Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ބޯހިޔާވަހިކަމުގެ ހައްގު ނިގުޅައިގަތުން

ރައްޔިތުންގެ ކިބައިން ބޯހިޔާވަހިކަމުގެ ހައްގު ނިގުޅައިގަތުމުގައި ރައީސް މުއިއްޒަކީ ހިސްޓްރީއެއް އޮތް ބޭފުޅެއް: ތަޒްމީލް

ހައުސިން މިނިސްޓަރަކަށް ހުންނަވައި ވެސް ރައީސް މުއިއްޒު ވަނީ ރައްޔިތުން ބޯހިޔާވަހިކަމުގެ ހައްގުން މަހުރޫމްކޮށްފައި

އަމްނާ އިމާދު
އަމްނާ އިމާދު, ރާއްޖެ އެމްވީ | 12 އެޕްރީލު 2025 | ހޮނިހިރު 09:54
ރައީސް އެންމެ ފަހުން ހއ. އަތޮޅަށް ކުރެއްވި ދަތުރުފުޅުގައި އުލިގަމުގައި - ފައިލް

ރައީސް އެންމެ ފަހުން ހއ. އަތޮޅަށް ކުރެއްވި ދަތުރުފުޅުގައި އުލިގަމުގައި - ފައިލް

ދިވެހި ރައްޔިތުންގެ ކިބައިން ބޯހިޔާވަހިކަމުގެ ހައްގު ނިގުޅައިގަތުމުގައި އަދުގެ ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒަކީ ހިސްޓްރީއެއް އޮތް ބޭފުޅެއް ކަމަށް އެމްޓީޑީސީގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރ ތަޒްމީލް އަބްދުއްސަމަދު ވިދާޅުވެއްޖެ އެވެ.

ގެދޮރުވެރިޔާ ސްކީމުން ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސާލިހުގެ ސަރުކާރުން ދޫކޮށްފައިވާ ފްލެޓުތަކަށް މިސަރުކާރުން ނުފޫޒު ފޯރުވާ ކަމަށް ބުނެ، މިސަރުކާރަށް ތަޒްމީލް ވަނީ ވަރަށް ބޮޑަށް ފާޑު ވިދާޅުވެފަ އެވެ.

މި މައްސަލައަށް އިޝާރާތް ކުރައްވައި ރާއްޖެޓީވީގެ ''ޓީވީޓޯކް ޕްރޮގްރާމް'' ގައި ތަޒްމީލް ވިދާޅުވީ، ރައްޔިތުން ހައްގުތަކުން މަހުރޫމް ކުރުމާއި، ޚާއްސަކޮށް، ބޯހިޔާވަހިކަމުގެ ހައްގު ނިގުޅައިގަތުމުގައި ރައީސް މުއިއްޒަކީ ހިސްޓްރީއެއް އޮތް ބޭފުޅެއް ކަމަށެވެ. އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ވެސް ހައުސިން މިނިސްޓަރަކަށް ހުންނަވައި ރައީސް މުއިއްޒު ކުރެއްވީ އެމަސައްކަތް ކަމަށް އޭނާ ވިދާޅުވި އެވެ.

ރައީސް މުއިއްޒު ވެރިކަމަށް ވަޑައިގެންނެވީ ރައްޔިތުންނަށް ލިބިފައި އޮތް އެއްޗެއް ލިބިފައި އޮތްތަނަކުން ދޭނެކަމަށް ވައުދުވެވަޑައިގެން ކަމަށެވެ. ނަމަވެސް ވެރިކަމަށް ވަޑައިގަންނަވާ އަމަލު ކުރެއްވީ ދިމާ އިދިކޮޅަށް ކަމަށެވެ. އަދި ބޭނުންވާ ބަޔަކަށް ފްލެޓުތައް ދިނުމުގެ މަގުސަދުގައި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ވެސް މިމައްސަލާގެ ތެރެއަށް އެމަނިކުފާނު ވައްދާފައިވާ ކަމަށެވެ. ނަމަވެސް މިއިން ޒަމާނެއްގައި މިފަދަ މައްސަލައެއް އޭސީސީން ތަހުގީގު ކޮށްފައިނުވާ ކަމަށް އޭނާ ވިދާޅުވި އެވެ.

މީގެ އިތުރުން ތަޒްމީލް ވިދާޅުވީ މިއަދުގެ ރައީސް މުއިއްޒަކީ ވަރަށް އިތުރުފުޅު ހައްދަވާ ބޭފުޅެއް ކަމަށާއި، މަގު މަތިންދާ މީހެއް ބުނާ ބަސް ގަބޫލު ކުރިނަމަވެސް ރައީސް ވިދާޅުވާ ވާހަކަފުޅެއް ގަބޫލުކުރަން ނުވާނެ ކަމަށެވެ.

އެއީ ރައީސް ޔާމީންގެ ސަރުކާރުގައި ޓްރާންސިޝަނަލް ޕީރިއަޑްގެ ތެރޭގައި ވެރިކަން ނިމެނިކޮށް ހަމަ އަވަސް އަރުވާލައިގެން އޭރުގައި ހުރި 7500 ޔުނިޓް އޭރު ބޭނުންހާ ބަޔަކަށް ދެމުން ދިޔަ ގޮތުގެ އެދުވަހު އެމަންޒަރު އެންމެ އިސް މަންޒަރުގެ ވެރިމީހަކަށް އިނީ ތިޔަ ވިދާޅުވާ މިއަދުގެ ރައީސުލްޖުމްހޫރިއްޔާ. މިއަދު ވެސް ވެރިކަމަށް ވަޑައިގެން އެންމެ ފުރަތަމަ ގަޔަށް ގައި ކަހައިގެން ކޮންމެހެން ވެސް ކުރަން ބޭނުންވި ކަމަކީ ނިމިިދިޔަ ސަރުކާރުން އަޅާފައިވާ ފްލެޓުތަކާ ކުޅުން އެނގޭތޯ. ވިދާޅުވީ އެކަމަކު ކެންޕޭންގެ ތެރޭގައި މީހަކަށް ލިބިފައި އޮތް އެއްޗެއް ލިބިފައި އޮތްތަނަކުން ލިބިފައި އޮތް ގޮތަކަށް ޚާއްސަކޮށް ދިވެހިރާއްޖޭގެ ސަރުކާރުގެ ގެޒެޓުގައި އެމީހެއްގެ ނަމެއް، އެމީހެއްގެ އައިޑީކާޑު އޮވެއްޖެ ކަމަށްވަނީ ނަމަ ތިމަންމަނިކުފާނު އެއްއަށް އެއްވެސް ބަދަލެއް ނުގެންނަވާނެ ކަމަށް. އެކަން ފުރިހަމަ ކޮށްދެއްވާނެ ކަމަށް. އެކަމަކު ވަޑައިގެންފައި އެބަސް ބަދަލު ކުރުމަށް މިކުރިކަމަކީ އެންޓި ކޮރަޕްޝަން ކޮމިޝަން ކިޔާ ބަޔަކު އޭގެ ތެރެއަށް ވެއްދީ.
އެމްޓީޑީސީގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރ ތަޒްމީލް އަބްދުއްސަމަދު

ތަޒްމީލް ވިދާޅުވީ ގެދޮރުވެރިޔާ ސްކީމުން ކުރީ ސަރުކާރުން ދޫކޮށްފައިވާ ފްލެޓުތަކަށް ރައްޔިތުންނަށް ވަރަށް އަވަހަށް ވަދެވޭނެ ކަމަށް އުންމީދު ކުރި ނަމަވެސް ރައްޔިތުންގެ އެ އުންމީދު މިސަރުކާރުން ނަގާލާފައިވާ ކަމަށެވެ.

ފަހި ދިރިއުޅުން ކޯޕަރޭޝަނާ ހަވާލުކޮށްގެން އިމާރާތްކޮށްފައިވާ، 4000 ފްލެޓަކީ، މިހައިތަނަށް ރާއްޖޭގައި ހިންގައިފައިވާ ސޯޝަލް ހައުސިންގ މަޝްރޫއުތަކުގެ ތެރެއިން އެންމެ ފުރިހަމަ "ފްލޯ ޕްލޭން" އަދި އެންމެ ޖާގަ ތަނަވަސް ފްލެޓްތައް ނަމަވެސް މިސަރުކާރުން ވަނީ ފްލެޓަށް ޝަރުތު ހަމަނުވާ ކަމަށް ބުނެ، ގިނަ ބަޔަކު ލިސްޓުން އުނިކޮށްފައެވެ. ފްލެޓު ޝަރުތު ހަމަވެގެން ފްލެޓު ލިބެނީ 1820 މީހުންނަށެވެ. އަދި 3119 މީހުންނަށް ފްލެޓު ނުލިބޭ ކަމަށް ހައުސިން އަދި ކޮންސްޓްރަކްޝަން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު ވަނީ ވިދާޅުވެފަ އެވެ.

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

ރައްޔިތުންގެ މަޖިލިސް: ރިޔާސީ ބަޔާން އިއްވުން މާދަމާ ދަރުބާރު ގޭގައި

ރައްޔިތުންގެ މަޖިލިސް: ރިޔާސީ ބަޔާން އިއްވުން މާދަމާ ދަރުބާރު ގޭގައި

05 ފެބުރުއަރީ 2017
ރައްޔިތުންގެ ވޯޓަކީ ރައީސް ޔާމީނަށް މުހިންމު އެއްޗެއް ނޫން: ޑރ. ޖަމީލް

ރައްޔިތުންގެ ވޯޓަކީ ރައީސް ޔާމީނަށް މުހިންމު އެއްޗެއް ނޫން: ޑރ. ޖަމީލް

03 ފެބުރުއަރީ 2017
އަލަށް ވޯޓުލުމުގެ ހައްގު ލިބުނު ފަރާތްތައް އާއްމުކޮށް، ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފި

އަލަށް ވޯޓުލުމުގެ ހައްގު ލިބުނު ފަރާތްތައް އާއްމުކޮށް، ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފި

03 ފެބުރުއަރީ 2017
ރައްޔިތުންގެ ވޯޓަށް ޚިޔާނާތްވުމުން ފަހުން ކުރާނީ ހިތާމަ:ޑރ ޖަމީލް

ރައްޔިތުންގެ ވޯޓަށް ޚިޔާނާތްވުމުން ފަހުން ކުރާނީ ހިތާމަ:ޑރ ޖަމީލް

30 ޖެނުއަރީ 2017
އަނިޔާވެރި ވެރިއެއް ރައްޔިތުންގެ މައްޗަށް އަންނަނީ ރައްޔިތުން އަނިޔާވެރިވުމުން: ޝެއިހް ހުސެއިން

އަނިޔާވެރި ވެރިއެއް ރައްޔިތުންގެ މައްޗަށް އަންނަނީ ރައްޔިތުން އަނިޔާވެރިވުމުން: ޝެއިހް ހުސެއިން

27 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

13 މާރިޗު
އިއުލާނު ނުކުރިޔަސް ރާއްޖެ ބަނގުރޫޓުވެއްޖެ!
20251 އަހަރު ކުރިން
ރިޕޯޓު

އިއުލާނު ނުކުރިޔަސް ރާއްޖެ ބަނގުރޫޓުވެއްޖެ!

ރޯދަމަހު ސުފުރާއަށް ކަންވާރުތައް އޮފުކުރުމުގައި ތޫނިސްގެ ކަނބުރުން
20242 އަހަރު ކުރިން
ތަފާތު ޚަބަރު

ރޯދަމަހު ސުފުރާއަށް ކަންވާރުތައް އޮފުކުރުމުގައި ތޫނިސްގެ ކަނބުރުން

ރަމަޟާން މަހާއި ޝައްވާލުމަހުގެ 7 ދުވަހުގެ ރަސްމީ ގަޑިތައް އާންމުކޮށްފި
20233 އަހަރު ކުރިން
ރާއްޖެ

ރަމަޟާން މަހާއި ޝައްވާލުމަހުގެ 7 ދުވަހުގެ ރަސްމީ ގަޑިތައް އާންމުކޮށްފި

ޗައިނާގެ އަސްކަރީ އަދި މާލީ އެހީތެރިކަމަށް ރަޝިޔާއިން އެދިއްޖެ
20224 އަހަރު ކުރިން
ދުނިޔެ

ޗައިނާގެ އަސްކަރީ އަދި މާލީ އެހީތެރިކަމަށް ރަޝިޔާއިން އެދިއްޖެ

ސްކޮޓްލޭންޑްގެ ދެމަފިރިންގެ ވާހަކަ: އަތްތިލައަށްވުރެ ކުޑަ ދަރިފުޅު ސަލާމަތްވާނެކަމުގެ އުންމީދު ކަނޑާލި ނަމަވެސް ދެމަފިރިން އުންމީދު ކަނޑައެއްނުލާ
20215 އަހަރު ކުރިން
ރިޕޯޓު

ސްކޮޓްލޭންޑްގެ ދެމަފިރިންގެ ވާހަކަ: އަތްތިލައަށްވުރެ ކުޑަ ދަރިފުޅު ސަލާމަތްވާނެކަމުގެ އުންމީދު ކަނޑާލި ނަމަވެސް ދެމަފިރިން އުންމީދު ކަނޑައެއްނުލާ

އައިޝާގެ ޖަވާބުން ފުދިއްޖެ!
20197 އަހަރު ކުރިން
ރިޕޯޓު

އައިޝާގެ ޖަވާބުން ފުދިއްޖެ!

ރައީސް ޔާމީންގެ އެކައުންޓަށް ޖަމާކުރި އެއް މިލިއަން ޑޮލަރެއް ނުލިބޭ: އޭސީސީ
20188 އަހަރު ކުރިން
ރާއްޖެ

ރައީސް ޔާމީންގެ އެކައުންޓަށް ޖަމާކުރި އެއް މިލިއަން ޑޮލަރެއް ނުލިބޭ: އޭސީސީ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު