ކ. މާލެ
|
10 ފެބްރުއަރީ 2025 | ހޯމަ 21:27
ރައްޔިތޔުންގެ މަޖިިލިސް
ރައްޔިތޔުންގެ މަޖިިލިސް
ރައްޔިތުންގެ މަޖިލިސް
ރައްޔިތުންގެ މަޖިލިސް
މަސްވެރިންގެ މެދުގައި ތަފާތު ކުރުން ގެންގުޅޭތީ ފިޝަރީޒް މިނިސްޓަރާ ސުވާލު ކުރަނީ
އެންޓި ކަރަޕްޝަން ކޮމިޝަން އަށް ނައިބުރައީސަކު އައްޔަނު ކުރުމަށް ރައީސް ފޮނުއްވާފައިވާ މައްސަލަ އަންގާރަ ދުވަހަށް ވަނީ އެޖެންޑާ ކޮށްފައި

މަހުގެ ބާވަތްތަކުން އާމްދަނީ ހޯދާ ފަރާތްތަކަށް އާމްދަނީ ހޯދައިދިނުމާއި، ތެލުގެ ސަބްސިޑީ އާ ބެހޭ ގޮތުން ފިޝަރީޒް މިނިސްޓަރާ ސުވާލު ކުރުން އަންގާރަ ދުވަހުގެ މަޖިލިސް ޖަލްސާ އަށް އެޖެންޑާ ކޮށްފިއެވެ.

ކެންދޫ ދާއިރާގެ މެމްބަރު މައުރޫފް ޒާކިރު މިނިސްޓަރ އޮފް ފިޝަރީޒް އެންޑް އޯޝަން ރިސޯސަސް އަލްފާޟިލް އަހްމަދު ޝިޔާމް އާ ކުރައްވަން ހަމަ ޖެހިފައިވާ ސުވާލު ގައި މުޅި ދިރިއުޅުން މަސްވެރިކަމުގެ މައްޗަށް ބިނާވެފައިވާ މަސް ކައްކާ ހިއްކާ ފަރާތްތަކާއި، ފަރުމަސްވެރިކަން ކުރާ ފަރާތްތަކާއި އަދިވެސް އެހެނިހެން މަސްވެރިކަން ކުރާ ފަރާތްތަކަށް ދެމެހެއްޓެނިވި އާމްދަނީ އެއް ހޯދައި ދިނުމަށް ކުރަމުން ދަނީ ކޮންކަމެއްތޯ ވަނީ އައްސަވަފައެވެ. އޭގެ އިތުރުން އެފަރާތްތަކަށް ތެލުގެ ސަބްސިޑީ ނުލިބި މަސްވެރިކަމުގެ ސިނާއަތްތަކުގެ އެކި ބާވަތްތަކުން މަސްވެރިންގެ މެދުގައި ތަފާތު ކުރުން ގެންގުޅެނީ ކީއްވެގެން ވަނީ އައްސަވާފައެވެ.

އޭގެ އިތުރުން އަންގާރަ ދުވަހުގެ ޖަލްސާ ގައި އެންޓި ކަރަޕްޝަން ކޮމިޝަންގެ ނައިބު ރައީސް އައްޔަނު ކުރުމަށް ރައީސުލް ޖުމްހޫރިއްޔާ ފޮނުއްވާފައިވާ މައްސަލަ ކޮމިޓީ އަށް ފޮނުއްވުމާއި، ލާމަރުކަޒީ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލުގެ ބަހުސްވެސް ކުރިއަށް ގެންދާ ގޮތައް ވަނީ ހަމަ ޖެހިފައެވެ.

ލާ މަރުކަޒީ ގާނޫނަށް ގެންނަން ހުށަހަޅާފައިވާ އިސްލާހުގައި މައިގަނޑު ގޮޮތެއްގައިވަނީ އަންހެނުންގެ ތަރައްގީ އަށް މަސައްކަތް ކުރާ ކޮމިޓީގެ މަސްއޫލިއްޔަތާއި ދައުރު އިތުރަށް ބަޔާން ކުރުމާއި، ކޮމިޓީއަށް ބޭނުންވާ އިދާރީ އެހީތެރިކަމާ ވަސީލަތްތައް ހަމަޖައްސައި ދިނުމުގައި ކައުންސިލްތަކާއި ލޯކަލް ގަވަރަންމަންޓް އޮތޯރިޓީން ގެންގުޅޭނެ އުސޫލުތައް ހަމަޖެއްސުމާއި، ކައުންސިލްތަކަށް ސަރުކާރުން ދޭ ހިލޭ އެހީ ގެ ތެރެއިން ކޮމިޓީގެ މަސައްކަތްތަކަށް ފައިސާ ދޫކުރުމާއި ފައިސާ ބޭނުން ކުރުމުގެ އުސޫލުތައް ކަނޑައެޅުމެވެ.

މި އިސްލާހުތަކުގެ ތެރޭގައި ކޮމިޓީ މެމްބަރުންނަށް ޗުއްޓީ އާޢި ރަމަޟާން މަހު އިނާޔަތް ދިނުމުގެ އުސޫލުތައް ކަނޑައެޅުން ހިމެނެއެވެ.

ލާމަރުކާޒީ ގާނޫނަށް މައިގަނޑު ހަ އިސްލާހެއް ވަނީ ހުށަހެޅިފައެވެ.                                            

- ކޮމެންޓް