Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއެމެރިކާ

އުފަންވުމުން ރަށްވެރިކަން ލިބޭ ހައްގު ނިމުމަކަށް ގެނައުމަށް ރައީސް ޓްރަމްޕް ނެރުއްވި އަމުރަށް އެމެރިކާގެ ކޯޓަކުން ހުރަސް އަޅައިފި

އުފަންވުމުން ރައްޔިތަކަށްވުމުގެ ޙައްޤަށް ޓްރަމްޕް ދެއްވި "ހަމަލާ" އާ ދެކޮޅަށް މަދުވެގެން ފަސް މައްސަލައެއް ވަނީ ކޯޓަށް ހުށަހަޅާފައެވެ.

ރާއްޖެ އެމްވީ | 24 ޖެނުއަރީ 2025 | ހުކުރު 17:52
އުފަންވުމުން ރައްޔިތުކަން ލިބޭ ހައްގަށް ހުރަސް އެޅޭ ގޮތައް ޓްރަމްޕް ނެރުއްވި އަމުރަށް އަމަލު ނުކުރުމަށް އެމެރިކާގެ ފަނޑިޔާރަކު ނެރުއްވި ވަގުތީ އަމުރާ ބެހޭ ގޮތުން ވޮޝިންޓަންގެ އެޓާނީ ޖެނެރަލް ނޫސްވެރިނ

އުފަންވުމުން ރައްޔިތުކަން ލިބޭ ހައްގަށް ހުރަސް އެޅޭ ގޮތައް ޓްރަމްޕް ނެރުއްވި އަމުރަށް އަމަލު ނުކުރުމަށް އެމެރިކާގެ ފަނޑިޔާރަކު ނެރުއްވި ވަގުތީ އަމުރާ ބެހޭ ގޮތުން ވޮޝިންޓަންގެ އެޓާނީ ޖެނެރަލް ނޫސްވެރިނ

އެމެރިކާގައި އުފަންވާ ކޮންމެ މީހަކަށް އޮޓަމެޓިކުން އެ ގައުމުގެ ރައްޔިތުކަން ލިބުމަށް އޮތް ހައްގު ނިމުމަކަށް ގެނައުމަށް ރައީސް ޑޮނަލްޑް ޓްރަމްޕް ނެރުއްވި އެގްޒެކެޓިވް އޯޑަރަކަށް އެމެރިކާގެ ކޯޓަކުން ހުރަސް އަޅައިފިއެވެ.

އެމެރިކާގައި އުފަންވާ ކޮންމެ މީހަކަށް އެމެރިކާގެ ރައްޔިތުކަން ލިބުމުގެ ޙައްޤަކީ އެ ގައުމުގެ ޤާނޫނު އަސާސީގައި ކަށަވަރުކޮށްދީފައިވާ ކަމެކެވެ.

ޑިސްޓްރިކްޓް ކޯޓުގެ ފަނޑިޔާރު ޖޯން ކޯގެނޯރ ވަނީ ސިއެޓަލް އަދި ވޮޝިންގްޓަންގައި ޓްރަމްޕްގެ އަމުރު ތަންފީޒު ކުރުން ހުއްޓުވުމަށް ބުރާސްފަތި ދުވަހު ވަގުތީ އަމުރެއް ނެރުއްވާފައެވެ. މިއީ "ފާޅުކަން ބޮޑު ގޮތެއްގައި ޤާނޫނު އަސާސީއާ ޚިލާފު" ފިޔަވަޅެއް ކަމަށް ސިފަކޮށް މި އަމުރު ނެރުނީ ޓްރަމްޕްގެ ނިންމެވުން ސަރުކާރުން ތަންފީޒު ކުރުން ހުއްޓުވުމަށެވެ.

"އަޅުގަނޑު ވަނީ 40 އަހަރަށްވުރެ ގިނަ ދުވަހު ފަނޑިޔާރުކަމުގައި ހޭދަކޮށްފައެވެ. އަދި މިހާ ސާފުކޮށް ހުށަހެޅުނު މައްސަލައެއް އަޅުގަނޑުގެ ހަނދާނުގަ އެއް ނެތެވެ،" ކޯކެނާވަރ ވިދާޅުވިއެވެ. "މިއީ ފާޅުކަން ބޮޑު ގޮތެއްގައި ޤާނޫނު އަސާސީއާ ޚިލާފު އޯޑަރެކެވެ. މި ނިންމުން ނިންމިއިރު ވަކީލުން ތިބީ ކޮންތާކުތޯއެވެ؟"

ޓްރަމްޕްގެ އޯޑަރަކީ އެމެރިކާގެ ރައްޔިތަކަށް ވުމަށް ލިބިފައިވާ އަސާސީ ހައްގަށް ދެއްވި ހަމަލާއެއް ކަމަށް ބުނެ ޙައްޤުތަކަށް މަސައްކަތްކުރާ ޖަމާޢަތްތަކުން މިކަމާމެދު ކަންބޮޑުވުން ވަނީ ފާޅުކޮށްފައެވެ.

މި އެގްޒެކެޓިވް އޯޑަރުގެ ސަބަބުން ހަމައެކަނި ޤާނޫނީ ހައިސިއްޔަތު ނެތް މައިންބަފައިންގެ ދަރިންނަށް އަސަރުކުރުމުގެ އިތުރުން ޤާނޫނީ ހަމަތަކުގެ މަތިން އެ ޤައުމުގައި ދިރިއުޅޭ ބިދޭސީންގެ ދަރިންނަށްވެސް އަސަރުކުރާނެ ކަމުގެ ބިރު އޮތް ކަމަށް އެފަރާތްތަކުން ދަނީ ބުނަމުންނެވެ.

ހޯމަ ދުވަހު ޓްރަމްޕް ނެރުއްވި މި އޯޑަރަކީ އެމެރިކާ އަށް މީހުން ހިޖުރަކުރުން ކޮންޓްރޯލް ކުރުމަށް އޭނާ ސޮއިކުރެއްވި ގިނަ ފިޔަވަޅުތަކުގެ ތެރެއިން އެއް ފިޔަވަޅެވެ. ޓްރަމްޕްގެ މި ނިންމެވުން ނިންމެވިތާ ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި މަސައްލަ ކޯޓަށް ހުށަހެޅިއެވެ.

އުފަންވުމުން ރައްޔިތަކަށްވުމުގެ ޙައްޤަށް ޓްރަމްޕް ދެއްވި "ހަމަލާ" އާ ދެކޮޅަށް މަދުވެގެން ފަސް މައްސަލައެއް ވަނީ ކޯޓަށް ހުށަހަޅާފައެވެ. މީގެ ތެރޭގައި 22 ސްޓޭޓެއްގެ އޮފިޝަލުންނާއި އެމެރިކަން ސިވިލް ލިބަރޓީސް ޔޫނިއަން ފަދަ އެކި މަދަނީ ޙައްޤުތަކަށް މަސައްކަތްކުރާ ޖަމާޢަތްތައް ހިމެނެއެވެ.                                                              

ބުރާސްފަތި ދުވަހުގެ ވަގުތީ ރެސްޓްރެއިނިންގ އޯޑަރ ނެރުނީ ޑިމޮކްރެޓުން ވެރިކަންކުރާ ހަތަރު ސްޓޭޓަކުން ހުށަހެޅި ޝަކުވާއަކާ ގުޅިގެންނެވެ. މި ސްޓޭޓުތަކަކީ އެރިޒޯނާ، އިލިނޮއިސް، އޮރެގަން އަދި ވޮޝިންގްޓަންއެވެ. މިއީ މި މައްސަލަތަކުގެ ތެރެއިން އަޑުއެހުމުގެ މަރުޙަލާއަށް ދިޔަ ފުރަތަމަ މައްސަލައެވެ. 

"މި އޯޑަރުގެ ދަށުން، މިއަދު އުފަންވާ ކުދިން އެމެރިކާގެ ރައްޔިތުންގެ ގޮތުގައި ނުގުނޭނެއެވެ،" އަޑުއެހުން ފެށުމާއެކު ވޮޝިންގްޓަންގެ އެސިސްޓެންޓް އެޓަރނީ ޖެނެރަލް ލޭން ޕޮލޮޒޯލާ ވާހަކަދައްކަވަމުން ވިދާޅުވިއެވެ. 

ގަރުނަކަށްވުރެ ގިނަ ދުވަހު، އެމެރިކާގެ ޤާނޫނު އަސާސީގެ 14 ވަނަ އިޞްލާޙަށް އިޝާރާތްކޮށް ސުޕްރީމް ކޯޓުންވެސް ވަނީ އުފަންވުމުން ރައްޔިތަކަށްވުމުގެ މަފްހޫމު ދަމަހައްޓާފައެވެ. 

އެ އިޞްލާޙުގައި ބަޔާންކޮށްފައިވަނީ: "އެމެރިކާގައި އުފަންވެފައިވާ ނުވަތަ ޤުދުރަތީ ގޮތުން ރައްޔިތަކަށްވެފައިވާ، އަދި އެމެރިކާގެ ބާރުގެ ދަށުގައިވާ އެންމެހައި މީހުންނަކީ އެމެރިކާގެ ރައްޔިތުންނެވެ." 

ނަމަވެސް، ޓްރަމްޕް ގެ ސަރުކާރުން ބުނެފައިވަނީ އުފަންވުމުން ރައްޔިތަކަށްވުމުގެ ޙައްޤުގެ ސަބަބުން އެމެރިކާ އަށް ޤާނޫނާ ޚިލާފަށް ހިޖުރަކުރުމަށް ހިތްވަރު ލިބޭ ކަމަށެވެ. 

އަދި އެމެރިކާގެ ބާރުގެ ދަށުގައި ނުވާތީ، ޤާނޫނީ ހައިސިއްޔަތު ނެތް މައިންބަފައިންގެ ދަރިންނަށް 14 ވަނަ އިޞްލާޙު ނުހިނގާނެ ކަމަށްވެސް ޓްރަމްޕްގެ ސަރުކާރުން ވަކާލާތުކޮށްފައިވެއެވެ. 

ޓްރަމްޕްގެ ޑިޕާޓްމަންޓް އޮފް ޖަސްޓިސް އިން ހޯމަ ދުވަހުގެ އެގްޒެކެޓިވް އޯޑަރ ސިފަކޮށްފައިވަނީ "ދެކުނު ސަރަޙައްދުގެ ބޯޑަރުގައި އޮތް ހާލަތު" އާ ގުޅޭގޮތުން ސަރުކާރުން އަޅަމުންދާ ފިޔަވަޅުތަކުގެ "މުހިންމު ބައެއް" ގެ ގޮތުގައެވެ. 

މި އޯޑަރުގައި ޑިޕާޓްމަންޓް އޮފް ސޯޝަލް ސެކިއުރިޓީ އެޑްމިނިސްޓްރޭޝަނަށް އަންގާފައިވަނީ ފެބްރުއަރީ 19 ގެ ފަހުން އުފަންވާ ކުދިންގެ ތެރެއިން، އެ ކުދިންގެ މައިންބަފައިންކުރެ އެކަކުވެސް އެމެރިކާގެ ރައްޔިތަކަށް ނުވަތަ ޤާނޫނީ ގޮތުން ދާއިމީ ރެސިޑެންޓަކަށް ނުވާނަމަ، އެ ކުދިންނަށް ސޯޝަލް ސެކިއުރިޓީ ކާޑު ނުވަތަ ނަންބަރު ދޫނުކުރުމަށެވެ. 

މިކަމުގެ ސަބަބުން އެ ކުދިން ޤައުމުން ބޭރުކުރުމުގެ ނުރައްކަލާ ކުރިމަތިވެއެވެ. ސޯޝަލް ސެކިއުރިޓީ ކާޑަކީ މުހިންމު އައިޑެންޓިފިކޭޝަން ޑޮކިއުމަންޓެއް ކަމަށްވާތީ، މި ކާޑު ނެތުމުގެ ސަބަބުން އެ ކުދިންނަށް އަސާސީ ސަރުކާރުގެ ޚިދުމަތްތައް ހޯދުމުގައި ވެސް ދަތިތަކާ ކުރިމަތިވެދާނެ ކަމަށް ވަނީ ބެލެވިފައެވެ. 

އެމެރިކާއަކީ އުފަންވުމުން ރައްޔިތަކަށްވުމުގެ ޙައްޤު ލިބެ ދުނިޔޭގެ ގާތްގަނޑަކަށް 30 ޤައުމުގެ ތެރެއިން އެއް ޤައުމެވެ. އެމެރިކާގެ ގާނޫނު އަސާސީ އަށް 14 ވަނަ އިޞްލާޙު ތަޢާރަފުކުރެވުނީ ހަނގުރާމަ އަށް ފަހު، ކުރިން އަޅުންގެ ގޮތުގައި ތިބި އަޅު ނަސްލުގެ މީހުންނަށް ރައްޔިތުކަން ދިނުމަށްޓަކައެވެ.

އިތުރަށް ކިޔާލަން

28 ޑިސެމްބަރު 2017

ލައިބީރިޔާގެ އިންތިޚާބުގެ ދެވަނަ ބުރު: އަދިވެސް ނަތީޖާއެއް ނުލިބޭ

28 ޑިސެމްބަރު 2017
ލައިބީރިޔާގެ އިންތިޚާބުގެ ދެވަނަ ބުރު: އަދިވެސް ނަތީޖާއެއް ނުލިބޭ
22 ނޮވެމްބަރު 2017

ޒިމްބާބްވޭގައި އިންސާނީ ހައްގުތަކަށް އިހްތިރާމް ކުރާ ބާބެއް ދެން އަންނަ ސަރުކާރަކުން ހުޅުވާލަން ޖެހޭނެ: އެމްނެސްޓީ އިންޓަނޭޝަނަލް

22 ނޮވެމްބަރު 2017
ޒިމްބާބްވޭގައި އިންސާނީ ހައްގުތަކަށް އިހްތިރާމް ކުރާ ބާބެއް ދެން އަންނަ ސަރުކާރަކުން ހުޅުވާލަން ޖެހޭނެ: އެމްނެސްޓީ އިންޓަނޭޝަނަލް
12 ނޮވެމްބަރު 2017

ކެޓަލޯނިއާގެ މައްސަލަ: ވަކިވެ ގަތުމުގެ ރޫހު ނިމުމަކަށް ގެންނާނެ ކަމަށް ބޮޑުވަޒީރު ވިދާޅުވެއްޖެ

12 ނޮވެމްބަރު 2017
ކެޓަލޯނިއާގެ މައްސަލަ: ވަކިވެ ގަތުމުގެ ރޫހު ނިމުމަކަށް ގެންނާނެ ކަމަށް ބޮޑުވަޒީރު ވިދާޅުވެއްޖެ
12 އޮކްޓޯބަރު 2017

މަސްތުވާތަކެއްޗާއި ދެކޮޅަށް ފިލިޕީންސް ފުލުހުން ހިންގި އޮޕަރޭޝަން ނިމުމަކަށް

12 އޮކްޓޯބަރު 2017
މަސްތުވާތަކެއްޗާއި ދެކޮޅަށް ފިލިޕީންސް ފުލުހުން ހިންގި އޮޕަރޭޝަން ނިމުމަކަށް
19 ސެޕްޓެމްބަރު 2017

ރަޚައިންގައި ހިނގަމުންދާ އިންސާނީ ހައްގުތަކާ ހިލާފުކަންކަން ކުށްވެރި ކުރަން، ހާލުގައި ޖެހިފައިވަނީ މުސްލިމުން އެކަންޏެއް ނޫން: ސޫކީ

19 ސެޕްޓެމްބަރު 2017
ރަޚައިންގައި ހިނގަމުންދާ އިންސާނީ ހައްގުތަކާ ހިލާފުކަންކަން ކުށްވެރި ކުރަން، ހާލުގައި ޖެހިފައިވަނީ މުސްލިމުން އެކަންޏެއް ނޫން: ސޫކީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު