Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެޔުމްނުގެ މައްސަލަ ބަލާ ކޮމިޝަން

ޔުމްނުގެ މައްސަލަ ބަލާ ކޮމިޝަނަށް އައްޔަން ކުރި ހަބީބުއާއި ރައުދު އާއި އާއިލީ ގުޅުން އޮވޭ، އިސްތިއުފާ ދީފި

28 އެޕްރީލު 2025 | ހޯމަ 11:32

ޔުމްނު ވެއްޓުނު މައްސަލަ ބަލަން ކޮމިޝަން އުފެއްދީ ރައުދުގެ ވަނަވަރު ހާމަކޮށްފައި އޮއްވާ

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް | 28 އެޕްރީލު 2025 | ހޯމަ 11:32
ޔުމްނު ވެއްޓުނު ހާދިސާ ތަހުގީގުކުރާ ކޮމިޝަނަށް ރައީސް އައްޔަންކުރެއްވި ހަބީބު އާއި އެ މައްސަލައިގައި ތުހުމަތުކުރާ ރައުދު އާއި އާއިލީ ގުޅުން އޮވޭ

ޔުމްނު ވެއްޓުނު ހާދިސާ ތަހުގީގުކުރާ ކޮމިޝަނަށް ރައީސް އައްޔަންކުރެއްވި ހަބީބު އާއި އެ މައްސަލައިގައި ތުހުމަތުކުރާ ރައުދު އާއި އާއިލީ ގުޅުން އޮވޭ

މި މަހުގެ 18 ވަނަ ދުވަހުގެ ރޭ އިމާރާތެއްގެ މައްޗަށް ވެއްޓިފައި އޮއްވާ ފެނުނު ހައްވާ ޔުމްނު ރަޝީދުގެ މައްސަލަ ބަލާ ކޮމިޝަނަށް އައްޔަން ކުރި ހަބީބުއާއި ޔުމްނާ ވެއްޓުމުގައި ބައިވެރިކަމަށް ތުހުމަތުކުރެވިފައިވާ ރައުދު އަހުމަދު ޒިލާލު އާއި އާއިލީ ގުޅުން އޮންނަކަން ހާމަވެއްޖެއެވެ.

ރާއްޖެއެމްވީއަށް އިތުބާރު ހުރި ފަރާތަކުން ބުނެފައިވަނީ ހަބީބު އިސްތިއުފާ ދެއްވީ ރައުދުއާއި އޭނައާއި އާއިލީ ގޮތުން ގުޅުން އޮންނާތީއެވެ. އަދި އިސްތިއުފާ ދެއްވައި އެކަން އޭނާ ވަނީ ރައީސް އޮފީހަށް އަންގާފައެވެ. ނަމަވެސް ރައީސް އޮފީހުން މިކަމާއި ގުޅޭ އެއްވެސް ވާހަކައެއް ހާމަކޮށްފައި ނުވެއެވެ.

Advertisement - newsAdvertisement

ރައުދުއާއި ހަބީބު އާއި އާއިލީ ގުޅުން އޮންނަނީ ރައުދުގެ މަންމަގެ ފަރާތުންނެވެ.

ޔުމްނު ވެއްޓުނު މައްސަލަ ބަލަން ރައީސް ޑރ. މުހައްމަދު މުއިއްޒު "2025 އެޕްރީލް 18 ވަނަ ދުވަހު މާލޭގައި ހިނގި ހާދިސާ ތަޙުޤީޤުކުރާ، ރައީސުލްޖުމްހޫރިއްޔާގެ ޚާއްޞަ ކޮމިޝަން" އުފެއްދެވީ 27 ވަނަ ދުވަހުއެވެ. އަދި އެ ކޮމިޝަންގައި ތިން މެންބަރަކު ތިއްބަވާގޮތަށް ހަމަޖައްސައި ކަށީގެ ހާއްސަ ޑޮކްޓަރު މުހައްމަދު ހަބީބުއަށް އެ ދައުވަތު ދިނުމުން އޭނާ ވަނީ އެ ދައުވަތު ގަބޫލުކުރައްވާފައެވެ.

ނަމަވެސް ރައުދު ހިމެނޭ މައްސަލައެއް ބެލުމަށް އެކުލަވާލި ކޮމިޓީގައި ހަބީބު އިންނަވަން ފުރަތަމަ އެއްބަސްވެވަޑައިގެންނެވި ސަބަބެއް އޭނާ ހާމައެއް ނުކުރައްވައެވެ. އަދި އިސްތިއުފާ ދެއްވި ނަމަވެސް އެކަމުގެ ތަފްސީލެއްވެސް ހާމައެއް ނުކުރައްވައެވެ.

ޔުމްނު ވެއްޓުނު މައްސަލަ ބަލަން ރައީސް ކޮމިޝަނެއް އެކުލަވާލައްވާ ކޮމިޝަނަށް ހަބީބު އައްޔަން ކުރެއްވި އިރު، ޔުމްނު ވެއްޓުނު ހާދިސާގައި އޭނާއެކު ހ. ފެންޓެނޯއީ ގޭގައި ހަރަކާތްތެރިވީ ހަބީބާއި އާއިލީ ގުޅުން އޮންނަ ރައުދު އަހުމަދު ޒިލާލުކަން އޮތީ ހާމަވެފައެވެ. އަދި ކޮމިޝަނެއް އެކުލަވާލީ ވެސް މި މައްސަލައިގައި ރައުދުގެ ވަނަވަރު ފުލުހުން އާންމުކޮށް، އޭނާ ހައްޔަރު ކުރި ފަހުންނެވެ. އެހެންކަމުން ހަބީބު ކޮމިޝަނުގައި އިންނަވަން އެއްބަސްވެވަޑައިގެންނެވުމަށްފަހު އޭގެ 2 ދުވަސް ފަހުން ކޮމިޝަނުން އިސްތިއުފާ ދެއްވުމުން އާންމުންގެ އެތައް ސުވާލެއް ވަނީ ފެންމަތިވެފައެވެ.

ރައީސުލްޖުމްހޫރިއްޔާގެ ގަރާރުގެ ދަށުން އެކުލަވާލި ކޮމިޓީގައި ހަބީބުގެ އިތުރުން ދެން ހިމެނިވަޑައިގަންނަވަނީ ރާއްޖެއިން ގެއްލުނު ކަނަޑުގެ ބައި ހޯދުމުގައި މީގެ ކުރިން އިސްކޮށް ހަރަކާތްތެރިވި ޑރ. މުހައްމަދު މުނައްވަރާއި، ސިފައިންގެ ޖެނެރަލުންގެ ތެރެއިން ރިޓަޔަރވެވަޑައިގެން ހުންނެވި ބްރިގޭޑިއަރ ޖެނެރަލް ރިޓަޔަރޑް އަހުމަދު މުހައްމަދެވެ.

ހ. ފެންޓެނޯއީ ގޭގެ މަތިން ފުރާޅު މައްޗަށް ވެއްޓުނު 21 އަހަރުގެ ހައްވާ ޔުމްނު ރަޝީދު އާއި އެކު އުޅުނު، ރައުދު އަހުމަދު ޒިލާލު ކޯޓް އަމުރެއްގެ ދަށުން ހައްޔަރުކުރީ 24 އެޕްރީލް ވި ބުރާސްފަތި ދުވަހުގެ އިރު އޮއްސި 6:20 ގައެވެ. އޭނާގެ މައްޗަށް ކުރެވޭ ތުހުމަތުތަކުގެ ތެރޭގައި ހާދިސާ ހިނގިއިރު މަސްތުގެ ހާލަތުގައި ހުރުމާއި، ޔުމްނު ވެއްޓުމުގައި އޭނާގެ ބައިވެރިވުމެއް ވުމާއި، ޖިންސީ ބޭނުންހިފުމުގެ ކުށަށް އަރައިގަތުމެވެ.

މީގެ އިތުރުން ރައުދު އަހްމަދު ޒިލާލް އާއި ވެއްޓުނު 21 އަހަރުގެ އަންހެން މީހާ ހިމެނޭހެން ޖުމްލަ 9 މީހެއްގެ ފޯނު ވަނީ ކޯޓް އަމުރެއްގެ ދަށުން ހިފަހައްޓާފައެވެ.

އަދި މިމައްސަލައާއި ގުޅިގެން މާންދޫގޭ ދެކުނުގެ ޓެރަސްއާއި ދެވަނަ އަދި 4 ވަނަ ފަންގިފިލާގެ އިތުރުން ކަށިވެލި 3 ވަނަ ފަންގިފިލާވަނީ ބަލާ ފާސްކޮށްފައެވެ. މިތަންތަން ބަލާ ފާސްކޮށް ފުލުހުންގެ ބެލުމުގެ ދަށަށް އެއްޗެއް ގެންދިޔަ ކަމެއް ފުލުހުން ހާމަކޮށްފައެއް ނުވެއެވެ.

ޔުމްނު ފުރާޅު މައްޗަށް ވެއްޓިފައި އޮއްވާ ފެނުނީ 18 އޭޕްރީލް 2025 ވަނަ ދުވަހުގެ ހެނދުނުގެ ވަގުތެއްގައެވެ. މިމައްސަލަ ފުލުހުން ދަނީ ތަހްގީގު ކުރަމުންނެއެވެ. އަދި މި މައްސަލައިގައި ފުލުހުން ވަކިގޮތަކަށް އަމަލުކުރަމުން އަންނަ އިރު، މި މައްސަލައިގައި އެކަށީގެންވާ ތަހުގީގެއް ފުލުހުން ނުކޮށް މައްސަލަ ފޮރުވަން މަސައްކަތް ކުރާތީ ޑިމާންޑްތަކާއެކު ޒުވާނުން އަންނަނީ ކޮންމެ ރެއަކު މާލޭގައި މުޒާހަރާކުރަމުންނެވެ.

އެންމެ ހިނގާ

1

މީގެ ފަހުން ޑޮލަރުގެ އަގަކީ 15.42 ނޫން ކަމަށް ނުލިޔެވޭނެ! ކަޅު ބާޒާރުގެ އަގު ލިޔުމުން ބައި މިލިއަން ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރަނީ!

2

ޓްރަމްޕް ކިމްއާ ބައްދަލުކުރައްވާނެ ކަމަށް ވިދާޅުވިތަނާ އުތުރު ކޮރެއާއިން 10 މިސައިލް ފޮނުވާލައިފި

3

ދުނިޔޭގެ ދެވަނަ އަށް އެންމެ އަޑުފަށްގަނޑު ގަދަ ގައުމަކަށް ދިވެހިރާއްޖެ ހޮވިއްޖެ

4

ޓްރަމްޕްގެ މާ އަރިހުގައި ހުންނަ ޚާއްސަ އަންހެނެއްގެ ވާހަކަ

5

ލިންކަން މަނަވަރުގެ ހާލަތުން ދިގު ހަނގުރާމައެއް ކުރުމުގައި އެމެރިކާގެ ހަގީގީ ގާބިލުކަން ހާމަވެއްޖެ

އިތުރަށް ކިޔާލަން

10 ޖެނުއަރީ 2017

ފަނޑިޔާރު އަލީ ހަމީދަށް ހަމަލާ ދޭން އުޅުނު މައްސަލައިގެ ތަހުގީގު ހުއްޓާލައިފި

10 ޖެނުއަރީ 2017
ފަނޑިޔާރު އަލީ ހަމީދަށް ހަމަލާ ދޭން އުޅުނު މައްސަލައިގެ ތަހުގީގު ހުއްޓާލައިފި
10 ޖެނުއަރީ 2017

ހަތަރު ބިލިއަން ރުފިޔާ ހިމެނޭ ދަރަނީގެ މައްސަލަތައް މިދިޔަ އަހަރު ސާބިތުވި: ސިވިލް ކޯޓް

10 ޖެނުއަރީ 2017
ހަތަރު ބިލިއަން ރުފިޔާ ހިމެނޭ ދަރަނީގެ މައްސަލަތައް މިދިޔަ އަހަރު ސާބިތުވި: ސިވިލް ކޯޓް
09 ޖެނުއަރީ 2017

ފާރިސް އާއި ނާދިރާ ވަކިކުރި މައްސަލަ ކުރިއަށް ނުދަނީ ޕީޕީއެމް އިން ކޯޓަށް ހާޒިރު ނުވާތީ: ސޫދު

09 ޖެނުއަރީ 2017
ފާރިސް އާއި ނާދިރާ ވަކިކުރި މައްސަލަ ކުރިއަށް ނުދަނީ ޕީޕީއެމް އިން ކޯޓަށް ހާޒިރު ނުވާތީ: ސޫދު
08 ޖެނުއަރީ 2017

ފޯނުން ގުޅުމުގައި ދިމާވި މައްސަލަ މިހާރު ހައްލުވެއްޖެ: އުރީދޫ

08 ޖެނުއަރީ 2017
ފޯނުން ގުޅުމުގައި ދިމާވި މައްސަލަ މިހާރު ހައްލުވެއްޖެ: އުރީދޫ
08 ޖެނުއަރީ 2017

މީހެއްގެ ސޮއި ފޯޖްކޮށްގެން ފިނޭންސް މިނިސްޓްރީގެ ޗެކަކުން ނުވަލައްކަ ރުފިޔާ ހޯދި މައްސަލަ ސާބިތެއް ނުވި!

08 ޖެނުއަރީ 2017
މީހެއްގެ ސޮއި ފޯޖްކޮށްގެން ފިނޭންސް މިނިސްޓްރީގެ ޗެކަކުން ނުވަލައްކަ ރުފިޔާ ހޯދި މައްސަލަ ސާބިތެއް ނުވި!
08 ޖެނުއަރީ 2017

ޔާމީން ބަންދުކުރި މައްސަލައިގެ ޝަރީއަތް: ވަކީލަކު ހަމަޖެއްސުމަށް އަމީން ފައިސަލް އަށް ހަތް ދުވަސް!

08 ޖެނުއަރީ 2017
ޔާމީން ބަންދުކުރި މައްސަލައިގެ ޝަރީއަތް: ވަކީލަކު ހަމަޖެއްސުމަށް އަމީން ފައިސަލް އަށް ހަތް ދުވަސް!
08 ޖެނުއަރީ 2017

އިންތިހާބުގެ މައްސަލަ ދަށު ކޯޓުން ބަލަނީ ގާނޫނު އަސާސީ އޮޅުންބޮޅުން ކޮއްލަން: ނާޒިމް

08 ޖެނުއަރީ 2017
އިންތިހާބުގެ މައްސަލަ ދަށު ކޯޓުން ބަލަނީ ގާނޫނު އަސާސީ އޮޅުންބޮޅުން ކޮއްލަން: ނާޒިމް
06 ޖެނުއަރީ 2017

ނިމިގެންދިޔަ އަހަރު ޑްރަގް ކޯޓަށް ހުށަހެޅުނު މައްސަލަތައް އިތުރުވެއްޖެ

06 ޖެނުއަރީ 2017
ނިމިގެންދިޔަ އަހަރު ޑްރަގް ކޯޓަށް ހުށަހެޅުނު މައްސަލަތައް އިތުރުވެއްޖެ
06 ޖެނުއަރީ 2017

މިދިޔަ އަހަރު ކްރިމިނަލް ކޯޓަށް ހުށަހެޅި މައްސަލަތަކުގެ އަދަަދު އިތުރުވެއްޖެ

06 ޖެނުއަރީ 2017
 މިދިޔަ އަހަރު ކްރިމިނަލް ކޯޓަށް ހުށަހެޅި މައްސަލަތަކުގެ އަދަަދު އިތުރުވެއްޖެ
06 ޖެނުއަރީ 2017

ކޯޓުތަކަށް ހުށަހެޅުނު އަދި ނިންމި މައްސަލަތަކުގެ ޢަދަދު 20000 އަށްވުރެ މަތީގައި

06 ޖެނުއަރީ 2017
ކޯޓުތަކަށް ހުށަހެޅުނު އަދި ނިންމި މައްސަލަތަކުގެ ޢަދަދު 20000 އަށްވުރެ މަތީގައި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް