Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
ސޫރިއާގެ އައު ރައީސް

ސޫރިއާގެ ރައީސް ކަމަށް އައް-ޝަރާއު އައްޔަން ކޮށްފި

2017 އިން 2025 އަށް ހައިއަތު ތަޙްރީރު އައްޝާމް (އެޗްޓީއެސް) ގެ އަމީރުގެ ގޮތުގައި ހުންނަވާ، 2024 ގެ ސޫރިއާގެ އިދިކޮޅު ފަރާތްތަކުން ސަރުކާރާ ދެކޮޅަށް ދިން ހަމަލާތަކުގައި އޭނާ މުހިންމު ދައުރެއް އަދާކުރެއްވިއެވެ.

ރާއްޖެ އެމްވީ | 31 ޖެނުއަރީ 2025 | ހުކުރު 06:31
ސޫރިއާގެ އައު ރައީސް އަހްމްދު އައް-ޝަރާޢު

ސޫރިއާގެ އައު ރައީސް އަހްމްދު އައް-ޝަރާޢު

ސޫރިއާގެ ރައީސް ކަމަށް އަހްމަދު އައް-ޝަރާއު އައްޔަން ކޮށްފިއެވެ.

ބައްޝާރު އަލް-އަސަދު ވެރިކަމުން ވައްޓާލުމަށްފަހު ބާރުތައް ނެންގެވި އައް-ޝަރާޢު ވަނީ ވަގުތީ ރައީސްކަމަށް އައްޔަނު ކޮށް، އިންތިޤާލީ ގާނޫނު ހަދާ މަޖިލީހެއް އެކުލަވާލުމުގެ މަސްއޫލިއްޔަތު ޙަވާލުކުރެވިފައިކަމަށް ދައުލަތުގެ މީޑިއާ އިން ބުދަ ދުވަހު ރިޕޯޓުކޮށްފައިވެއެވެ.

29 އޮކްޓޯބަރު 1982 ގައި އުފަންވި އަޙްމަދު ޙުސައިން އައް-ޝަރާޢު، އަކީ އަބޫ މުޙައްމަދު އަލް-ޖޫލާނީގެ ނަމުންވެސް މަޝްހޫރު ވެފައިވާ ފަރާތެކެވެ. އޭނާ އަކީ ސޫރިއާގެ އިންޤިލާބީ، އަސްކަރީ ކޮމާންޑަރެއްގެ އިތުރުން ސިޔާސީ ލީޑަރެކެވެ. 29 ޖަނަވަރީ 2025 ގައި މަގާމަށް އައްޔަން ކުރުމާއެކު އޭނާ އަކީ ސޫރިއާގެ 20 ވަނަ ރައީސްއެވެ.

2017 އިން 2025 އަށް ހައިއަތު ތަޙްރީރު އައްޝާމް (އެޗްޓީއެސް) ގެ އަމީރުގެ ގޮތުގައި ހުންނަވާ، 2024 ގެ ސޫރިއާގެ އިދިކޮޅު ފަރާތްތަކުން ސަރުކާރާ ދެކޮޅަށް ދިން ހަމަލާތަކުގައި އޭނާ މުހިންމު ދައުރެއް އަދާކުރެއްވިއެވެ. މިކަމުގެ ސަބަބުން އަލް-އަސަދުގެ ވެރިކަން ވެއްޓި، ސޫރިއާގެ އިންތިޤާލީ ސަރުކާރު ޤާއިމުކުރެވުނެވެ. އޭގެ ފަހުން އައް-ޝަރާޢު ވަނީ ރައީސްކަމަށް ޢައްޔަންކުރެވެންދެން ޤައުމު ހިންގެވުމުގައި އިސްދައުރެއް އަދާ ކުރައްވާފައެވެ.

އައް-ޝަރާޢު އުފަންވެފައިވަނީ ސަޢޫދީ ޢަރަބިއްޔާގެ ރިޔާޟް ގައި، ސޫރިއާގެ ގޯލާން ހައިޓްސްއިން ހިޖުރަ ކުރި ސުންނީ މުސްލިމު ޢާއިލާއަކަށެވެ. 2003 ގެ ޢިރާޤަށް އިސްތިޢުމާރީ ބާރުތަކުން އަރައިގަތުމުގެ ކުޑަ ދުވަސްކޮޅެއް ކުރިން، އޭނާ ވަނީ އަލްޤާޢިދާގެ ޢިރާޤު ގޮފީގައި ބައިވެރިވެ، ތިން އަހަރު ވަންދެން ޢިރާޤުގެ އިދިކޮޅު ހަރަކާތުގައި ހަނގުރާމަކޮށްފައެވެ.

އެމެރިކާގެ ބާރުތަކުން އޭނާ ހައްޔަރުކޮށް 2006 އިން 2011 އަށް ޖަލުގައި ބަންދުކުރިއެވެ. އޭނާ ދޫކޮށްލެވުނީ ސޫރިއާގައި އަލް-އަސަދުގެ ސަރުކާރާ ދެކޮޅަށް ފެށުނު އިންޤިލާބާ ދިމާކޮށެވެ. އައް-ޝަރާޢު ވަނީ 2012 ގައި އަލްޤާޢިދާގެ އެހީތެރިކަމާއެކު އަލްނުޞްރާ ފްރަންޓް އުފައްދާފައެވެ. މިއީ އަލް-އަސަދުގެ ސަރުކާރާ ދެކޮޅަށް ސޫރިއާގެ އަހުލީ ހަނގުރާމައިގައި ބައިވެރިވުމަށްޓަކައެވެ. އަލް-ނުޞްރާ ފްރަންޓްގެ އަމީރުގެ ގޮތުގައި ހުރެ، އައް-ޝަރާޢު ވަނީ އިދްލިބު ގައި ބާރުގަދަ ސަރުކާރެއް ޤާއިމުކޮށްފައެވެ. އޭނާ ވަނީ އަބޫ ބަކުރު އަލްބަޣްދާދީ އަލްނުޞްރާ އިސްލާމިކް ސްޓޭޓާ އެއްކޮށްލަން މަސައްކަތްކުރި ކުރުމަށް ދެކޮޅުހަދާފައެވެ. މީގެ ސަބަބުން ދެ ޖަމާޢަތުގެ މެދުގައި ހަނގުރާމައެއް ހިނގިއެވެ.އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުން ވަނީ މެއި 2013 ގައި އައް-ޝަރާޢު އަކީ "ދުނިޔޭގެ ޓެރަރިސްޓެއް" ގެ ގޮތުގައި ލިސްޓުކޮށްފައެވެ. އަދި އޭގެ ހަތަރު އަހަރު ފަހުން އޭނާ ހައްޔަރުކުރުމަށް މަގުފަހިކޮށްދޭ މަޢުލޫމާތެއް ދިން ފަރާތަކަށް 10 މިލިއަން ޑޮލަރުގެ އިނާމެއް ހުށަހެޅިއެވެ. އެހެން ނަމަވެސް މި ހުށަހެޅުން ވަނީ ޑިސެމްބަރ 2024 ގައި އަނބުރާ ގެންގޮސްފައެވެ. އެއީ އައް-ޝަރާޢު އެމެރިކާގެ އެސިސްޓަންޓް ސެކްރެޓަރީ އޮފް ސްޓޭޓް ފޮރ ނިއަރ އީސްޓަން އެފެއާޒް އިސްކޮށް ހުންނެވި އެމެރިކާގެ ވަފުދަކާ ބައްދަލުކުރެއްވުމަށް ފަހުގައެވެ. 

ސަޢޫދީ ޢަރަބިއްޔާގެ ރަސްގެފާނު ސަލްމާނާއި ވަލީޢަހުދު މުޙައްމަދު ބިން ސަލްމާން ވަނީ އަޙްމަދު އައް-ޝަރާޢު ސީރިޔާގެ ވަގުތީ ރައީސް ކަމަށް ޢައްޔަންކުރެއްވުމާ ގުޅިގެން މަރުޙަބާ ދަންނަވާފައިކަމަށް ސަޢޫދީގެ ރަސްމީ ނޫސް އޭޖެންސީ (އެސްޕީއޭ) އިން ބުރާސްފަތި ދުވަހު ރިޕޯޓުކޮށްފައިވެއެވެ.

ފާއިތުވި ހަފުތާގައި ސަޢޫދީގެ ޚާރިޖީ ވަޒީރު އަމީރު ފައިޞަލް ބިން ފަރުޙާން ވަނީ ދިމިޝްގަށް ޒިޔާރަތްކުރައްވައި އައް-ޝަރާޢު އާ ބައްދަލުކުރައްވާފައެވެ. އަމީރު ފައިޞަލް ވިދާޅުވި ގޮތުގައި ރިޔާޟުން މަސައްކަތް ކުރަމުން ދަނީ ކުރިން އެ ގައުމާ ދެކޮޅަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތައް ނައްތާލުމަށް އެހީތެރިވަމުންނެވެ. 

އިތުރަށް އެމަނިކުފާނު ވިދާޅުވީ ސަޢޫދީ ޢަރަބިއްޔާ ސޫރިޔާ އާ އެކުގައިވާ ކަމަށާއި، "ހުރިހާ ފިޔަވަޅުތަކެއް ނައްތާލުން އަވަސްކުރުމުގެ މުހިންމު" ކަމަށެވެ. 

އަލް-އަސަދުގެ ވެރިކަން ވެއްޓުމާއެކު އެ ގައުމަށް ފުރަތަމަ ޒިޔާރަތް ކުރީ ވެސް ސައުދީ އަރަބިއްޔާގެ ވަފުދެކެވެ.

އަހްމަދު އައް-ޝަރާއުސީރިޔާ

ކޮމެންޓް

އިތުރަށް ކިޔާލަން

އައްސަދުގެ ވެރިކަން ވައްޓާލިތާ އެއް އަހަރު ފުރުން ސީރިއާގައި ފާހަގަ ކޮށްފި

އައްސަދުގެ ވެރިކަން ވައްޓާލިތާ އެއް އަހަރު ފުރުން ސީރިއާގައި ފާހަގަ ކޮށްފި

09 ޑިސެމްބަރު 2025
ސީރިއާއާ ދެކޮޅަށް އަޅާފައިވާ ފިޔަވަޅުތައް ކެނެޑާ އިން ވެސް އުވާލައިފި

ސީރިއާއާ ދެކޮޅަށް އަޅާފައިވާ ފިޔަވަޅުތައް ކެނެޑާ އިން ވެސް އުވާލައިފި

06 ޑިސެމްބަރު 2025
ސީރިއާގެ ކަންކަމުގެ ތެރެއަށް އިސްރާއީލް ނުވަނުމަށް ޓްރަމްޕް ގޮވާލައްވައިފި

ސީރިއާގެ ކަންކަމުގެ ތެރެއަށް އިސްރާއީލް ނުވަނުމަށް ޓްރަމްޕް ގޮވާލައްވައިފި

02 ޑިސެމްބަރު 2025
އަހަރު ތަކަކަށް ފަހު ލަންޑަނުގައި ސީރިއާ ގެ އެމްބަސީ އަލުން ހުޅުވައިފި

އަހަރު ތަކަކަށް ފަހު ލަންޑަނުގައި ސީރިއާ ގެ އެމްބަސީ އަލުން ހުޅުވައިފި

13 ނޮވެމްބަރު 2025
ޓްރަމްޕް އާއި އަލް-ޝަރާގެ ބައްދަލުކުރުމަށްފަހު އައިސިސްއާ ދެކޮޅު ބައިނަލްއަގުވާމީ އިއްތިހާދުގައި ސީރިއާ އިން ބައިވެރިވެއްޖެ

ޓްރަމްޕް އާއި އަލް-ޝަރާގެ ބައްދަލުކުރުމަށްފަހު އައިސިސްއާ ދެކޮޅު ބައިނަލްއަގުވާމީ އިއްތިހާދުގައި ސީރިއާ އިން ބައިވެރިވެއްޖެ

11 ނޮވެމްބަރު 2025

އަހަރުތަކުން މިއަދު

2 ފެބުރުއަރީ
ސިފައިންގެ މީހަކު އެހެން ސިފައިންގެ ބައެއްގެ ގަޔަށް ބަޑިޖަހަން އުޅުނުކަމުގެ މައުލޫމާތު ލިބިއްޖެ
20251 އަހަރު ކުރިން
ރާއްޖެ

ސިފައިންގެ މީހަކު އެހެން ސިފައިންގެ ބައެއްގެ ގަޔަށް ބަޑިޖަހަން އުޅުނުކަމުގެ މައުލޫމާތު ލިބިއްޖެ

އެމްޑީޕީ ޕްރައިމަރީ: ގިނަ މެމްބަރުންތަކަކަށް ޓިކެޓް ކަށަވަރުވެއްޖެ
20242 އަހަރު ކުރިން
ރާއްޖެ

އެމްޑީޕީ ޕްރައިމަރީ: ގިނަ މެމްބަރުންތަކަކަށް ޓިކެޓް ކަށަވަރުވެއްޖެ

މަރުވިކަމަށް ނިންމާ އިންޑިއާގައި އަންދާލި މީހެއް 8 މަސް ފަހުން އެނބުރި ގެއަށް
20233 އަހަރު ކުރިން
ތަފާތު ޚަބަރު

މަރުވިކަމަށް ނިންމާ އިންޑިއާގައި އަންދާލި މީހެއް 8 މަސް ފަހުން އެނބުރި ގެއަށް

އިންޑިއާ އައުޓް ކެމްޕެއިނާ ދެކޮޅަށް ގާނޫނު ހަދާ މައްސަލަ ބޭރު ދުނިޔޭގެ ސަމާލުކަމަށް
20224 އަހަރު ކުރިން
ރާއްޖެ

އިންޑިއާ އައުޓް ކެމްޕެއިނާ ދެކޮޅަށް ގާނޫނު ހަދާ މައްސަލަ ބޭރު ދުނިޔޭގެ ސަމާލުކަމަށް

ކުޅި، ފާ، ޗަސްބިން - އަގުނުކުރެވޭ ފަދަ މާހައުލުތަކެއް
20215 އަހަރު ކުރިން
ރިޕޯޓު

ކުޅި، ފާ، ޗަސްބިން - އަގުނުކުރެވޭ ފަދަ މާހައުލުތަކެއް

މަޖިލީހަށް ގެންނަންވާނީ ޝަރުއީ ދާއިރާ އިސްލާހު ކުރުމުގެ ވިސްނުމާއި ޤާބިލުކަން ހުރި މެމްބަރުން: ނިޝާން
20197 އަހަރު ކުރިން
ރާއްޖެ

މަޖިލީހަށް ގެންނަންވާނީ ޝަރުއީ ދާއިރާ އިސްލާހު ކުރުމުގެ ވިސްނުމާއި ޤާބިލުކަން ހުރި މެމްބަރުން: ނިޝާން

އުއްތަމަ ފަނޑިޔާރު ދިރިއުޅުއްވާ ގެކޮޅަށް އެސްޕީޖީގެ އިސް ބައެއް ފަރާތްތަކުން ގޮސްފި
20188 އަހަރު ކުރިން
ރާއްޖެ

އުއްތަމަ ފަނޑިޔާރު ދިރިއުޅުއްވާ ގެކޮޅަށް އެސްޕީޖީގެ އިސް ބައެއް ފަރާތްތަކުން ގޮސްފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު