Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ
ފްލެޓް އަދި ގޯތި މުޒާހަރާ

ފްލެޓާއި ގޯތި ލިބުން ލަސްވާތީ، މިނިސްޓަރު މުއްތަލިބުގެ އިސްތިއުފާއަށް ގޮވާލައި މުޒާހަރާކޮށްފި

ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބުގެ އިސްތިއުފާއަށް ގޮވާލައި އާންމުން ވަނީ މުޒާހަރާ ކޮށްފަ

އަބްދުލް ހަންނާން މުހައްމަދް
އަބްދުލް ހަންނާން މުހައްމަދް, ރާއްޖެ އެމްވީ | 30 އެޕްރީލު 2025 | ބުދަ 18:25
ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބުގެ އިސްތިއުފާއަށް ގޮވާލައި ބުދަ ދުވަހުގެރޭ ކުރި މުޒާހަރާގެ ތެރެއިން

ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބުގެ އިސްތިއުފާއަށް ގޮވާލައި ބުދަ ދުވަހުގެރޭ ކުރި މުޒާހަރާގެ ތެރެއިން

ފްލެޓާއި ގޯތި ލިބުން ލަސްވާތީ، ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބުގެ އިސްތިއުފާއަށް ގޮވާލައި އެމަނިކުފާނުގެ ގޭދޮށަށް އާންމުން އެއްވެ މުޒާހަރާ ކޮށްފިއެވެ.

ބުދަ ދުވަހުގެ ރޭ ކުރިއަށްދިއަ މި މުޒާހަރާގައި އާންމުން ގޮވާލަމުން ދިޔައީ ރައީސް މުއިއްޒުގެ މި ސަރުކާރުން ފޭރިގަނެފައިވާ ފްލެޓާއި ގޯތިތައް އޭގެ ހައްގުވެރިންނަށް އަވަހަށް ދިނުމަށާއި ވަގުތުން ވަގުތައް މިނިސްޓަރ މުއްތަލިބު އިސްތިއުފާ ދިނުމަށެވެ.

Advertisement - newsAdvertisement

މުޒާހަރާގެ ބައިވެރިން މުޒާހަރާ ކުރަމުން ގެންދިއައީ އެމީހުންގެ ހުރި ކަންބޮޑުވުންތައް ރަމްޒުކޮސްދޭ ޝިއާރުތައް ލިޔެފައިވާ ބޯޑުތައް ހިފައިގެންނެވެ. އެގޮތުން މުޒާހަރާގެ އާންމުން ބޭނުން ކުރި މި ޝިއާރުތަކުގެ ބޯޑުތަކުގައި ލިޔެފައި ވަނީ މިނިސްޓަރ މުއްތަލިބު ވަގުތުން އިސްތިއުފާ ދީ، ފޭރިގަތް ފްލެޓާއި ގޯތިތައް އަވަހަށް ދިނުމަށާއި، މަގޭ ފްލެޓް އަތުލީ ނުހައްގުން ކަމަށާއި ރަސްމާލެ ހިއްކާ ފަދައިން ގިރާވަރު ހިއްކަން ފަށަންޖެހޭ ކަމަށްބުނެ މިފަދަ ޝިއާރުތަކެވެ.

މިނިސްޓަރ މުއްތަލުބުގެ އިސްތިއުފާއަށް ގޮވާލައި އާންމުން މުޒާހަރާ ކުރިއިރު، ގެދޮރުވެރިޔާ ސްކީމުން ދޫކުރާ 4،000 ފުލެޓު ލިބޭ މީހުންގެ ލިސްޓު މި އަހަރުގެ މާރޗު މަހު ސަރުކާރުން ވަނީ އާންމުކޮށްފައެވެ. އެ ސްކީމަށް 18،000އަށް ވުރެ ގިނަ ފޯމުތައް ހުށަހަޅާފައިވާއިރު، މި ސަރުކާރުން ނެރުނު ލިސްޓުގައި ވަނީ ފުލެޓަށް ޝަރުތު ހަމަވަނީ 1،820 މީހުން ކަމަށެވެ.

ފުލެޓު ލިސްޓު އާންމު ކުރުމާ ގުޅޭ ގޮތުން މި އަހަރުގެ މާރޗު މަހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު ވިދާޅުވީ ގެދޮރުވެރިޔާ ސްކީމަށް ޚާއްސަކޮށް މިހާރު އިމާރާތް ކުރަމުންދާ ޓަވަރުތަކުގައި ހިމެނެނީ ތިން ކޮޓަރީގެ 2،750 ފްލެޓާއި ދެ ކޮޓަރީގެ 1،250 ފުލެޓު ކަމަށެވެ.

އެ ފުލެޓުތަކަށް 1،820 މީހެއްގެ ޝަރުތު ހަމަވެފައިވާއިރު، ބާކީ ފުލެޓުތައް ދޭނީ، ބާކީ 15،000 ފޯމު އިވެލުއޭޓް ކުރުމަށް ފަހު ކަމަށް އޭނާ ވިދާޅުވެފައިވެއެވެ.

ފްލެޓު ލިބޭ ފަރާތްތަކުގެ ލިސްޓު މިދިޔަ ސަރުކާރުން އިއުލާން ކުރި ނަމަވެސް، އެ ލިސްޓުގައި މައްސަލަތައް އުޅޭ ކަމަށް އޭސީސީ ބުނުމުން، އަލުން ލިސްޓު ބެލުމަށްޓަކައި ފްލެޓުތައް ހަވާލުކުރުން އޮތީ މަޑުޖައްސާލައިފަ އެވެ. އެއަށްފަހު، މިދިޔަ އަހަރުގެ ފެބްރުއަރީ މަހު އޭސީސީން ވަނީ ސަރުކާރުން ވަކި ކަންތައްތަކަށް ރިއާޔަތް ކުރުމަށްފަހު، ފުލެޓު ދިނުމަށް ހުއްދަދީފަ އެވެ.

ހައުސިން މިނިސްޓްރީން އެއިރު ނިންމީ އެ މިނިސްޓްރީން ވެސް ލިސްޓު އަލުން ބެލުމަށެވެ. އޭގެ ފަހުން ލިސްޓު ނެރެން ތާރީޚުތަކެއް ދީ، ލިސްޓު ނުނެރޭތީ ގިނަ ބަޔަކު ނުރުހުން ވެސް ފާޅުކުރިއެވެ.

ޑރ. އަބްދުﷲ މުއްތަލިބުގެދޮރުވެރިޔާ ސްކީމުއިމާރާތްކުރުމާއި ގެދޮރުވެރިކަން4,000 ފްލެޓު

ކޮމެންޓް

އިތުރަށް ކިޔާލަން

ފްލެޓް ދޫކުރުމުގެ އުޞޫލުގެ ދަށުން ފުލެޓު ކަނޑައަޅާފައިނުވާ ފަރާތްތަކުގެ މެދުގައި ގުރުނެގުން ބުދަ ދުވަހު!

ފްލެޓް ދޫކުރުމުގެ އުޞޫލުގެ ދަށުން ފުލެޓު ކަނޑައަޅާފައިނުވާ ފަރާތްތަކުގެ މެދުގައި ގުރުނެގުން ބުދަ ދުވަހު!

07 އޮކްޓޯބަރު 2025
ފްލެޓުތަކާ ގުޅޭ ޝަކުވާތައް ހިފައިގެން އާންމުން ހައުންސިން މިނިސްޓްރީ އަށް

ފްލެޓުތަކާ ގުޅޭ ޝަކުވާތައް ހިފައިގެން އާންމުން ހައުންސިން މިނިސްޓްރީ އަށް

07 އޯގަސްޓު 2025
މުއްދަތު ހަމަވިއިރު ފްލެޓް ލިސްޓަށް 8000 އަށްވުރެ ގިނަ ޝަކުވާ ހުށަހަޅައިފި

މުއްދަތު ހަމަވިއިރު ފްލެޓް ލިސްޓަށް 8000 އަށްވުރެ ގިނަ ޝަކުވާ ހުށަހަޅައިފި

16 އެޕްރީލު 2025
ތިން ވުޒާރާއެއްގެ މަސައްކަތްތަކުގެ ދާއިރާތަކަށް ގެނައި ބަދަލުތައް މަޖިލީހުން ފާސްކޮށްފި

ތިން ވުޒާރާއެއްގެ މަސައްކަތްތަކުގެ ދާއިރާތަކަށް ގެނައި ބަދަލުތައް މަޖިލީހުން ފާސްކޮށްފި

18 މާރިޗު 2025

އަހަރުތަކުން މިއަދު

16 ޖޫން
ހައްޖުވެރިން އުފުލަމުން ދިޔަ މަތިންދާ ބޯޓެއް ގޮއްވާލާނެ ކަމުގެ އިންޒާރެއް ލިބުމާ ގުޅިގެން ކުއްލި ގޮތަކަށް ޖައްސައިފި
20251 އަހަރު ކުރިން
ދުނިޔެ

ހައްޖުވެރިން އުފުލަމުން ދިޔަ މަތިންދާ ބޯޓެއް ގޮއްވާލާނެ ކަމުގެ އިންޒާރެއް ލިބުމާ ގުޅިގެން ކުއްލި ގޮތަކަށް ޖައްސައިފި

ރާއްޖޭގެ މަސްވެރިކަމުގެ ސިނާއަތު ބޮޑު ތަނުން ދަށަށް ހިނގައްޖެ
20242 އަހަރު ކުރިން
ރާއްޖެ

ރާއްޖޭގެ މަސްވެރިކަމުގެ ސިނާއަތު ބޮޑު ތަނުން ދަށަށް ހިނގައްޖެ

50 މީހުންގެ ޖާގައިގެ މަސްބޯޓަކަށް 750 މީހުން، ކޮންޓްރޯލް އޮތީ މާފިޔާ މެންބަރުންގެ އަތުގައި!
20233 އަހަރު ކުރިން
ރިޕޯޓު

50 މީހުންގެ ޖާގައިގެ މަސްބޯޓަކަށް 750 މީހުން، ކޮންޓްރޯލް އޮތީ މާފިޔާ މެންބަރުންގެ އަތުގައި!

އިންޑިއާގެ ބައެއް ބޮޑެތި ނޫސްތަކުގެ ނޫސްވެރިން ފެމިލިއަރައިޒޭޝަން ދަތުރެއްގައި ރާއްޖެއަށް
20224 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

އިންޑިއާގެ ބައެއް ބޮޑެތި ނޫސްތަކުގެ ނޫސްވެރިން ފެމިލިއަރައިޒޭޝަން ދަތުރެއްގައި ރާއްޖެއަށް

އިސްރާއީލުން ރާއްޖެއަށް ސީދާ ދަތުރުތައް ފެށުމަށް ތައްޔާރުވަނީ
20215 އަހަރު ކުރިން
ރާއްޖެ

އިސްރާއީލުން ރާއްޖެއަށް ސީދާ ދަތުރުތައް ފެށުމަށް ތައްޔާރުވަނީ

ފެމިލީ ކޯޓުގެ ގާޒީ ހުޒައިފާގެ މައްސަލައެއް ޖޭއެސްސީއަށް ހުށައަޅައިފި
20197 އަހަރު ކުރިން
ރާއްޖެ

ފެމިލީ ކޯޓުގެ ގާޒީ ހުޒައިފާގެ މައްސަލައެއް ޖޭއެސްސީއަށް ހުށައަޅައިފި

ސިއްސައިގެންދާވަރުގެ ބިލަކާއެކު ޒުވާނަކު ޓްރީ ޓޮޕް ހޮސްޕިޓަލުގައި ފައިސާ ނުދެއްކިފައި
20188 އަހަރު ކުރިން
ރާއްޖެ

ސިއްސައިގެންދާވަރުގެ ބިލަކާއެކު ޒުވާނަކު ޓްރީ ޓޮޕް ހޮސްޕިޓަލުގައި ފައިސާ ނުދެއްކިފައި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު