Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެޔުމްނު ވެއްޓުނު ހާދިސާ

ޔުމްނުގެ މައްސަލަ ތަހުގީގު ކުރަން އުފެއްދި ކޮމިޝަނަށް އިތުބާރު ނުކުރަން: އާއިލާ

މިކޮމިޝަނަށް އިތުބާރުނުކުރާ ކަމަށް ދުލެއް ނުކުރާނަން އިހްތިޖާޖުގެ ބައިވެރިންވެސް ވަނީ ބުނެފައި

ރިޒްނާ ޒަރީރު
ރިޒްނާ ޒަރީރު | 29 އެޕްރީލު 2025 | އަންގާރަ 18:17
ރައީސުލްޖުމްހޫރިއްޔާ އުފެއްދި ރިޔާސީ ކޮމިޝަންގެ މެމްބަރުން

ރައީސުލްޖުމްހޫރިއްޔާ އުފެއްދި ރިޔާސީ ކޮމިޝަންގެ މެމްބަރުން

2025 އެޕްރީލް 18 ވަނަ ދުވަހު މާލޭގައި ހިނގި ހާދިސާ ތަޙުޤީޤުކުރުމަށް، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، އުފެއްދެވި ކޮމިޝަނަށް އިތުބާރުނުކުރާ ކަމަށް އާއިލާއިން ބުނެފި އެވެ.

ދުލެއް ނުކުރާނަން މިނަމުގައު ހައްވާ ޔުމްނު ރަޝީދަށް އިންސާފް ހޯދުމަށް ކުރިއަށްގެންދާ އިހްތިޖާޖުގައި އަންގާރަ ދުވަހުގެ ރޭ ޓުވިޓާގައި ބޭއްވި ޓިޖިޓަލް ޕްރޮޓެސްްގައި އާއިލާގެ ފަރާތުން އިއްވި މެސެޖުގައި ބުނެފައިވަނީ އެ ކޮމިޝަން މެދުވެރިކޮށް ޔުމްނުއަށް އިންސާފު ލިބިދާނެ ކަމަށް ގަބޫލު ނުކުރެވޭ ކަމަށާއި މިކަމުގައި އާއިލާއާއި އެއްވެސް ވަރަކަށް މަޝްވަރާވެސް ކޮށްފައިނުވާ ކަމަށެވެ.

Advertisement - newsAdvertisement

ޔުމްނުގެ އާއިލާގެ ފަރާތުން މުހައްމަދު މުއުމިން އެކްސްގައި ބުނެފައިވަނީ ޔުމްނުގެ ޢާއިލާއިން، ރައީސް މުއިއްޒުގެ ކޮމިޝަނަށް ތާއީދެއް ނުކުރާ ކަމަށާއި އެކޮމިޝަނަށް އާއިލާއިން އިތުބާރުވެސް ނުކުރާ ކަމަށެވެ.

އަދި އިންސާފު ހޯދަން މި ކުރަމުންދާ މަސައްކަތުގައި ދެމިތިބޭނެ ކަމަށްވެސް އޭނާ ވަނީ ބުނެފައެވެ.

ޔުމްނުގެ މައްސަލަ ތަހުގީގު ކުރަން އުފެއްދި ފަސް މެންބަރުންގެ ރިޔާސީ ކޮމިޝަނުގެ ރައީސްއަކީ ކުރީގެ ބަންޑާރަނައިބު ޑރ. މުހައްމަދު މުނައްވަރެވެ. އޭނާގެ އިތުރުން ދެން އެ ކޮމިޝަނުގައި ހިމެނެނީ ބްރިގޭޑިއާ ޖެނެރަލް ރިޓަޔާޑް އަހުމަދު މުހައްމަދާއި މެޑިކަލް ޑޮކްޓަރެއް ކަމަށްވާ މޫސާ މުރާދާއި ކްލިނިކަލް ނަރުހެއް ކަމަށްވާ ޖަބީން މުހައްމަދާއި ފެމިލީ ޕްރޮޓެކްޝަން އޮތޯރިޓީގެ އިސް ވެރިއެއް ކަމަށްވާ އައިމިނަތު އީނާސް އެވެ.

ނަމަވެސް މިކޮމިޝަނަށް އިތުބާރުނުކުރާ ކަމަށް ދުލެއް ނުކުރާނަން އިހްތިޖާޖުގެ ބައިވެރިންވެސް ވަނީ ބުނެފައެވެ.

އިތުރަށް ކިޔާލަން

10 ޖެނުއަރީ 2017

ފަނޑިޔާރު އަލީ ހަމީދަށް ހަމަލާ ދޭން އުޅުނު މައްސަލައިގެ ތަހުގީގު ހުއްޓާލައިފި

10 ޖެނުއަރީ 2017
ފަނޑިޔާރު އަލީ ހަމީދަށް ހަމަލާ ދޭން އުޅުނު މައްސަލައިގެ ތަހުގީގު ހުއްޓާލައިފި
10 ޖެނުއަރީ 2017

ހަތަރު ބިލިއަން ރުފިޔާ ހިމެނޭ ދަރަނީގެ މައްސަލަތައް މިދިޔަ އަހަރު ސާބިތުވި: ސިވިލް ކޯޓް

10 ޖެނުއަރީ 2017
ހަތަރު ބިލިއަން ރުފިޔާ ހިމެނޭ ދަރަނީގެ މައްސަލަތައް މިދިޔަ އަހަރު ސާބިތުވި: ސިވިލް ކޯޓް
09 ޖެނުއަރީ 2017

ފާރިސް އާއި ނާދިރާ ވަކިކުރި މައްސަލަ ކުރިއަށް ނުދަނީ ޕީޕީއެމް އިން ކޯޓަށް ހާޒިރު ނުވާތީ: ސޫދު

09 ޖެނުއަރީ 2017
ފާރިސް އާއި ނާދިރާ ވަކިކުރި މައްސަލަ ކުރިއަށް ނުދަނީ ޕީޕީއެމް އިން ކޯޓަށް ހާޒިރު ނުވާތީ: ސޫދު
08 ޖެނުއަރީ 2017

ފޯނުން ގުޅުމުގައި ދިމާވި މައްސަލަ މިހާރު ހައްލުވެއްޖެ: އުރީދޫ

08 ޖެނުއަރީ 2017
ފޯނުން ގުޅުމުގައި ދިމާވި މައްސަލަ މިހާރު ހައްލުވެއްޖެ: އުރީދޫ
08 ޖެނުއަރީ 2017

މީހެއްގެ ސޮއި ފޯޖްކޮށްގެން ފިނޭންސް މިނިސްޓްރީގެ ޗެކަކުން ނުވަލައްކަ ރުފިޔާ ހޯދި މައްސަލަ ސާބިތެއް ނުވި!

08 ޖެނުއަރީ 2017
މީހެއްގެ ސޮއި ފޯޖްކޮށްގެން ފިނޭންސް މިނިސްޓްރީގެ ޗެކަކުން ނުވަލައްކަ ރުފިޔާ ހޯދި މައްސަލަ ސާބިތެއް ނުވި!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު