Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެރަޝިޔާ-ޔުކްރެއިން ހަނގުރާމަ

ޔުކްރެއިން އިން އެމެރިކާ އާ އެކު އިންވެސްޓްމަންޓް އަދި ސަލާމަތީ އެއްބަސްވުމަކަށް އައުމަށް ތައްޔާރު: ޒެލެންސްކީ

ޒެލެންސްކީ ވިދާޅުވީ، ކެލޮގް އާއެކު ކުރެވުނު މަޝްވަރާގައި އަމާޒުކުރެވުނީ ހަނގުރާމައިގެ މައިދާނުގެ ހާލަތާއި، ޔުކްރެއިން އިން ހޯދަން މަސައްކަތްކުރާ ސަލާމަތީ ޔަގީންކަމާއި، ހަނގުރާމައިގެ އަސީރުން އަނބުރާ ގެނައުމުގެ މައްސަލަތަކަށް ކަމަށެވެ.

ރާއްޖެ އެމްވީ | 21 ފެބުރުއަރީ 2025 | ހުކުރު 03:12
ޔުކްރެއިންގެ ރައީސް ވުލޮޑިމިއަރ ޒެލެންސްކީ އެމެރިކާގެ ޚާއްސަ މަންދޫބު ކީތު ކެލޮގް އާ ބައްދަލު ކުރައްވަނީ - ފެބްރުއަރީ،، 20 2025

ޔުކްރެއިންގެ ރައީސް ވުލޮޑިމިއަރ ޒެލެންސްކީ އެމެރިކާގެ ޚާއްސަ މަންދޫބު ކީތު ކެލޮގް އާ ބައްދަލު ކުރައްވަނީ - ފެބްރުއަރީ،، 20 2025

ޔުކްރެއިން ވަނީ އެމެރިކާ އާއެކު އިންވެސްޓްމަންޓްތަކާއި ސަލާމަތީ ކަންކަމާ ގުޅޭ ގޮތުން ވަރުގަދަ އަދި ބޭނުންތެރި އެއްބަސްވުމަކަށް ތައްޔާރަށް ކަމަށް ރައީސް ވުލޮޑިމިއަރ ޒެލެންސްކީ ބުރާސްފަތި ދުވަހު ވިދާޅުވެއްޖެ އެވެ.

ޒެލެންސްކީ އެކްސްގައި މިހެން ވިދާޅުވީ، ޔުކްރެއިން އަދި ރަޝިޔާ އަށް އެމެރިކާ އިން ކަނޑައަޅާފައިވާ ޚާއްޞަ ސަފީރު ކީތު ކެލޮގް އާއެކު "ރަނގަޅު މަޝްވަރާއެއް" ކުރެވުނު ކަމަށެވެ.

މި ބައްދަލުވުން ބޭއްވުނީ، ޔުކްރެއިން އާއި މޮސްކޯ ދެމެދު ހިނގަމުންދާ ތިން އަހަރު ވީ ހަނގުރާމަ ނިންމުމަށް އެމެރިކާ-ރަޝިޔާ މަޝްވަރާތައް ފެށުމާއެކު، ޒެލެންސްކީ އާއި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އެއް ބޭފުޅަކު އަނެއް ބޭފުޅަކަށް ވަރަށް ބޮޑަށް ފާޑުވިދާޅުވިތާ އެއް ދުވަސް ފަހުންނެވެ. މި މަޝްވަރާތަކަށް ޔުކްރެއިން އަކަށް ދަޢުވަތެއް ނުދެއެވެ.

"އަޅުގަނޑުމެންނަށް ޔަގީންކަމާއެކު ކަށަވަރު ވާން ޖެހޭނެ ވަރުގަދަ އަދި ދެމެހެއްޓެނިވި ސުލްޙައެއް - އެއީ ރަޝިޔާ އަށް ދެން ދުވަހަކުވެސް ހަނގުރާމަ އަށް އަނބުރާ ނާދެވޭ ގޮތަށް،" ޒެލެންސްކީ ލިޔުއްވިއެވެ.

"ޔުކްރެއިން ވަނީ އެމެރިކާގެ ރައީސް އާއެކު ވަރުގަދަ، ނަތީޖާ ނެރެވޭ އިންވެސްޓްމަންޓް އަދި ސަލާމަތީ އެއްބަސްވުމަކަށް ތައްޔާރަށެވެ. އަޅުގަނޑުމެން ހުށަހަޅާފައިވަނީ އެންމެ އަވަހަށް އަދި އެންމެ ބިނާކުރަނިވި ގޮތުގައި ނަތީޖާ ހާސިލުކުރާނެ ގޮތެވެ. އަޅުގަނޑުމެންގެ ޓީމް ވަނީ 24/7 މަސައްކަތްކުރަން ތައްޔާރަށެވެ."

ޒެލެންސްކީ ވިދާޅުވީ، ކެލޮގް އާއެކު ކުރެވުނު މަޝްވަރާގައި އަމާޒުކުރެވުނީ ހަނގުރާމައިގެ މައިދާނުގެ ހާލަތާއި، ޔުކްރެއިން އިން ހޯދަން މަސައްކަތްކުރާ ސަލާމަތީ ޔަގީންކަމާއި، ހަނގުރާމައިގެ އަސީރުން އަނބުރާ ގެނައުމުގެ މައްސަލަތަކަށް ކަމަށެވެ.

އިތުރަށް ކިޔާލަން

26 ޖެނުއަރީ 2017

އެމެރިކާ އިން އދ. އަށް ދޭ އެހީތައް ކުޑަކުރަނީ

26 ޖެނުއަރީ 2017
އެމެރިކާ އިން އދ. އަށް ދޭ އެހީތައް ކުޑަކުރަނީ
26 ޖެނުއަރީ 2017

މެކްސިކޯ އާއި އެމެރިކާގެ ބޯޑަރުގައި ފާރެއް ރޭނުމަށް އަންގާ އަމުރުގައި ޓްރަމްޕް ސޮއިކުރައްވައިފި

26 ޖެނުއަރީ 2017
މެކްސިކޯ އާއި އެމެރިކާގެ ބޯޑަރުގައި ފާރެއް ރޭނުމަށް އަންގާ އަމުރުގައި ޓްރަމްޕް ސޮއިކުރައްވައިފި
23 ޖެނުއަރީ 2017

ޓީޕީޓީ ވިޔަފާރި ޕްރޮޖެކްޓުން އެމެރިކާ ވަކިވެއްޖެ

23 ޖެނުއަރީ 2017
ޓީޕީޓީ ވިޔަފާރި ޕްރޮޖެކްޓުން އެމެރިކާ ވަކިވެއްޖެ
23 ޖެނުއަރީ 2017

ޓްރަމްޕާއި ދެކޮޅަށް އަންހެނުން ބާއްވާ އެއްވުންތަކުގައި އެމެރިކާ އިން އެކަނިވެސް ދެމިލިޔަނަށް ވުރެ ގިނަ މީހުން!

23 ޖެނުއަރީ 2017
ޓްރަމްޕާއި ދެކޮޅަށް އަންހެނުން ބާއްވާ އެއްވުންތަކުގައި އެމެރިކާ އިން އެކަނިވެސް ދެމިލިޔަނަށް ވުރެ ގިނަ މީހުން!
22 ޖެނުއަރީ 2017

އެމެރިކާއަށް އެރި ތޫފާނުގައި 11 މީހުން މަރުވެއްޖެ

22 ޖެނުއަރީ 2017
އެމެރިކާއަށް އެރި ތޫފާނުގައި 11 މީހުން މަރުވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު