Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުކަރަބޯ ކަޕް

ލިވަޕޫލް ބަލިކޮށް، ނިއުކާސަލް އިން ކަރަބޯ ކަޕް ކާމިޔާބު ކޮށްފި

މިއީ ފާއިތުވި 70 އަހަރުގެ ތެރޭގައި ނިއުކާސަލަށް ކާމިޔާބު ކުރެވުނު ފުރަތަމަ ޑޮމެސްޓިކް ތައްޓެވެ. އަދި މިއީ ނިއުކާސަލް އިން ކަރަބޯ ކަޕްގެ ޗެމްޕިއަންކަން ވެސް ހޯދި ފުރަތަމަ ފަހަރެވެ.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 17 މާރިޗު 2025 | ހޯމަ 05:30
ކަރަބޯ ކަޕްގެ ތައްޓާ އެކު ނިއުކާސަލްގެ ކުޅުންތެރިން އުފާ ފާޅު ކުރަނީ

ކަރަބޯ ކަޕްގެ ތައްޓާ އެކު ނިއުކާސަލްގެ ކުޅުންތެރިން އުފާ ފާޅު ކުރަނީ

ކަރަބޯ ކަޕްގެ ފައިނަލްގައި ލިވަޕޫލް ބަލިކޮށް، ނިއުކާސަލް ޔުނައިޓެޑުން މުބާރާތުގެ ޗެމްޕިއަންކަން ހޯދައިފި އެވެ.

ވެމްބްލީ ސްޓޭޑިއަމްގައި ލިވަޕޫލްއާ ދެކޮޅަށް ކުޅުނު މެޗު ނިއުކާސަލް އިން ކާމިޔާބު ކުރީ 2-1 އިންނެވެ. މެޗުގެ ފުރަތަމަ ހާފުގައި ނިއުކާސަލް އިން އެއް ލަނޑު ޖެހިއިރު، ދެ ވަނަ ހާފުގައި ވަނީ ދެ ވަނަ ލަނޑެއް ޖަހައިފަ އެވެ. މެޗުގައި ނިއުކާސަލް އިން ދެ ލަނޑު ޖެހި ފަހުން، ލިވަޕޫލް އިން ވަނީ މެޗުގައި އެ ޓީމުގެ ހަމައެކަނި ލަނޑު ޖަހައިފަ އެވެ.

މެޗުގެ ފުރަތަމަ ހާފުގެ އިތުރު ވަގުތުގައި ލަނޑު ޖަހައި ނިއުކާސަލަށް ކުރި ހޯދައިދިނީ ޑޭން ބާން އެވެ. އެ ލަނޑު އޭނާ ޖެހީ ކިއެރަން ޓްރިޕިއާ ތަނަވަސްކޮށްދިން ފުރުސަތެއްގަ އެވެ.

އޭގެ ފަހުން މެޗުގެ ދެ ވަނަ ހާފު ފަށައިގެން އަށް ވަނަ މިނެޓުގައި އެލެގްޒެންޑާ އިސާކް ވަނީ ނިއުކާސަލްގެ ދެ ވަނަ ލަނޑު ޖަހައި ލީޑު ފުޅާ ކޮށްފަ އެވެ. އެ ލަނޑު ޖަހަން އޭނާ އަށް ފުރުސަތު ތަނަވަސްކޮށްދިނީ ޖަކޫބް މުރްފީ އެވެ.

މެޗުގެ ފުރިހަމަ ވަގުތު ހަމަވެ އިތުރަށް ދެއްކި ވަގުތުގައި ލިވަޕޫލްގެ ހަމައެކަނި ލަނޑު ޖެހީ ފެޑެރިކޯ ޗިއެސާ އެވެ. އެއީ ހާވޭ އެލިއޮޓް ތަނަވަސްކޮށްދިން ފުރުސަތެއްގައި ޗިއެސާ ޖެހި ލަނޑެކެވެ.

މިއީ ފާއިތުވި 70 އަހަރުގެ ތެރޭގައި ނިއުކާސަލަށް ކާމިޔާބު ކުރެވުނު ފުރަތަމަ ޑޮމެސްޓިކް ތައްޓެވެ. އަދި މިއީ ނިއުކާސަލް އިން ކަރަބޯ ކަޕްގެ ޗެމްޕިއަންކަން ވެސް ހޯދި ފުރަތަމަ ފަހަރެވެ.

އިތުރަށް ކިޔާލަން

26 ޖެނުއަރީ 2017

ކޮޕާ އިޓަލިއާ: އޭސީ މިލާން ބަލިކޮށް ޔުވަންޓަސް ސެމީއަށް

26 ޖެނުއަރީ 2017
ކޮޕާ އިޓަލިއާ: އޭސީ މިލާން ބަލިކޮށް ޔުވަންޓަސް ސެމީއަށް
23 ޖެނުއަރީ 2017

ޕްރިމިއާ ލީގު: ސަންޗޭޒްގެ ލަނޑުން ބާންލީ ބަލިކޮށް އާސެނަލް ދެވަނަ އަށް

23 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ސަންޗޭޒްގެ ލަނޑުން ބާންލީ ބަލިކޮށް އާސެނަލް ދެވަނަ އަށް
18 ޖެނުއަރީ 2017

ކެރިއަރުގައި ލިބުނު އެންމެ ބޮޑު ކާމިޔާބަކީ އެފްއޭ ކަޕް ޔުނައިޓެޑާއެކު ކާމިޔާބުކުރުން: ވެންހާލް

18 ޖެނުއަރީ 2017
ކެރިއަރުގައި ލިބުނު އެންމެ ބޮޑު ކާމިޔާބަކީ އެފްއޭ ކަޕް ޔުނައިޓެޑާއެކު ކާމިޔާބުކުރުން: ވެންހާލް
14 ޖެނުއަރީ 2017

ނޭޕާލް ބަލިކޮށް އީރާނަށް ވަރުގަދަ ރައްދެއް ދޭން ބޭނުން: އަދީލް

14 ޖެނުއަރީ 2017
ނޭޕާލް ބަލިކޮށް އީރާނަށް ވަރުގަދަ ރައްދެއް ދޭން ބޭނުން: އަދީލް
08 ޖެނުއަރީ 2017

ގަތަރު އޯޕަން ޓެނިސް މުބާރާތް: މަރޭ ބަލިކޮށް ޖޮކޮވިޗް ތަށި ދިފާއުކޮށްފި

08 ޖެނުއަރީ 2017
ގަތަރު އޯޕަން ޓެނިސް މުބާރާތް: މަރޭ ބަލިކޮށް ޖޮކޮވިޗް ތަށި ދިފާއުކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު