Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެފަލަސްތީނު-އިސްރާއީލު ހަމަނުޖެހުން

އިސްރާއީލުގެ ބޮޑުވަޒީރު ހުޅަނގު އައްސޭރި އަށް ޒިޔާރަތް ކުރައްވާ އަސްކަރީ ހަރަކާތްތައް ވަރުގަދަ ކުރަން އަންގަވައިފި

2023 ވަނަ އަހަރުގެ އޮކްޓޯބަރު މަހު ޣައްޒާގައި ހަނގުރާމަ ފެށުނު ފަހުން، ވެސްޓް ބޭންކުގައި އިސްރާއީލުގެ އަނިޔާވެރިކަން ވަނީ އިތުރުވެފައެވެ.

ރާއްޖެ އެމްވީ | 22 ފެބުރުއަރީ 2025 | ހޮނިހިރު 01:36
އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ (މ)، ޣައްޒާ ސްޓްރިޕްގެ އުތުރުގައި ކޮމާންޑަރުންނާއި ސިފައިންނާއެކު ސެކިއުރިޓީ ބްރީފިންގ އެއް ގައި - ޑިސެމްބަރު 25، 2023.

އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ (މ)، ޣައްޒާ ސްޓްރިޕްގެ އުތުރުގައި ކޮމާންޑަރުންނާއި ސިފައިންނާއެކު ސެކިއުރިޓީ ބްރީފިންގ އެއް ގައި - ޑިސެމްބަރު 25، 2023.

އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ، އިސްރާއީލުން ހިފާފައިވާ ވެސްޓް ބޭންކު (ހުޅަނގު އައްސޭރި) ގެ އުތުރުގައިވާ ތުލްކަރަމް ރެފިއުޖީ ކޭމްޕަށް ހުކުރު ދުވަހު ޒިޔާރަތްކުރައްވައި، އެތަނުގައި އިސްރާއީލު ސިފައިން ހިންގަމުންދާ އަސްކަރީ އޮޕަރޭޝަން އިތުރަށް ވަރުގަދަ ކުރަން ސިފައިންނަށް އަމުރު ކުރެއްވި ކަމަށް އޭނާގެ އޮފީހުން ބުނެފައިވެއެވެ.

"ނަތަންޔާހޫ ...ތުލްކަރަމް ރެފިއުޖީ ކޭމްޕަށް ޒިޔާރަތް ކުރައްވައި" އެ ސަރަޙައްދުގައި އިތުރު "އޮޕަރޭޝަނަލް ޙަރަކާތްތައް" ހިންގުމަށް އަމުރު ކުރެއްވި ކަމަށް، އޭނާގެ އޮފީހުން ބުނެފައިވެއެވެ.

ޣައްޒާގައި ހަނގުރާމަ ހުއްޓާލުމަށް އެއްބަސްވުމަކަށް އައިތާ މަދު ދުވަސްކޮޅެއްގެ ތެރޭގައި، އިސްރާއީލުން ވަނީ ވެސްޓް ބޭންކުގެ އުތުރުގައި "އަޔަން ވޯލް" ގެ ނަމުގައި ބޮޑު އަސްކަރީ އޮޕަރޭޝަނެއް ފަށާފައެވެ.

ޖެނިން، ތުލްކަރަމް އަދި ތޫބާސް ސިޓީތަކާ ކައިރީގައިވާ ގިނަ ރެފިއުޖީ ކޭމްޕް ތަކެއްގައި ހިންގާ މި އޮޕަރޭޝަނުގައި މަދުވެގެން 40 ފަލަސްތީނު މީހުން މަރުވެ، މަދުވެގެން 40،000 މީހުން ގެދޮރު ދޫކޮށް ދާން ޖެހިފައި ވާކަމަށް އދ. އިން ބުނެފައިވެއެވެ.

ނަތަންޔާހޫ ވިދާޅުވީ އިސްރާއީލުގެ ސިފައިން "އަހަރެމެންނަށް ގެއްލުން ދޭން ބޭނުންވާ ހަމާސް އަދި އެހެނިހެން ޓެރަރިސްޓް ޖަމާޢަތްތަކާ ދެކޮޅަށް ވަރަށް މުހިންމު މަސައްކަތްތަކެއް" ކުރަމުންދާ ކަމަށެވެ.

އޭނާ ވިދާޅުވީ އިސްރާއީލުން ވޭތުވެދިޔަ އަހަރު ތެރޭގައި ހަމަލާތައް އިތުރުކޮށް، ފަލަސްތީނުގެ ހަތިޔާރު އެޅި ޖަމާއަތްތައް އުޅޭ ކަމަށް ބެލެވޭ ކޭމްޕްތަކުގައި ހަނގުރާމަ ކުރަމުންދާ ކަމަށެވެ.

"އަހަރެމެން މިވަނީ ޓެރަރިސްޓުންގެ މައި މަރުކަޒުތަކަށް ވަދެ، ޓެރަރިސްޓުން ބޭނުންކުރާ މަގުތަކާއި އެމީހުންގެ ގެތައް ބިމާ ހަމަކޮށްފައި. އަހަރެމެން މިދަނީ ޓެރަރިސްޓުންނާއި ކޮމާންޑަރުން ނައްތާލަމުން." ނަތަންޔާހޫ އިތުރަށް ވިދާޅުވިއެވެ.

ތުލްކަރަމަށް އޭނާ ކުރެއްވި މި ޒިޔާރަތަކީ ބުރާސްފަތި ދުވަހުގެ ރޭ އިސްރާއީލުގެ މެދުތެރޭގައިވާ ބެތު ޔާމް ސިޓީގައި ތިން ބަހެއް ގައި ބޮންތަކެއް ގޮއްވާލުމުގެ ހާދިސާ އަށް ފަހު ކުރެއްވި ޒިޔާރަތެކެވެ. އެއްވެސް މީހަކަށް އެ ހާދިސާ ގައި އަނިޔާ އެއް ނުވެއެވެ.

2023 ވަނަ އަހަރުގެ އޮކްޓޯބަރު މަހު ޣައްޒާގައި ހަނގުރާމަ ފެށުނު ފަހުން، ވެސްޓް ބޭންކުގައި އިސްރާއީލުގެ އަނިޔާވެރިކަން ވަނީ އިތުރުވެފައެވެ.

ފަލަސްޠީނުގެ ޞިއްޙަތާ ބެހޭ ވުޒާރާއިން ބުނާ ގޮތުގައި، ޣައްޒާގައި ހަނގުރާމަ ފެށުނީއްސުރެ، ވެސްޓް ބޭންކުގައި އިޒްރާއީލު ސިފައިންނާއި ޣައިރު ގާނޫނީ ޔަހޫދީ އާބާދީތަކުގެ މީހުން ވަނީ މަދުވެގެން 898 ފަލަސްޠީނު މީހުން މަރާލާފައެވެ.

އިތުރަށް ކިޔާލަން

19 އެޕްރީލު 2017

އިނގިރޭސި ބޮޑުވަޒީރު އެގައުމުގައި އަވަސް އާންމު އިންތިޚާބަކަށް ގޮވާލައްވައިފި

19 އެޕްރީލު 2017
އިނގިރޭސި ބޮޑުވަޒީރު އެގައުމުގައި އަވަސް އާންމު އިންތިޚާބަކަށް ގޮވާލައްވައިފި
15 އެޕްރީލު 2017

ވައިޓް ހައުސްއަށް ޒިޔާރަތްކުރާ ފަރާތްތައް ސިއްރުކުރަން ޓްރަމްޕް ނިންމަވައިފި

15 އެޕްރީލު 2017
ވައިޓް ހައުސްއަށް ޒިޔާރަތްކުރާ ފަރާތްތައް ސިއްރުކުރަން ޓްރަމްޕް ނިންމަވައިފި
05 އެޕްރީލު 2017

އިނގިރޭސި ބޮޑުވަޒީރު ސައުދީއަށް ވަޑައިގެންފި

05 އެޕްރީލު 2017
އިނގިރޭސި ބޮޑުވަޒީރު ސައުދީއަށް ވަޑައިގެންފި
25 ފެބުރުއަރީ 2017

އަޒާރިއާގެ އަދަބު މާ ކުޑަ، އިސްރާއީލުގެ ޝަރުޢީ ނިޒާމަށް އޮތް އިތުބާރު ކުޑަވެއްޖެ: އދ

25 ފެބުރުއަރީ 2017
އަޒާރިއާގެ އަދަބު މާ ކުޑަ، އިސްރާއީލުގެ ޝަރުޢީ ނިޒާމަށް އޮތް އިތުބާރު ކުޑަވެއްޖެ: އދ
20 ފެބުރުއަރީ 2017

އިރާނުގެ ހުޅަނގުން ދެ ބިލިއަން ބެރަލްސްގެ ތެޔޮ ފެނިއްޖެ

20 ފެބުރުއަރީ 2017
އިރާނުގެ ހުޅަނގުން ދެ ބިލިއަން ބެރަލްސްގެ ތެޔޮ ފެނިއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު