިޕޯޓަކާއި ގުޅިގެން ރައީސް މައުމޫން ދިރިއުޅުއްވާ ގެކޮޅުގެ ސެކިއުރިޓީ ބަލަހައްޓަން ފަށައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު