Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެޣައްޒާ

އެމެރިކާ އިން ޣައްޒާ ގަނެ މިލުކު ކުރާނެ ކަމަށް ރައީސް ޓްރަމްޕް ވިދާޅުވެއްޖެ

ޓްރަމްޕް ވިދާޅުވަނީ އެމެރިކާ އިން ޣައްޒާ ގަނެ، އެތަން އެމެރިކާގެ މިލްކެއް ކަމަށް ހައްދަވާނެ ކަމަށާއި، އެހެން ނަމަވެސް ޢަރަބި ޤައުމުތަކަށް ޣައްޒާގެ ބައެއް ބައިބައި ތަރައްގީ ކުރަން ދެވިދާނެ ކަމަށް. 

ރާއްޖެ އެމްވީ | 10 ފެބުރުއަރީ 2025 | ހޯމަ 11:33
2025 ފެބްރުއަރީ 9 - އެއަރޕޯސް ވަން ގައި ޓްރަމްޕް ނޫސްވެރިންނާ ވާހަކަފުޅު ދައްކަވަނީ

2025 ފެބްރުއަރީ 9 - އެއަރޕޯސް ވަން ގައި ޓްރަމްޕް ނޫސްވެރިންނާ ވާހަކަފުޅު ދައްކަވަނީ

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އާދީއްތަ ދުވަހު ވިދާޅުވެފައިވަނީ އޭނާ ޣައްޒާ ބައްލަވައިގަނެ، އެތަން މިލްކު ކުރެއްވުމުގެ އަޒުމު ކަނޑައަޅުއްވާފައިވާ ކަމަށެވެ. އެހެން ނަމަވެސް، ހަނގުރާމައިގެ ސަބަބުން ވީރާނާވެފައިވާ އެ ބިމުގެ ބައެއް ސަރަޙައްދުތައް އަލުން އާރާސްތު ކުރުމުގެ ފުރުޞަތު މެދުއިރުމަތީގެ އެހެން ޤައުމުތަކަށް ދެވިދާނެ ކަމަށް އޭނާ ވިދާޅުވިއެވެ. 

"އަޅުގަނޑު ޣައްޒާ ގަނެ، އެތަން މިލްކު ކުރުމަށް ވާނީ ނިންމާފައި. އަޅުގަނޑުމެން އެތަން އަލުން އާރާސްތުކުރުމާ ބެހޭގޮތުން ދަންނަވާ ނަމަ، އަޅުގަނޑުމެންގެ ބެލުމުގެ ދަށުން، މެދުއިރުމަތީގެ އެހެން ޤައުމުތަކަށް އެތަނުގެ ބައެއް ސަރަޙައްދުތައް އާރާސްތުކުރުމުގެ ފުރުޞަތު ދެވިދާނެ. އެހެން ބަޔަކު ވެސް އެކަން ކޮށްފާނެ. އެހެން ނަމަވެސް އަޅުގަނޑުމެން އެތަން މިލްކުކޮށް އެތަން ހިފައި، ހަމާސް އަނބުރާ އެތަނަށް ނުވަދެވޭނެކަން ޔަގީން ކުރުމަށް ނިންމައިފިން." 

ޓްރަމްޕް މި ވާހަކަފުޅުތައް ދެއްކެވީ ނެޝަނަލް ފުޓްބޯލް ލީގުގެ ސުޕަރ ބޯލް ޗެމްޕިއަންޝިޕް ބައްލަވާލެއްވުމަށް ނިއު އޯލިއަންސްއަށް ވަޑައިގަންނަވަމުން އެއަރ ފޯސް ވަން މަތީގައި ނޫސްވެރިންނާ ވާހަކަފުޅު ދައްކަވަމުންނެވެ. 

"އަނބުރާ ދާކަށް އެތާ އެއްވެސް އެއްޗެއް ނެތް. އެތަނަކީ ވީރާނާވެފައިވާ ތަނެއް. ބާކީ ހުރި ބައިތައް ވެސް ވީރާނާ ވެގެން ދާނީ. ހުރިހާ އެއްޗެއް ވީރާނާވެފައި ވަނީ،" އޭނާ ވިދާޅުވިއެވެ. 

އަދި ޓްރަމްޕް ވިދާޅުވީ ފަލަސްޠީނުގެ ބައެއް ރެފިއުޖީންނަށް އެމެރިކާ އަށް ހިޖުރަ ކުރުމުގެ ފުރުޞަތު ދިނުމަށް ހުޅުވާލެވިދާނެ ކަމަށާއި، އެހެން ނަމަވެސް އެކަމަށް ގޮތް ނިންމާނީ ކޮންމެ ކޭސް އެއް ވަކިން ވަޒަން ކުރުމަށް ފަހުގައި ކަމަށެވެ. 

ހަމާސްގެ ސިޔާސީ ބިއުރޯގެ މެންބަރެއް ކަމުގައިވާ ޢިއްޒަތް އަލްރަޝްޤް، ޣައްޒާ ގަނެ އެތަނުގެ މިލްކުވެރިކަން ހޯދުމާ ބެހޭ ގޮތުން ޓްރަމްޕް ދެއްކެވި އެންމެ ފަހުގެ މި ވާހަކަފުޅުތައް ކުށްވެރި ކުރައްވާފައިވާ ކަމަށް އެ ޖަމާޢަތުން ނެރުނު ބަޔާނެއްގައި ބުނެފައިވެއެވެ. 

"ޣައްޒާ އަކީ ވިއްކައި ގަނެވޭނެ މުދަލެއް ނޫން. އެއީ ހިފާފައިވާ ފަލަސްޠީނު ބިމުގެ އަހަރެމެންގެ މުހިންމު ބައެއް،" އަދި ފަލަސްޠީނުގެ ރައްޔިތުން އެ ތަނުން ނެރުމުގެ ރޭވުންތައް ނާކާމިޔާބު ކުރާނެ ކަމަށް ރަޝްޤް އިތުރަށް ވިދާޅުވިއެވެ.

ޓްރަމްޕް ގެ ޕްލޭން އަކީ ޣައްޒާގައި ދިރިއުޅޭ ރައްޔިތުން އެތަނުން ނެރުމަށްފަހު މިސްރު އަށާއި އުރުދުން އަށް ފޮނުވާލުމަށް ފަހު ޣައްޒާ "މެދުއިރުމަތީގެ ރިވިއެރާ" ގެ ގޮތުގައި ތަރައްގީ ކުރެއްވުން ކަމަށް ވަނީ ވިދާޅުވިއެވެ.

2023 ވަނަ އަހަރުގެ އޮކްޓޯބަރު 7 އިން ފެށިގެން އަހަރަކަށް ވުރެ ގިނަ ދުވަހު އިސްރާއީލުން ދިން ވަރުގަދަ ބޮމުގެ ހަމަލާތަކުގެ ސަބަބުން ސުންނާފަތިވެފައިވާ ޣައްޒާ އަލުން އަރާސްތު ކުރުމާއި އެތަނުގެ ރައްޔިތުންގެ ކުރިމަގާ މެދު ޓްރަމްޕް މި ދައްކަވާ ވާހަކަފުޅުތަކުގެ ސަބަބުން އޮޅުން އަރާ ގޮތް ވަނީ ވެފައެވެ.

އެއާ އެކު ޣައްޒާ ހިފާ ނުވަތަ ގަނެގެން ވިޔަސް އެތަނުގެ މިލްކު ވެރިކަން ޓްރަމްޕް ހޯޢްދެވުމަށް އިޚްތިޔާރު ލިބިވަޑައިގަންނަވަނީ ކޮން އަސާސެއްގެ މަތިން ކަމެއް ސާފެއް ނުވެއެވެ. ގިނަ ގައުމުތަކުން ޓްރަމްޕްގެ މި ޕްލޭނަށް ފާޅުގައި ވަނީ ދެކޮޅު ހަދާފައެވެ. 

އިތުރަށް ކިޔާލަން

26 ޖެނުއަރީ 2017

އެމެރިކާ އިން އދ. އަށް ދޭ އެހީތައް ކުޑަކުރަނީ

26 ޖެނުއަރީ 2017
އެމެރިކާ އިން އދ. އަށް ދޭ އެހީތައް ކުޑަކުރަނީ
26 ޖެނުއަރީ 2017

މެކްސިކޯ އާއި އެމެރިކާގެ ބޯޑަރުގައި ފާރެއް ރޭނުމަށް އަންގާ އަމުރުގައި ޓްރަމްޕް ސޮއިކުރައްވައިފި

26 ޖެނުއަރީ 2017
މެކްސިކޯ އާއި އެމެރިކާގެ ބޯޑަރުގައި ފާރެއް ރޭނުމަށް އަންގާ އަމުރުގައި ޓްރަމްޕް ސޮއިކުރައްވައިފި
23 ޖެނުއަރީ 2017

ޓީޕީޓީ ވިޔަފާރި ޕްރޮޖެކްޓުން އެމެރިކާ ވަކިވެއްޖެ

23 ޖެނުއަރީ 2017
ޓީޕީޓީ ވިޔަފާރި ޕްރޮޖެކްޓުން އެމެރިކާ ވަކިވެއްޖެ
23 ޖެނުއަރީ 2017

ޓްރަމްޕާއި ދެކޮޅަށް އަންހެނުން ބާއްވާ އެއްވުންތަކުގައި އެމެރިކާ އިން އެކަނިވެސް ދެމިލިޔަނަށް ވުރެ ގިނަ މީހުން!

23 ޖެނުއަރީ 2017
ޓްރަމްޕާއި ދެކޮޅަށް އަންހެނުން ބާއްވާ އެއްވުންތަކުގައި އެމެރިކާ އިން އެކަނިވެސް ދެމިލިޔަނަށް ވުރެ ގިނަ މީހުން!
22 ޖެނުއަރީ 2017

އެމެރިކާއަށް އެރި ތޫފާނުގައި 11 މީހުން މަރުވެއްޖެ

22 ޖެނުއަރީ 2017
އެމެރިކާއަށް އެރި ތޫފާނުގައި 11 މީހުން މަރުވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު