Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެރަޝިޔާ-ޔުކްރެއިން ހަނގުރާމަ

އެމެރިކާ އިން ޔުކްރެއިން އަށް ދެމުންދާ އަސްކަރީ އެހީ މެދުކަނޑާލައިފި

މިނިންމުން ނިންމާފައިވަނީ ޔުކްރެއިންގެ ރައީސް ވުލޮޑިމިއަރ ޒެލެންސްކީއާއި ޓްރަމްޕް އޯވަލް އޮފީހުގައި ބޭއްވި ހޫނު ބައްދަލުވުމަށް ފަހު، ޓްރަމްޕްގެ އިސް ސަލާމަތީ ލަފާދޭ ބޭފުޅުންނާއެކު ބޭއްވި ބައްދަލުވުމެއްގައި

ރާއްޖެ އެމްވީ | 4 މާރިޗު 2025 | އަންގާރަ 06:49
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕާއި ޔުކްރެއިންގެ ރައީސް ވުލޮޑިމިއާ ޒެލެންސްކީ ވައިޓް ހައުސްގެ އޯވަލް އޮފީހުގައި ފެބްރުއަރީ 28، 2025 ގައި ބައްދަލު ކުރައްވަނީ

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕާއި ޔުކްރެއިންގެ ރައީސް ވުލޮޑިމިއާ ޒެލެންސްކީ ވައިޓް ހައުސްގެ އޯވަލް އޮފީހުގައި ފެބްރުއަރީ 28، 2025 ގައި ބައްދަލު ކުރައްވަނީ

ޔުކްރެއިން އަށް ދެމުންއައި އެމެރިކާގެ ހަނގުރާމައިގެ އެހީ ވަގުތީގޮތުން މެދުކަނޑާލައިފިއެވެ.

ޓްރަމްޕް ގެ ސަރުކާރުން ޔުކްރެއިން އަށް ފޮނުވަމުންދިޔަ އަސްކަރީ އެހީތައް ވަގުތީގޮތުން ހުއްޓާލުމަށް ނިންމައިފި ކަމަށް ހޯމަ ދުވަހު ވައިޓް ހައުސްގެ އިސް އޮފިޝަލެއް އަލް އަރަބިއްޔާ ވަނީ ހާމަކުރައްވާފައެވެ.

"އަޅުގަނޑުމެން ފޮނުވާ އެހީތަކުން މައްސަލައިގެ ހައްލަށް މަގުފަހިވޭތޯ ބެލުމަށްޓަކައި، އެހީތައް ވަގުތީގޮތުން މެދުކަނޑާލައި މުރާޖައާކުރަމުން މިދަނީ،" ވައިޓް ހައުސްގެ އޮފިޝަލް ވިދާޅުވިއެވެ.

މިނިންމުން ނިންމާފައިވަނީ ޔުކްރެއިންގެ ރައީސް ވުލޮޑިމިއަރ ޒެލެންސްކީ އާއި ޓްރަމްޕް އޯވަލް އޮފީހުގައި ބޭއްވި ހޫނު ބައްދަލުވުމަށް ފަހު، ޓްރަމްޕްގެ އިސް ސަލާމަތީ ލަފާދޭ ބޭފުޅުންނާ އެކު ބޭއްވި ބައްދަލުވުމެއްގައެވެ.

ބްލޫމްބަރގްގެ ރިޕޯޓުގައި ބުނެފައިވާ ގޮތުން، ޕޮލެންޑްގައި ޓްރާންސިޓް ކޮށްފައި ހުރި ހަތިޔާރާއި މިހާރު މަގުމަތީގައި ހުރި ހުރިހާ އަސްކަރީ އެހީތަކެއް ހިފެހެއްޓުމަށް ޑިފެންސް ސެކްރެޓަރީ ޕީޓް ހެގްސެތް އަށް ޓްރަމްޕް އަމުރު ކުރައްވާފައި ވެއެވެ.

ތިން އަހަރާ ގާތްކުރާ މި ހަނގުރާމައިގައި އެމެރިކާ އިން ވަނީ ޔުކްރެއިން އަށް އެތައް ބިލިއަން ޑޮލަރެއްގެ އެހީ ދީފައެވެ. މި ނިންމުން އިއުލާން ކުރުމުގެ ކުރިން ޓްރަމްޕް ރިޕޯޓަރުންނަށް ވިދާޅުވެފައި ވަނީ، ޔުކްރެއިން އަށް ދޭ އެހީ ހުއްޓާލުމާ ބެހޭގޮތުން މަޝްވަރާކޮށްފައި ނުވާ ކަމަށާއި، އެހެންނަމަވެސް ވޮޝިންގްޓަނުން ދޭ އެހީތަކާ މެދު ޒެލެންސްކީ "އިތުރަށް ޝުކުރުވެރިވާން" ޖެހޭ ކަމަށެވެ.

އިތުރަށް ކިޔާލަން

26 ޖެނުއަރީ 2017

އެމެރިކާ އިން އދ. އަށް ދޭ އެހީތައް ކުޑަކުރަނީ

26 ޖެނުއަރީ 2017
އެމެރިކާ އިން އދ. އަށް ދޭ އެހީތައް ކުޑަކުރަނީ
26 ޖެނުއަރީ 2017

މެކްސިކޯ އާއި އެމެރިކާގެ ބޯޑަރުގައި ފާރެއް ރޭނުމަށް އަންގާ އަމުރުގައި ޓްރަމްޕް ސޮއިކުރައްވައިފި

26 ޖެނުއަރީ 2017
މެކްސިކޯ އާއި އެމެރިކާގެ ބޯޑަރުގައި ފާރެއް ރޭނުމަށް އަންގާ އަމުރުގައި ޓްރަމްޕް ސޮއިކުރައްވައިފި
23 ޖެނުއަރީ 2017

ޓީޕީޓީ ވިޔަފާރި ޕްރޮޖެކްޓުން އެމެރިކާ ވަކިވެއްޖެ

23 ޖެނުއަރީ 2017
ޓީޕީޓީ ވިޔަފާރި ޕްރޮޖެކްޓުން އެމެރިކާ ވަކިވެއްޖެ
23 ޖެނުއަރީ 2017

ޓްރަމްޕާއި ދެކޮޅަށް އަންހެނުން ބާއްވާ އެއްވުންތަކުގައި އެމެރިކާ އިން އެކަނިވެސް ދެމިލިޔަނަށް ވުރެ ގިނަ މީހުން!

23 ޖެނުއަރީ 2017
ޓްރަމްޕާއި ދެކޮޅަށް އަންހެނުން ބާއްވާ އެއްވުންތަކުގައި އެމެރިކާ އިން އެކަނިވެސް ދެމިލިޔަނަށް ވުރެ ގިނަ މީހުން!
22 ޖެނުއަރީ 2017

އެމެރިކާއަށް އެރި ތޫފާނުގައި 11 މީހުން މަރުވެއްޖެ

22 ޖެނުއަރީ 2017
އެމެރިކާއަށް އެރި ތޫފާނުގައި 11 މީހުން މަރުވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު