Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެފަލަސްތީނު މައްސަލަ

އެއްކޮޅުން "ކުއްލި މައްސަލަ" ބޭރުކޮށްލުމަށް ފަހު، އަނެއްކޮޅުން މަޖިލީހުގެ ރައީސް ދެއްކެވީ ޣައްޒާގެ ޙާލަތާއި މެދު ކަންބޮޑުވެވަޑައިގަންނަވާ ވާހަކަ

8 އެޕްރީލު 2025 | އަންގާރަ 07:14

ސަރުކާރުން މި މައްސަލައިގައި އަމަލުކުރާ ގޮތަށް އާއްމުން ދަނީ ފާޑުކިޔަމުން

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު | 8 އެޕްރީލު 2025 | އަންގާރަ 07:14
އަބްދުއްރަހީމް އެފަދައިން ވިދާޅުވީ އިންޓަރ ޕާލަމެންޓްރީ ޔޫނިއަން ގެ، ނޮން އެލައިންޑް މޫވްމަންޓް (އެންއޭއެމް) ޕާލަމެންޓްރީ ނެޓްވޯކްގެ 4 ވަނަ ކޮންފަރެންސްގައި ތަގުރީރުކުރައްވަ

އަބްދުއްރަހީމް އެފަދައިން ވިދާޅުވީ އިންޓަރ ޕާލަމެންޓްރީ ޔޫނިއަން ގެ، ނޮން އެލައިންޑް މޫވްމަންޓް (އެންއޭއެމް) ޕާލަމެންޓްރީ ނެޓްވޯކްގެ 4 ވަނަ ކޮންފަރެންސްގައި ތަގުރީރުކުރައްވަ

ފަލަސްތީނުގެ ގާޒާގައި އިސްރާއީލުން ކުރިއަށް ގެންދާ ނަސްލު ނައްތާލުމުގެ އަމަލުތަކާއި މެދު ރައްޔިތުންގެ މަޖިލީހުގެ ރައީސް، އަބްދުއްރަހީމް އަބްދުއްالله ކަންބޮޑުވުން ފާޅުކުރައްވައިފި އެވެ.

އަބްދުއްރަހީމް އެފަދައިން ވިދާޅުވީ އިންޓަރ ޕާލަމެންޓްރީ ޔޫނިއަން ގެ، ނޮން އެލައިންޑް މޫވްމަންޓް (އެންއޭއެމް) ޕާލަމެންޓްރީ ނެޓްވޯކްގެ 4 ވަނަ ކޮންފަރެންސްގައި ތަގުރީރުކުރައްވަމުންނެވެ.

Advertisement - newsAdvertisement

އަބްދުއްރަހީމް މިފަދައިން ވިދާޅުވެފައި ވާއިރު، އިސްރާއީލުގެ ޕާސްޕޯޓްގައި ދިވެހިރާއްޖެ އެތެރެވުން ހުއްޓުވުމަށް ހުށަހަޅައިފައިވާ ބިލާމެދު ގޮތެއް ނުނިމި ލަސްވަމުންދާތީ ހުށަހަޅާ ކުއްލި މައްސަލަ ބަލައިނުގަތުމަށް ރައްޔިތުންގެ މަޖިލީހުގެ ރިޔާސަތުން ވަނީ ހޯމަ ދުވަހު ނިންމަވާފަ އެވެ. ހޯމަ ދުވަހު މަޖިލީހުގެ ރިޔާސަތުގައި އިންނެވި މަޖިލީހުގެ ނައިބު ރައީސް އަހުމަދު ނާޒިމް ވިދާޅުވީ ކެންދޫ ދާއިރާގެ މެމްބަރު މައުރޫފް ޒާކިރު ހުށަހަޅުއްވާފައިވާ އެ މައްސަލައަކީ ކުއްލި މައްސަލައެއްގެ ގޮތުގައި ބަލައިނުގަނެވޭނެ ކަމަށެވެ.

އެކަމާއި ގުޅިގެން އިސްރާއީލު ޕާސްޕޯޓް މަނާކުރުމުގެ މައްސަލައިގައި ސަރުކާރާއި ސަރުކާރުގެ ފުރިހަމަ މެޖޯރިޓީ އޮތް މަޖިލީހުގެ އިޚުލާސްތެރިކަމާއި މެދު އާއްމުން ދަނީ ސުވާލު އުފައްދަމުންނެވެ.

އިންޓަރ ޕާލަމެންޓްރީ ޔޫނިއަން ގެ، ނޮން އެލައިންޑް މޫވްމަންޓް (އެންއޭއެމް) ޕާލަމެންޓްރީ ނެޓްވޯކްގެ 4 ވަނަ ކޮންފަރެންސްގައި އަބްދުއްރަހީމް ވިދާޅުވީ ފަލަސްތީނުގެ ހާލަތާއި މެދު ވަރަށް ބޮޑަށް ކަންބޮޑުވެވަޑައިގަންނަވާ ކަމަށެވެ. އަދި އިސްރާއީލުގެ އަނިޔާވެރިކަން ހުއްޓުވުމަށް ހުއްޓުވުމަށް ބައިނަލްއަގުވާމީ ފެންވަރުގައި އެކަށީގެންވާ މަސައްކަތްތަކެއް ކުރުމަށް ގޮވާލެއްވި އެވެ.

އިސްރާއީލުގެ އަނިޔާވެރިކަމުގެ ސަބަބުން އެ ތަނުގެ އާންމު ރައްޔިތުން އުފުލަމުންދާ ކެކުޅުންތަކާ މެދު އިންތިހާއަށް ކަންބޮޑުވެވަޑައިގަންނަވާ ކަމަށް އެ މަނިކުފާޏު ވަނީ ވިދާޅުވެފައެވެ. ގާޒާގައި ހިނގަމުންދާ ހަމަނުޖެހުމާއި އެ ތަނުގެ ރައްޔިތުން އުފުލަމުންދާ ކެކުޅުންތަކާމެދު ދިވެހިން ކަންބޮޑުވާކަމަށް ވެސް އަބްދުއްރަހީމް ވިދާޅުވި އެވެ.

ގާޒާ އަށް އިންސާފު ހޯދާ ދިނުމަށް އެކަށީގެންވާ މަސައްކަތްތަކެއް ބައިނަލްއަގުވާމީ ފެންވަރުގައި ކުރުމަށް އަބްދުއްރަހީމް ގޮވާލެއްވިއެވެ. މީގެ އިތުރުން މަޖިލިސް މެންބަރުންގެ ހައިސިއްޔަތުން ގާޒާގައި ހިންގާ ނަސްލުހޭދު ކުރުމާ ދެކޮޅަށް މަސައްކަތް ކުރުމުގައި ނަމޫނާ ދައްކަންޖެހޭ ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.

އަބްދުއްރަހީމް މިހެން ވިދާޅުވި ނަމަވެސް ސަރުކާރުން މި މައްސަލައިގައި އަމަލުކުރާ ގޮތަށް އާއްމުން ދަނީ ފާޑުކިޔަމުންނެވެ.

އިސްރާއިލް ޕާސްޕޯޓުގައި ރާއްޖެ އެތެރެވުން މަނާކުރުމާއި މެދު ހުށަހެޅި ކުއްލި މައްސަލަ ބަލައި ނުގަތުމުން މަޖިލީހާއި ސަރުކާރަށް ވަނީ ވަރަށް ބޮޑަށް ފާޑުކިޔުން އަމާޒުވެފައެވެ. އެ މައްސަލަ ބޭރު ކުރުމަށް ވާހަކަދައްކަވަމުންމަޖިލީހުގެ ނައިބު ރައީސް ނާޒިމް ވަނީ މަޖިލީހަށް ހުށަހަޅާ ކުއްލި މައްސަލައަކީ ރައްޔިތުންގެ ނުވަތަ ގައުމުގެ މަސްލަހަތަށް ސީދާ އަސަރު ކުރާފަދަ ބޮޑު ކަމެއް ކުއްލިއަކަށް ދިމާވުމުން އެކަމެއް ސަރުކާރުގެ ސަމާލުކަމަށް ގެނައުމަށް ހުށަހަޅާ މައްސަލަ އެއް ކަމަށް ވިދާޅުވެފަ އެވެ.

މީގެ އިތުރުން ސަރުކާރުން ކަމާއި މެދު އަޅާފައިވާ ނުވަަތަ އަޅާފައިނުވާ ފިޔަވަޅަކާމެދު ފާޑުކިޔުމަށް ހުށަހެޅިފައިވާ މައްސަލައަކަށް ވުމާއި މަޖިލީހުގައި ކުރިއަށް ދާ ބިލަކާއި ގުޅޭ ކަމަކަށް ނުވުން ކުއްލި މައްސަލައިގެ ޝަރުތުތަކުގެ ތެރޭގައި ހިމެނޭ ކަމަށް ނާޒިމް ވިދާޅުވި އެވެ.އިސްރާއީލުގެ ޕާސްޕޯޓުގައި ދިވެހިރާއްޖެއަށް އައުން މަނާކުރުމަށް، 2 ޖޫން 2024 ގައި ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީގެ ފަރާތުން ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއީލް އަހްމަދު ނަސީމް އިމިގްރޭޝަން ޤާނޫނަށް އިޞްލާޙެއް ހުށަހެޅުމާއެކު، ހަމަ އެދުވަހުގެ ވަގުތެއްގައި ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމެއް ބާއްވަވައި، އިސްރާއީލުގެ ޕާސްޕޯޓު މަނާ ކުރުމަށް ސަރުކާރުން ނިންމަވައިފައިވާކަމަށް އިއުލާނުކޮށްފައިވާކަން އެ ކުއްލި މައްސަލައިގައި ފާހަގަކޮށްދައިވެއެވެ. ނަމަވެސް، މިއަދާ ހަމައަށް މިކަމުގައި ޢަމަލީ ސިފަ ޖެއްސުމަށް ސަރުކާރުގެ ފަރާތުން އެއްވެސް މަސައްކަތެއް ކުރަމުންދާކަމަކަށް ނުފެންނަ ކަމަށް މައުރޫފް ވަނީ ވިދާޅުވެފަ އެވެ.

10 ޖޫން 2024 ގައި އެ ބިލު މަޖިލީހަށް ބަލައިގަތުމަށް ފާސްކޮށް، މަޖިލީހުގެ ސަލާމަތީ ޚިދުމަތްތަކާ ބެހޭ ކޮމިޓީއަށް ވަނީ ފޮނުވާފައެވެ. ނަމަވެސް މިއަދާ ހަމައަށްވެސް މި ބިލާ ގުޅިގެން ކޮމިޓީގެ ބައްދަލުވުމެއްވެސް ބޭއްވިފައި ނުވާކަން މައުރޫފް ފާހަގަކުރެއްވި އެވެ.

އެންމެ ހިނގާ

1

ދުނިޔޭގެ ދެވަނަ އަށް އެންމެ އަޑުފަށްގަނޑު ގަދަ ގައުމަކަށް ދިވެހިރާއްޖެ ހޮވިއްޖެ

2

ޓްރަމްޕް ކިމްއާ ބައްދަލުކުރައްވާނެ ކަމަށް ވިދާޅުވިތަނާ އުތުރު ކޮރެއާއިން 10 މިސައިލް ފޮނުވާލައިފި

3

ލިންކަން މަނަވަރުގެ ހާލަތުން ދިގު ހަނގުރާމައެއް ކުރުމުގައި އެމެރިކާގެ ހަގީގީ ގާބިލުކަން ހާމަވެއްޖެ

4

ސްޓޮކް ހުސްވަމުންދާތީ އައު ޕާސްޕޯޓް ދޫކުރުން ކޮންޓްރޯލްކޮށް، މިހާރު ބޭނުންކުރާ ޕާސްޕޯޓްތަކުގެ މުއްދަތު މެނުއަލްކޮށް އިތުރު ކުރުމާގުޅޭ ގޮތުން މަޝްވަރާކުރަނީ!

5

ގެސްޓްހައުސެއްގެ ތެރޭގަައި ދިވެހި ފިރިހެނަކު މަރުވެފައި އޮއްވައި ފެނިއްޖެ

އިތުރަށް ކިޔާލަން

09 ޖެނުއަރީ 2017

ފާރިސް އާއި ނާދިރާ ވަކިކުރި މައްސަލަ ކުރިއަށް ނުދަނީ ޕީޕީއެމް އިން ކޯޓަށް ހާޒިރު ނުވާތީ: ސޫދު

09 ޖެނުއަރީ 2017
ފާރިސް އާއި ނާދިރާ ވަކިކުރި މައްސަލަ ކުރިއަށް ނުދަނީ ޕީޕީއެމް އިން ކޯޓަށް ހާޒިރު ނުވާތީ: ސޫދު
08 ޖެނުއަރީ 2017

ފޯނުން ގުޅުމުގައި ދިމާވި މައްސަލަ މިހާރު ހައްލުވެއްޖެ: އުރީދޫ

08 ޖެނުއަރީ 2017
ފޯނުން ގުޅުމުގައި ދިމާވި މައްސަލަ މިހާރު ހައްލުވެއްޖެ: އުރީދޫ
08 ޖެނުއަރީ 2017

މީހެއްގެ ސޮއި ފޯޖްކޮށްގެން ފިނޭންސް މިނިސްޓްރީގެ ޗެކަކުން ނުވަލައްކަ ރުފިޔާ ހޯދި މައްސަލަ ސާބިތެއް ނުވި!

08 ޖެނުއަރީ 2017
މީހެއްގެ ސޮއި ފޯޖްކޮށްގެން ފިނޭންސް މިނިސްޓްރީގެ ޗެކަކުން ނުވަލައްކަ ރުފިޔާ ހޯދި މައްސަލަ ސާބިތެއް ނުވި!
08 ޖެނުއަރީ 2017

އިންތިހާބު ބާއްވާނެ ތާރީޚެއް އިއުލާނުކުރާނީ ގާނޫނީ ގޮތުން ބަލަންޖެހޭ ކަންތައްތައް ބެލުމަށް ފަހު: އީސީ

08 ޖެނުއަރީ 2017
އިންތިހާބު ބާއްވާނެ ތާރީޚެއް އިއުލާނުކުރާނީ ގާނޫނީ ގޮތުން ބަލަންޖެހޭ ކަންތައްތައް ބެލުމަށް ފަހު: އީސީ
08 ޖެނުއަރީ 2017

ޔާމީން ބަންދުކުރި މައްސަލައިގެ ޝަރީއަތް: ވަކީލަކު ހަމަޖެއްސުމަށް އަމީން ފައިސަލް އަށް ހަތް ދުވަސް!

08 ޖެނުއަރީ 2017
ޔާމީން ބަންދުކުރި މައްސަލައިގެ ޝަރީއަތް: ވަކީލަކު ހަމަޖެއްސުމަށް އަމީން ފައިސަލް އަށް ހަތް ދުވަސް!
08 ޖެނުއަރީ 2017

އިންތިހާބުގެ މައްސަލަ ދަށު ކޯޓުން ބަލަނީ ގާނޫނު އަސާސީ އޮޅުންބޮޅުން ކޮއްލަން: ނާޒިމް

08 ޖެނުއަރީ 2017
އިންތިހާބުގެ މައްސަލަ ދަށު ކޯޓުން ބަލަނީ ގާނޫނު އަސާސީ އޮޅުންބޮޅުން ކޮއްލަން: ނާޒިމް
07 ޖެނުއަރީ 2017

އިންތިހާބު ބާއްވާނެ ތާރީޚެއް އިއުލާނުކުރާނީ ގާނޫނީ ގޮތުން ބަލަންޖެހޭ ކަންތައްތައް ބެލުމަށް ފަހު: އީސީ

07 ޖެނުއަރީ 2017
އިންތިހާބު ބާއްވާނެ ތާރީޚެއް އިއުލާނުކުރާނީ ގާނޫނީ ގޮތުން ބަލަންޖެހޭ ކަންތައްތައް ބެލުމަށް ފަހު: އީސީ
06 ޖެނުއަރީ 2017

ނިމިގެންދިޔަ އަހަރު ޑްރަގް ކޯޓަށް ހުށަހެޅުނު މައްސަލަތައް އިތުރުވެއްޖެ

06 ޖެނުއަރީ 2017
ނިމިގެންދިޔަ އަހަރު ޑްރަގް ކޯޓަށް ހުށަހެޅުނު މައްސަލަތައް އިތުރުވެއްޖެ
06 ޖެނުއަރީ 2017

މިދިޔަ އަހަރު ކްރިމިނަލް ކޯޓަށް ހުށަހެޅި މައްސަލަތަކުގެ އަދަަދު އިތުރުވެއްޖެ

06 ޖެނުއަރީ 2017
 މިދިޔަ އަހަރު ކްރިމިނަލް ކޯޓަށް ހުށަހެޅި މައްސަލަތަކުގެ އަދަަދު އިތުރުވެއްޖެ
06 ޖެނުއަރީ 2017

ކޯޓުތަކަށް ހުށަހެޅުނު އަދި ނިންމި މައްސަލަތަކުގެ ޢަދަދު 20000 އަށްވުރެ މަތީގައި

06 ޖެނުއަރީ 2017
ކޯޓުތަކަށް ހުށަހެޅުނު އަދި ނިންމި މައްސަލަތަކުގެ ޢަދަދު 20000 އަށްވުރެ މަތީގައި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް