Raajje.mv
Raajje.mv
  • ރާއްޖެ
  • ކުޅިވަރު
  • ދުނިޔެ
  • ވިޔަފާރި - އިގްތިސާދު
  • ރިޕޯޓު
  • ފޮޓޯ
  • ވާހަކަ
  • ސިއްހަތު
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ޤާނޫނުއަސާސީ

ޤާނޫނުއަސާސީ އިސްލާހުކުރެވޭނީ 3/4ބައިން ފާސްކުރާ ޤާނޫނަކުންނެ ލިޔުނީ އަކުރު ގިނަކުރާކަށް ނޫން - މަހްފޫޒް

ޤާނޫނުއަސާސީ އަށް އިސްލާހެއް ގެނެވޭނީ މަޖިލީހުގެ ޖުމްލަ މެމްބަރުންގެ ހަތަރު ބައިކުޅަ ތިން ބައިގެ އަޢުލަބިއްޔަތުން ފާސްކުރާ ޤާނޫނަކުން

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު, ރާއްޖެ އެމްވީ | 17 ފެބުރުއަރީ 2025 | ހޯމަ 14:17
ސުޕްރީމްކޯޓުގެ އަޑުއެހުމުގެ ތެރެއިން

ސުޕްރީމްކޯޓުގެ އަޑުއެހުމުގެ ތެރެއިން

ޤާނޫނުއަސާސީ އަށް އިސްލާހު ގެނެވޭނީ މަޖިލީހުގެ ހަތަރު ބައި ކުޅަ ތިންބައިން ފާސްކުރާ ޤާނޫނަކުން ކަމަށް ލިޔެފައި ވަނީ ހަމައެކަނި ލިޔުމުން އެކަން ބަޔާންކޮށްފައި ބޭއްވުމަށް ނޫންކަމަށާއި، ޤާނޫނުއަސާސީ އަށް ގެންނަ ބަދަލު ގެނެވޭނީ އެކަމަށް ބޭނުންވާ އަޢުލަބިއްޔަތާއި އެކު އެކުލަވާލާ ޤާނޫނެއް މެދުވެރިކޮށް ކަމަށް ނޫނީ ޤާނޫނުއަސާސީ އަށް ބަދަލު ނުގެނެވޭނެ ކަމަށް ޤާނޫނީ ވަކީލް މަހްފޫޒް ސައީދު ވިދާޅުވެއްޖެއެވެ.

އޭނާ އެފަދައިން ވިދާޅުވީ ސިޔާސީ ޕާޓީއަކުން މަޖިލީހުގެ މެމްބަރަކު ވަކިކޮށްފި ނަމަ ނުވަތަ ވަކިވެއްޖެ ނަމަ ރައްޔިތުންގެ މަޖިލީހުގެ ގޮނޑި ގެއްލޭ ގޮތަށް ގާނޫނުއަސާސީއަށް ގެނެސްފައިވާ އިސްލާހާއި ގުޅިގެން ސުޕްރީމްކޯޓަށް ހުށަހަޅާފައިވާ މައްސަލައިގައި ވަކާލާތުކުރައްވަމުންނެވެ. ދައުލަތުން ވަކާލާތުކުރައްވާފައި ވަނީ މި މައްސަލަ ސުޕްރީމްކޯޓަށް ނުބެލޭނެ ކަމަށެވެ.

Advertisement - newsAdvertisement

ޤާނޫނުއަސާސީގަ އިސްލާހެއް ހިމެނުމަށް ފާސްކުރުމުން އެއީ ޤާނޫނުއަސާސީގެ ބަޔަކަށް ވާ ކަމަށް ދައުލަތުން އައީ ތަކުރާރުކޮށް ބުނަމުންނެވެ. އެހެންވީމަ ޤާނޫނުއަސާސީ އޮތީ ރަނގަޅަށްތޯ ނުވަތަ ނޫންތޯ ބެލުމަކީ އެއްވެސް ބަޔަކަށް ކުރެވޭނެ ކަމެއް ނޫންކަމަށް ދައުލަތުން ވަނީ ބުނެފައެވެ.

އެކަމާއި ގުޅޭ ގޮތުން މަހްފޫޒް ވިދާޅުވީ ޤާނޫނުއަސާސީ އަށް ގެންނަ ބަދަލުތައް ސުޕްރީމްކޯޓަށް ނުބެލޭނެ ކަމަށް ދައުލަތުން ބުނަމުންދާ އިރު ޤާނޫނުއަސާސީގ 274 ވަނަ މާއްދާ އާއި 261 ވަނަ މާއްދާއިން އެކަން އޮތް ގޮތް އެނގޭ ކަމަށެވެ. އެގޮތުން ޤާނޫނު މާނަކޮށްދީފައިވާ ގޮތަށް އޭނާ ވަނީ އަލިއަޅުވާލައްވާފައެވެ.

ޤާނޫނު ހެދުމުގެ ބާރު މަޖިލީހަށް ލިބިދީފައިވާއިރު ޤާނޫނުއަސާސީ އިސްލާހުކުރެވޭނީ ޤާނޫނުއަސާސީ ބަޔާންކުރާ ގޮތުގެ މަތިންކަމަށް ބަޔާންކޮށްފައިވާކަން މަހްފޫޒް ވަނީ ފާހަގަކުރައްވާފައެވެ. ޤާނޫނުއަސާސީ އިސްލާހު ކުރެވޭނީ މަޖިލީހުގެ ޖުމްލަ މެމްބަރުންގެ ހަތަރުބައިކުޅަ ތިން ބައިގެ އަޢުލަބިއްޔަތުން ފާސްކުރާ ޤާނޫނަކުން ކަމަށް ބަޔާންކޮށްފައިވާކަން އޭނާ ވަނީ ފާހަގަކުރައްވާފައެވެ.

ކީއްވެގެންތޯ ޤާނޫނުއަސާށީ އެކަށައެޅި މަޖިލީހުން އެ މާއްދާގައި ނުބުނީ ޤާނޫނުއަސާސީ އިސްލާހުކުރެވޭނީ ރައްޔިތުންގެ މަޖިލީހުގެ ހަތަރުބައިކުޅަ ތިން ބައިގެ އަޢުލަބިއްޔަތުންނޭ ނުބުނީ ސުވާލުކޮށްލަން އެބަޖެހޭ. އެހެން ބުނެފަ ނިންމާލެވުނީސް ނޫންތޯ؟ ޤާނޫނުއަސާސީގައި ލަފުޒުތައް ގިނަ ކުރުމުގެ ބޭނުމުގަތޯ ޤާނޫނަކުންނޭ އެ ވާހަކަ ލިޔުއްވާފައި އޮތީ. އެކަން އެހެން ވެދާނެހެން އެއްގޮތަކަށް ވެސް ހިއެއް ނުވޭ
ޤާނޫނީ ވަކީލް މަހްފޫޒް ސައީދު

ޤާނޫނުއަސާސީގެ އެއްވެސް ހިސާބެއްގައި ޤާނޫނުއަސާސީ އިސްލާހުކުރަން ހުށަހަޅާ ޤާނޫނުތަކާއި އެހެނިހެން ޤާނޫނުތަކާއި މެދު ފަރަގެއް ގެނެސްފައި ނުވާކަމަށް ވެސް އޭނާ ވަނީ ވިދާޅުވެފައެވެ. ޤާނޫނަކަށް ވުމުގެ ކުރިން ކަނޑަތުކުރަން ޖެހޭ މަރުހަލާ އާއި ބައެއް އިޖުރާއަތުތައް ފިޔަވާ ފާސްކުރާ އެހެން ޤާނޫނުތަކާއި ޤާނޫނުއަސާސީ އަށް އިސްލާހު ގެނައުމަށް ފާސްކުރާ ޤާނޫނާއި ތަފާތެއް ނެތް ކަމަށް ވެސް އޭނާ ވަނީ ވިދާޅުވެފައެވެ.

ޤާނޫނުއަސާސީ ހެދި މަޖިލީހަށް އޮތް ބާރާއި ޤާނޫނުއަސާސީން އުފަންވި މަޖިލީހަށް އޮތް ބާރުތަކާއި ތަފާތުވާނެކަން އޭނާ ވަނީ ފާހަގަކުރައްވާފައެވެ. ޤާނޫނުއަސާސީ ހެދި މަޖިލީހަށް އޮތީ ޤާނޫނުއަސާސީ އުފަންކުރުވާ އެކަށައެޅުމުގެ ބާރުކަމަށް އޭނާ ވިދާޅުވިއެވެ. އެއީ ޤާނޫނުއަސާސީ ކަމަށާއި މިހާރު ހުރި މުއައްސަސާތަކާއި އިދާރާތައް އުފަންކުރުވީ އެ ޤާނޫނުއަސާސީގެ ތެރެއިންކަމަށް މަހްފޫޒް ވިދާޅުވިއެވެ.

ޤާނޫނުއަސާސީ އިސްލާހުކުރުމުގެ ބާރު މިހާރުގެ މަޖިލީހަށް ލިބިދީފައިވާއިރު ޤާނޫނުއަސާސީ އެކުލަވާލި ބާރަށް ގޮންނުޖެހޭނެ ކަމަށް މަހްފޫޒް ފާހަގަކުރެއްވިއެވެ. ޤާނޫނުއަސާސީ އެކުލަވާލި ބާރާއި އިސްލާހުކުރާ ބާރަކީ ދެ ބާރެއް ކަމަށް ވިސްނުމުން މުޅި މައްސަލަ އަށް ހައްލު ލިބޭ ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.

ޤާނޫނުއަސާސީމަޖިލީސްސުޕްރީމް ކޯޓުމަހްފޫޒް ސައީދު

ކޮމެންޓް

އިތުރަށް ކިޔާލަން

ޑްރަގް އެތެރެކުރާ މީހުންނަށް މަރު ގެ އަދަބު ދޭ ބިލު، ރައީސް ތަސްދީގު ކުރައްވައިފި

ޑްރަގް އެތެރެކުރާ މީހުންނަށް މަރު ގެ އަދަބު ދޭ ބިލު، ރައީސް ތަސްދީގު ކުރައްވައިފި

06 ޑިސެމްބަރު 2025
އައްޑޫ ޑްރަގް ނެޓްވޯކުގައި ހިމެނޭ 10 މީހަކު ހައްޔަރުކޮށްފި

އައްޑޫ ޑްރަގް ނެޓްވޯކުގައި ހިމެނޭ 10 މީހަކު ހައްޔަރުކޮށްފި

06 ޑިސެމްބަރު 2025
ޕާޓީގެ މައިކްގައި ހިފާލުމުން ސަފީރުކަން ބަހާ ބެހުމަށް ނިމުމަކަށް ގެނެސް، ރައީސްއަށް މުތުލަގަށް ލިބޭ ބާރުތައް ހަނި ކުރަން ޖެހޭ: މެންބަރު މީކާއީލް

ޕާޓީގެ މައިކްގައި ހިފާލުމުން ސަފީރުކަން ބަހާ ބެހުމަށް ނިމުމަކަށް ގެނެސް، ރައީސްއަށް މުތުލަގަށް ލިބޭ ބާރުތައް ހަނި ކުރަން ޖެހޭ: މެންބަރު މީކާއީލް

05 ޑިސެމްބަރު 2025
ޑްރަގް އެތެރެކުރާ މީހުންނަށް މަރު ގެ އަދަބު ދެވޭ ގޮތް ހަދަން ފާސްކޮށްފި

ޑްރަގް އެތެރެކުރާ މީހުންނަށް މަރު ގެ އަދަބު ދެވޭ ގޮތް ހަދަން ފާސްކޮށްފި

03 ޑިސެމްބަރު 2025
ފަނޑިޔާރު ގޭގައި ޖާގަ ނެތިގެން ރައްޔިތުންނަށް އިންސާފު ނުލިބުމަކީ ހުއްޖަތެއް ނޫން: މައުރޫފް

ފަނޑިޔާރު ގޭގައި ޖާގަ ނެތިގެން ރައްޔިތުންނަށް އިންސާފު ނުލިބުމަކީ ހުއްޖަތެއް ނޫން: މައުރޫފް

01 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

8 ޖެނުއަރީ
ހައުސިންގ މިނިސްޓްރީގެ ހައުސިންގ ޑިޕާޓްމަންޓްގެ މުވައްޒަފުން ގެއަށް ފޮނުވާލައިފި
20251 އަހަރު ކުރިން
ރާއްޖެ

ހައުސިންގ މިނިސްޓްރީގެ ހައުސިންގ ޑިޕާޓްމަންޓްގެ މުވައްޒަފުން ގެއަށް ފޮނުވާލައިފި

ދިވެހި ރޮނާލްޑޯ: އުމުރުން 45، އަދިވެސް ގޯލު ޖަހަނީ
20242 އަހަރު ކުރިން
މީހުން

ދިވެހި ރޮނާލްޑޯ: އުމުރުން 45، އަދިވެސް ގޯލު ޖަހަނީ

ދިގުމުއްދަތުން ފައިސާ ދައްކާގޮތަށް ސަރުކާރުން ޓެކްސީ ގެނެސްދެނީ
20233 އަހަރު ކުރިން
ރާއްޖެ

ދިގުމުއްދަތުން ފައިސާ ދައްކާގޮތަށް ސަރުކާރުން ޓެކްސީ ގެނެސްދެނީ

ބޮމުގެ ޙަމަލާ: އަލިމަނިކު ބުނަނީ އައިސިސް ލީޑަރު މަރާލާފައިވާ ކަމަށާއި، އެ ޖަމާއަތް ވުޖޫދުގައި ނެތްކަމަށް
20224 އަހަރު ކުރިން
ރާއްޖެ

ބޮމުގެ ޙަމަލާ: އަލިމަނިކު ބުނަނީ އައިސިސް ލީޑަރު މަރާލާފައިވާ ކަމަށާއި، އެ ޖަމާއަތް ވުޖޫދުގައި ނެތްކަމަށް

އެމެރިކާގެ މަޖިލިސް ރައީސްގެ އޮފީހުގެ ތެރެއަށް ވަދެ މޭޒުކޮޅަށް ފައި އަރުވާގެން އިން ރިޗަރޑް ހައްޔަރުކޮށްފި
20215 އަހަރު ކުރިން
ދުނިޔެ

އެމެރިކާގެ މަޖިލިސް ރައީސްގެ އޮފީހުގެ ތެރެއަށް ވަދެ މޭޒުކޮޅަށް ފައި އަރުވާގެން އިން ރިޗަރޑް ހައްޔަރުކޮށްފި

ޔާމީންގެ ވާހަކަފުޅުތަކާއެކު އިތުރު ސުވާލުތަކެއް!
20197 އަހަރު ކުރިން
ރިޕޯޓު

ޔާމީންގެ ވާހަކަފުޅުތަކާއެކު އިތުރު ސުވާލުތަކެއް!

އިންޓެލިޖެންސް ރިޕޯޓަކާއި ގުޅިގެން ރައީސް މައުމޫން ދިރިއުޅުއްވާ ގެކޮޅުގެ ސެކިއުރިޓީ ބަލަހައްޓަން ފަށައިފި
20188 އަހަރު ކުރިން
ރާއްޖެ

އިންޓެލިޖެންސް ރިޕޯޓަކާއި ގުޅިގެން ރައީސް މައުމޫން ދިރިއުޅުއްވާ ގެކޮޅުގެ ސެކިއުރިޓީ ބަލަހައްޓަން ފަށައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު