Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުއެފްއޭއެމް

ޤައުމީ ފުޓުބޯޅަ ޓީމުގެ ފަރިތަކުރުންތައް ފަށައިފި

ޤައުމީ ޓީމުގެ ކޯޗު އަލީ ސުޒޭންގެ އިރުޝާދުގެ ދަށުން ޓީމުގެ ފަރިތަކުރުންތައް ފަށާފައިވާއިރު، މިވަގުތު ފަރިތަކުރުންތަކުގައި ބައިވެރިވަމުން އަންނަނީ ބައެއް ކުޅުންތެރިންނެވެ.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 8 މާރިޗު 2025 | ހޮނިހިރު 04:55
ގަލޮޅު ރަސްމީ ދަނޑުގައި ރާއްޖޭގެ ޤައުމީ ފުޓުބޯޅަ ޓީމުން ކުރިއަށް ގެންދިޔަ ފަރިތަކުރުމުގެ ތެރެއިން

ގަލޮޅު ރަސްމީ ދަނޑުގައި ރާއްޖޭގެ ޤައުމީ ފުޓުބޯޅަ ޓީމުން ކުރިއަށް ގެންދިޔަ ފަރިތަކުރުމުގެ ތެރެއިން

ރާއްޖޭގެ ސީނިއާ ޤައުމީ ފުޓުބޯޅަ ޓީމުގެ ފަރިތަކުރުންތައް ފަށައިފި އެވެ.

ޤައުމީ ޓީމުގެ ފަރިތަކުރުންތައް ރަސްމީކޮށް ފަށާފައިވާއިރު، މިވަގުތު ޓީމު ތައްޔާރުވަމުން އަންނަނީ މި މަހު ކުޅުމަށް ހަމަޖެހިފައިވާ ބައިނަލްއަޤުވާމީ ރަޙުމަތްތެރިކަމުގެ މެޗު އަދި މި މަހު ފަށާ އޭޝިއަން ކަޕް ކޮލިފިކޭޝަންގެ މެޗުތަކަށެެވެ. ބައިނަލްއަޤުވާމީ ރަޙުމަތްތެރި ކަމުގެ މެޗަކީ އޭޝިއަން ކަޕް ކޮލިފިކޭޝަން އަށް ތައްޔާރުވުމުގެ ގޮތުން ޤައުމީ ޓީމުން ކުޅޭ މެޗެކެވެ.

ޤައުމީ ޓީމުގެ ކޯޗު އަލީ ސުޒޭންގެ އިރުޝާދުގެ ދަށުން ޓީމުގެ ފަރިތަކުރުންތައް ފަށާފައިވާއިރު، މިވަގުތު ފަރިތަކުރުންތަކުގައި ބައިވެރިވަމުން އަންނަނީ ބައެއް ކުޅުންތެރިންނެވެ.

އެންމެ ފަހުން ޤައުމީ ފުޓުބޯޅަ ޓީމުން މެޗެއް ކުޅުނީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ ތެރޭގަ އެވެ. ބަންގްލަދޭޝްއާ ދެކޮޅަށް ރަޙުމަތްތެރި ކަމުގެ ދެ މެޗު ރާއްޖެ އިން ކުޅެފައިވާއިރު، ފުރަތަމަ މެޗުން ވަނީ މޮޅުވެފަ އެވެ. ނަމަވެސް ދެ ވަނަ މެޗުގައި ބަންގްލަދޭޝް އިން ވަނީ ރާއްޖެ ބަލިކޮށްފަ އެވެ.

މިވަގުތު ދުނިޔޭގެ ފުޓުބޯޅައިގެ މައި އިދާރާ (ފީފާ) އިން ރާއްޖެ ނޯމަލައިޒް ކޮށްފައިވާއިރު، އަދި މެޗުތަކަށް ވަގުތު ކުޑަތަން ވެފައި އޮތުމުންް އެފްއޭއެމް އިން ނިންމީ ސުޒޭން އާއެކު ޤައުމީ ޓީމު ކުރިއަށް ދިޔުމަށެވެ.

އެންމެ ފަހުން ވެސް ރާއްޖޭގެ ޤައުމީ ޓީމަށް އިރުޝާދު ދީފައި ވަނީ ސުޒޭން އެވެ. 2023 ވަނަ އަހަރުގެ އޯގަސްޓު މަހުން ފެށިގެން ސުޒޭން އަންނަނީ ޤައުމީ ޓީމަށް އިރުޝާދު ދެމުންނެވެ. އެއީ އޭރު ޤައުމީ ޓީމުގެ ކޯޗަކަށް ހުރި ފްރެންޗެސްކޯ މޮރިއޭރޯގެ އެއްބަސްވުން ހަމަވެ، އޭނާ ދޫކޮށްލަން އެފްއޭއެމް އިން ނިންމުމުންނެވެ. އޭރު ސުޒޭން ހުރީ ޤައުމީ ޓީމުގެ އެސިސްޓެންޓް ކޯޗަކަށެވެ.

އަވަށްޓެރި އިންޑިއާއާ ދެކޮޅަށް ކުޅޭ ބައިނަލްއަޤުވާމީ ރަޙުމަތްތެރިކަމުގެ މެޗުގައި ރާއްޖޭގެ ޤައުމީ ޓީމު އެ ޓީމާ ދެކޮޅަށް ނިކުންނާނީ މި މަހުގެ 19 ވަނަ ދުވަހު އެވެ. އެ މެޗު އޮތީ އިންޑިއާގެ ޝިލޮންގަ އެވެ.

އޭގެ ފަހުން މި މަހުގެ 25 ވަނަ ދުވަހު އޭޝިއަން ކަޕް ކޮލިފިކޭޝަންގައި ރާއްޖެ ފިލިޕީންސްއާ ދެކޮޅަށް ކުޅޭނެ އެވެ. ދެ ވަނަ މެޗުގައި ޖޫން މަހުގެ 10 ވަނަ ދުވަހު ކުޅޭނީ އީސްޓު ޓިމޯއާ ދެކޮލަށެވެ. ތިން ވަނަ މެޗުގައި ތަޖަކިސްތާނާ ދެކޮޅަށް ނިކުންނާނީ އޮކްޓޫބަރު މަހުގެ ނުވަ ވަނަ ދުވަހު އެވެ.

އޮކްޓޫބަރު މަހުގެ 14 ވަނަ ދުވަހު ދެ ވަނަ ލެގުގައި ތަޖަކިސްތާނާ ދެކޮޅަށް ކުޅޭނެ އެވެ. އޭގެ ފަހުން ނޮވެމްބަރު މަހުގެ 18 ވަނަ ދުވަހު ދެ ވަނަ ލެގުގައި ފިލިޕީންސްއާ ދެކޮޅަށް ކުޅުމަށްފަހު، ފަހު މެޗުގައި އީސްޓު ޓިމޯއާ ދެކޮޅަށް ކުޅޭ ދެ ވަނަ ލެގު އޮތީ އަންނަ އަހަރުގެ މާޗު މަހުގެ 31 ވަނަ ދުވަހު އެވެ.

އިތުރަށް ކިޔާލަން

22 ޖެނުއަރީ 2017

އޭއެފްސީ ކަޕަށް ތައްޔާރުވާން ވެލެންސިއާގެ ފަރިތަކުރުންތައް ފަށައިފި

22 ޖެނުއަރީ 2017
އޭއެފްސީ ކަޕަށް ތައްޔާރުވާން ވެލެންސިއާގެ ފަރިތަކުރުންތައް ފަށައިފި
20 ޖެނުއަރީ 2017

މިސްރުގެ ގައުމީ ޓީމުގެ ކުރީގެ ކެޕްޓަން ޓެރެރިސްޓް ލިސްޓުގައި ހިމަނައިފި

20 ޖެނުއަރީ 2017
މިސްރުގެ ގައުމީ ޓީމުގެ ކުރީގެ ކެޕްޓަން ޓެރެރިސްޓް ލިސްޓުގައި ހިމަނައިފި
17 ޖެނުއަރީ 2017

އަލުން ފުޓުބޯޅަ ކުޅެން ފަށަން ރޮނާލްޑީނިއޯ އަންނަނީ ވިސްނަމުން: އެޖެންޓް

17 ޖެނުއަރީ 2017
އަލުން ފުޓުބޯޅަ ކުޅެން ފަށަން ރޮނާލްޑީނިއޯ އަންނަނީ ވިސްނަމުން: އެޖެންޓް
16 ޖެނުއަރީ 2017

ގޮންޖެހުންތަކާ އެކު ފުޓުބޯޅައިގެ ރަސްގެފާނުގެ ގޮތުގައި ނިއުރޭޑިއަންޓް

16 ޖެނުއަރީ 2017
ގޮންޖެހުންތަކާ އެކު ފުޓުބޯޅައިގެ ރަސްގެފާނުގެ ގޮތުގައި ނިއުރޭޑިއަންޓް
16 ޖެނުއަރީ 2017

ނިއުގެ ފުޓުބޯޅަ ސީޒަން އިފްތިތާހުކޮށް އާ ކޯޗާއެކު އެއްބަސްވުމުގައި ސޮއިކޮށްފި

16 ޖެނުއަރީ 2017
ނިއުގެ ފުޓުބޯޅަ ސީޒަން އިފްތިތާހުކޮށް އާ ކޯޗާއެކު އެއްބަސްވުމުގައި ސޮއިކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު