Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެައައިސީސީ

އެމެރިކާ އިން އިންޓަރނޭޝަނަލް ކްރިމިނަލް ކޯޓާ ދެކޮޅަށް ފިޔަވަޅު އެޅި ނަމަވެސް އިންސާފު ހޯދައި ދިނުމުގައި އެ ކޯޓު ދެމި އޮންނާނެ

ޓްރަމްޕްގެ އަމުރުގައިވާ ގޮތުން އައިސީސީގެ އޮފިޝަލުންނާއި، މުވައްޒަފުންނާއި، އެމީހުންގެ ޢާއިލާގެ މެންބަރުންނާއި، އަދި ކޯޓުގެ ތަޙުޤީޤުތަކަށް އެހީތެރިވެދިން ކަމަށް ބެލެވޭ ކޮންމެ މީހެއްގެ މުދާ ހިފެހެއްޓުމާއި ދަތުރުފަތުރު ކުރުން މަނާކުރެވޭނެ.

ރާއްޖެ އެމްވީ | 8 ފެބުރުއަރީ 2025 | ހޮނިހިރު 04:00
ދަ ހޭގް ގައި ހުންނަ އިންޓަރނޭޝަނަލް ކްރިމިނަލް ކޯޓު

ދަ ހޭގް ގައި ހުންނަ އިންޓަރނޭޝަނަލް ކްރިމިނަލް ކޯޓު

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ބައިނަލްއަޤްވާމީ ޖިނާއީ ކޯޓަށް އެޅި ފިޔަވަޅުތައް ކުށްވެރިކޮށް، ދުނިޔޭގެ ކަންކޮޅުތަކުގައި "އިންސާފާއި އުއްމީދު" ހޯދައިދިނުމަށް އެކޯޓުން ކުރާ މަސައްކަތްތައް ހުއްޓުމެއް ނެތި ކުރިއަށް ގެންދާނެކަމަށް އެ ކޯޓުން ބުނެފިއެވެ.

"އެމެރިކާއިން އެ ޤައުމުގެ އެގްޒެކެޓިވް އޯޑަރެއް މެދުވެރިކޮށް އައިސީސީގެ އޮފިޝަލުންގެ މައްޗަށް ދަޢުވާކުރުމަށާއި އެ ކޯޓުގެ މިނިވަން އަދި ވަކިފަރާތަކަށް ނުޖެހޭ ޝަރުޢީ މަސައްކަތަށް ގެއްލުން ދިނުމަށް މަސައްކަތްކުރާތީ އައިސީސީން އެކަން ކުށްވެރިކުރަމެވެ،" އެ ކޯޓުން ހުކުރު ދުވަހު ނެރުނު ބަޔާނެއްގައި ބުނެފައިވެއެވެ.

"ކޯޓުން، ކޯޓުގެ މުވައްޒަފުންނާއެކު ސާބިތުކަމާ އެކު ތިބެ، ދުނިޔޭގެ އެކި ކަންކޮޅުތަކުގައިވާ މިލިއަނުން ގުނާލެވޭ މަޢުސޫމު އަނިޔާ ލިބިފައިވާ މީހުންނަށް އިންސާފާއި އުއްމީދު ފޯރުކޮށްދިނުން ކުރިއަށް ގެންދިއުމަށް ވަޢުދުވަމެވެ،" ދަ ހޭގްގައި ހުންނަ އެ ކޯޓުން އިތުރުކޮށްފައިވެއެވެ.

އެމެރިކާ އާއި އެ ގައުމުގެ އެކުވެރި އިސްރާއީލްގެ މައްޗަށް "ޣައިރު ޤާނޫނީ އަދި އަސާސެއްނެތް" ތަޙުޤީޤުތަކެއް ކުރިއަށް ގެންދާ ކަމަށް ބުނެ އައިސީސީ އަށް ފާޑުކިޔަމުން، ޓްރަމްޕް ބުރާސްފަތި ދުވަހު އެ ކޯޓަށް ދަތި ކުރުމުގެ އެގްޒެކެޓިވް އޯޑަރެއްގައި ވަނީ ސޮއިކުރައްވާފައެވެ.

ޓްރަމްޕްގެ އަމުރުގައިވާ ގޮތުން އައިސީސީގެ އޮފިޝަލުންނާއި، މުވައްޒަފުންނާއި، އެމީހުންގެ ޢާއިލާގެ މެންބަރުންނާއި، އަދި ކޯޓުގެ ތަޙުޤީޤުތަކަށް އެހީތެރިވެދިން ކަމަށް ބެލެވޭ ކޮންމެ މީހެއްގެ މުދާ ހިފެހެއްޓުމާއި ދަތުރުފަތުރު ކުރުން މަނާކުރެވޭނެއެވެ. 

ފިޔަވަޅު އަޅާ ފަރާތްތަކުގެ ނަންތައް އާންމުކޮށްފައި ނުވިނަމަވެސް، ޓްރަމްޕްގެ ފުރަތަމަ ވެރިކަމުގައި އެމެރިކާއިން އެ ކޯޓަށް ފިޔަވަޅު އެޅި އިރު ކޯޓުގެ ޕްރޮސެކިއުޓަރުންނަށް އަމާޒު ކުރިކަން ފާހަގަ ކުރެވެއެވެ.

"ކޯޓުގެ 125 މެންބަރު ޤައުމުތަކަށާއި، މަދަނީ ޖަމާއަތްތަކަށާއި، އަދި ދުނިޔޭގެ ހުރިހާ ޤައުމުތަކަށް ގޮވާލަނީ އިންސާފާއި އަސާސީ އިންސާނީ ޙައްޤުތައް ރައްކައުތެރި ކުރުމަށް އެއްބައިވަންތަކަމާއެކު ތެދުވުމަށެވެ،" އައިސީސީ ގެ ބަޔާން ނިންމާލަމުން ބުނެފައިވެއެވެ.                  

އިތުރަށް ކިޔާލަން

26 ޖެނުއަރީ 2017

އެމެރިކާ އިން އދ. އަށް ދޭ އެހީތައް ކުޑަކުރަނީ

26 ޖެނުއަރީ 2017
އެމެރިކާ އިން އދ. އަށް ދޭ އެހީތައް ކުޑަކުރަނީ
26 ޖެނުއަރީ 2017

މެކްސިކޯ އާއި އެމެރިކާގެ ބޯޑަރުގައި ފާރެއް ރޭނުމަށް އަންގާ އަމުރުގައި ޓްރަމްޕް ސޮއިކުރައްވައިފި

26 ޖެނުއަރީ 2017
މެކްސިކޯ އާއި އެމެރިކާގެ ބޯޑަރުގައި ފާރެއް ރޭނުމަށް އަންގާ އަމުރުގައި ޓްރަމްޕް ސޮއިކުރައްވައިފި
23 ޖެނުއަރީ 2017

ޓީޕީޓީ ވިޔަފާރި ޕްރޮޖެކްޓުން އެމެރިކާ ވަކިވެއްޖެ

23 ޖެނުއަރީ 2017
ޓީޕީޓީ ވިޔަފާރި ޕްރޮޖެކްޓުން އެމެރިކާ ވަކިވެއްޖެ
23 ޖެނުއަރީ 2017

ޓްރަމްޕާއި ދެކޮޅަށް އަންހެނުން ބާއްވާ އެއްވުންތަކުގައި އެމެރިކާ އިން އެކަނިވެސް ދެމިލިޔަނަށް ވުރެ ގިނަ މީހުން!

23 ޖެނުއަރީ 2017
ޓްރަމްޕާއި ދެކޮޅަށް އަންހެނުން ބާއްވާ އެއްވުންތަކުގައި އެމެރިކާ އިން އެކަނިވެސް ދެމިލިޔަނަށް ވުރެ ގިނަ މީހުން!
22 ޖެނުއަރީ 2017

އެމެރިކާއަށް އެރި ތޫފާނުގައި 11 މީހުން މަރުވެއްޖެ

22 ޖެނުއަރީ 2017
އެމެރިކާއަށް އެރި ތޫފާނުގައި 11 މީހުން މަރުވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު