Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓު
ހިލޭ ބަހާ މަަސްދަޅު ކޭސް

ލިފްޓަށް ވެސް މަސް ކޭސް، ގަރާޖަށް ވެސް މަސް ކޭސް!

މަސްދަޅު ކޭސް ބަހަން ފެށީ އެއްވެސް އިންތިޒާމެއް ނެތި، މީހުން ވަރަށް ގިނަ ވަގުތު ކޮޅަށް ކިޔުގައި ތިބެން ޖެހޭ ގޮތައް ކަން ފާހަގަ ކުރެވޭއިރު، މިކަން އިންސާފުވެރިކަމާއެކު ލުއިފަސޭހަކޮށް ދެފުށް ފެންނަ ގޮތައް ކުރިއަށް ގެންދަން މާ ބޮޑު ވިސްނުމެއް ސަރުކާރުން ވިސްނާފައި ނެތް ކަން ވަނީ ފާހގަ ކުރެވިފައެވެ.

ރާއްޖެ އެމްވީ | 22 ފެބުރުއަރީ 2025 | ހޮނިހިރު 11:33
ހިލޭ ބަހާ މަސްދަޅު ކޭސް ހޯދަން މީހުން ދިގު ކިއުގައި

ހިލޭ ބަހާ މަސްދަޅު ކޭސް ހޯދަން މީހުން ދިގު ކިއުގައި

އެއްވެސް އިންތިޒާމެއް ނެތި މަސްދަޅު ކޭސް ބަހަން ފެށުމާއެކު އެކަން ބޮއްސުންލައި، އެންމެ ފަހު ހޫނު ގަދަ ކަމަށް ބުނެ ބެހުން ހުއްޓާލުމަށް ފަހު މިހާރު ވަނީ ނަމްބަރު ނަގައިގެން ރޭގަނޑު މަސްދަޅު ބަލައިދާ ގޮތައް އިންތިޒާމު ހަމަ ޖައްސާފައި ކަމަށް ސަރުކާރުން ބުނެފިއެވެ.

މިކަން ފެށި އިރު، މިކަން ރޭވިފައިވާ ގޮތް އެނގޭ މީހަކު އެތަނަށް ދިޔަ ކަމަކަށް ނުވެއެވެ. މަސްކޭސް ދޫކުރަނީ ކިތައް ނަންބަރަށް ކަމެއް، ނަންބަރު ދޫކުރާ ކަމެއް، ނަންބަރު ދޫކުރަނީ ކޮންތާކުން ކަމެއް ވެސް އާންމުންނަކަށް ނޭނގެއެވެ.

މަސްދަޅު ކޭސް ބެހުމުގެ އިންތިޒާމުތައް ހުރި ދޯދިޔާކަން ކިޔައިދެމުން ފުރަތަމަ ރޭގެ ތަޖުރިބާ ހިއްސާ ކުރި މީހަކު ބުނީ އޭނާ އެރޭ 8:30 ގައި ކިއުގައި ޖެއްސި މީހާ މަސް ކޭސް ހިފައިގެން ގެއަށް އާދެވުނީ މެންދަމުން އަލިވެ ދޭއް ޖެހިފަހުން ކަމަށެވެ.

މަސްދަޅު ކޭސް ބަހަން ފެށި އިރު މީހުންތައް ތޮއްޖެހި، އެތައް ގަޑީއިރަކު ކިއުގައި ކޮޅަށް ތިބެން ޖެހުނުކަން އެތައް ބަޔަކު ވަނީ ހިތްހަމަ ނުޖެހުމާއެކު ސޯޝަލް މީޑިއާ ގައި ފާހަގަ ކޮށްފައެވެ.

"ބަލި މީހުން، ޚާއްސަ އެހީއަށް ބޭނުންވާ މީހުން، ދަރިން ބަލަހައްޓާ ޅަދަރިމައިން މިތާ އެބަތިބި، މިއީ ދެން މީހުން ކަންކުރާ ގޮތެއް ނޫނެއްނު މިއީ،" ކިއުގައި ހުރި ދެ ބައި އުމުރުގެ މީހަކު ބުންޏެވެ.

"ވަރަށް ސަކަރާތްކޮށް މިދަނީ، އެއްވެސް އިންތިޒާމެއް ނެތް މިތާކު،" ކިއުގައި ހުރި އަންހެނަކު ބުނެފައިވެއެވެ.

ބުރާސްފަތި ދުވަހު ރައީސް އޮފީހުގައި އޮތް ނޫސްވެރިންގެ ބައްދަލުވުއްގައި، މަސްދަޅު ކޭސް ބެހުމާ ހަވާލުވެ ހުންނެވި ވަޒީރު އާދަމް ޝަރީފް އެކަމަށް އެ މިނިސްޓްރީން ތައްޔާރު ވަމުން އަންނަ ކަމަށް ވިދާޅުވި ނަމަވެސް އެކަމަށް އެކަށީގެންވާ އިންތިޒާމެއް ހަމަ ޖެހިފައި ނެތްކަން ވަނީ ފާހަގަ ކުރެވިފައެވެ.

އިންތިޒާމުތައް ދޯދިޔާ ކަމާއެކު ގިނަ ބައެއްގެ ފާޑު ކިޔުން އަމާޒު ވުމުން ކުރިން ދުވާލާ ރޭގަނޑު ވެސް މަސްދަޅު ކޭސް ބަހަން ނިންމާފައިވާ ނިންމުމަށް ބަދަލު ގެނެސް، ހަމަ އެކަނި ރޭގަނޑު މާލެ ސަރަހައްދުގައި މަސްދަޅު ކޭސްތައް ބަހާ ގޮތައް ހަމަޖެއްސި ސަބަބެއް ކަމަށް ބުނީ ދުވާލު "ހޫނު ގަދަ ކަމުން" ކަމަށެވެ.

މިހާރު އާދަމް ޝަރީފް ގެ މިނިސްޓްރީން ބުނަނީ ވީ އެންމެ ލުއިފަސޭހަ އިންތިޒާމުތައް ހަމަޖެއްސުމުގެ މަސައްކަތް ކުރަމުން އަންނަކަމަށެވެ.

މި ގޮތުން ގެނައި ލުއި ފަސޭހަ އަކީ ހޮނިހިރު ދުވަހުން ފެށިގެން މާލޭ ސަރަޙައްދުގައި މަސްދަޅުކޭސް ބެހުމުގެ ކަންކަން ރޭގަނޑު 08:00 އިން 12:00 އަށް ކަމަށް ހަމަ ޖެއްސުމެވެ.

އޭގެ އިތުރުން އެތައް ގަޑިއިރެއް މީހުން ކިޔޫގައި ތިބެން ޖެހޭކަން ވިސްނި، އޮންލައިން ނިޒާމެއްގެ ތެރެއިން، ޓޯކަން ނެގޭނެ އިންތިޒާމު މިހާރު ހަމަޖައްސާފައިވާ ކަމަށް ވެސް ލޯކަލް ގަވަމަންޓް މިނިސްޓްރީ އިން ވަނީ ބުނެފައެވެ.

އެ ގޮތުން ވަކި ރެޔަކަށް ވަކި މަރުކަޒަކުން ޓޯކަން ނެގުމުން، އެ ރެޔެއްގައި އެ މަރުކަޒަކުން ކޭސް ލިބޭނެ ކަމަށް މިނިސްޓްރީން ވަނީ ބުނެފައެވެ.

ކޭސް ބަލައި ދާއިރު، ގެންދަން ޖެހެނީ އެ ފަރާތެއްގެ އައި.ޑީ.ކާޑާއި އެއްމަހުގެ ކަރަންޓު ބިލެވެ.

މަސް ކޭސް ބެހުމުގެ ކަންކަން ރޭވިފައިވާ ގޮތް ކުރިން އެކަށީގެންވާ ގޮތަކަށް ސާފު ކޮށްދީފައި ނުވާ ކަމަށާއި، އެކަމަށް އޮތް އުސޫލެއް އާންމު ކޮށްފައި ނުވާކަން ފާހަގަ ކުރެވިފައިވާއިރު މިޒަމާނުގައި މިޔަށް ވުރެ ލުއި ފަސޭހަކޮށް މިކަން ކުރެވެން ޖެހޭނެ ކަމަށް ބައެއް އާންމުން މިކަން ރޭވިފައިވާ ގޮތައް ފާޑު ކިޔަމުން ބުނެފައިވެއެވެ.

ސަރުކާރުން ބުނެފައިވަނީ އެކަކަށް ގިނަ ވެގެން ދޫކުރާނީ 3 ގޭ ބިސީ އަށް ވާ އަދަދުގެ ކޭސް ކަމަށެވެ. ގޭބިސީ އެއް ކަމަށް ބަލަނީ ކަރަންޓު މީޓަރުންނެވެ. ކޮންމެ މީޓަރަކީ ގޭބިސީ އެކެވެ. އެހެން ކަމުން އެކަކަށް 3 މީޓަރުގެ ތިން ކަރަންޓު ބިލު ގެންގޮސްގެން 3 ކޭސް ހޯދިދާނެއެވެ. އެހެން ނަމަވެސް ފުރަތަމަ ރޭ ފަސް މީޓަރަށް ވާ ވަރަށް މީހަކަށް މަސް ކޭސް ދޫކޮށްފައިވެއެވެ.

ރޭގަނޑު ނަމްބަރު ނަގައިގެން މަސް ކޭސް ބަލައި ދިއުމުން ހޫނުގެ މައްސަލަ ހައްލުވާއިރު، އެހެން މައްސަލަ އެއް މީހުން ވަނީ ފާހަގަ ކޮށްފައެވެ.

އެއީ މަސް ކޭސް ބަލައި ދާއިރު ގޭގެ ވެރިފަރާތުން މަސް ކޭސް ގެންގޮސްފައި ހުންނަ މައްސަލަ އެވެ. މަސް ކޭސް ހަވާލު މިކުރީ އެ ގޭބިސީން ހައްގުވާ ފަރާތައް ކަމެއް އެނގޭނެ ގޮތެއް ނެތެވެ.

"އަހަރެން ދިޔައީ އަހަރެން އުޅޭ ބަޔަށް މަސް ކޭސް ބަލައި، ދިޔައިރު، އެ ފްލޯގެ މީޓަރަށް ގޭގެ ވެރިފަރާތުން މަސް ކޭސް ގެންގޮއްސަ އޮތީ، އަހަރެމެންނަކަށް އެޔެއް ނުލިބެ؛" މީހަކު އޭނާ އަށް މިކަމުގައި ވީ ގޮތް ކިޔައިދެމުން ބުންޏެވެ.

މަސް ކޭސް ބަލައި ދާއިރު ގެންދަން ޖެހެނީ ކަރަންޓު މީޓަރުގެ ބިލު ކަމަށް ވުމާއެކު، އެހެން ކަމެއްވެސް މިކަމުގައި ފާހަގަ ކުރެވެއެވެ. މާލޭގެ ބޮޑެތި އިމާރާތްތައް ހަދާފައި ހުންނަ އިރު ކޮންމެ ތަނަކަށް، ކޮންމެ ކަމަކަށް ވަކި މީޓަރު ހުންނަނީ ހަރުކޮށްފައެވެ. ލިފްޓަށް ވަކި މީޓަރެކެވެ. ގަރާޖަށް ވަކި މީޓަރެކެވެ. ސްޓޯރޭޖު ރޫމަށް ވަކި މީޓަރެކެވެ. ކޮމަން އޭރިޔާ ތަކަށް ވަކި މީޓަރެކެވެ. މީހުން ނޫޅޭ ތަންތަނުގައި ވެސް ހުރި މީޓަރަކީ މަސްކޭހެވެ. މިހާރު ސަރުކާރުން މި ބުނާ ގޮތުން ކޮންމެ މީޓަރެއް މިވަނީ ރޯދި ބަރަކާތަށެވެ. ބިލަށް އެކަނި ބަލައިގެން މަސް ކޭސް އެ ދޫކުރެވެނީ ހައްގު މިންވަރަށް ހައްގު ފަރާތައް ކަމެއް އެނގޭނީ ކިހިނެއްތޯ ވަނީ ސުވާލު އުފެދިފައެވެ.

ފުރަތަމަ ދުވަހު މާލެ ސަރަހައްދުގެ 9394 ގޭބީސީ އަކަށް މަސްދަޅު ކޭސް ދިން ކަމަށް ސަރުކާރުން ބުނި ނަމަވެސް، އޭގެ ތެރެއިން އަސްލު މީހުން ދިރިއުޅޭ ގޭ ބިސީ ތަކަށް ދެވުނީ ކިތައް ކޭސް ކަމެއް އެނގޭނީ ކިހިނެއްބާވައެވެ؟

ކަންކަން ކިތަންމެ ދޯދިޔާ ކޮށް އިންތިޒާމުވެފައި އޮތެއް ކަމަކު މިނިސްޓަރު ހުންނެވީ ދިގު ކިޔު ފެނިވަޑައިގެން ވަރަށް އުފާފުޅުންނެވެ. އެއީ މިކަމަށް ރައްޔިތުން ހުރި ޝައުގުވެރިކަން ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު އާދަމް ޝަރީފް ވިދާޅުވެފައިވަނީ ރޯދަ މަސް ފެށެން ވާއިރު ހުރިހާ ފަރާތްތަކަށް މަސްކޭސް ހަވާލު ކޮށް ނިންމުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ. އެހެން ނަމަވެސް ރޯދަ މަސް އަޔަސް ވެސް މަސްދަޅުތައް ބެހުން ކުރިއަށް ދާނެ ކަމަށް އާދަމް ޝަރީފް ވިދާޅުވިއެވެ. އެމަނިކުފާނު ވަނީ ރައްޔިތުންގެ ކެތްތެރި ކަމަށް ވެސް ޝުކުރު އަދާ ކުރައްވާފައެވެ.

މަސް ކޭސް ދޫކުރާ ތަންތަން

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

މެމްބަރު އަލީ ހުސައިން މަސް މާރުކޭޓްގައި

މެމްބަރު އަލީ ހުސައިން މަސް މާރުކޭޓްގައި

24 މެއި 2018
އަލީ ހުސެއިން މަސްކަނޑަށް ޖެހުނު ސަބަބު މިއޮތީ!

އަލީ ހުސެއިން މަސްކަނޑަށް ޖެހުނު ސަބަބު މިއޮތީ!

18 އެޕްރީލު 2018
އުތުރު ކޮރެއާއާއެެކު މަނާ މުއާމަލާތް ހިންގި ބޯޓުގައި ގދ. މަޑަވެލީ މަސް ދޯންޏެއްގެ އެމްއެމްއެސްއައި ނަމްބަރު!

އުތުރު ކޮރެއާއާއެެކު މަނާ މުއާމަލާތް ހިންގި ބޯޓުގައި ގދ. މަޑަވެލީ މަސް ދޯންޏެއްގެ އެމްއެމްއެސްއައި ނަމްބަރު!

01 މާރިޗު 2018
ރަތް ކަނޑުގެ މަސްރަހް ހޫނު ވަނީ!

ރަތް ކަނޑުގެ މަސްރަހް ހޫނު ވަނީ!

10 ޖެނުއަރީ 2018
ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް: ތަރައްގީކުރަން ފެށިތާ ފަސް މަސް، ތަރައްގީވާ މަންޒަރެއް އަދިވެސް ނުފެނޭ!

ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް: ތަރައްގީކުރަން ފެށިތާ ފަސް މަސް، ތަރައްގީވާ މަންޒަރެއް އަދިވެސް ނުފެނޭ!

21 ޑިސެމްބަރު 2017

އަހަރުތަކުން މިއަދު

17 ފެބުރުއަރީ
ސިނގިރޭޓު އަގު ބޮޑު ކުރި ހަގީގީ ސަބަބު ފޮރުވަން ރައީސް މުއިއްޒު މަސައްކަތް ކުރައްވާ ވަރަކަށް ހަގީގަތް ފަޅާ އަރަނީ!
20251 އަހަރު ކުރިން
ރިޕޯޓު

ސިނގިރޭޓު އަގު ބޮޑު ކުރި ހަގީގީ ސަބަބު ފޮރުވަން ރައީސް މުއިއްޒު މަސައްކަތް ކުރައްވާ ވަރަކަށް ހަގީގަތް ފަޅާ އަރަނީ!

މަސްވެރިންގެ މުޒާހަރާ: ''އަޑު ނާހާނަމަ އިރުއޮއްސި 6:00 އާ ހަމައަށް ކޫއްޑޫގެ މަސްފެކްޓްރީގެ ޖަނަރޭޓަރުތައް ނިއްވާލާނަން''
20242 އަހަރު ކުރިން
ރާއްޖެ

މަސްވެރިންގެ މުޒާހަރާ: ''އަޑު ނާހާނަމަ އިރުއޮއްސި 6:00 އާ ހަމައަށް ކޫއްޑޫގެ މަސްފެކްޓްރީގެ ޖަނަރޭޓަރުތައް ނިއްވާލާނަން''

ގަޑިނުޖެހި ސަލާމް ނުބުނެ ވަޒީފާގައި 51 އަހަރު، ސިއްރަކީ ޞޯބިރާ ވަޒީފާ ދެކެވީ ލޯބި!
20233 އަހަރު ކުރިން
ރިޕޯޓު

ގަޑިނުޖެހި ސަލާމް ނުބުނެ ވަޒީފާގައި 51 އަހަރު، ސިއްރަކީ ޞޯބިރާ ވަޒީފާ ދެކެވީ ލޯބި!

ހުޅުމާލެ ދެވަނަ ފޭސްގައި ހިންގި މާރާމާރީ އެއްގައި 3 ބިދޭސީންނަށް އަނިޔާވެއްޖެ
20224 އަހަރު ކުރިން
ރާއްޖެ

ހުޅުމާލެ ދެވަނަ ފޭސްގައި ހިންގި މާރާމާރީ އެއްގައި 3 ބިދޭސީންނަށް އަނިޔާވެއްޖެ

އިންޓަރނެޓް ހޯދައި މަޖާކޮށްލަން އުޅުނީމާ އާގުބޯޓު އެރީ ފަރަށް
20215 އަހަރު ކުރިން
ރިޕޯޓު

އިންޓަރނެޓް ހޯދައި މަޖާކޮށްލަން އުޅުނީމާ އާގުބޯޓު އެރީ ފަރަށް

ރައީސް ޔާމީން ބަންދުކުރީ މާފުށި ޖަލުގައި
20197 އަހަރު ކުރިން
ރާއްޖެ

ރައީސް ޔާމީން ބަންދުކުރީ މާފުށި ޖަލުގައި

ރައީސް ޔާމީންގެ ނަން ކިޔަން އުޅެއުޅެ ވެސް ހޯރަފުށީ ދާއިރާގެ މެމްބަރަށް ނުކިޔުނު!
20188 އަހަރު ކުރިން
ރާއްޖެ

ރައީސް ޔާމީންގެ ނަން ކިޔަން އުޅެއުޅެ ވެސް ހޯރަފުށީ ދާއިރާގެ މެމްބަރަށް ނުކިޔުނު!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު