Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެރަޝިޔާ-ޔުކްރެއިން ހަނގުރާމަ

އެމެރިކާގެ ރައީސް ވިދާޅުވަނީ ޒެލެންސްކީ މަޝްވަރާގެ ވާހަކަދައްކަނީ އަތްބައިގައި "ކާޑެއް ނެތި" ކަމަށް

ރަޝިޔާ-ޔުކްރެއިން އަށް ޓްރަމްޕް ކަނޑައަޅުއްވާފައިވާ ޚާއްސަ ސަފީރު ކީތް ކެލޮގް ވަނީ ޒެލެންސްކީ އާ ބައްދަލު ކުރެއްވުމަށްފަހު ޒެލެންސްކީ އަށް ތައުރީފް ކުރައްވާ ވާހަކަ ދައްކަވާފައި.

ރާއްޖެ އެމްވީ | 21 ފެބުރުއަރީ 2025 | ހުކުރު 19:57
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ރިޕަބްލިކަން ގަވަރނަރސް އެސޯސިއޭޝަން ގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަނީ - ފެބްރުއަރީ 20، 2025

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ރިޕަބްލިކަން ގަވަރނަރސް އެސޯސިއޭޝަން ގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަނީ - ފެބްރުއަރީ 20، 2025

ޔުކްރެއިންގެ ހަނގުރާމަ ނިންމުމަށް މަޝްވަރާގެ ވާހަކަ ރައީސް ވުލޮޑިމިއަރ ޒެލެންސްކީ ދައްކަވާއިރު އޭނާގެ އަތްބައިގައި "ކާޑެއް ނެތް" ކަމަށް ފޮކްސް ނިއުސްއަށް ދެއްވި ރޭޑިއޯ އިންޓަވިއު އެއްގައި، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެއެވެ.

ބަހުގެ ހޫނު ހަމަލާތައް ޒެލެންސްކީ އާއި ޓްރަމްޕް އާ ދެމެދު ބަދަލު ކުރެވިފައިވާ ދަނޑިވަޅެއްގައި، ޓްރަމްޕް އިތުރަށް ވިދާޅުވެފައިވަނީ، ރަޝިޔާގެ ރައީސް ވްލަޑިމިއަރ ޕުޓިން ބޭނުންފުޅު ވާނަމަ، "އޭނާ އަށް މުޅި ޔުކްރެއިން ލިބިވަޑައި ގަންނަވާނެ" ކަމަށެވެ.

ނަމަވެސް ރަޝިޔާ-ޔުކްރެއިން އަށް ޓްރަމްޕް ކަނޑައަޅުއްވާފައިވާ ޚާއްސަ ސަފީރު ކީތް ކެލޮގް ވަނީ ޒެލެންސްކީ އާ ބައްދަލު ކުރެއްވުމަށްފަހު ޒެލެންސްކީ އަށް ތައުރީފް ކުރައްވާ ވާހަކަ ދައްކަވާފައެވެ.

"ހަނގުރާމައިގައިވާ ޤައުމެއްގެ ހިތްވަރުގަދަ ލީޑަރެއް" ގެ ގޮތުގައި ކެލޮކް ވަނީ ޒެލެންސްކީ ސިފަ ކުރައްވާފައެވެ.

މިއީ ޓްރަމްޕްގެ ހަރުކަށި ވާހަކަފުޅުތަކާ ވަރަށް ތަފާތު ބަހުރުވައެއްކަން ފާހަގަ ކުރެވެއެވެ.

އަނެއްކޮޅުން، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕާއި ރަޝިޔާގެ ރައީސް ޕުޓިންއާ ދެމެދު ބައްދަލުވުމެއް ބޭއްވުން "ބޮޑަށް ބިނާވާނީ ޔުކްރެއިންގެ ހަނގުރާމަ ނިންމުމަށް ލިބޭ ކުރިއެރުމެއްގެ މައްޗަށް" ކަމަށް އެމެރިކާގެ ސްޓޭޓް ސެކްރެޓަރީ މާކޯ ރޫބިއޯ ބުރާސްފަތި ދުވަހު ވިދާޅުވިއެވެ.

ރޫބިއޯ ވިދާޅުވީ އޭނާ އަންގާރަ ދުވަހު ސަޢޫދީ އަރަބިއްޔާ ގައި ރަޝިޔާގެ ފޮރިން މިނިސްޓަރ ސަރގޭ ލަވްރޮވްއާ ބައްދަލުކުރެއްވި އިރު މިފަދަ ބައްދަލުވުމަކާ ބެހޭގޮތުން މަޝްވަރާ ކުރެއްވި ކަމަށެވެ. އަދި ލަވްރޮވް އާއި ރަޝިޔާގެ އޮފިޝަލުންނަށް "ބައްދަލުވުމުގެ މަޤްޞަދަކީ ކޮބައިކަން ސާފުވުމުން ނޫނީ ބައްދަލުވުމެއް ނުބޭއްވޭނެ" ކަމަށް ދެންނެވި ކަމަށެވެ.

"މިފަދަ ބައްދަލުވުންތައް އާންމުކޮށް ބާއްވަނީ ކޮންމެވެސް ނަތީޖާއެއް ނުވަތަ ކުރިއެރުމެއް ލިބޭނެކަން އެނގުމަށްފަހު" ކަމަށް ރޫބިއޯ އެކްސް އިން ބްރޮޑްކާސްޓް ކުރި އިންޓަވިއުއެއްގައި ވިދާޅުވިއެވެ.

އިތުރަށް ކިޔާލަން

28 ޖެނުއަރީ 2017

ހޮނިހިރު ދުވަހު ރައީސް ޓްރަމްޕާއި ރައީސް ޕޫޓިން ފޯނުން މަޝްވަރާ ކުރައްވަނީ

28 ޖެނުއަރީ 2017
ހޮނިހިރު ދުވަހު ރައީސް ޓްރަމްޕާއި ރައީސް ޕޫޓިން ފޯނުން މަޝްވަރާ ކުރައްވަނީ
27 ޖެނުއަރީ 2017

ގެމްބިއާގެ ރައީސް ގައުމަށް އެނބުރިވަޑައިގަންނަވައިފި

27 ޖެނުއަރީ 2017
ގެމްބިއާގެ ރައީސް ގައުމަށް އެނބުރިވަޑައިގަންނަވައިފި
26 ޖެނުއަރީ 2017

އަސްތާނާގައި ބޭއްވި ސީރިޔާގެ ސުލްހައިގެ މަޝްވަރާތަކަކީ ޖެނިވާގައި ބާއްވާ މަަޝްވަރާތަކުގައި ބޭނުން ކުރެވިދާނެ އަސާސެއް: ރައީސް ޕުޓިން

26 ޖެނުއަރީ 2017
އަސްތާނާގައި ބޭއްވި ސީރިޔާގެ ސުލްހައިގެ މަޝްވަރާތަކަކީ ޖެނިވާގައި ބާއްވާ މަަޝްވަރާތަކުގައި ބޭނުން ކުރެވިދާނެ އަސާސެއް: ރައީސް ޕުޓިން
26 ޖެނުއަރީ 2017

ހެއިޓީގެ އިންތިޚާބީ ރައީސް ޖޮވެނެލް މޮއިސްއާ ދެކޮޅަށް ކޮރަޕްޝަންގެ ތުހުމަތުތަކެއް

26 ޖެނުއަރީ 2017
ހެއިޓީގެ އިންތިޚާބީ ރައީސް ޖޮވެނެލް މޮއިސްއާ ދެކޮޅަށް ކޮރަޕްޝަންގެ ތުހުމަތުތަކެއް
26 ޖެނުއަރީ 2017

މެކްސިކޯ އާއި އެމެރިކާގެ ބޯޑަރުގައި ފާރެއް ރޭނުމަށް އަންގާ އަމުރުގައި ޓްރަމްޕް ސޮއިކުރައްވައިފި

26 ޖެނުއަރީ 2017
މެކްސިކޯ އާއި އެމެރިކާގެ ބޯޑަރުގައި ފާރެއް ރޭނުމަށް އަންގާ އަމުރުގައި ޓްރަމްޕް ސޮއިކުރައްވައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު