Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެޒަކިއްޔާގެ މަރުގެ މައްސަލަ

އިންޓަރގްރިޓީ ކޮމިޝަނުން މައްސަލަ ބަލަމުން ދަނިކޮށް، އިހުސާން، ސީޕީ އަދި އޭސީޕީ ހޮޅުދޫ އަށް

7 މާރިޗު 2025 | ހުކުރު 12:04

އިންޓަރގްރިޓީ ކޮމިޝަންގެ ބޭފުޅުން އެ ރަށަށް ވަޑައިގަންނަވާފައި ވަނީ މާރޗް 5 ވީ ބުދަ ދުވަހު

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު | 7 މާރިޗު 2025 | ހުކުރު 12:04
ޒަކިއްޔާ މަރަށް ދެމަހަށް ވުރެ ގިނަ ދުވަސް، ފުލުހުންގެ ބަހެއް ނުލިބުމުން ރައްޔިތުން މަގުމައްޗަށް

ޒަކިއްޔާ މަރަށް ދެމަހަށް ވުރެ ގިނަ ދުވަސް، ފުލުހުންގެ ބަހެއް ނުލިބުމުން ރައްޔިތުން މަގުމައްޗަށް

ނ.ހޮޅުދޫގައި ޒަޙަމްތަކަކާއި އެކު މަރުވެފައި އޮއްވާ ފެނުނު ޒަކިއްޔާ މޫސާގެ މަރުގެ މައްސަލައިގައި ފުލުހުންގެ އިހުމާލެއް އޮތްތޯ ބެލުމަށް އިންޓަރގްރިޓީ ކޮމިޝަނުން އެ ރަށުގައި ހަރަކާތްތެރިވަމުން ދަނިކޮށް، ކުއްލި ގޮތަކަށް ހޯމް މިނިސްޓަރ އަލީ އިޙުސާން އާއި ޕޮލިސް ކޮމިޝަނަރު އަލީ ޝުޖާއުގެ އިތުރުން އެސިސްޓަންޓް ކޮމިޝަނަރު އޮފް ޕޮލިސް މުހައްމަދު ރިޔާޒް ހޮޅުދޫ އަށް ވަޑައިގަންނަވައިފިއެވެ.

ރާއްޖެއެމްވީ އަށް އިތުބާރު ހުރި މަސްދަރަކުން މައުލޫމާތު ލިބިފައިވާ ގޮތުގައި އިންޓަރގްރިޓީ ކޮމިޝަންގެ ބޭފުޅުން އެ ރަށަށް ވަޑައިގަންނަވާފައި ވަނީ މާރޗް 5 ވީ ބުދަ ދުވަހުއެވެ. އަދި އިހުސާން އާއި ފުލުހުންގެ އިސް ބައެއް ވެރިން އެ ރަށަށް ވަޑައިގަންނަވާފައި ވަނީ މާރޗް 6 ވީ ބުރާސްފަތި ދުވަހުއެވެ.

Advertisement - newsAdvertisement

އެ ރަށު މީހަކު މި ނޫހަށް މައުލޫމާތުދެމުން ބުނީ އިހުސާން އެ ރަށަށް ގޮސްފައި ވަނީ ވަރަށް ކުއްލި ގޮތަކަށް ކަމަށެވެ. އެގޮތުން ބުރާސްފަތި ދުވަހު 01:30 ހާއިރު އެ ރަށަށް އިހުސާން ފުލުހުންގެ ޓީމަކާއި އެކު ދިޔަ ކަމަށް އޭނާ ކިޔާދިނެވެ. އިހުސާން ވަނީ މި މައްސަލަ އާއި ގުޅިގެން ކަންބޮޑުވުން ފާޅުކުރަމުންދާ މީހުންނާއި ބައްދަލުކޮށްފައި ކަމަށް އޭނާ ކިޔާދިނެވެ. އަދި އެ ރަށު ޒުވާނުންގެ ގްރޫޕަކާއި ވަކިން ބައްދަލުކުރި ކަމަށް ވަނީ އެނގިފައެވެ.

މީގެ އިތުރުން ހަވީރު 05:30 ގައި ހޮޅުދޫ އިން ދިއުމަށް ފަހު އަނެއްކާ ވެސް ރޭގަނޑު 09 ޖަހަނިކޮށް އަލުން ހޮޅުދޫ އަށް މި ޓީމުން ދިޔަކަން ރާއްޖެއެމްވީ އަށް ވަނީ އެނގިފައެވެ. އެގޮތުން ދަންވަރު ގާތްގަނޑަކަށް 2 ޖަހަން ދެން އެ ރަށުގެ އެކި މީހުންނާއި ބައްދަލުކުރި ކަމަށް އެ ރަށު މީހަކު ވަނީ ރާއްޖެއެމްވީ އަށް މައުލޫމާތުދެމުން ބުނެފައެވެ.

އިތުރު މީހަކު މި ނޫހަށް މައުލޫމާތު ދެމުން ބުނީ ޒަކިއްޔާގެ މަރާއި ގުޅުން ހުރި ވަކި ވަކި މީހުންނާއި ބައްދަލުކުރުމަށް ހޯމް މިނިސްޓަރ އިހުސާން އާއި ފުލުހުން އެދުނު ކަމަށެވެ. އެގޮތުން ޒަކިއްޔާ މަރުވެފައި އޮއްވާ ފެނުނު މީހުންނާއި، މައްސަލައިގައި ހިމެނޭ މުހިންމު އެހެން މީހުންނާއި ބައްދަލުކުރަން އެދުނު ކަމަށާއި އެކަމާއި މެދު ސުވާލު އުފެދުނު ކަމަށް މި ނޫހާއި ވާހަކަ ދެއްކި އާއްމުން ވަނީ ބުނެފައެވެ.

އާއްމުން ބުނާގޮތުން އާއްމުންނާއި ބައްދަލުކޮށް އިހުސާން އާއި ފުލުހުން މަސައްކަތް ކުރީ ޒަކިއްޔާ މަރުވީ އަމިއްލަ އަށް ކަމަށް ދެއްކުމަށެވެ. އަދި އިންޓަރގްރިޓީ ކޮމިޝަނުން އެ ރަށަށް ދިޔަ ދަނޑިވަޅާއި ދިމާކޮށް އިހުސާން އާއި ފުލުހުން އެ ރަށަށް ދިއުމުން އެއީ މައްސަލަ އަށް ނުފޫޒު ފޯރުވާނެ ކަމަށް ނުވާނެތޯ ވެސް މި ނޫހާއި ވާހަކަދެއްކި އާއްމުން ވަނީ ސުވާލު އުފައްދާފައެވެ.

މީގެ ކުރިން ވެސް އިހުސާން ވަނީ ހޮޅުދޫ އަށް ވަޑައިގެންފައެވެ. އޭރު އިހުސާން ވަނީ ޒަކިއްޔާގެ މަރުގެ މައްސަލައިގައި ކުރިއަށް ގެންދާ ތަޙުގީގުގައި އިހުމާލުތަކެއް އޮތް ކަމަށް ޤަބޫލު ކުރައްވާ ކަމަށް ވިދާޅުވެފައެވެ. އެ ރަށުގެ ރައްޔިތުންނާ ވާހަކަ ދައްކަވަމުން އިޙުސާން ވިދާޅުވީ އެ ރައްޔިތުން ފާހަގަކޮށްފައިވާ ފުލުހުންގެ އިހުމާލުތައް ޤަބޫލު ކުރާ ކަމަށެވެ. އަދި ބައެއް ކަންކަން އިހުމާލުން ހިނގާފައި އެބަ ހުރި ކަމަށް އިޙުސާން ވިދާޅުވި އެވެ.

މީގެ އިތުރުން ކަމެއް ދިމާވެއްޖެ ނަމަ އެކަމެއް ބަލާނެ ވަކި ގުނަވަނެއް ފުލުހުންގެ ތެރޭގައި އޮންނަ ކަމަށް އިޙުސާން ވަނީ ވިދާޅުވެފަ އެވެ. އަދި އެ ޒާތުގެ ކަންކަން ބަލާ މިނިވަން ދެ މުއައްސަސާއެއް ރާއްޖޭގައި އޮންނަކަން ވެސް އިޙުސާން ވަނީ ފާހަގަ ކުރައްވާފަ އެވެ. ހަމައެހެންމެ ބައެއް ޙާލަތްތަކުގައި އެފަދަ މައްސަލަތަކުގައި ފުލުހުން އަމަލުކޮށްފައި ހުންނަ ގޮތް ރައްޔިތުންގެ މަޖިލީހުން ވެސް ރިވިއު ކުރައްވާ ކަމަށް އިޙުސާން ވިދާޅުވެފައިވެ އެވެ. އިހުސާންގެ މި ވާހަކަތަކާއި ގުޅިގެން އިހުސާން އާއި ފުލުހުންގެ އިތުރުން ސަރުކާރަށް ވަރަށް ބޮޑަށް ފާޑު ކިޔުން އަމާޒުވިއެވެ.

ޒަޚަމްތަކަކާ އެކު ޒަކިއްޔާ މަރުވެފައި އޮއްވާ ފެނުނީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 10 ވަނަ ދުވަހު އެވެ. އޭގެ ފަހުން ފުލުހުން އަންނަނީ އެ މައްސަލައިގެ ތަޙުގީގު ކުރިއަށް ގެންދަމުންނެވެ. ނަމަވެސް އެ މައްސަލައިގައި ފުލުހުން ދައްކާފައިވާ ބައެއް ވާހަތަކާއި، ފުލުހުންގެ ތަޙުގީގު ކުރިއަށް ގެންދާ ގޮތާ މެދު އެތައް ބަޔަކު ވަނީ ކަންބޮޑުވުން ވެސް ފާޅުކޮށްފަ އެވެ. އެކަމާ ގުޅިގެން ހޮޅުދޫގައި ވަނީ އެކި ފަހަރު މަތިން މުޒާހަރާ ވެސް ކޮށްފަ އެވެ.

އެންމެ ހިނގާ

1

ދުނިޔޭގެ ދެވަނަ އަށް އެންމެ އަޑުފަށްގަނޑު ގަދަ ގައުމަކަށް ދިވެހިރާއްޖެ ހޮވިއްޖެ

2

ޓްރަމްޕް ކިމްއާ ބައްދަލުކުރައްވާނެ ކަމަށް ވިދާޅުވިތަނާ އުތުރު ކޮރެއާއިން 10 މިސައިލް ފޮނުވާލައިފި

3

ލިންކަން މަނަވަރުގެ ހާލަތުން ދިގު ހަނގުރާމައެއް ކުރުމުގައި އެމެރިކާގެ ހަގީގީ ގާބިލުކަން ހާމަވެއްޖެ

4

ސްޓޮކް ހުސްވަމުންދާތީ އައު ޕާސްޕޯޓް ދޫކުރުން ކޮންޓްރޯލްކޮށް، މިހާރު ބޭނުންކުރާ ޕާސްޕޯޓްތަކުގެ މުއްދަތު މެނުއަލްކޮށް އިތުރު ކުރުމާގުޅޭ ގޮތުން މަޝްވަރާކުރަނީ!

5

ގެސްޓްހައުސެއްގެ ތެރޭގަައި ދިވެހި ފިރިހެނަކު މަރުވެފައި އޮއްވައި ފެނިއްޖެ

އިތުރަށް ކިޔާލަން

10 ޖެނުއަރީ 2017

ފަނޑިޔާރު އަލީ ހަމީދަށް ހަމަލާ ދޭން އުޅުނު މައްސަލައިގެ ތަހުގީގު ހުއްޓާލައިފި

10 ޖެނުއަރީ 2017
ފަނޑިޔާރު އަލީ ހަމީދަށް ހަމަލާ ދޭން އުޅުނު މައްސަލައިގެ ތަހުގީގު ހުއްޓާލައިފި
10 ޖެނުއަރީ 2017

ހަތަރު ބިލިއަން ރުފިޔާ ހިމެނޭ ދަރަނީގެ މައްސަލަތައް މިދިޔަ އަހަރު ސާބިތުވި: ސިވިލް ކޯޓް

10 ޖެނުއަރީ 2017
ހަތަރު ބިލިއަން ރުފިޔާ ހިމެނޭ ދަރަނީގެ މައްސަލަތައް މިދިޔަ އަހަރު ސާބިތުވި: ސިވިލް ކޯޓް
09 ޖެނުއަރީ 2017

ފާރިސް އާއި ނާދިރާ ވަކިކުރި މައްސަލަ ކުރިއަށް ނުދަނީ ޕީޕީއެމް އިން ކޯޓަށް ހާޒިރު ނުވާތީ: ސޫދު

09 ޖެނުއަރީ 2017
ފާރިސް އާއި ނާދިރާ ވަކިކުރި މައްސަލަ ކުރިއަށް ނުދަނީ ޕީޕީއެމް އިން ކޯޓަށް ހާޒިރު ނުވާތީ: ސޫދު
08 ޖެނުއަރީ 2017

ފޯނުން ގުޅުމުގައި ދިމާވި މައްސަލަ މިހާރު ހައްލުވެއްޖެ: އުރީދޫ

08 ޖެނުއަރީ 2017
ފޯނުން ގުޅުމުގައި ދިމާވި މައްސަލަ މިހާރު ހައްލުވެއްޖެ: އުރީދޫ
08 ޖެނުއަރީ 2017

މީހެއްގެ ސޮއި ފޯޖްކޮށްގެން ފިނޭންސް މިނިސްޓްރީގެ ޗެކަކުން ނުވަލައްކަ ރުފިޔާ ހޯދި މައްސަލަ ސާބިތެއް ނުވި!

08 ޖެނުއަރީ 2017
މީހެއްގެ ސޮއި ފޯޖްކޮށްގެން ފިނޭންސް މިނިސްޓްރީގެ ޗެކަކުން ނުވަލައްކަ ރުފިޔާ ހޯދި މައްސަލަ ސާބިތެއް ނުވި!
08 ޖެނުއަރީ 2017

ޔާމީން ބަންދުކުރި މައްސަލައިގެ ޝަރީއަތް: ވަކީލަކު ހަމަޖެއްސުމަށް އަމީން ފައިސަލް އަށް ހަތް ދުވަސް!

08 ޖެނުއަރީ 2017
ޔާމީން ބަންދުކުރި މައްސަލައިގެ ޝަރީއަތް: ވަކީލަކު ހަމަޖެއްސުމަށް އަމީން ފައިސަލް އަށް ހަތް ދުވަސް!
08 ޖެނުއަރީ 2017

އިންތިހާބުގެ މައްސަލަ ދަށު ކޯޓުން ބަލަނީ ގާނޫނު އަސާސީ އޮޅުންބޮޅުން ކޮއްލަން: ނާޒިމް

08 ޖެނުއަރީ 2017
އިންތިހާބުގެ މައްސަލަ ދަށު ކޯޓުން ބަލަނީ ގާނޫނު އަސާސީ އޮޅުންބޮޅުން ކޮއްލަން: ނާޒިމް
06 ޖެނުއަރީ 2017

ނިމިގެންދިޔަ އަހަރު ޑްރަގް ކޯޓަށް ހުށަހެޅުނު މައްސަލަތައް އިތުރުވެއްޖެ

06 ޖެނުއަރީ 2017
ނިމިގެންދިޔަ އަހަރު ޑްރަގް ކޯޓަށް ހުށަހެޅުނު މައްސަލަތައް އިތުރުވެއްޖެ
06 ޖެނުއަރީ 2017

މިދިޔަ އަހަރު ކްރިމިނަލް ކޯޓަށް ހުށަހެޅި މައްސަލަތަކުގެ އަދަަދު އިތުރުވެއްޖެ

06 ޖެނުއަރީ 2017
 މިދިޔަ އަހަރު ކްރިމިނަލް ކޯޓަށް ހުށަހެޅި މައްސަލަތަކުގެ އަދަަދު އިތުރުވެއްޖެ
06 ޖެނުއަރީ 2017

ކޯޓުތަކަށް ހުށަހެޅުނު އަދި ނިންމި މައްސަލަތަކުގެ ޢަދަދު 20000 އަށްވުރެ މަތީގައި

06 ޖެނުއަރީ 2017
ކޯޓުތަކަށް ހުށަހެޅުނު އަދި ނިންމި މައްސަލަތަކުގެ ޢަދަދު 20000 އަށްވުރެ މަތީގައި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް