Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެޣައްޒާ އިމާރާތްކުރުން

ޣައްޒާ އާރާސްތު ކުރުމުގެ ޕްލޭނާ ބެހޭ ގޮތުން އަރަބި ގައުމުތަކުގެ ޚާރިޖީ ވަޒީރުން ބައްދަލު ކުރައްވައިފި

މިސްރުން އިސްނަގައިގެން އެކުލަވާލި ޕްލޭން އަންގާރަ ދުވަހު އޮންނަ އަރަބި ގައުމުތަކުގެ އެންމެ އިސްވެރިންގެ ސަމިޓަށް ހުށަހަޅާ ފާސް ކުރުމަށް ވަނީ ހަމަޖެހިފައި

ރާއްޖެ އެމްވީ | 3 މާރިޗު 2025 | ހޯމަ 20:53
އަރަބި ގައުމުތަކުގެ ޚާރިޖީ ވަޒީރުންގެ ބައްދަލުވުން - 3 މާޗް 2025

އަރަބި ގައުމުތަކުގެ ޚާރިޖީ ވަޒީރުންގެ ބައްދަލުވުން - 3 މާޗް 2025

ހޯމަ ދުވަހު ގާހިރާ ގައި އަރަބި ޤައުމުތަކުގެ ޚާރިޖީ ވަޒީރުން ސިއްރު ބައްދަލުވުމެއް ބާއްވައި، ޣައްޒާގެ 2.4 މިލިއަން ރައްޔިތުން އެތަނުން ނުބާލައި، ހަނގުރާމައިން ވީރާނާވެފައިވާ ސަރަހައްދު އަލުން ބިނާކުރުމުގެ ޕްލޭނެއްގެ މަޝްވަރާކޮށްފި ކަމަށް އަރަބި ލީގުގެ މަސްދަރެއް އޭއެފްޕީ އަށް ޔަޤީންކޮށްދީފިއެވެ.މި ބައްދަލުވުމުގެ ކުރިން، މިސްރުގެ ޚާރިޖީ ވަޒީރު ބަދުރު އަބްދުއްލަތީ، ޖޯޑަން، ބަހްރެއިން، ޓިއުނީޝިއާ، އިރާޤު، ޔަމަން އަދި ފަލަސްޠީނުގެ ޚާރިޖީ ވަޒީރުންނާ ވަކިވަކިން ބައްދަލުކުރެއްވިއެވެ.އަރަބި ގައުމުތަކުގެ ޕްލޭން އެކުލަވާލީ އެމެރިކާއިން ޣައްޒާ ހިފައި، އެތަން "މެޑިޓެރޭނިއަންގެ ރިވިއެރާ" އަކަށް ބަދަލުކޮށް، ފަލަސްޠީނު ރައްޔިތުން މިސްރަށާއި ޖޯޑަނަށް ބަދަލުކުރުމުގެ ވާހަކަ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ދެއްކެވުމާ ގުޅިގެން އެކަމަށް ދެކޮޅު ހެދުމުގެ ގޮތުންނެވެ. ޓްރަމްޕްގެ ޕްލޭނަށް ދުނިޔޭގެ ގިނަ ފަރާތްތަކުން ދެކޮޅުހަދައިފައިވެއެވެ.މިސްރުން އިސްނަގައިގެން އެކުލަވާލި ޕްލޭން އަންގާރަ ދުވަހު އޮންނަ އަރަބި ގައުމުތަކުގެ އެންމެ އިސްވެރިންގެ ސަމިޓަށް ހުށަހަޅާ ފާސް ކުރުމަށް ވަނީ ހަމަޖެހިފައެވެ.

އިތުރަށް ކިޔާލަން

03 މެއި 2017

މޫސަލް އާރާސްތު ކުރުމަށް މަދުވެގެން ފަސް އަހަރު ބޭނުންވޭ: އޮފިޝަލުން

03 މެއި 2017
މޫސަލް އާރާސްތު ކުރުމަށް މަދުވެގެން ފަސް އަހަރު ބޭނުންވޭ: އޮފިޝަލުން
01 މެއި 2017

އީމެއިލް ހެކު ކުރުމުގެ މައްސަލަ ޓްރަމްޕް ޗައިނާގެ ބޮލަށް ކަނޑާލައްވައިފި!

01 މެއި 2017
އީމެއިލް ހެކު ކުރުމުގެ މައްސަލަ ޓްރަމްޕް ޗައިނާގެ ބޮލަށް ކަނޑާލައްވައިފި!
26 އެޕްރީލު 2017

އެމެރިކާ އިން އެޅި ދަތިކުރުމުގެ ފިޔަވަޅުގެ ގެއްލުން ވާނީ އާންމު ރައްޔިތުންނަށް: ސީރިޔާ

26 އެޕްރީލު 2017
އެމެރިކާ އިން އެޅި ދަތިކުރުމުގެ ފިޔަވަޅުގެ ގެއްލުން ވާނީ އާންމު ރައްޔިތުންނަށް: ސީރިޔާ
25 އެޕްރީލު 2017

ސީރިޔާގައި ދިން ކެމިކަލް ހަމަލާއާއި ގުޅިގެން ސީރިޔާ ސަރުކާރުގެ އެޖެންސީއަކަށް ދަތިކުރުމުގެ ފިޔަވަޅު އަޅައިފި

25 އެޕްރީލު 2017
ސީރިޔާގައި ދިން ކެމިކަލް ހަމަލާއާއި ގުޅިގެން ސީރިޔާ ސަރުކާރުގެ އެޖެންސީއަކަށް ދަތިކުރުމުގެ ފިޔަވަޅު އަޅައިފި
24 އެޕްރީލު 2017

އެެމެރިކާގެ ޑިފެންސް ސެކްރެޓަރީ ގަތަރަށް "ގުޅުން ރަނގަޅު ކުރުމުގެ" ބޭނުމުގައި ޒިޔާރަތެއް ކުރައްވައިފި

24 އެޕްރީލު 2017
އެެމެރިކާގެ ޑިފެންސް ސެކްރެޓަރީ ގަތަރަށް "ގުޅުން ރަނގަޅު ކުރުމުގެ" ބޭނުމުގައި ޒިޔާރަތެއް ކުރައްވައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު