Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
މަގޭ ރިޕޯޓް

ސަރުކާރުގެ ސުޕަރމެޖޯރިޓީ އޮތް މަޖިލިސް ދެފަޅިވެ، ދެ ފެކްޝަނަކަށް ބެހިގެން ދަނީއެވެ.

ރައީސް މުއިއްޒުގެ މި ސަރުކާރުގައި ގިނަ މައްސަލަތަކެއް އުޅޭކަމަށް ޚުދު ޕީއެންސީ މެމްބަރުންވެސް ދަނީ ބުނަމުން

އަބްދުލް ހަންނާން މުހައްމަދް
އަބްދުލް ހަންނާން މުހައްމަދް, ރާއްޖެ އެމްވީ | 23 ޖެނުއަރީ 2025 | ބުރާސްފަތި 11:32
މަޖިލިސް ރައީސް އަބްދުއްރަހީމް އާއި ރައީސް މުއިއްޒު. ޕީއެންސީގެ ޖަލްސާއެއްގެ ތެރެއިން.

މަޖިލިސް ރައީސް އަބްދުއްރަހީމް އާއި ރައީސް މުއިއްޒު. ޕީއެންސީގެ ޖަލްސާއެއްގެ ތެރެއިން.

"ސުޕަރ މެޖޯރިޓީ އަކުން ވާކަމެއް ނެތް... މިހާރު ފެންނަ މަންޒަރުން މަޖިލީސް ރޫޅިގެން ދާކަށް ގިނަ ދުވަހެއް ނެތް... މަޖިލިސް އޮތީ ދެފަޅިވެފަ... ދެ ފެކްޝަނެއް އުފެދިފަ.. ކަމަކަށް އޮންނަނީ އަބަދު ރުޅިގަދަވެ، ޒުވާބުކުރުން. މިހާރުވެސް ބައެއް މެމްބަރުން ތިބީ ޕާޓީ ދޫކޮށްލާހިސާބުގަ...

މިއީ ވެރިކަން ކުރާ ޕާޓީ ޕީއެންސީއަށް ނިސްބަތްވާ މަޖިލިސް މެމްބަރެއްގެ ބަހެވެ. އެ މެމްބަރުގެ އެ ވިދާޅުވުން ރައީސް ޑރ. މުޙައްމަދު މުއިއްޒުގެ މި ސަރުކާރުގެ ހާލަތު ވަރަށް ރަނގަޅަށް ދޭހަވެއެވެ. ސަރުކާރުގެ ތެރޭގައި ހަމަޖެހުމެއް ނެތްކަން ވަރަށް ސާފެވެ. މަޖިލިސްތެރޭގައި ވެސް ރައީސް މުއިއްޒުގެ ފެކްޝަނަކާއި މަޖިލިސް ރައީސް، އަބްދުއްރަޙީމް އަބްދުﷲ (އަދުރޭ) ގެ ފެކްޝަނެއް އޮތްކަން ވެސް ސާފެވެ.

Advertisement - newsAdvertisement

ސަރުކާރުގެ ތެރެއިން ކަންކަން ދަނީ އެންމެ ރަނގަޅަކަށް ނޫންކަން ހަގީގަތުގައިވެސް ދިވެހިންނަށް އެނގިއްޖެއެވެ. މިއީ ކަންތައް ވެގެންދާނެ ގޮތްކަން މީގެ ކުރިންވެސް ރާއްޖޭގެ ރައްޔިތުންގެ ތެރެއިން ގިނަ ބަޔަކު ދިޔައީ ބުނަމުންނެވެ. ވެރިކަން ކުރާ ޕާޓީ، ޕީއެންސީއަށް މަޖިލީހުގެ ސުޕަރ މެޖޯރިޓީ ލިބުނުއިރުގައި ވެސް މިހެން މިކަން ވެދާނެ ކަމަށް އޭރުވެސް ގިނަބަޔު ދިޔައީ ބުނަމުންނެވެ. ވާނީވެސް އެހެންތާއެވެ. ރާއްޖޭގެ މާޒީގައި ކަން ހިނގި އުސޫލު ވެސް ފެންނާން އޮތީވެސް ހަމަ އެބީދައިންނެވެ.

ބުނާތީ އަހަމެވެ. އެއް އުރެއްގައި ދެ ކަނޑިއަކަށް ނޯވެވޭނެއެވެ. މީ ޝައްކުވެސް ކުރަން ޖެހޭވަރުގެ ކަމެއް ނޫނެވެ. ހަމަ މި ބީދައިން ސަރުކާރު ޕާޓީގައި 75 މަޖިލިސް މެމްބަރުން ތިބިއިރު، އެއް އުރައެއް ތެރޭގައި 75 މެންބަރުން ގެންގުޅުމަކީ ފަސޭހަކަމަކަށް ނުވާނެއެވެ. އެއީ ކުޑަކަމެއް ނޫނެވެ. އެއީ އުނދަގޫ އަދި އެހާމެ ބޮޑުވެސް ކަމެކެވެ. މިއީ ވެރިކަންކުރާ ޕާޓީ ޕީއެންސީ އަށް ވެސް އަދި މި ސަރުކާރަށް ވެސް އެނގޭ ކަންކަމެވެ. އެގޮތުން ޕާޓީގެ މެންބަރުންނާއި ސަރުކާރުގެ ވެރިންނަށް ވެސް މިކަން ވަރަށް ސާފުކޮށް އެނގެއެވެ.

އެކި ކޮޅުކޮޅުން ލިބޭ އެކި މައުލޫމާތު އެއްކުރުމުން އެނގޭ ގޮތުގައި ސަރުކާރުގެ ތެރޭގައި ޖެހޭ އެންމެ ބޮޑު އެއް މައްސަލައަކީ ސަރުކާރާއި މެންބަރުންނާ ގުޅުން ކުޑަވުމެވެ. ރަށްރަށުގެ ތަރައްޤީއަށް ހިންގަން ޖެހޭ މަޝްރޫއުތައް ނުހިނގުމެވެ. ރައްޔިތުންނަށް ދަތިވާ ބައެއް ކަންކަމުގައި މެންބަރުން ބޭނުންވާ ގޮތަށް ކަންތައްތައް ނުދިއުމެވެ. ކަންމިހެން ހުރިއިރު، މާލީ ދަތިތަކާއި އިގުތިސާދީ މިސްރާބަށް ބަލާފައި ކަންކަން ކުރެވިދާނެ ކަމަކަށް ޕީއެންސީގެ ބައެއް މެންބަރުން މިހާރު ގަބޫލެއް ނުކުރައްވައެވެ.

ބައެއް މެމްބަރުން ވިދާޅުވާ ގޮތުންނަމަ ކަންކަން ނުކޮށްދެވި އޮތުމުގެ ސަބަބުން ދާއިރާ ރައްޔިތުންނާ ވެސް ދެބަސްވާން ޖެހެނީއެވެ. ރައްޔިތުންގެ ޕްރެޝަރު ވެސް މެންބަރުންނަށް ބޮޑީއެވެ. އަމުދުން ބައެއް ކަންކަމުގައި ސަރުކާރު ދިފާއުކުރަން ވެސް ދަތީއެވެ.

އިތުބާރު ހުރި ފަރާތަކުން މައުލޫމާތު ދިން ގޮތުގައި ވެރިކަން ކުރާ ޕާޓީއަށް ނިސްބަތްވާ ބައެއް މެމްބަރުން ތިބީ ވަރަށް ބޮޑަށް ހިތްމަ ނުޖެހި ރުޅިގަދަވެފައެވެ. މިގޮތަށް ތިބޭތާ ދުވަސްތަކެއް ވެއްޖެއެވެ. އެހެން ނަމަވެސް ފާޅުގައި އެއްޗެއް ނުބުނެއެވެ. ގިނަ ފަހަރަށް ޒުވާބެއް ވިއްޔާ ކުރަނީ ވަޓްސްއެޕް ގްރޫޕުގައެވެ. މަޖިލީހު ކުޑަ ދަށުގައި ދައްކަވާ ވާހަކަ ވެސް މަދެއް ނޫނެވެ. އެކަމަކު ދިއްދޫ ދާއިރާގެ މެންބަރު އަބްދުއްލަތީފް މުހައްމަދު ހޯމަ ދުވަހު މަޖިލީސް ތަޅުމުގައި އެ ވާހަކަ ވިދާޅުވެއްޖެއެވެ.

މެމްބަރު ލަތީފު ވިދާޅުވެފައިވަނީ މި ސަރުކާރުގެ ވަޒީރުން ފޯނު ނުނަންގަވާ މައްސަލައަކީ ބޮޑު މައްސަލައެއްކަމަށާއި އަދި، ކަންތައްތައް ނުކޮށްދޭ މައްސަލައަކީ ވެސް ވަރަށް ބޮޑު މައްސަލައެއްކަމަށެވެ. މިއިން ބައެއް ވަޒީރުން ޚުދު ރައީސުލްޖުމްހޫރިއްޔާއަށް ވެސް އިޚުލާސްތެރިކަމާ އެކު މަސައްކަތްކުރާކަން، ނުވަތަ އިޚުލާސްތެރިކަމާ އެކު މަސައްކަތްކޮށްދޭކަން ކަށަވަރު ނޫންކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

މިއީ މެމްބަރު ލަތީފު، މި ސަރުކާރުގެ ވަޒީރުންނަށް ދެއްވި އިންޒާރެއް ކަމެއް ނުވަތަ ނަސޭހަތެއް ކަމެއް ނޭނގެއެވެ. ވިދާޅުވީ، ރައީސް ޑރ. މުހައްމަދު މުއިއްޒާ ގާތްވުމަކީ މަގާމުގައި ދެމިހުރެވޭނެ ސަބަބެއް ނޫން ކަމަށެވެ. ކުރީގެ ޕީޕީއެމް ވެރިކަމުން މިސާލު ދައްކަވަމުންނެވެ. އެއީ، އެ ވެރިކަން ދޫކޮށްލާފައި ނުކުތް 12 މެންބަރުން ތެރޭން މެންބަރެކެވެ.

އެ ދުވަހު ޕީއެންސީގެ ދާންދޫ ދާއިރާގެ މެންބަރު މުހައްމަދު ފަޒީލް ވެސް ވަނީ ނުރުހުމުގެ ބޮޑު މެސެޖެއް ދެއްވާފައެވެ. އޭނާ ވަނީ ހަޔަރ އެޑިއުކޭޝަން މިނިސްޓަރުކަމަށް ކުރިން ހައުސިން މިނިސްޓަރުކަމުގައި ހުންނެވި އަލީ ހައިދަރު ބަދަލުކުރެއްވުމުން، އޭނާއަށް ރުހުން ދޭން ނުފެންނަ ކަމަށް ވޯޓު ދީފައެވެ. އެއީ، ޕީއެންސީގެ މެންބަރަކު ރައީސް އައްޔަންކުރެއްވި ވަޒީރަކަށް ނޫނެކޭ ބުނި ފުރަތަމަ ފަހަރެވެ.

ވެރިކަން ކުރާ ޕާޓީ ޕީއެންސީއަށް ނިސްބަތްވާ ގިނަ މެންބަރުންގެ މެދުގައި ދެބަސްވުމާއި މައްސަލަތަށް އޮތްއިރު، މި މެމްބަރުންގެ މެދުގައި އެންމެ ބޮޑު މައްސަލައަކަށް ވެފައިވަނީ ސަރުކާރުން ދޭންވާ އެއްބާރުލުން ނުދިނުމުގެ ސަބަބުން ދާއިރާ ތަކުގެ ރަށްރަށުގައި ހިންގަން ޖެހޭ މަޝްރޫއުތައް ނުހިނގުމެވެ. ސަރުކާރަށް ރައްޔިތުން ބޭނުންވާ ކަންކަން ނުކޮށްދެވުމެވެ. މެމްބަރުންނާއި ސަރުކާރާއި ގުޅުން ކުޑައެވެ. އެއް މެމްބަރަކު އަނެއް މެމްބަރަކު ވާހަކަނުދައްކާތާ ވެސް އެތަކެއް ދުވަސްތަކެއް ވެއްޖެއެވެ. ވާނެކަމަށް ބަލައި އުންމީދުކުރި ހަމަ އެއްވެސް ކަމެއް ސަރުކާރުގެ ތެރެއިން ނުވެއެވެ.

ރައްޔިތުންނަށް އެތަކެއް ފޮނި ވައުދުތަކެއް ވެގެން މަޤާމަށް އައިސް ރައްޔިތުން ބޭނުންވާކަންކަން ވެސް ނުކޮށްދެވޭއިރު، މެމްބަރުންނަށް އޮތީ ރައީސް މުއިއްޒަށް ސަނާކިޔައިގެން ބުނާހާގޮތެއް ހަދައިގެން ތިބުމެވެ. މިއީ ރައްޔިތުން ބޭނުންވާ ގޮތެއް ނޫންވެ. މިކަމުގެ ސަބަބުން ހުރިހާ ޕްރެޝަރެއް އޮތީވެސް ހަމަ އެ ޕީއެންސީއަށް ނިސްބަތްވާ މަޖިލިސް މެމްބަރުންނަށެވެ.

ރައްޔިތުން ރައީސް ޑރ. މުޙައްމަދު މުއިއްޒުގެ މި ސަރުކާރު ދެކެ ދުވަހެއް ދުވަހަކަށް އަންނަނީ ނަފުރަތު ކުރަމުންނެވެ. އޭގެ އެންމެ ބޮޑު އެއް ސަބަބަކީ ވޭޕް މަނާކޮށް، ސިނގިރެޓުގެ އަގު ބޮޑުކުރުމާއި އާސަންދައަށް އަންނަ ބަދަލުތަކާއި މި ފަހުން ކުރިމަތިވި 'ވަގު ފޯމު'ތަކުގެ މައްސަލައިގެ އިތުރުން ތަކެތި އަގުބޮޑުވުމެވެ.

ހަގީގަތަކީ ސަރުކާރުގެ ބިޔަބޮޑު ސުޕަރ މެޖޯރިޓީ އޮތް މަޖިލިސް ދެފަޅިއަށް ނުވަތަ ދެ ފެކްޝަނަށް ފަޅައިގެން ދިއުމެވެ. ނަން ނުޖެހުމަށް ޝަރުތުކޮށް ޕީއެންސީއަށް ނިސްބަތްވާ މަޖިލިސް މެމްބަރަކު ވިދާޅުވި ގޮތުން ވެސް މިއީ މިވަގުތު ސަރުކާރުގެ ސުޕަރ މެޖޯރިޓީ އޮންނަ މަޖިލީހުގެ ހާލަތެވެ. މަޖިލިސް ދެ ފެކްޝަނަކަށް ފަޅިވެގެން ދިޔައިރު، އެއީ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ގެ ފެކްޝަނާއި ރައީސް ޑރ. މުޙައްމަދު މުއިއްޒުގެ ފެކްޝަނެވެ. އެމެންބަރުން ރުޅިގަދަވެ، މައްސަލަތައް ޖެހިފައިވަނީ މި ސަރުކާރުން ކަންކުރަމުން ގެންދާ ގޮތުންކަމަށް ވެއެވެ.

ގާނޫނުއަސާސީއަށް އިސްލާހު ގެނައީ އެ މެންބަރުން އަމިއްލައަށެވެ. ޕާޓީން ވަކިވިޔަސް، ނޫނީ ޕާޓީން ނުރުހިގެން ވަކިކުރިޔަސް މެންބަރުކަން ގެއްލޭނެއެވެ. ގާނޫނުއަސާސީއަށް މި ވަރުގަދަ އިސްލާހު ގެނައީ އެއް ދުވަހުންނެވެ. އިތުރު ބަޔަކާ މަޝްވަރާކުރުމެއް ނެތި ސަރުކާރުން ބޭނުންވި ގޮތަށެވެ. ދެން ކަންތައް ވާގޮތެއް ބަލަން ތިބެމާ ހިގާށެވެ. އަދި ލައްކަ ކުޅިވަރު ފެންނާނެއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ކައުންސިލް ނުލިބިއްޖެ ނަމަ ތިމަރަފުށީގައި ހުރި ސަރުކާރުގެ އޮފިސްތަކުގެ އޮނިގަނޑަށް ބަދަލު ގެންނާނަން: ޝަރީފް

ކައުންސިލް ނުލިބިއްޖެ ނަމަ ތިމަރަފުށީގައި ހުރި ސަރުކާރުގެ އޮފިސްތަކުގެ އޮނިގަނޑަށް ބަދަލު ގެންނާނަން: ޝަރީފް

21 ޖެނުއަރީ 2017
ރަނގަޅު ވެރިކަމެއްގައި މިސަރުކާރުގެ ބޮޑުން ތިބޭނީ ޖަލުގައި: ނާދިރާ

ރަނގަޅު ވެރިކަމެއްގައި މިސަރުކާރުގެ ބޮޑުން ތިބޭނީ ޖަލުގައި: ނާދިރާ

20 ޖެނުއަރީ 2017
ޓިވެޓް ޕްރޮގްރާމުތަކަށް ޖަރުމަން ސަރުކާރުގެ އެހީތެރިކަން ހޯދަނީ

ޓިވެޓް ޕްރޮގްރާމުތަކަށް ޖަރުމަން ސަރުކާރުގެ އެހީތެރިކަން ހޯދަނީ

20 ޖެނުއަރީ 2017
ރައީސުލްޖުމްހޫރިއްޔާ، އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލިސްގެ ރައީސް ކަމަށް ބޭފުޅަކު ޢައްޔަނު ކުރައްވައިފި

ރައީސުލްޖުމްހޫރިއްޔާ، އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލިސްގެ ރައީސް ކަމަށް ބޭފުޅަކު ޢައްޔަނު ކުރައްވައިފި

20 ޖެނުއަރީ 2017
ސަރުކާރުގެ މުވައްޒަފުންނަށް ހާއްސަކޮށްގެން ހުޅުމާލޭގައި ހައުސިން ޔުނިޓްތަކެއް އަޅަން އަމީން ކޮންޓްރަކްޝަންސްއާ ހަވާލު ކޮށްފި

ސަރުކާރުގެ މުވައްޒަފުންނަށް ހާއްސަކޮށްގެން ހުޅުމާލޭގައި ހައުސިން ޔުނިޓްތަކެއް އަޅަން އަމީން ކޮންޓްރަކްޝަންސްއާ ހަވާލު ކޮށްފި

20 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

14 ފެބުރުއަރީ
ރޯދަ މަސް އެކީ މަޖިލިސް ޗުއްޓީ އަށް ދާން އެމްޑީޕީ މެމްބަރުން ދެކޮޅު
20251 އަހަރު ކުރިން
ރާއްޖެ

ރޯދަ މަސް އެކީ މަޖިލިސް ޗުއްޓީ އަށް ދާން އެމްޑީޕީ މެމްބަރުން ދެކޮޅު

އޭރަކު ނުވި ސިއްރެއް، މިހާރު އެކަމަކު ސިއްރެއް!
20242 އަހަރު ކުރިން
ރިޕޯޓު

އޭރަކު ނުވި ސިއްރެއް، މިހާރު އެކަމަކު ސިއްރެއް!

އަނބިމީހާއަށް ގެވެށި އަނިޔާކުރި މައްސަލަ: އަނބިމީހާ ބުނަނީ ގަޔަށް ވަޅި ހެރިފައިވަނީ ނިދީގައި ފުރޮޅެމުން ކަމަށް
20233 އަހަރު ކުރިން
ރާއްޖެ

އަނބިމީހާއަށް ގެވެށި އަނިޔާކުރި މައްސަލަ: އަނބިމީހާ ބުނަނީ ގަޔަށް ވަޅި ހެރިފައިވަނީ ނިދީގައި ފުރޮޅެމުން ކަމަށް

ސީރިއަސްކަން އެނގުނީ ތިން ދަރިން ބަލައި ދިނުމަށް ވަސިއްޔަތް ކުރުމުން، މިހާރު ވަނީ ވޯޑަށް ބަދަލުކުރެވިފައި
20224 އަހަރު ކުރިން
ރިޕޯޓު

ސީރިއަސްކަން އެނގުނީ ތިން ދަރިން ބަލައި ދިނުމަށް ވަސިއްޔަތް ކުރުމުން، މިހާރު ވަނީ ވޯޑަށް ބަދަލުކުރެވިފައި

ގަބުރުސްތާނުން ވިނަނޮޅައި މަހާނަގައު ސާފުކުރާ ބާރައަހަރުގެ އަންހެން ކުއްޖެއްގެ ވާހަކަ!
20215 އަހަރު ކުރިން
ތަފާތު ޚަބަރު

ގަބުރުސްތާނުން ވިނަނޮޅައި މަހާނަގައު ސާފުކުރާ ބާރައަހަރުގެ އަންހެން ކުއްޖެއްގެ ވާހަކަ!

ވެލިދޫގައި ދެ އަންހެން ފަތުރުވެރިން ކައިވެނި ކުރި ކަމަށް ދެކެވޭ ވާހަކަ ދޮގުކޮށްފި
20197 އަހަރު ކުރިން
ރާއްޖެ

ވެލިދޫގައި ދެ އަންހެން ފަތުރުވެރިން ކައިވެނި ކުރި ކަމަށް ދެކެވޭ ވާހަކަ ދޮގުކޮށްފި

ފުރަތަމަ ފިލްމުގެ ފުރަތަމަ ލަވަ: މުޅި ދުނިޔެއަށް މަޝްހޫރު
20188 އަހަރު ކުރިން
ރިޕޯޓު

ފުރަތަމަ ފިލްމުގެ ފުރަތަމަ ލަވަ: މުޅި ދުނިޔެއަށް މަޝްހޫރު

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު