Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެސަރުކާރުގެ ހަރަދު ބޮޑުވުން

އައިއެމްއެފްގެ ބޭފުޅުން ވަޑައިގަތުމުން ރިފޯމްކުރަން އުޅޭކަން ދައްކަން އުޅުނު، މިހާރު ސަރުކާރުގެ ރާގު ބަދަލުވެއްޖެ - އަމީރު

ބަޖެޓް އޮތީ ފާސްކޮށްފައި ކަމަށާއި، މަޖިލީހަށް ހަރަދުކުޑަކުރަންޖެހެ ކަންކަން ހުށަހަޅާކަށް ނުޖެހޭނެ

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް | 18 ފެބުރުއަރީ 2025 | އަންގާރަ 18:13
ކުރީގެ ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު

ކުރީގެ ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު

އިންޓަރނޭޝަނަލް މަނިޓަރީ ފަންޑް (އައިއެމްއެފް)ގެ ބޭފުޅުން ރާއްޖެ ވަޑައިގަތުމުން ސަރުކާރުން ހަރަދު ކުޑަކޮށް ރިފޯމްކުރަން އުޅޭކަން ދައްކަން އުޅުނު ކަމަށާއި، އެ ވަފުދު ފުރައިގެން ދިޔަ ހިސާބުން ސަރުކާރުގެ ރާގު ބަދަލުވެއްޖެ ކަމަށް ކުރީގެ ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވެއްޖެއެވެ.

އެމްޑީޕީގެ ހަވަރު ބެރު ޕެނަލްގައި ވާހަކަ ދައްކަވަމުން ކުރީގެ ފިނޭންސް މިނިސްޓަރު އަމީރު ވިދާޅުވީ ސަރުކާރު ބަދަލުވިއިރު ވެސް ގެންނަންޖެހޭ ބަދަލުތައް މި ސަރުކާރަށް ކިޔާދީފައިވާނެ ކަމަށާއި، ނަމަވެސް މިހާތަނަށް އައި އިރު ރިފޯމްތަކެއް ގެންނަތަން ފާހަގަ ނުކުރެވުނު ކަމަށެވެ. އަމީރު ވިދާޅުވީ އައިއެމްއެފްގެ ބޭފުޅުން މިދިޔަ ހަފްތާގައި ރާއްޖޭގައި އުޅުނު ކަމަށާއި، އެ ދަނޑިވަޅާއި ދިމާކޮށް ފިނޭންސް މިނިސްޓްރީން ހަރަދުކުޑަކުރަން ހުށަހަޅާފައި ހުރި ކަންތައްތަކާއި މެދު ބަހުސްކުރަން މަޖިލީހަށް ހުށަހެޅި ކަމަށެވެ.

އަމީރު ވިދާޅުވީ ބަޖެޓް އޮތީ ފާސްކޮށްފައި ކަމަށާއި، މަޖިލީހަށް އެ ހުށަހަޅާކަށްވެސް ނުޖެހޭނެ ކަމަށެވެ. އަމީރު ވިދާޅުވީ ރިފޯމްތައް ގެނައުމުގެ މަސައްކަތް ފަށަން ސަރުކާރަށް ބާރު އޮންނާނެ ކަމަށެވެ.

ދެން ފެނިގެންދިޔައީ އައިއެމްއެފްގެ ބޭފުޅުން ގޮވައިގެން ގޮސް މޫދު އަޑީގެ ރެސްޓޯރެންޓެއްގައި ކާންދިންތަން. އެބޭފުޅުން މިހާރު ފުރާވަޑައިގެންފި. އަނެއްކާ ކުއްލިއަކަށް ސަރުކާރުގެ ބަސްމަގު ބަދަލުވެއްޖެ. ހަރަދު ކުޑަކުރުމުގެ އެއްވެސް ވާހަކައެއް ނެތް. މުސާރަ ކުޑަ ނުކުރެވޭނެކަން އަންގައިފި. ސަބްސިޑީ ރިފޯމް ގެންނަންޖެހޭ. އާސަންދަ ރިފޯމްވެސް ގެންނަންޖެހޭ. އަޅުގަނޑުމެންވެސް އަބަދުވެސް ގަބޫލުކުރަނީ އާސަންދަވެސް ހައްގުވާ ފަރާތްތަކަށް ލިބެންޖެހޭނޭ.
ކުރީގެ ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު

އަމީރު ވިދާޅުވީ މިހާރު ދިމާވެގެން އުޅޭ މައްސަލައަކީ ވަރަށް ބޮޑަށް ހަރަދުތައް އިތުރުވެ ބޭކާރު ހަރަދުތައް އިތުރުވެގެން ދިއުން ކަމަށެވެ. އެންސްޕާ މެދުވެރިކޮށް ޕްރައިވެޓް ޓީވީއެއް ހުޅުވި ވާހަކަ ދައްކާ ކަމަށާއި، އެއީ ހަގީގަތެއް ކަމަށް އަމީރު ވިދާޅުވިއެވެ.

އަމީރު ވިދާޅުވީ މިގޮތަށް ބޭކާރު ހަރަދުތައް އިތުރުވެ، ޑެފިސިޓް ބޮޑުވެފައިވާ ކަމަށެވެ. އަދި ރިފޯމް ގެންނާނެކަމަށް ބަލައި 7.7 ބިލިއަން ރުފިޔާ ބަޖެޓުގައި ޖަހާފައި އިންނަމަވެސް، އެ އަދަދު ސަލާމަތް ނުކުރެވޭނެ ކަމަށާއި، އޭގެ ސަބަބުން ޑެފިސިޓް އިތުރުވެގެންދާނެކަމަށް އަމީރު ވިދާޅުވިއެވެ.

10 ބިލިއަން ރުފިޔާ ޑެފިސިޓް ބަޖެޓެއް ހުށަހަޅާފައި އޮތީ. 7 ބިލިއަން ރުފިޔާ ސަލާމަތް ނުކުރެވޭނެ. އެހެންވީމާ އިތުރު 5 ބިލިއަން ރުފިޔާ މި އިތުރުވަނީ. އެހެންވީމާ 15 ބިލިއަން ރުފިޔާ ޑެފިސިޓް ވެގެންދާނެ. އަދި މިހާރު ފާހަގަވޭ ދައުލަތަށް ލިބޭ އާމްދަނީވެސް ކުއްލިއަކަށް ވަރަށް ބޮޑަށް ދަށަށް އެބަދޭ. ޖީއެސްޓީ އިތުރުކޮށްފި. ޓީޖީއެސްޓީ ބޮޑުކޮށްފި. އަދި އެއަރޕޯޓުން ނަގާ ޓެކްސްތަކާއި ޗާޖްތައް ބޮޑުކޮށްފި. އެއާއެކުވެސް ދައުލަތުގެ އާމްދަނީ ދަށަށް މިދަނީ. އިމްޕޯޓް ޑިއުޓީ މިދިޔަ އަހަރާއި އަޅާ ބަލާއިރު 246 މިލިއަން ރުފިޔާ ދަށަށް ހިނގައްޖެ.
ކުރީގެ ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު

އަމީރު ވިދާޅުވީ އާންމުން ފިހާރަތަކަށް ގޮސް ވިޔަފާރިކުރާ މިންވަރު ދަށްވެއްޖެކަމުގެ އަލާމާތެއްގެ ގޮތުގައި ފެންނަނީ މިދިޔަ އަހަރާ އަޅާބަލާއިރު މިއަހަރު ތެރޭގައި ޖީއެސްޓީން ލިބުނު އާމްދަނީވެސް ގާތްގަނޑަކަށް 40 މިލިއަން ރުފިޔާ ދަށަށް ގޮސްފިކަމަށެވެ. އެއިން ދައްކުވައިދެނީ ރާއްޖޭގެ އިގްތިސާދު ދަށަށްދާކަން ކަމަށާއި، އިކޮނަމިކް މިނިސްޓަރު ސައީދަށްވެސް އާމްދަނީ ދަށަށްދާ ސަބަބެއްވެސް އެނގިވަޑައިނުގަންނަވާ ކަމަށެވެ.

އައިއެމްއެފްސަރުކާރުހަރަދު ކުޑަކުރުންއިބްރާހިމް އަމީރުރިފޯމް

އިތުރަށް ކިޔާލަން

05 ޑިސެމްބަރު 2025

ރައީސް ވިދާޅުވީ ކުށްކުރާ މީހަކު ދޫކޮށްލުމުގެ ހައްޤެއް ނޯނާނެ ކަމަށް! އަމަލު ކުރެއްވީ ކިހިނެތްބާ؟

05 ޑިސެމްބަރު 2025
ރައީސް ވިދާޅުވީ ކުށްކުރާ މީހަކު ދޫކޮށްލުމުގެ ހައްޤެއް ނޯނާނެ ކަމަށް! އަމަލު ކުރެއްވީ ކިހިނެތްބާ؟
04 ޑިސެމްބަރު 2025

ތަސްވީރު ބަލާނީ، ތަސްވީރު ބުނާހެން! މި ތަސްވީރު ބުނަނީ ކީކޭ؟

04 ޑިސެމްބަރު 2025
ތަސްވީރު ބަލާނީ، ތަސްވީރު ބުނާހެން! މި ތަސްވީރު ބުނަނީ ކީކޭ؟
23 ނޮވެމްބަރު 2025

ވަޒީފާއެއް ލިބުމުގެ ޝަރުތު: ދެކޮޅަށް ބަސް ބުނަމުންދާ ތަރިއަކަށްވުން

23 ނޮވެމްބަރު 2025
ވަޒީފާއެއް ލިބުމުގެ ޝަރުތު: ދެކޮޅަށް ބަސް ބުނަމުންދާ ތަރިއަކަށްވުން
17 ނޮވެމްބަރު 2025

މުއިއްޒު ވެރިކަމަށް ގެންނަން އެންމެ ބޮޑު އަޣުލަބިއްޔަތެއް ދިން ގައްދޫ ރައްޔިތުން ބުނަނީ ފުދިއްޖެ ކަމަށް

17 ނޮވެމްބަރު 2025
މުއިއްޒު ވެރިކަމަށް ގެންނަން އެންމެ ބޮޑު އަޣުލަބިއްޔަތެއް ދިން ގައްދޫ ރައްޔިތުން ބުނަނީ ފުދިއްޖެ ކަމަށް
12 ނޮވެމްބަރު 2025

އަސާސީ ހިދުމަތެއް ވެސް ދޭން ނުކުޅެދިފައި

12 ނޮވެމްބަރު 2025
އަސާސީ ހިދުމަތެއް ވެސް ދޭން ނުކުޅެދިފައި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު