Raajje.mv
Raajje.mv
  • ރާއްޖެ
  • ކުޅިވަރު
  • ދުނިޔެ
  • ވިޔަފާރި - އިގްތިސާދު
  • ރިޕޯޓު
  • ފޮޓޯ
  • ވާހަކަ
  • ސިއްހަތު
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
"ފުދިއްޖެ، ފުނޑިއްޖެ" ރެލީ

އެމްޑީޕީން މަގުމައްޗަށް މި ނުކުންނަނީ ރައްޔިތުންގެ ހައްޤުގައި. ދެން ނުހުއްޓުވޭނެ: ނައުޝާދު

ގައުމުގެ ހާލަތު ގޯހުންގޯހަށް ގޮސްފައިވާއިރު، އެމްޑީޕީން ދެން ބަލަން ނުތިބޭނެ

އަބްދުލް ހަންނާން މުހައްމަދް
އަބްދުލް ހަންނާން މުހައްމަދް, ރާއްޖެ އެމްވީ | 28 ޖެނުއަރީ 2025 | އަންގާރަ 01:53
އެމްޑީޕީގެ ބާރަށު ދާއިރާގެ ރައީސް ނައުޝާދު އިބްރާހީމް

އެމްޑީޕީގެ ބާރަށު ދާއިރާގެ ރައީސް ނައުޝާދު އިބްރާހީމް

މިމަހުގެ 31 ވާ ހުކުރު ދުވަހު، އިދިކޮޅު އެންމެ ބޮޑު ޕާޓީ އެމްޑީޕީން ރައީސް ޑރ. މުޙައްމަދު މުއިއްޒުގެ މި ސަރުކާރު ޖަވާބުދާރީ ކުރުމަށް މަގުމައްޗަށް މި ނުކުންނަނީ ގިނަ ރައްޔިތުންގެ ހައްޤުތައް ގެއްލިފައިވާތީ އެ ރައްޔިތުންގެ އެދުމުގެ މަތިން ކަމަަށާއި ދެން އެމްޑީޕީއެއް ނުހުއްޓުވޭނެ ކަަމަށް އެމްޑީޕީގެ ބާރަށު ދާއިރާގެ ރައީސް ނައުޝާދު އިބްރާހީމް ވިދާޅުވެއްޖެއެވެ.

ރާއްޖެޓީވީން ގެނެސްދޭ "ފުދިއްޖެ ފުނޑިއްޖެ" ޚާއްސަ ކަވަރޭޖްގައި ވާހަކަދައްކަވަމުން ނައުޝާދު ވިދާޅުވީ މި ސަރުކާރަށް އަހަރެން ވެގެން ދިޔައިރުވެސް ރައްޔިތުންގެ އެދުމުގެމަތިން އެމްޑީޕީން ތިބީ މަގުމައްޗަށް ނުކުމެ އަޑު ނުއުފުލައި މި ސަރުކާރުން ކުރާ ކަންކަން ވަރަށް ގާތުން ބަލަން ކަމަށެވެ. އެހެން ނަމަވެސް މިއަދު މި ސަރުކާރުން ކަންކަން ކުރަމުން ގެންދާ ގޮތުން ގައުމުގެ ހާލަތު ވަރަށް ބޮޑަށް ގޯސްވާތަން ފެންނަމުން ދާތީ ދެން އިތުރަށް ބަލަން ނުތިބެވޭނޭ ކަމަށް ނައުޝާދު ވިދާޅުވިއެވެ.

Advertisement - newsAdvertisement

ނައުޝާދު ވިދާޅުވީ މި ގައުމުގައި ވައްކަންތައް އިންތިހާއަށް މައްޗަށް ގޮސް، އެސްއޯއީތައް ފުނޑި، ރައްޔިތުން ނިކަމެތިވެ، ބިކަހާލުގައި ޖައްސައިފިކަމަށެވެ. އަދި މިނިވަން މުއައްސަސާތައް ރައީސް މުއިއްޒުގެ މުށުތެރެއަށް ލާތަން މިއަދު ފެންނަމުން ދާ ކަމަށާއި އެތައް ނަޔަކު އެތަކެއް ޤުރުބާނީއެއް ވެގެން ގެނައި ފެހި ޤާނޫނު އަސާސީވެސް މިއަދު ފުނޑާލާފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

ނައުޝާދު ވިދާޅުވީ ގައުމުގެ ހާލަތު ގޯހުންގޯހަށް ގޮސްފައިވާއިރު، އެމްޑީޕީން ދެން ބަލަން ނުތިބޭނޭ ކަމަށާއި އެމްޑީޕީ އަކީ އަބަދުވެސް ގައުމުގެ ރައްޔިތުންގެ އަޑު އަހައި ރައްޔިތުންނާއި އެކުގައި އޮންނަ ޕާޓީއެއް ކަމަށެވެ.

ނައުޝާދު ވިދާޅުވީ ގައުމުގެ މިހާލަތާއި ގުޅިގެން ރައްޔިތުންނާއި ދިމާވެފައިވާ ކަންބޮޑުވުންތައް އޮޅުން ފިލުވުމަށް އެމްޑީޕީން ގޭގެއަށް ގޮސް ރައްޔިތުންނާއި ބައްދަލުކޮށް ގިނަ މަޝްވަރާތަކެއް ކޮށްފައިވާ ކަމަށާއި ހަމަ ހުރިހާ ރައްޔިތުންވެސް ބޭނުންވަނީ ރައީސް މުއިއްޒުގެ މި ސަރުކާރު، ހަމަގަށް އަޅުވައި، ނިމުމަކަށް ގެނައުމަށް ކަމަށެވެ.

ނައުޝާދު އިތުރަށް ވިދާޅުވީ މި ސަރުކާރު ހަމަމަގަށް އެޅުވުމަށް މިއަދު އެމްޑީޕީގެ ކިބައިން ރައްޔިތުން އެބަ އެދޭ ކަމަށާއި އަދި މި ސަރުކާރުން ރައްޔިތުންނަށް މި ކުރިމަތި ކުރުވާ ތަކުލީފުތަކުން މިންޖުކޮށްދިނުމަށް މަގުތަކަށް ނިކުމެގެން އަޑު އުފުލަދިނުމަށް ވެސް ރައްޔިތުން ކެނޑިނޭޅި އެދެމުންދާކަމަށް އޭނާ ވިދާޅުވިއެވެ.

ނައުޝާދު ވިދާޅުވީ ބާކީ މިއޮތީ މަދު ދުވަސްކޮޅެއް ކަމަށާއި މި ސަރުކާރު ހަމަމަގަށް އެޅުވުމަށް ރައްޔިތުންގެ އެދުމުގެ މަތިން މަގުމައްޗަށް ނުކުމެ އަޑުއުފުމަށް ތައްޔާރަށް ތިބި ކަމަށާއި ދެން ރައީސް މުއިއްޒަށް ވެސް އެމްޑީޕީ ނުހުއްޓުވޭނޭ ކަމަށް ނައުޝާދު ވިދާޅުވިއެވެ.

އަދި މިމަހުގެ 31 ވަނަ ދުވަހު މި ސަރުކާރުން ކުރަމުން ގެންދާ ނޭންގާނީ ކަންކަމުގެ އަޑު އިއްވުމަށް ހަމަ ހުރިހާ ރައްޔިތުންވެސް މަގުމައްޗަށް ނުކުމެ އަޑުއުލުމަށް އޭނާ ވަނީ ގޯވާލާފައެވެ.

"ފުދިއްޖެ-ފުނޑިއްޖެ" ޖަލްސާފުދިއްޖެ ފުނޑިއްޖެ އެއްވުންމޯލްޑިވިއަން ޑިމޮކްރެޓިކް ޕާރޓީ (އެމް.ޑީ.ޕީ)ޕީޕަލްސް ނެޝަނަލް ފްރަންޓް (ޕީއެންއެފް)ޕީޕީއެމް-ޕީއެންސީޑރ. މުހައްމަދު މުއިއްޒުމިނިސްޓަރ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޯލޮޖީ ޢަލީ އިޙްސާން

ކޮމެންޓް

އިތުރަށް ކިޔާލަން

މިސަރުކާރުގެ ދޮގާއި މަކަރުގެ ސްކޭމް ގައި ތިން ވަނަ ފަހަރަށް ރައްޔިތުން ޖެއްސުމަށް ދަނީ މަސައްކަތް ކުރަމުން: މެންބަރު އަހުމަދު ދީދީ

މިސަރުކާރުގެ ދޮގާއި މަކަރުގެ ސްކޭމް ގައި ތިން ވަނަ ފަހަރަށް ރައްޔިތުން ޖެއްސުމަށް ދަނީ މަސައްކަތް ކުރަމުން: މެންބަރު އަހުމަދު ދީދީ

11 ޑިސެމްބަރު 2025
ވައުދުތައް ނުފުއްދާތީ މަސްވެރިން އިހުތިޖާޖަށް، ރައީސް ވިދާޅުވަނީ އެންމެ ބޮޑު އަމާޒަކީ މަސްވެރި އާއިލާތަކަށް ލިބޭ އާމުދަނީ އިތުރު ކުރުން ކަމަށް!

ވައުދުތައް ނުފުއްދާތީ މަސްވެރިން އިހުތިޖާޖަށް، ރައީސް ވިދާޅުވަނީ އެންމެ ބޮޑު އަމާޒަކީ މަސްވެރި އާއިލާތަކަށް ލިބޭ އާމުދަނީ އިތުރު ކުރުން ކަމަށް!

10 ޑިސެމްބަރު 2025
މިސަރުކާރު ގައި ރައްޔިތުންނަށް އަބަދުވެސް ލިބެނީ ''އައު މުހުލަތު''، އެ ނޫން އެއްޗެއް ނުލިބޭނެ: މެންބަރު މީކާއީލް

މިސަރުކާރު ގައި ރައްޔިތުންނަށް އަބަދުވެސް ލިބެނީ ''އައު މުހުލަތު''، އެ ނޫން އެއްޗެއް ނުލިބޭނެ: މެންބަރު މީކާއީލް

10 ޑިސެމްބަރު 2025
މިއީ ބަހާނާ ދައްކާ ސަރުކާރެއް، ހަދާ ދޮގުތައް ހާމަވެ، ކުރިއަށް އޮތްތަނުގައި ވަރަށް ގިނަ ބޮނޑި ބޯނެ: ވ.ތިނަދޫ ކައުންސިލްގެ ރައީސް

މިއީ ބަހާނާ ދައްކާ ސަރުކާރެއް، ހަދާ ދޮގުތައް ހާމަވެ، ކުރިއަށް އޮތްތަނުގައި ވަރަށް ގިނަ ބޮނޑި ބޯނެ: ވ.ތިނަދޫ ކައުންސިލްގެ ރައީސް

07 ޑިސެމްބަރު 2025
އެންމެ ބައްދަލުވުމެއް! ފެނުނީ ރައްޔިތުން ގެ އުދާހާއި މާޔޫސްކަން!

އެންމެ ބައްދަލުވުމެއް! ފެނުނީ ރައްޔިތުން ގެ އުދާހާއި މާޔޫސްކަން!

06 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

6 ޖެނުއަރީ
އެޗްއެމްޕީވީ އާ ބެހޭގޮތުން އެނގެން ޖެހޭ ކަންތައްތައް
20251 އަހަރު ކުރިން
ސިއްހަތު

އެޗްއެމްޕީވީ އާ ބެހޭގޮތުން އެނގެން ޖެހޭ ކަންތައްތައް

ބޮޑުވަޒީރު މޯދީއަށް ފާޑުކި ސަރުކާރުގެ ތިން ނައިބު ވަޒީރަކު ސަސްޕެންޑް ކޮށްފި
20242 އަހަރު ކުރިން
ރާއްޖެ

ބޮޑުވަޒީރު މޯދީއަށް ފާޑުކި ސަރުކާރުގެ ތިން ނައިބު ވަޒީރަކު ސަސްޕެންޑް ކޮށްފި

މަސްތުވާތަކެތީގެ ވިޔަފާރީގެ ބޮޑެއް ކަމަށްވާ އެލް ޗެޕޯގެ ދަރިފުޅު ހައްޔަރުކޮށްފި
20233 އަހަރު ކުރިން
ދުނިޔެ

މަސްތުވާތަކެތީގެ ވިޔަފާރީގެ ބޮޑެއް ކަމަށްވާ އެލް ޗެޕޯގެ ދަރިފުޅު ހައްޔަރުކޮށްފި

ރަނުގެ ލާރި ދިނީ ދިވެހިންގެ ޖީބުން ނަގާފައެއް ނޫން
20224 އަހަރު ކުރިން
ރިޕޯޓު

ރަނުގެ ލާރި ދިނީ ދިވެހިންގެ ޖީބުން ނަގާފައެއް ނޫން

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް މަގާމުން ވަކި ކުރުމުގެ މަސައްކަތް ފަށައިފި
20215 އަހަރު ކުރިން
ދުނިޔެ

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް މަގާމުން ވަކި ކުރުމުގެ މަސައްކަތް ފަށައިފި

ހަކުރުބަލި ހުންނަ މީހުން ކުކުޅު ބިސް ކެއުމަކީ ރަނގަޅު ކަމެއްތަ؟
20197 އަހަރު ކުރިން
ސިއްހަތު

ހަކުރުބަލި ހުންނަ މީހުން ކުކުޅު ބިސް ކެއުމަކީ ރަނގަޅު ކަމެއްތަ؟

ނިހާންގެ ކޮއްކޮގެ ދެކޮޅު ނުޖެހޭ ވާހަކަތަކުން ފަޅާއެރި ހަގީގަތް!
20188 އަހަރު ކުރިން
ރިޕޯޓު

ނިހާންގެ ކޮއްކޮގެ ދެކޮޅު ނުޖެހޭ ވާހަކަތަކުން ފަޅާއެރި ހަގީގަތް!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު