Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
މެންޗެސްޓަރ ޔުނައިޓެޑް

ޔުނައިޓެޑު އޮތީ ކޮންމެހެން މޮޅެއް ބޭނުންވެފައި: އަމޯރިމް

އެ މެޗުން މޮޅުވުން ޔުނައިޓެޑަށް ޙައްޤުކަން ފާހަގަ ކުރަމުން އަމޯރިމް ބުނީ، އެ ޓީމު އޮތީ ވެސް މޮޅަކަށް ވަރަށް ބޮޑަށް ބޭނުންވެފައި ކަމަށެވެ.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 25 ޖެނުއަރީ 2025 | ހޮނިހިރު 05:23
މެންޗެސްޓަރ ޔުނައިޓެޑުގެ ކޯޗު ރުބެން އަމޯރިމް

މެންޗެސްޓަރ ޔުނައިޓެޑުގެ ކޯޗު ރުބެން އަމޯރިމް

މެންޗެސްޓަރ ޔުނައިޓެޑު އޮތީ ކޮންމެހެން ވެސް މޮޅެއް ބޭނުންވެފައި ކަމަށް، އެ ޓީމަށް އިރުޝާދު ދެމުން އަންނަ ޕޯޗުގަލްގެ ރުބެމް އަމޯރިމް ބުނެފި އެވެ.

އޭނާ މިހެން ބުނީ ޔުއެފާ ޔޫރޮޕާ ލީގުގައި ރޭންޖާސްއާ ދެކޮޅަށް ކުޅެ، ޔުނައިޓެޑު މޮޅުވި މެޗަށްފަހު ނޫސްވެރިންނާ ވާހަކަ ދައްކަމުންނެވެ. އެ މެޗުން މޮޅުވެ ޔުނައިޓެޑުން ވަނީ މުބާރާތުގެ ގަދަ 16 ވަނަ ބުރަށް ދިޔުމުގެ އުންމީދު ހޯދައިފަ އެވެ.

އެ މެޗަށްފަހު ވާހަކަ ދައްކަމުން އަމޯރިމް ބުނީ، ޔުނައިޓެޑުން މެޗު ފެށީ ވަރަށް ރަނގަޅަށް ކަމަށެވެ. ނަމަވެސް މެޗުގެ ވަކި ހިސާބަނުން ހެދުނު ގޯސްތަކެއްގެ ސަބަބުން، ޔުނައިޓެޑަށް މެޗުގެ ކޮންޓްރޯލް ގެއްލުނު ކަމަށް ވެސް އަމޯރިމް ބުންޏެވެ. އެހެން ނަަމަވެސް، ފަހުން އަނެއްކާ ވެސް އެކަން ރަނގަޅުކޮށް، ބޭނުންވި ގޮތުގައި މެޗު ނިންމާލެވުނު ކަމަށް ވެސް އަމޯރިމް ވަނީ ބުނެފަ އެވެ.

މީގެ އިތުރުން އަމޯރިމް ބުނީ، ޔުނައިޓެޑު ކުޅެމުން ދަނީ އެ ޓީމުގެ އެންމެ މޮޅު ކުޅުމުގައި ނޫން ކަމަށެވެ. އެހެން ނަމަވެސް، ރޭންޖާސް މެޗަށް ޓީމު ރަނގަޅަށް އެކުލަވާލެވުނު ކަމަށާއި، ކުޅުންތެރިންގެ ފަރާތުން ރަނގަޅު ރޫޙެއް ވެސް ފެނުނު ކަމަށް އޭނާ ދެކެ އެވެ. މެޗުގައި ބައެއް ކަންކަން ޔުނައިޓެޑުގެ އަތުން ދޫވެގެންދިޔަކަން ފާހަގަކޮށް އަމޯރިމް ބުނީ، އެފަދަ ދަނޑިވަޅުތަކަށް ސަމާލުކަަން ދެވިއްޖެ ނަަމަ، ރަނގަޅު ކަންތައްތަކެއް ކުރެވޭނެ ކަމަށެވެ.

އަމޯރިމް ބުނީ މެޗުގެ ނަތީޖާ އެއްވަރުވާން ދިޔަ ނަމަވެސް، ޔުނައިޓެޑަށް އެކަން ޙައްޤު ނޫން ކަމަށެވެ. އެ މެޗުން މޮޅުވުން ޔުނައިޓެޑަށް ޙައްޤުކަން ފާހަގަ ކުރަމުން އަމޯރިމް ބުނީ، އެ ޓީމު އޮތީ ވެސް މޮޅަކަށް ވަރަށް ބޮޑަށް ބޭނުންވެފައި ކަމަށެވެ. މޮޅާއެކު މިވަގުތަށް އޮތް ހަމަޖެހުމާއެކު، ކުރިއަށް ހުރި މެޗުތަަކަށް ތައްޔާރުވާނީ ފުރިހަމަ އަށް ކަމަށް ވެސް އަމޯރިމް ބުންޏެވެ.

ޔުނައިޓެޑުގެ ކޯޗުކަމާ އަމޯރިމް ހަވާލުވީ ފަހުން ވެސް އެ ޓީމުގެ ނަތީޖާތައް ދަށްވާތީ، އޭނާ އަށް އަންނަނީ ފާޑު ކިޔުންތައް އަމާޒުވަމުންނެވެ. އަދި އަމޯރިމް އަށް ޕްރެޝަރު ބޮޑުވަމުން އަންނަ ކަމަށް ވެސް މީޑިއާ ތަކުގައި ރިޕޯޓުކޮށްފައިވެ އެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ފްރެންޗް ލީގް: ލޫކަސްގެ ލަނޑުން ޕީއެސްޖީ މޮޅުވިއިރު، މޮނާކޯ އަށްވެސް މޮޅެއް

ފްރެންޗް ލީގް: ލޫކަސްގެ ލަނޑުން ޕީއެސްޖީ މޮޅުވިއިރު، މޮނާކޯ އަށްވެސް މޮޅެއް

08 ފެބުރުއަރީ 2017
ޕްރިމިއާ ލީގު: ސިޓީ ތިންވަނަ އަށް ޖެހުނުއިރު، ޔުނައިޓެޑަށް ބޮޑު މޮޅެއް

ޕްރިމިއާ ލީގު: ސިޓީ ތިންވަނަ އަށް ޖެހުނުއިރު، ޔުނައިޓެޑަށް ބޮޑު މޮޅެއް

06 ފެބުރުއަރީ 2017
ގްރިޒްމަން ހޯދުމަށް ޔުނައިޓެޑުން އެޓުލެޓިކޯއާއެކު އެއްބަސްވުން ހަދައިފި

ގްރިޒްމަން ހޯދުމަށް ޔުނައިޓެޑުން އެޓުލެޓިކޯއާއެކު އެއްބަސްވުން ހަދައިފި

02 ފެބުރުއަރީ 2017
ގްރިޒްމަން ހޯދުމަށް ޔުނައިޓެޑުން 80 މިލިއަން ޔޫރޯ ހުށަހަޅައިފި

ގްރިޒްމަން ހޯދުމަށް ޔުނައިޓެޑުން 80 މިލިއަން ޔޫރޯ ހުށަހަޅައިފި

31 ޖެނުއަރީ 2017
ޑިޕޭ ލިއޯން އަށް ވިއްކާލަން ޔުނައިޓެޑުން އެއްބަސްވެއްޖެ

ޑިޕޭ ލިއޯން އަށް ވިއްކާލަން ޔުނައިޓެޑުން އެއްބަސްވެއްޖެ

20 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

2 އެޕްރީލު
ރައީސް މުއިއްޒު މިއުޅުއްވަނީ ދުނިޔޭގެ އެންމެ ބޮޑު މަހުޖަނަށް ހެދިގެންތޯއެވެ.
20251 އަހަރު ކުރިން
ރިޕޯޓު

ރައީސް މުއިއްޒު މިއުޅުއްވަނީ ދުނިޔޭގެ އެންމެ ބޮޑު މަހުޖަނަށް ހެދިގެންތޯއެވެ.

އެސްޓްރަބަން އިން ވިއްކާ ތަކެތި ފަސޭހައިން ގަނެވޭގޮތަށް އައު ވެބްސައިޓެއް
20242 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

އެސްޓްރަބަން އިން ވިއްކާ ތަކެތި ފަސޭހައިން ގަނެވޭގޮތަށް އައު ވެބްސައިޓެއް

ފައިސާ އެކައުންޓަށް ޖަމާކުރުމަށްފަހު އަނބުރާ ހޯދައިދިނުމުގެ ބާރެއް ބޭންކަކަށް ނޯވޭ: ބީއެމްއެލް
20233 އަހަރު ކުރިން
ރާއްޖެ

ފައިސާ އެކައުންޓަށް ޖަމާކުރުމަށްފަހު އަނބުރާ ހޯދައިދިނުމުގެ ބާރެއް ބޭންކަކަށް ނޯވޭ: ބީއެމްއެލް

ހިރިލަންދޫގައި "ނަޝީ ބޭކަރީ" ހުޅުވައިފި
20224 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ހިރިލަންދޫގައި "ނަޝީ ބޭކަރީ" ހުޅުވައިފި

ތިންހާސް އަހަރު ކުރިން މަރުވެފައިވާ ރަސްރަނިންގެ ޕެރޭޑެއް
20215 އަހަރު ކުރިން
ތަފާތު ޚަބަރު

ތިންހާސް އަހަރު ކުރިން މަރުވެފައިވާ ރަސްރަނިންގެ ޕެރޭޑެއް

ކަނޑުފޭރޭ ބަޔަކު ޖޭޕީ ފޭރިގެންފި ކަމަށް ވިދާޅުވެ އަލީ ވަހީދުގެ ފާޑުކިއުން އެ ޕާޓީއަށް!
20197 އަހަރު ކުރިން
ރާއްޖެ

ކަނޑުފޭރޭ ބަޔަކު ޖޭޕީ ފޭރިގެންފި ކަމަށް ވިދާޅުވެ އަލީ ވަހީދުގެ ފާޑުކިއުން އެ ޕާޓީއަށް!

އަތްފައި ދާ ހިތްލާތަ؟ ކަންބޮޑު ނުވޭ މި އޮތީ ހައްލު!
20188 އަހަރު ކުރިން
ސިއްހަތު

އަތްފައި ދާ ހިތްލާތަ؟ ކަންބޮޑު ނުވޭ މި އޮތީ ހައްލު!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު