Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެފާރިސް މައުމޫން

މާދަމާގެ ޖަލްސާއަށް ފާރިސް މަޖިލީހަށް ގެނެސްދޭން އެދިއްޖެ

މަޖިލިޙުގެ ކޮމެޓީއަކަށް ފާރިސް ގެންނެވުމަށްވެސް ކޯޓުން ކުރިން އަމުރުކުރި

އަހުމަދު މުހުސިނު
އަހުމަދު މުހުސިނު | 21 އޯގަސްޓު 2017 | ހޯމަ 14:59
ފާރިސް ކަރެކްޝަންގެ ބެލުމުގެ ދަށުން ގެންދަނީ

ފާރިސް ކަރެކްޝަންގެ ބެލުމުގެ ދަށުން ގެންދަނީ

މާދަމާ ބާއްވާ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި މިވަގުތު ބަންދު ކޮށްފައިވާ ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ފާރިސް މައުމޫނަށް ބައިވެރިވެވަޑައިގެންނެވޭނޭ ގޮތް ހައްދަވައި ދެއްވުމަށް އޭނާގެ ޤާނޫނީ ވަކީލް މައުމޫން ހަމީދު އެދިވަޑައިގެންފިއެވެ.

މައުމޫން ހަމީދު މިގޮތަށް އެދިވަޑައިގެންނެވީ ފާރިސްގެ ފަރާތުން ކޮމިޝަނަރ އޮފް ޕްރިޒަންސް އަހުމަދު ޝިހާނަށް މިއަދު ފޮޏުއްވި ސިޓީއެއްގައެވެ.

އެސިޓީގައި މައުމޫން ހަމީދު ވިދާޅުވެފައި ވަނީ ކްރިމިނަލް ކޯޓުގެ އަމުރެއްގެ ދަށުން އެސަރވިސްއިން ބަލަހައްޓަމުން ގެންދާ ރިމާންޑް ޖަލެއްގައި ބަންދުކުރެވިފައިވާ ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ އިއްޒަތްތެރި މެންބަރު އަހުމަދު ފާރިސް މައުމޫނުގެ ޤާނޫނީ ވަކީލުގެ ހައިސިއްޔަތުން ކަމަށެވެ.

އެގޮތުން މައުމޫން ހަމީދުގެ މުވައްކިލް އަހުމަދު ފާރިސް މާފުށީ ޖަލުގައި ބަންދުކޮށްފައިވާއިރު ރައްޔިތުންގެ މަޖިލީހުގެ 2017 ވަނަ އަހަރުގެ ދެވަނަ ދައުރުގެ 9 ވަނަ ޖަލްސާ 22 އޯގަސްޓް 2017 ވާ އަންގާރަ ދުވަހު ހެނދުނު 9:00 ގައި ބޭއްވުމަށް ތާވަލް ކުރެވިފައިވާ ކަމަށް ސިޓީގައި ވިދާޅުވެފައިވެއެވެ. އަދި އެޖަލްސާގެ އެޖެންޑާ ރައްޔިތުންގެ މަޖިލީހުގެ ވެބްސައިޓުގައި ވެސް ޝާއިިޢު ކޮށްފައިވާ ކަމަށް ވެސް ވިދާޅުވިއެވެ.

މައުމޫން ހަމީދު އެދިވަޑައިގެންފައިވަނީ އެޖަލްސާއަށް ހާޒިރުވުމަށް ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ މެްނަބރު އަހުމަދު ފާރިސް މައުމޫން ބޭނުންފުޅުވާތީ އެޖަލްސާގައި އެމެންބަރަށް ބައިވެރިވެވަޑައިގެންނެވޭނޭ އެންމެހާ އިންތިޒާމްތައް ހަމަޖެއްސެވުމަށެވެ.

ޝަރީއަތް ނިމެންދެން ފާރިސް ބަންދުކޮށްފައިވާއިރު މީގެ ކުރިން ބޭއްވި ޖަލްސާއެއްގެ ކޮމެޓީއެއްގައި ވެސް ބައިވެރިވުމަށް ފާރިސް ޖަލްސާއަށް ހާޒިރު ކޮށްދިނުމަށް ކްރިމިނަލް ކޯޓުން ވަނީ އަމުރު ކޮށްފައެވެ. ނަމަވެސް އެފަހަރު ކަރެކްޝަނުން އެކަން ކޮށްފައެއް ނުވެއެވެ.

އިތުރަށް ކިޔާލަން

19 ފެބުރުއަރީ 2017

ގަދަކަމުން ޕީޕީއެމަށް މީހުން ވައްދަމުންދާތީ ރައްޔިތުންގެ މަޖިލީހަށް ގަރާރެއް ހުށަހަޅައިފި

19 ފެބުރުއަރީ 2017
ގަދަކަމުން ޕީޕީއެމަށް މީހުން ވައްދަމުންދާތީ ރައްޔިތުންގެ މަޖިލީހަށް ގަރާރެއް ހުށަހަޅައިފި
15 ފެބުރުއަރީ 2017

މަޖްބޫރުން މުވައްޒަފުން ޕީޕީއެމަށް ވައްދާތީ އެމްޑީޕީން މަޖިލީހަށް ޤަރާރެއް ހުށަހަޅައިފި

15 ފެބުރުއަރީ 2017
މަޖްބޫރުން މުވައްޒަފުން ޕީޕީއެމަށް ވައްދާތީ އެމްޑީޕީން މަޖިލީހަށް ޤަރާރެއް ހުށަހަޅައިފި
15 ފެބުރުއަރީ 2017

ކޮންސްޓްރަކްޝަން ދައިރާއާ ގުޅޭ ބިލް ވަރަށް އަވަހަށް މަޖިލީހަށް ހުށަހަޅާނަން: މުއިއްޒު

15 ފެބުރުއަރީ 2017
ކޮންސްޓްރަކްޝަން ދައިރާއާ ގުޅޭ ބިލް ވަރަށް އަވަހަށް މަޖިލީހަށް ހުށަހަޅާނަން: މުއިއްޒު
15 ފެބުރުއަރީ 2017

ތައުލީމުގެ ބިލް މަޖިލީހަށް ހުށަހަޅައިފި

15 ފެބުރުއަރީ 2017
ތައުލީމުގެ ބިލް މަޖިލީހަށް ހުށަހަޅައިފި
13 ފެބުރުއަރީ 2017

ހެއްކާބެހޭ ބިލަށް ބަހުސްކުރުން ހޯމަ ދުވަހުގެ ޖަލްސާއަށް އެޖެންޑާ ކޮށްފި

13 ފެބުރުއަރީ 2017
ހެއްކާބެހޭ ބިލަށް ބަހުސްކުރުން ހޯމަ ދުވަހުގެ ޖަލްސާއަށް އެޖެންޑާ ކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު