Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއެމެރިކާ-ކެނެޑާ ގުޅުން

ޓްރޫޑޯ ވިދާޅުވަނީ ޓްރަމްޕް ކެނެޑާ ހިފާނެ ކަމަށް ވިދާޅުވެ ދައްކަވާ ވާހަކަ އަކީ "ހަގީގަތެއް" ކަމަށް

ހުކުރު ދުވަހުގެ ސަމިޓުގައި ޓްރޫޑޯ ވިދާޅުވެފައިވަނީ ކެނެޑާ އަށް "އެމެރިކާ އާއެކު އިތުރަށް ގޮންޖެހުން ބޮޑު، ދިގު ރާސްތާގެ ސިޔާސީ ހާލަތަކާ" ކުރިމަތިލާން ޖެހިދާނެ ކަމަށާއި، ކުރިއަށް އޮތް އަހަރުތަކުގައި އަމިއްލަ އިގްތިޞާދާއި ވިޔަފާރީގެ ގުޅުންތައް ހަރުދަނާކުރާނެ ގޮތްތައް ހޯދަން ޖެހޭނެ ކަމަށް.

ރާއްޖެ އެމްވީ | 8 ފެބުރުއަރީ 2025 | ހޮނިހިރު 05:02
ކެނެޑާގެ ބޮޑުވަޒީރު ޖަސްޓިން ޓްރޫޑޯ ކެނެޑާ-ޔޫއެސް އިކޮނޮމިކް ސަމިޓް ގައި ވާހަކަފުޅު ދައްކަވަނީ

ކެނެޑާގެ ބޮޑުވަޒީރު ޖަސްޓިން ޓްރޫޑޯ ކެނެޑާ-ޔޫއެސް އިކޮނޮމިކް ސަމިޓް ގައި ވާހަކަފުޅު ދައްކަވަނީ

ރައީސް ޑޮނަލްޑް ޓްރަމްޕް ކެނެޑާ ހިފުމާ ބެހޭ ގޮތުން ދައްކަވާ ވާހަކައަކީ ސީރިއަސް ވާހަކައެއް ކަމަށް ދެކެވަޑައިގަންނަވާ ކަމަށް ކެނެޑާގެ ބޮޑުވަޒީރު ޖަސްޓިން ޓްރޫޑޯ ވިޔަފާރިވެރިންގެ ގްރޫޕަކާ ބައްދަލު ކުރައްވާ ވިދާޅުވެއްޖެއެވެ.

ޓްރޫޑޯ ވިދާޅުވެފައިވަނީ ޓްރަމްޕް ކެނެޑާ އަތުލައި އެ ޤައުމު އެމެރިކާގެ "51 ވަނަ ސްޓޭޓް" އަށް ހެއްދެވުމުގެ ޚިޔާލު ހުށަހަޅުއްވާފައިވަނީ ކެނެޑާގެ މުހިންމު މަޢުދަނުތަކަށް ވާސިލުވުމަށް ބޭނުންފުޅުވާތީ ކަމަށެވެ.

"މިސްޓަރ ޓްރަމްޕްގެ ވިސްނުންފުޅުގައި އެންމެ ފަސޭހަ ގޮތަކީ އަޅުގަނޑުމެންގެ ޤައުމު އަތުލުން، އަދި އެއީ ޙަގީގީ ވިސްނުމެއް" ކަމަށް ބޮޑުވަޒީރު ވިދާޅުވިއެވެ.

މި ވާހަކަފުޅުތައް ދައްކަވާފައިވަނީ ޓޮރޮންޓޯގައި ބޭއްވުނު ކެނެޑާ-އެމެރިކާ އިޤްތިޞާދީ ސަމިޓެއްގައި ކްލޯސްޑް ޑޯ ސެޝަންއެއްގައެވެ. ނަމަވެސް ބޮޑުވަޒީރުގެ އެ ވާހަކަފުޅުގެ ބައެއް ރެކޯޑްކުރެވި، ކެނެޑާގެ ގިނަ މީޑިއާތަކުން އެ ވާހަކަތައް ރިޕޯޓުކޮށްފައިވެއެވެ.

މި ސަމިޓުގައި 100 އަށްވުރެ ގިނަ ވިޔަފާރިވެރިންނާއި ޢާންމު ސިޔާސީ މާހިރުން ބައިވެރިވިއެވެ. އަދި މި ސަމިޓް ބާއްވާފައިވަނީ ކެނެޑާ ސަރުކާރުން އަލަށް އުފައްދަވާފައިވާ ކެނެޑާ-އެމެރިކާ ގުޅުމާ ބެހޭ ލަފާދޭ ކައުންސިލުންނެވެ.

ޓްރޫޑޯގެ މި ވާހަކަފުޅުތައް ހާމަވެފައިވަނީ ކެނެޑާ އިން އެމެރިކާ އަށް ކުރާ ހުރިހާ އެކްސްޕޯޓަކަށް 25 އިންސައްތައިގެ ޓެރިފެއް ނެގުމަށް ޓްރަމްޕް ނިންމަވާފައިވަނިކޮށްނެވެ. އެހެން ނަމަވެސް ހަކަތައިގެ އެކްސްޕޯޓް ތަކަށް 10 އިންސައްތައިގެ ދަށް ރޭޓެއް ވަނީ ހަމަޖައްސާފައެވެ.

މި ޓެރިފްތައް ނެގުމަށް ކުރިން ހަމަޖެހިފައިވަނީ މި ހަފްތާގެ ކުރީކޮޅުގައި ނަމަވެސް ފަހުން ޓްރަމްޕް ވަނީ ކެނެޑާއަށާއި މެކްސިކޯއަށް 30 ދުވަހުގެ މުއްދަތެއް ދެއްވާފައެވެ.

ޓްރަމްޕް ވަނީ އޭނާގެ ސޯޝަލް މީޑިއާ ޕްލެޓްފޯމް ޓްރޫތް ސޯޝަލްގައި ކުރައްވާފައިވާ ޕޯސްޓުތަކުގަ އާއި ނޫސްވެރިންނަށް ދެއްވާފައިވާ ބަޔާންތަކުގައި، ޓެރިފްތަކުން ސަލާމަތް ވުމަށްޓަކައި ކެނެޑާ އަށް އެމެރިކާގެ ސްޓޭޓަކަށް ވެވިދާނެ ކަމަށް ތަކުރާރުކޮށް ވިދާޅުވެފައެވެ. އަދި އެ ޤައުމުގެ ބޮޑުވަޒީރަށް "ގަވަރނަރ ޓްރޫޑޯ" މިހެން ވެސް ވިދާޅުވެފައިވެއެވެ.

"ދެކެން ބޭނުންވަނީ - ކެނެޑާ އަޅުގަނޑުމެންގެ 51 ވަނަ ސްޓޭޓަށް ވުން،" މި ހަފްތާގެ ކުރީކޮޅު އޯވަލް އޮފީހުގައި ނޫސްވެރިންނަށް ޓްރަމްޕް ވިދާޅުވިއެވެ.

އެމެރިކާ އިން ކެނެޑާ ހިފުމުގެ ޚިޔާލު ޓްރަމްޕް ފުރަތަމަ ހުށަހެޅުއްވި ކަމަށް ވަނީ ޓްރޫޑޯ އާ އެކު ޑިސެމްބަރުގައި ބޭއްވި ރޭގަނޑުގެ ފަރިއްކޮޅެއްގައެވެ. އެ ވަގުތު ކެނެޑާގެ އޮފިޝަލުން ހީކުރީ އެއީ ޓްރަމަޕް މަޖަލަކަށް ދެއްކެވި ވާހަކަތަކެއްގެ ގޮތުގައި ކަމަށް ރިޕޯޓުތަކުގައި ވެއެވެ.

ނަމަވެސް ހުކުރު ދުވަހު ޓްރޫޑޯ ދެއްކެވި ވާހަކަފުޅުތަކުން ކެނެޑާއިން ޓްރަމްޕްގެ ވާހަކަފުޅާ މެދު ދެކޭ ގޮތް ބަދަލުވެފައިވާކަން ހާމަވާ ކަމަށް މީޑިއާ ރިޕޯޓުތަކުގައި ވެއެވެ.

ޖެނުއަރީ މަހު އިޕްސޮސް އިން ހެދި ސަރވޭ އަކުން ދައްކާގޮތުގައި ކެނެޑާގެ ގިނަ ރައްޔިތުން (80%) އެ ޤައުމު އެމެރިކާގެ ބަޔަކަށް ވުމާ ދެކޮޅެވެ. އަދި އެ ކަމާ ގުޅޭގޮތުން ބޭއްވޭ އެއްވެސް ވޯޓެއްގައި 'އާނއެކޭ' ބުނެ ވޯޓެއް ނުދޭނެ ކަމަށް ބުނެފައިވެއެވެ.

މިފަދަ ކަމެއް ކުރާ ނަމަ އެމެރިކާގެ ކޮންގްރެސްގެ ދެ މަޖިލީހުގެ ހުއްދަ ވެސް ބޭނުންވާނެއެވެ. އަދި ސެނެޓުން ފާސްވުމަށް 60 ވޯޓުގެ ސުޕަރ މެޖޯރިޓީ އެއް ބޭނުން ވާނެއެވެ.

ޓްރަމްޕްގެ ބިރުދެއްކުންތަކުގެ ސަބަބުން މުޅި ކެނެޑާގައި ވަނީ ކަންބޮޑުވުން އުފެދިފައެވެ. ކެނެޑާގެ އެކްސްޕޯޓުގެ ތިންބައިކުޅަ ހަތަރުބައި ވިއްކަނީ އެމެރިކާ އަށެވެ. އަދި އެ މުދަލަށް ބޮޑެތި ޓެރިފްތައް ނެގުމުން ކެނެޑާގެ އިޤްތިޞާދަށް ބޮޑެތި ގެއްލުން ތަކެއް ލިބި، އެތައް ހާސް މީހުންގެ ވަޒީފާ ގެއްލިދާނެ ކަމަށް ވަނީ ބެލެވިފައެވެ.

ކެނެޑާގެ ބައެއް ޕްރޮވިންސްތަކުގެ ސިޔާސީ ފަރާތް ތަކުން ވަނީ ކެނެޑާގެ ރައްޔިތުން އެމެރިކާގެ އުފެއްދުން ތަކުގެ ބަދަލުގައި އެ ޤައުމުގައި ފައިސާ ހޭދަކުރުމަށް ބާރުއަޅައި ލޯކަލް އުފެއްދުންތައް ގަތުމަށް ކެމްޕޭނުތައް ފަށާފައެވެ. ބައެއް ކެނެޑާގެ ރައްޔިތުން ވަނީ އިހުތިޖާޖު ކުރުމުގެ ގޮތުން އެމެރިކާއަށް ކުރަން ހަމަޖެހިފައިވާ ދަތުރުތައް ކެންސަލްކޮށްފައެވެ.

ނަމަވެސް އޮފިޝަލުން ވަނީ ޓެރިފްތަކުގެ ސަބަބުން އެމެރިކާއާ އިތުރަށް ގާތް ގުޅުމެއް ބޭއްވުމަށް މަސައްކަތް ކޮށްފައެވެ. އަދި ހަކަތަ އާއި މުހިންމު މަޢުދަނުތަކާ ގުޅޭގޮތުން ކެނެޑާ-އެމެރިކާ އިއްތިހާދެއް ޤާއިމު ކުރުމަށް ކެނެޑާ ހުޅުވާލެވިފައިވާ ކަމަށް ވެސް ބުނެފައިވެއެވެ.

ކެނެޑާގެ ހަކަތަ އާ ބެހޭ ވަޒީރު ޖޮނަތަން ވިލްކިންސަން، މި ހަފްތާގައި ވޮޝިންގްޓަން ޑީސީގައި އެމެރިކާގެ އޮފިޝަލުންނާ ބައްދަލު ކުރެއްވުމަށް ފަހު ވިދާޅުވެފައި ވަނީ ގާތް ގުޅުމެއް ބޭއްވުމަކީ ދެ ޤައުމަށް ވެސް "ކާމިޔާބެއް" ކަމަށެވެ.

ހުކުރު ދުވަހުގެ ސަމިޓުގައި ޓްރޫޑޯ ވިދާޅުވެފައިވަނީ ކެނެޑާ އަށް "އެމެރިކާ އާއެކު އިތުރަށް ގޮންޖެހުން ބޮޑު، ދިގު ރާސްތާގެ ސިޔާސީ ހާލަތަކާ" ކުރިމަތިލާން ޖެހިދާނެ ކަމަށާއި، ކުރިއަށް އޮތް އަހަރުތަކުގައި އަމިއްލަ އިގްތިޞާދާއި ވިޔަފާރީގެ ގުޅުންތައް ހަރުދަނާކުރާނެ ގޮތްތައް ހޯދަން ޖެހޭނެ ކަމަށެވެ.

އިތުރަށް ކިޔާލަން

30 ޖެނުއަރީ 2017

ކެނެޑާގެ މިސްކިތެއްގައި ހިނގި ބަޑިޖެހުމުގެ ހާދިސާއެއްގައި ފަސް މީހުން މަރުވެއްޖެ

30 ޖެނުއަރީ 2017
ކެނެޑާގެ މިސްކިތެއްގައި ހިނގި ބަޑިޖެހުމުގެ ހާދިސާއެއްގައި ފަސް މީހުން މަރުވެއްޖެ
28 ޖެނުއަރީ 2017

މުސްލިމު ހަތް ގައުމަކަށް ވިސާ ނުދޭ ގަރާރުގައި ޓްރަމްޕް ސޮއިކުރައްވައިފި

28 ޖެނުއަރީ 2017
މުސްލިމު ހަތް ގައުމަކަށް ވިސާ ނުދޭ ގަރާރުގައި ޓްރަމްޕް ސޮއިކުރައްވައިފި
28 ޖެނުއަރީ 2017

ޑޮނަލްޑް ޓްރަމްޕް ޔޫކޭ ބޮޑުވަޒީރު މޭ އާ ބައްދަލުކޮށްފި

28 ޖެނުއަރީ 2017
ޑޮނަލްޑް ޓްރަމްޕް ޔޫކޭ ބޮޑުވަޒީރު މޭ އާ ބައްދަލުކޮށްފި
26 ޖެނުއަރީ 2017

ފަލަސްތީނަށް ދޭން ފާސްކުރި ފައިސާ ޓްރަމްޕް ސަރުކާޜުން ހިފަހައްޓައިފި

26 ޖެނުއަރީ 2017
 ފަލަސްތީނަށް ދޭން ފާސްކުރި ފައިސާ ޓްރަމްޕް ސަރުކާޜުން ހިފަހައްޓައިފި
26 ޖެނުއަރީ 2017

މެކްސިކޯ އާއި އެމެރިކާގެ ބޯޑަރުގައި ފާރެއް ރޭނުމަށް އަންގާ އަމުރުގައި ޓްރަމްޕް ސޮއިކުރައްވައިފި

26 ޖެނުއަރީ 2017
މެކްސިކޯ އާއި އެމެރިކާގެ ބޯޑަރުގައި ފާރެއް ރޭނުމަށް އަންގާ އަމުރުގައި ޓްރަމްޕް ސޮއިކުރައްވައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު