Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއިސްރާއީލް-ފަލަސްތީން މައްސަލަ

އިސްރާއީލުގެ ތެލް އަވީވުގައި ބަސް ތަކެއް ގޮއްވާލައިފި

މި ގޮވުން ތަކާ ގުޅިގެން އިސްރާއީލުގެ ދިފާއީ ވަޒީރު ވަނީ ފަލަސްތީނު މީހުންނާ ދެކޮޅަށް ވެސްޓް ބޭންކު ގައި ހިންގާ އިސްރާއީލުގެ އަސްކަރީ ހަރަކާތް އިތުރު ކުރުމަށް އަންގާފައި.

ރާއްޖެ އެމްވީ | 21 ފެބުރުއަރީ 2025 | ހުކުރު 02:41
20 ފެބްރުއަރީ 2025، އިސްރާއީލް، ތެލް އަވީވް: އިސްރާއީލުގެ ފޮރެންސިކް އޮފިސަރުން ޓެލް އަވީވްގެ ބެތް ޔާމްގައި ގޮވި ތިން ބަހުގެ ތެރެއިން ބަހެއް ޗެކް ކުރަނީ

20 ފެބްރުއަރީ 2025، އިސްރާއީލް، ތެލް އަވީވް: އިސްރާއީލުގެ ފޮރެންސިކް އޮފިސަރުން ޓެލް އަވީވްގެ ބެތް ޔާމްގައި ގޮވި ތިން ބަހުގެ ތެރެއިން ބަހެއް ޗެކް ކުރަނީ

ބުރާސްފަތި ދުވަހުގެ ރޭ އިސްރާއީލުގެ މެދުތެރޭ ސިޓީ އެއް ކަމަށް ވާ ބެތު ޔާމް ގައި ތިން ބަސް ގޮއްވާލައިފި ކަމަށް ފުލުހުން ބުނެފިއެވެ.

ޙާދިސާ ހިނގުމާއެކު، ދިފާޢީ ވަޒީރު އިސްރާއީލް ކަޓްޒް ވަނީ މި ކަން ފަލަސްތީނުގެ ބޮލުގައި އަޅުވާފައެވެ. އޭނާ ވަނީ މިއީ "ފަލަސްތީނުގެ ޓެރަރިސްޓް ޖަމާޢަތްތަކުން" ހިންގި ކަމެއް ކަމަށް ތުހުމަތުކުރައްވާފައެވެ.

ހާދިސާ އާ ގުޅިގެން ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ވަނީ ސަލާމަތީ ބައްދަލުވުމެއް ބާއްވާނެ ކަމަށް ވިދާޅުވެފައެވެ.

"ފުރަތަމަ ރިޕޯޓުތަކުން - ޓެރަރިސްޓް ހަމަލާއެއް ކަމަށް ޝައްކުކުރެވޭ. ބެތު ޔާމް ގެ އެކި ސަރަޙައްދުތަކުގައި އެތައް ބަހެއްގައި ގޮއްވާލުންތަކެއް ހިނގާފައިވާކަމުގެ އެތައް ރިޕޯޓެއް ލިބިފައިވޭ،" ފުލުހުން ނެރުނު ބަޔާނެއްގައި ބުނެފައިވެއެވެ.

ތިން ބޮމެއް ބަސްތަކުގައި ގޮއްވާލާފައިވާއިރު، އިތުރު ދެ ބޮމެއް ޑިފިއުސް ކޮށްލި ކަމަށް ވެސް ފުލުހުން ބުނެފައިވެއެވެ.

ގިނަ އަދަދެއްގެ ފުލުހުން ވަނީ ތުހުމަތު ކުރެވޭ މީހުން ހޯދުމަށް ނިކުމެފައި ކަމަށް ވެސް ފުލުހުންގެ ބަޔާނުގައި ބުނެފައިވެއެވެ.

ބޮޑުވަޒީރުގެ އޮފީހުގެ އޮފިޝަލަކު ބުނެފައިވަނީ ނަތަންޔާހޫ ދެކެވަޑައިގަންނަވާ ގޮތުގައި "ބަސްތަކުގައި ގޮވާ ތަކެތި ހަރުކުރުން ވަރަށް ނުރައްކާތެރި ކަމެއްގެ ގޮތުގައި ދެކެވަޑައިގަންނަވާ ކަމަށާއި، ވެސްޓް ބޭންކުގައި ހުރި ޓެރަރިސްޓް ޖަމާޢަތްތަކާ ދެކޮޅަށް ހަރުކަށި ފިޔަވަޅު އަޅާނެ ކަމަށެވެ."

ވަކި ބަޔާނެއްގައި، ދިފާއީ ވަޒީރު ކަޓްޒް ވިދާޅުވެފައިވަނީ އޭނާ ވަނީ ހިފާފައިވާ ފަލަސްތީނުގެ ސަރަޙައްދުގައި، ޚާއްޞަކޮށް ރެފިއުޖީ ކޭމްޕްތަކުގައި، ސިފައިންގެ ހަރަކާތްތައް އިތުރުކުރުމަށް އަމުރުކުރައްވާފައެވެ.

"ފަލަސްތީނުގެ ޓެރަރިސްޓް ޖަމާޢަތްތަކުން މެދުތެރޭ ސަރަޙައްދުގައި އިސްރާއީލުގެ އާންމު ރައްޔިތުންނަށް ދޭން އުޅުނު ނުރައްކާތެރި ޙަމަލާތަކުގެ ސަބަބުން، އަހަރެން ވާނީ އައިޑީއެފް (ސިފައިން) އަށް ތުލްކަރަމް ރެފިއުޖީ ކޭމްޕާއި ޖުދިއާ އަދި ސަމާރިއާގެ (ވެސްޓް ބޭންކް) ގެ ހުރިހާ ރެފިއުޖީ ކޭމްޕްތަކުގައި ޓެރަރިޒަމް ހުއްޓުވުމަށް ކުރާ މަސައްކަތްތައް އިތުރުކުރުމަށް އަންގާފައި،" ކަޓްޒް ބަޔާނެއްގައި ވިދާޅުވެފައިވެއެވެ.

އިސްރާއީލުގެ ސިފައިން ވަނީ ފާއިތުވި އެތައް ހަފްތާއެއްގެ ތެރޭގައި ވެސްޓް ބޭންކުގެ އެތައް ސިޓީއެއް އަދި ކޭމްޕްތަކެއްގައި ފަލަސްތީނުގެ ހަނގުރާމަވެރިންނަށް އަމާޒުކޮށް ގާތްގަނޑަކަށް ކޮންމެ ދުވަހަކު ރެއިޑްތައް ހިންގަމުން ގެންގޮސްފައެވެ.

1967 އިން ފެށިގެން އިސްރާއީލުން ހިފާފައިވާ ވެސްޓް ބޭންކުގައި އިސްރާއީލުން ހިންގާ އަނިޔާވެރިކަން ވަނީ 2023 ގެ އޮކްޓޯބަރުގައި ޣައްޒާގައި ހަނގުރާމަ ފެށުނު ފަހުން އިތުރުވެފައެވެ.

އޭއެފްޕީގެ ހިސާބުތަކުން ދައްކާގޮތުގައި، ރާމަﷲ ގައި ހުންނަ ފަލަސްތީނުގެ ޞިއްހަތާ ބެހޭ މިނިސްޓްރީން ދީފައިވާ މަޢުލޫމާތުތަކަށް ބިނާކޮށް، ޣައްޒާގެ ހަނގުރާމަ ފެށުނީއްސުރެ މަދުވެގެން 897 ފަލަސްތީނު މީހުން ވަނީ އިސްރާއީލުގެ ސިފައިންގެ އަތުން ނުވަތަ އިސްރާއީލުގެ ޣައިރު ގާނޫނީ ވަޒަންވެރިންގެ އަތުން ވެސްޓް ބޭންކުގައި މަރުވެފައެވެ.

ހަމަ މި މުއްދަތުގައި، އިސްރާއީލުގެ ރަސްމީ ހިސާބުތަކުން ދައްކާގޮތުގައި، ސިފައިން ހިމެނޭގޮތަށް މަދުވެގެން 32 އިސްރާއީލު މީހުން ވަނީ ކުރިމަތިލުން ތަކުގައި މަރުވެފައެވެ.

ބެތު ޔާމް ގެ މޭޔަރު ޓްޒްވިކާ ބްރޮޓް ވީޑިއޯ ބަޔާނެއްގައި ވިދާޅުވެފައިވަނީ "މި ހާދިސާ ގައި އެއްވެސް މީހަކަށް އަނިޔާ ވެފައެއް ނުވެއެވެ."

ބައެއް އިސްރާއީލު ޗެނަލްތަކުން ދައްކާފައިވާ ޓިވީ މަންޒަރުތަކުގައި ފެނިފައިވަނީ އެއްކޮށް އަނދާފައިވާ ބަހަކާއި އަލިފާން ރޯވެފައިވާ އިތުރު ބަހެކެވެ.

އިސްރާއީލުގެ މީޑިއާތަކުން ބުނެފައިވާ ގޮތުގައި، ހުރިހާ ބަސް ޑްރައިވަރުންނަށް އަންގާފައިވަނީ ވަގުތުން ދަތުރުތައް ހުއްޓާލުމަށްފަހު ބަސްތައް ޗެކު ކޮށް ގޮވާތަކެތި ހުރިތޯ ބެލުމަށެވެ.

އިތުރަށް ކިޔާލަން

20 ފެބުރުއަރީ 2017

މޫސަލް މިނިވަން ކުރުމަށް ކުރާ ހަނގުރާމައިގައި އިތުރު އަވަށްތަކެއް މިނިވަންކޮށްފި

20 ފެބުރުއަރީ 2017
މޫސަލް މިނިވަން ކުރުމަށް ކުރާ ހަނގުރާމައިގައި އިތުރު އަވަށްތަކެއް މިނިވަންކޮށްފި
18 ފެބުރުއަރީ 2017

ޖާނުންފިދާވުމުގެ ހަމަލާއާ ގުޅިގެން ޕާކިސްތާނުން ހިންގި އޮޕަރޭޝަނުގައި ގިނަ ހަނގުރާމަވެރިންތަކެއް މަރާލައިފި

18 ފެބުރުއަރީ 2017
ޖާނުންފިދާވުމުގެ ހަމަލާއާ ގުޅިގެން ޕާކިސްތާނުން ހިންގި އޮޕަރޭޝަނުގައި ގިނަ ހަނގުރާމަވެރިންތަކެއް މަރާލައިފި
12 ފެބުރުއަރީ 2017

އިރާގުގެ ގްރީން ޒޯނަށް މިސައިލްތަކެއް އަރައިފި

12 ފެބުރުއަރީ 2017
އިރާގުގެ ގްރީން ޒޯނަށް މިސައިލްތަކެއް އަރައިފި
11 ފެބުރުއަރީ 2017

ފްރާންސަށް ނިސްބަތްވާ އައިއެސްގެ ހަނގުރާމަވެރިއަކަށް އަމާޒުކޮށް 72 ގަޑިއިރުގެ ހަމަލާތަކެއް

11 ފެބުރުއަރީ 2017
ފްރާންސަށް ނިސްބަތްވާ އައިއެސްގެ ހަނގުރާމަވެރިއަކަށް އަމާޒުކޮށް 72 ގަޑިއިރުގެ ހަމަލާތަކެއް
09 ފެބުރުއަރީ 2017

އައިއެސްގެ ހަނގުރާމަވެރިން ކަމަށް ބެލެވޭ ބަޔަކު ރެޑް ކްރޮސްގެ މުވައްޒަފުންތަކެއް މަރާލައިފި

09 ފެބުރުއަރީ 2017
އައިއެސްގެ ހަނގުރާމަވެރިން ކަމަށް ބެލެވޭ ބަޔަކު ރެޑް ކްރޮސްގެ މުވައްޒަފުންތަކެއް މަރާލައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު