Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެސްޕޭސް އެކްސް

ސްޕޭސްއެކްސް ގެ ސްޓާޝިޕް ޖައްވުގެ ތެރޭގައި ގޮވައިފި

ސްޕޭސް އެކްސް އިން ލޯންޗް ކުރި 8 ވަނަ ޓެސްޓް ފްލައިޓް ގޮވީ އުޅަނދު އުދުއްސާލިތާ 8 ވަރަކަށް މިނެޓު ތެރޭގައި.

ރާއްޖެ އެމްވީ | 7 މާރިޗު 2025 | ހުކުރު 11:07
ސްޕޭސްއެކްސްގެ ސްޓާޝިޕް ސްޕޭސްކްރާފްޓް ލޯންޗްކޮށްފައިވަނީ އެމެރިކާގެ ޓެކްސަސްގެ ބްރައުންސްވިލްގައި ހުންނަ އެ ކުންފުނީގެ ބޮކާ ޗިކާ ލޯންޗް ޕެޑްގައި. މިއީ ސްޕޭސް އެކްސްގެ އަށް ވަނަ ޓެސްޓު ފްލައިޓް، މާޗް 6، 2025

އީލާން މަސްކް ގެ ސްޕޭސްއެކްސްގެ ބިޔަ ސްޓާޝިޕް އުޅަނދު ބުރާސްފަތި ދުވަހު ޓެކްސަސް އިން ދަތުރު ފެށިތާ މިނެޓު ކޮޅެއްގެ ތެރޭގައި ވައިގެ ތެރޭގައި ގޮވައިފިއެވެ. 

މިއީ  މަސްކް ކުރިއަށް ގެންދާ މާސް ރޮކެޓް ޕްރޮގްރާމަށް މި އަހަރު ޖެހިޖެހިގެން ކުރިމަތިވި ދެ ވަަނަ ނާކާމިޔާބެވެ.

ޖައްވުގައި އުޅަނދު ގޮވުމާ ގުޅިގެން ފެޑެރަލް އޭވިއޭޝަން އެޑްމިނިސްޓްރޭޝަން (އެފްއޭއޭ) އިން ވަނީ ފްލޯރިޑާގެ ބައެއް ސަރަހައްދުތަކުގެ މަތިންދާ ބޯޓުފަހަރުގެ ދަތުރުތައް ވަގުތީގޮތުން ހުއްޓާލާފައެވެ. 

އެކި ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކުގައި ޝާއިޢުކޮށްފައިވާ ވީޑިއޯތަކުން ދައްކާގޮތުގައި، އުޅަނދު ކޮންޓްރޯލުން ނެއްޓި އިންޖީނުތައް ހުއްޓުމަށްފަހު، އުޅަނދު ގޮވާ އަލިފާން ރޯވެފައިވާ އުޅަނދުގެ ބައިތައް އުޑުމަތިން ދިމަދިމާލަށް ބުރުއްސައިގެން ވަނީ ގޮސްފައެވެ. 

މި ދަތުރަކީ ސްޓާޝިޕްގެ އަށްވަނަ ޓެސްޓް ދަތުރެވެ. އީލާން މަސްކްގެ މާރސް ޕްރޮގްރާމްގެ މި ފެއިލްވުމަކީ މީގެ އެއް މަސް ކުރިން ހިންގި ހަތްވަނަ ޓެސްޓް ދަތުރުވެސް ދިމާވި ގޮތެވެ.

403 ފޫޓު (123 މީޓަރު) ދިގު މި ރޮކެޓް ސިސްޓަމަކީ މަސްކް 2030 ގެ ކުރިން އިންސާނުން މާސް އަށް ފޮނުވުމަށް ރޭވި މައި މަޝްރޫޢުގެ މުހިންމު ބައެކެވެ. 

މި ހާދިސާއާ ގުޅޭގޮތުން ތަހުގީގެއް ފަށާފައިވާކަމަށްވެސް އެފްއޭއޭ އިން ބުނެފައިވެއެވެ. ބުރާސްފަތި ދުވަހު ގޮވި ޓެސްޓް ފްލައިޓަށް ހުއްދަ ދިނީ ހުސްވި މަހުއެވެ. މި ފްލައިޓަށް ހުއްދަ ދިން އިރު ކުރިން ގޮވި އުޅަނދުގެ ތަހުގީގުވެސް އަދި އޮތީ ނުނިމިއެވެ.

ގޮވި އުޅަނގުގެ ބައިތައް ކުނީގެ ގޮތުގައި އެކި ސަރަހައްދުތަކަށް ވެއްޓޭނެ ކަމަށް ބެލޭއިރު ސްޕޭސްއެކްސް އިން ބުނެފައިވާގޮތުގައި މި އުޅަނދުގައި އެއްވެސް ވިހަ މާއްދާއެއް ނުހިމެނޭނެއެވެ.

އެފްއޭއޭ އިން މިހާރު ވަނީ ސްޓާޝިޕްގެ އިތުރު ދަތުރުތައް ހުއްދަކުރުމުގެ ކުރިން މި ހާދިސާގެ ސަބަބު ދެނެގަނެ އެކަން އެ އޮތޯރިޓީއަށް ސާފުކޮށްދިނުމަށް ސްޕޭސްއެކްސް އަށް އަންގާފައެވެ.

އިތުރަށް ކިޔާލަން

01 ނޮވެމްބަރު 2017

ވިހަދީގެން ފިރިމީހާ މަރަން އުޅުމުގެ ތެރޭގައި އާއިލާގެ 15 މީހުން މަރާލައިފި

01 ނޮވެމްބަރު 2017
ވިހަދީގެން ފިރިމީހާ މަރަން އުޅުމުގެ ތެރޭގައި އާއިލާގެ 15 މީހުން މަރާލައިފި
18 އޮކްޓޯބަރު 2017

ސްވީޑެންގެ ޕޮލިސް ސްޓޭޝަނެއްގައި ބާރުގަދަ ގޮވުމުއް ގޮވައިފި

18 އޮކްޓޯބަރު 2017
ސްވީޑެންގެ ޕޮލިސް ސްޓޭޝަނެއްގައި ބާރުގަދަ ގޮވުމުއް ގޮވައިފި
28 އޯގަސްޓު 2017

އުތުރު ކޮރެއާއިން ޖަޕާނާއި ދިމާލަށް ފޮނުވައިލި މިސައިލެއް ވައިގެ ތެރޭގައި ގޮވައިފި

28 އޯގަސްޓު 2017
އުތުރު ކޮރެއާއިން ޖަޕާނާއި ދިމާލަށް ފޮނުވައިލި މިސައިލެއް ވައިގެ ތެރޭގައި ގޮވައިފި
15 އޯގަސްޓު 2017

ޔަމަނުގައި ކޮލެރާ ޖެހިފައިވާ މީހުންގެ އަދަދު ހަތަރު މަސްތެރޭގައި ފަސްލައްކަ އަށް އަރައިފި

15 އޯގަސްޓު 2017
ޔަމަނުގައި ކޮލެރާ ޖެހިފައިވާ މީހުންގެ އަދަދު ހަތަރު މަސްތެރޭގައި ފަސްލައްކަ އަށް އަރައިފި
10 އޯގަސްޓު 2017

ގުއާމް ކަނޑަށް ހަމަލާ ދިނުމާއި ބެހޭ ޕްލޭން އޯގަސްޓް މެދުތެރޭގައި ތައްޔާރު ވާނެ: އުތުުރު ކޮރެއާ

10 އޯގަސްޓު 2017
ގުއާމް ކަނޑަށް ހަމަލާ ދިނުމާއި ބެހޭ ޕްލޭން އޯގަސްޓް މެދުތެރޭގައި ތައްޔާރު ވާނެ: އުތުުރު ކޮރެއާ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު