Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެހުޅަނގު އައްސޭރީގެ ހަމަނުޖެހުން

ހުޅަނގު އައްސޭރި އަށް އިސްރާއީލުން ދެމުންދާ ނުރައްކާތެރި ހަމަލާތައް އަރަބި ލީގުން ކުށްވެރި ކޮށްފި

އިސްރާއީލުގެ ސިފައިން އަންގާރަ ދުވަހުން ފެށިގެން ޖެނީން އަށް ދެމުންދާ ހަމަލާތަކުގައި މިހާތަނަށް މަދުވެގެން 14 މީހުން ޝަހީދު ކޮށްލައި، އެތައް ބަޔަކު ވަނީ ޒަޚަމްކޮށްލާފައެވެ.

ރާއްޖެ އެމްވީ | 24 ޖެނުއަރީ 2025 | ހުކުރު 18:22
އިސްރާއީލުން ހުޅަނގު އައްސޭރީގެ އިމާރާތްތައް ސުންނާފަތި ކުރަނީ

އިސްރާއީލުން ހުޅަނގު އައްސޭރީގެ އިމާރާތްތައް ސުންނާފަތި ކުރަނީ

އަރަބި ލީގުގެ ޤާނޫނު ހަދާ މަޖިލީހުން އިސްރާއީލުން ފަލަސްތީނުގެ ހުޅަނގު އައްސޭރި އަށް ދެމުންދާ ހަމަލާތައް ކުށްވެރިކޮށްފިއެވެ.

އަރަބި އަރަބި ލީގުގެ ގާނޫނު ހަދާ މަޖިލިހުން ނެރުނު ބަޔާނެއްގައި އިސްރާއީލުގެ ސިފައިންނާއި އެތަނުގައި ގަވައިދާ ޚިލާފަށް ވަޒަންވެރިގެން އުޅޭ އިސްރާއީލީން ހިންގާ "ނުރައްކާތެރި އަނިޔާވެރިކަން އިތުރުވަމުންދާ ކަމަށް" ބުނެ އެ އަމަލުތައް "އެންމެ ހަރުކަށި" އިބާރާތުން ކުށްވެރި ކޮށްފައިވެއެވެ.

އިސްރާއީލުގެ ސިފައިން އަންގާރަ ދުވަހުން ފެށިގެން ޖެނީން އަށް ދެމުންދާ ހަމަލާތަކުގައި މިހާތަނަށް މަދުވެގެން 14 މީހުން ޝަހީދު ކޮށްލައި، އެތައް ބަޔަކު ވަނީ ޒަޚަމްކޮށްލާފައެވެ. އިސްރާއީލުން ގަދަކަމުން ހިފާފައިވާ ހުޅަނގު އައްސޭރީގެ ޖެނީން ރެފިއުޖީ ކޭމްޕުގައި ފަލަސްތީނުގެ ގެތައް އަންދައި، އިސްރާއީލު ސިފައިން ގެންދަނީ ގެތައް ސުންނާފަތި ކުރަމުންނެވެ.

ނޫސްވެރިންނާ ވާހަކަދައްކަމުން، އދ. ގެ އިންސާނީ ޙައްޤުތަކުގެ އޮފީހުގެ ތަރުޖަމާނު ތަމީން އަލް-ޚީތާން ވިދާޅުވެފައިވަނީ, ހިފާފައިވާ ހުޅަނގު އައްސޭރީގައި "އިސްރާއީލުގެ ބައެއް އިސް ފަރާތްތަކުން ހުޅަނގު އައްސޭރީގައި ޔަހޫދީ އާބާދީތައް އިތުރަށް ފުޅާކުރުމުގެ ރޭވުންތަކާ ބެހޭ ގޮތުން ތަކުރާރުކޮށް ދައްކަވާ ވާހަކަތަކާމެދު އެ ޖަމްޢިއްޔާއިން ކަންބޮޑުވާ" ކަމަށެވެ.

"އިސްރާއީލުން އެ ގައުމުގެ ރައްޔިތުން ހިފާފައިވާ ސަރަހައްދުގައި ވަޒަންވެރި ކުރަމުން ގެންދިއުމަކީ ވެސް ހަނގުރާމައިގެ ކުށެއް ކަމަށް އަޅުގަނޑުމެން އަނެއްކާވެސް ހަނދާން ކޮށްދެން" އޭނާ ވިދާޅުވިއެވެ.

އިސްރާއީލުގެ ހައްދުފަހަނަ އެޅި ފިކުރުގެ މާލީ ވަޒީރު ބެޒަލެލް ސްމޮޓްރިޗް ދިރިއުޅުއްވަނީ ވެސް ހިފާފައިވާ ސަރަހައްދުގައި އިމާރާތް ކޮށްފައިވާ ގެއެއްގައެވެ. ހިފާފައިވާ ހުޅަނގު އައްސޭރީގައި ގަވައިދާ ޚިލާފަށް ޔަހޫދީން ވަޒަންވެރި ކުރުވުމުގެ ކަންކަން ގެންދަނީ ސީދާ އޭނާގެ ބެއްލެވުމުގެ ދަށުންނެވެ. އޭނާ ތަކުރާރުކޮށް ވަނީ ހުޅަނގު އައްސޭރި އަކީ އިސްރާއީލުގެ ބައެއްގެ ގޮތުގައި ކަނޑައެޅުމަށް ގޮވާލައްވާފައެވެ.

އިތުރަށް ކިޔާލަން

07 އޯގަސްޓު 2017

އިސްރާއީލުން އަލްޖަޒީރާ ހުއްޓުވަން ނިންމައިފި

07 އޯގަސްޓު 2017
އިސްރާއީލުން އަލްޖަޒީރާ ހުއްޓުވަން ނިންމައިފި
08 ޖުލައި 2017

ރަޝިޔާ އާއި އެމެރިކާގެ ރައީސުން ސީރިޔާގެ ދެކުނުހުޅަނގުގައި ހަމަލާ ބަދަލު ކުރުން ހުއްޓާލުމަށް އެއްބަސްވެއްޖެ

08 ޖުލައި 2017
ރަޝިޔާ އާއި އެމެރިކާގެ ރައީސުން ސީރިޔާގެ ދެކުނުހުޅަނގުގައި ހަމަލާ ބަދަލު ކުރުން ހުއްޓާލުމަށް އެއްބަސްވެއްޖެ
08 ޖޫން 2017

އުތުރު ކޮރެއާ އިން އެގައުމުގެ އިރުމަތީ އައްސޭރިފަށުން ހަަތަރު އެންޓި-ޝިޕް ކްރޫޒް މިސައިލް ފޮނުވާލައިފި

08 ޖޫން 2017
އުތުރު ކޮރެއާ އިން އެގައުމުގެ އިރުމަތީ އައްސޭރިފަށުން ހަަތަރު އެންޓި-ޝިޕް ކްރޫޒް މިސައިލް ފޮނުވާލައިފި
18 މެއި 2017

ވެނެޒުއޭލާ ހަމަނުޖެހުން: ހުޅަނގުގެ ސަރަހައްދަށް 2600 ސިފައިން ފޮނުވައިފި

18 މެއި 2017
ވެނެޒުއޭލާ ހަމަނުޖެހުން: ހުޅަނގުގެ ސަރަހައްދަށް 2600 ސިފައިން ފޮނުވައިފި
20 ފެބުރުއަރީ 2017

އިރާނުގެ ހުޅަނގުން ދެ ބިލިއަން ބެރަލްސްގެ ތެޔޮ ފެނިއްޖެ

20 ފެބުރުއަރީ 2017
އިރާނުގެ ހުޅަނގުން ދެ ބިލިއަން ބެރަލްސްގެ ތެޔޮ ފެނިއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު