Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެޕީ.ކޭ.ކޭ - ތުރުކީ ހަނގުރާމަ

ތުރުކީ އާ ދެކޮޅަށް ހިންގި ހަނގުރާމަ ހުއްޓާލާ ޕީ.ކޭ.ކޭ އުވާލަނީ

ޕީ.ކޭ.ކޭ އިން ވަނީ 1984 އިން ފެށިގެން ތުރުކީ ވިލާތުން ކުރުދީންނަށް ވަކި ދައުލަތެއް ހޯދުމަށް މަސައްކަތްކޮށްފައި

ރާއްޖެ އެމްވީ | 1 މާރިޗު 2025 | ހޮނިހިރު 12:38
ތުރުކީގެ ޖަލުގައި ހުރި ކުރުދީންގެ ހަނގުރާމަވެރި ލީޑަރު އަބްދުالله އޮޖަލާންގެ ތަސްވީރެއް މުޒާހަރާގެ ބައިވެރިއަކު ހިފައިގެން - 27 ފެބްރުއަރީ 2025

ތުރުކީގެ ޖަލުގައި ހުރި ކުރުދީންގެ ހަނގުރާމަވެރި ލީޑަރު އަބްދުالله އޮޖަލާންގެ ތަސްވީރެއް މުޒާހަރާގެ ބައިވެރިއަކު ހިފައިގެން - 27 ފެބްރުއަރީ 2025

ޕީ.ކޭ.ކޭ އިން ތުރުކީއާއެކު ދެކޮޅަށް ކުރަމުން ދިޔަ ހަނގުރާމަ ހުއްޓާލުމަށް ނިންމާ އިއުލާނު ކޮށްފިއެވެ.ކުރުދީ ހަތިޔާރު އެޅި ގްރޫޕެއް ކަމުގައިވާ ޕީ.ކޭ.ކޭ އިން ތުރުކީއާ ދެކޮޅަށް ކުރަމުން އައި ހަނގުރާމަ ހުއްޓާލަން ނިންމި ކަން ހުކުރު ދުވަހު އިއުލާނު ކުރި އިރު، އެ ނިންމުން ނިންމާފައިވަނީ ޕީ.ކޭ.ކޭ ގެ ޖަލުގައި ހުރި ލީޑަރު އަބްދުﷲ އޮޖަލާން ހަމަލާތައް ހުއްޓާލައި، އެ ޖަމާއަތް އުވާލުމަށް ގޮވާލެއްވުމާ ގުޅިގެންނެވެ.

ޕީ.ކޭ.ކޭ ގެ އެގްޒެކެޓިވް ކޮމިޓީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ސުލްހަވެރި ޑިމޮކްރަޓިކް މުޖްތަމައަކަށް މަގު ފަހި ކުރުމަށް "އަޕޯ (އޮޖަލާން) ގޮވާލެއްވި ގޮވާލެއްވުމަށް އިޖާބަ ދިނުމުގެ ގޮތުން މިއަދުން ފެށިގެން ހަނގުރާމަ ހުއްޓާލުމަށް ނިންމައިފީމެވެ." މިފަދައިންނެވެ.

ޕީ.ކޭ.ކޭ އަކީ ތުރުކީ، ޔޫރަޕިއަން ޔޫނިއަން އަދި އެމެރިކާއިން ޓެރަރިސްޓް ޖަމާއަތެއްގެ ގޮތުގައި ކަނޑައަޅާފައިވާ ޖަމާއަތެކެވެ. 1984 އިން ފެށިގެން މި ޖަމާއަތުން ވަނީ ކުރްދީންނަށް ވަކި ދައުލަތެއް ހޯދުމަށް މަސައްކަތްކޮށްފައެވެ. ކުރުދުންނަކީ ތުރުކީގެ 85 މިލިއަން މީހުންގެ އާބާދީގެ 20 އިންސައްތައެވެ.

1999 ގައި އޮޖަލާން ހައްޔަރުކުރުމަށްފަހު، މި ހަނގުރާމަ ނިމުމަކަށް ގެނައުމަށް އެކި ފަހަރު މަތިން މަސައްކަތްކުރެވުނެވެ. 2015 ގައި އެންމެ ފަހުން ބޭއްވުނު ސުލްހަ މަޝްވަރާތައް ނާކާމިޔާބުވުމަށްފަހު، އޮކްޓޯބަރު މަހާ ހަމައަށް އިތުރު މުއާމަލާތެއް ނުކުރެވެއެވެ. އެހެން މިކަން އޮއްވާ ތުރުކީގެ ރައީސް އުރުދުޣާން ވަނީ ސުލްހަ ގަބޫލު ކުރެތޯ އޮޖަލާން އަށް ސަޕްރައިޒް ހުށަހެޅުއްވުމެއް ހުށަހަޅުއްވާފައެވެ.

މި ހަނގުރާމައިގެ ސަބަބުން މިހާތަނަށް 40،000 އަށްވުރެ ގިނަ މީހުން މަރުވެފައިވެއެވެ.

ބަންދުގައި ހުންނެވި އޮޖަލާންއާ އެތައް ފަހަރަކު ތުރުކީންނަށް މަދަދުވެރިވާ ޑީއީއެމް ޕާޓީ އިން ބައްދަލުކުރުމަށްފަހު، ހަތިޔާރު ބަހައްޓާ ޕާޓީ އުވާލުމަށް އޮޖަލާން ދެއްވި މެސެޖް ޕީކޭކޭ އަށް ފޯރުކޮށްދިނީ ބުރާސްފަތި ދުވަހުއެވެ.

އިތުރަށް ކިޔާލަން

29 ޖެނުއަރީ 2017

ތުރުކީގެ އަސްކަރިއްޔާ ވަރުގަދަކުރުމަށް އިގިރޭސިވިލާތުން އެހީތެރިވަނީ

29 ޖެނުއަރީ 2017
ތުރުކީގެ އަސްކަރިއްޔާ ވަރުގަދަކުރުމަށް އިގިރޭސިވިލާތުން އެހީތެރިވަނީ
29 ޖެނުއަރީ 2017

ޓްރަމްޕާއި ދެކޮޅަށް ނިއުޔޯކްގެ ކޯޓަކުން ހުކުމްކޮށްފި

29 ޖެނުއަރީ 2017
ޓްރަމްޕާއި ދެކޮޅަށް ނިއުޔޯކްގެ ކޯޓަކުން ހުކުމްކޮށްފި
28 ޖެނުއަރީ 2017

ޚިޖުރަކުރާ ފަރާތްތަކާ ދެކޮޅަށް ފިޔަވަޅު އަޅައިފި ނަމަ މުސްލިމެއްގެ ގޮތުގައި ރަޖިސްޓްރީ ކުރާނަން: އޯލްބްރައިޓް

28 ޖެނުއަރީ 2017
ޚިޖުރަކުރާ ފަރާތްތަކާ ދެކޮޅަށް ފިޔަވަޅު އަޅައިފި ނަމަ މުސްލިމެއްގެ ގޮތުގައި ރަޖިސްޓްރީ ކުރާނަން: އޯލްބްރައިޓް
26 ޖެނުއަރީ 2017

ހެއިޓީގެ އިންތިޚާބީ ރައީސް ޖޮވެނެލް މޮއިސްއާ ދެކޮޅަށް ކޮރަޕްޝަންގެ ތުހުމަތުތަކެއް

26 ޖެނުއަރީ 2017
ހެއިޓީގެ އިންތިޚާބީ ރައީސް ޖޮވެނެލް މޮއިސްއާ ދެކޮޅަށް ކޮރަޕްޝަންގެ ތުހުމަތުތަކެއް
25 ޖެނުއަރީ 2017

ސީރިޔާ ހަނގުރާމައިގެ ސުލްހައިގެ މަޝްވަރާތައް: ފުރަތަމަ ދުވަސް ކޮޅެއްގައި ނުޖެހުނު

25 ޖެނުއަރީ 2017
ސީރިޔާ ހަނގުރާމައިގެ ސުލްހައިގެ މަޝްވަރާތައް: ފުރަތަމަ ދުވަސް ކޮޅެއްގައި ނުޖެހުނު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު