Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެއެކްސިޑެންޓްތައް އިތުރުވުން

ރަމަޟާން މަހުގެ ފުރަތަމަ 10 އެއްގައި 100ށް ވުރެ ގިނަ އެކްސިޑެންޓް، މިއަދުވެސް ނުރައްކާތެރި އެކްސިޑެންޓެއް ހިނގާފައިވޭ

ބުރާސްފަތި ދުވަހު ބްރިޖުން މާލެއަށް ފައިބާ ސަރަހައްދުގައި ދެ ސައިކަލެއް ޖެހި އެކްސިޑެންޓެއް ހިނގާފައިވޭ

އަމްނާ އިމާދު
އަމްނާ އިމާދު | 20 މާރިޗު 2025 | ބުރާސްފަތި 08:27
ހައިވޭގައި ހިނގި އެކްސިޑެންޓް - ފައިލް ފޮޓޯ

ހައިވޭގައި ހިނގި އެކްސިޑެންޓް - ފައިލް ފޮޓޯ

ރަމަޟާން މަހުގެ ފުރަތަމަ 10 އެއްގައި 100ށް ވުރެ ގިނަ އެކްސިޑެންޓްތައް މާލެސިޓީގައި ހިނގާފައިވާ ކަމަށް ފުލުހުންގެ ޚިދުމަތުން ބުނެފިއެވެ.

ފުލުހުން އާއްމުކޮށްފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު، ރަމަޟާން މަހުގެ ފުރަތަމަ 10 ގައި އެންމެ ގިނަައިން ރިޕޯޓު ކޮށްފައިވަނީ އެކްސިޑެންޓްތަކުގެ މައްސަލަތަކެވެ. އެގޮތުން 153 އެކްސިޑެންޓް ރިޕޯޓު ކޮށްފައިވާ ކަމަށް ފުލުހުން ބުނެއެވެ.

Advertisement - newsAdvertisement

ރަމަޟާން މަހާއި ދިމާކޮށް ކޮންމެ އަހަރަކު ވެސް މާލެސިޓީގައި އެކްސިޑެންޓްތައް ހިންގާ މިންވަރު އިތުރު ކަމަށް ފުލުހުން ބުނެއެވެ.

ބުރާސްފަތި ދުވަހު ވެސް ސިނަމާލެ ބްރިޖުން މާލެއަށް ފައިބާ ސަރަހައްދުގައި ދެ ސައިކަލެއް ޖެހި ނުރައްކާތެރި އެކްސިޑެންޓެއް ހިނގާފައިވެއެވެ.

ފުލުހުން ބުނީ މިއެކްސިޑެންޓްގެ ރިޕޯޓު ބުރާސްފަތި ދުވަހުގެ ހެނދުނު 10:21 ހާއިރު ލިބިފައިވާ ކަމަށާއި، މި އެކްސިޑެންޓުގައި ސައިކަލު ދުއްވި ދެމީހުންނަށް ވެސް އަނިޔާވެފައިވާ ކަމަށެވެ. އެ ދެމީހުންނަށް ފަރުވާ ދިނުމަށް އައިޖީއެމްއެޗަށް ގެންގޮސްފައިވާ ކަމަށާއި، ސީރިއަސް އަނިޔާއެއް ނުލިބޭ ކަމަށް މައުލޫމާތު ލިބިފައިވާ ކަމަށް ފުލުހުން ބުނެއެވެ.

މީގެ އިތުރުން ފުލުހުން ބުނީ ސައިކަލު ދުއްވާފައިވަނީ ލައިސެންސް އޮތް ދެމީހުން ކަމަށާއި، އިތުރަށް ބަލަންޖެހޭ ކަންކަން ބަލަމުންދާ ކަމަށެވެ.

އެކްސިޑެންޓްތަކުގެ އިތުރުން ރަމާޟާން މަހު ވައްކަން ކުރުމާއި، ފޭރުމުގެ މައްސަލަތައް ރިޕޯޓު ކުރާ މިންވަރު އިތުރުވާ ކަމަށް ފުލުހުން ބުނެއެވެ. އެގޮތުން މިއަހަރުގެ ރަމަޟާން މަހު އާއްމު ރައްޔިތުންނަށް އަމާން ރައްކާތެރި މާހައުލެއް ގާއިމް ކޮށްދިނުމަށް ފުލުހުން ވަނީ މާލެ ސިޓީގެ އެކި ސަރަހައްދުތަކުގައި ފުލުހުން ހަރަކާތްތެރިވާ މިންވަރު އިތުރުކޮށްފައެވެ.

ފުލުހުން ބުނީ ރަމަޟާން މަހުގެ ފުރަތަމަ 10 ދުވަހުގެ ތެރޭގައި، ވައްކަމުގެ 147 މައްސަލައެއް، މަސްތުވާތަކެތީގެ 110 މައްސަލަ، އަނިޔާކުރުމުގެ 40 މައްސަލަ، މުދަލަށް ގެއްލުންދިނުމުގެ 48 މައްސަލަ ފޭރުމުގެ 8 މައްސަލަ، ފޯޖަރީގެ 8 މައްސަލަ، މަކަރާއި ހީލަތްހެދުމުގެ 13 މައްސަލަ، ގެވެށި އަނިޔާގެ 19 މައްސަލަ، އިންޒާރު ދިނުމުގެ 38 މައްސަލަ، ސައިބާ ކްރައިމްގެ 7 މައްސަލަ، ސްކޭމްގެ 70 މައްސަލަ، ޖިންސީ ފުރައްސާރައިގެ 15 މައްސަލަ އަދި ކުޑަކުދިންނަށް އަނިޔާކުރުމުގެ 16 މައްސަލަ ރިޕޯޓުކޮށްފައިވާ ކަމަށެވެ.

އެކްސިޑެންޓްތައްމާލެ ސިޓީޕޮލިސްރަމަޟާން މަސްސިނަމާލެ ބުރިޖުސައިކަލުދުއްވުންޖިނާޔަތްއައިޖީއެމްއެޗް

އިތުރަށް ކިޔާލަން

11 ޑިސެމްބަރު 2025

މަސްވެރިންގެ މުޒާހަރާގެ ތެރެއިން 2 ދޯންޏާއި 3 މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފި، މެންބަރ މައުރޫފު ވެސް ހިމެނޭ

11 ޑިސެމްބަރު 2025
މަސްވެރިންގެ މުޒާހަރާގެ ތެރެއިން 2 ދޯންޏާއި 3 މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފި، މެންބަރ މައުރޫފު ވެސް ހިމެނޭ
11 ޑިސެމްބަރު 2025

ލައިވް ކުރަމުން ދިޔަ މަސްވެރިންގެ މުޒާހަރާ މެދު ކަނޑާލަން ފުލުހުން އަންގައިގެން ރާއްޖެޓީވީގެ ލައިވް މެދުކަނޑާލައިފި

11 ޑިސެމްބަރު 2025
ލައިވް ކުރަމުން ދިޔަ މަސްވެރިންގެ މުޒާހަރާ މެދު ކަނޑާލަން ފުލުހުން އަންގައިގެން ރާއްޖެޓީވީގެ ލައިވް މެދުކަނޑާލައިފި
11 ޑިސެމްބަރު 2025

އިހުތިޖާޖު ކުރަމުންދާ މަސްދޯނި ތަކަށް ފުލުހުން އަރައިފި

11 ޑިސެމްބަރު 2025
އިހުތިޖާޖު ކުރަމުންދާ މަސްދޯނި ތަކަށް ފުލުހުން އަރައިފި
11 ޑިސެމްބަރު 2025

ސުލްހަވެރިކަމާ އެކު އިހުތިޖާޖު ކުރާ މަސްވެރިންނަށް ބިރު ދައްކައިގެން ހުއްޓުވޭނެ ކަމަށް ވިސްނުމަކީ ވަރަށް ބޮޑު ގޯހެއް: މައުރޫފް ޒާކިރު

11 ޑިސެމްބަރު 2025
ސުލްހަވެރިކަމާ އެކު އިހުތިޖާޖު ކުރާ މަސްވެރިންނަށް ބިރު ދައްކައިގެން ހުއްޓުވޭނެ ކަމަށް ވިސްނުމަކީ ވަރަށް ބޮޑު ގޯހެއް: މައުރޫފް ޒާކިރު
10 ޑިސެމްބަރު 2025

ދެ ލޯބިވެރިން ގެ މާރާމާރީ ގައި އަންހެން މީހާ ހައްޔަރުކޮށް 30 ދުވަހަށް ބަންދުގެ މުއްދަތު ޖަހައިފި

10 ޑިސެމްބަރު 2025
ދެ ލޯބިވެރިން ގެ މާރާމާރީ ގައި އަންހެން މީހާ ހައްޔަރުކޮށް 30 ދުވަހަށް ބަންދުގެ މުއްދަތު ޖަހައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު