ކ. މާލެ
|
21 ޖެނުއަރީ 2025 | އަންގާރަ 14:02
ހުޅުމާލޭގައި ބާއްވަން އިންތިޒާމު ކުރި ބައްދަލުވުމުގެ ޕޯސްޓަރު
ހުޅުމާލޭގައި ބާއްވަން އިންތިޒާމު ކުރި ބައްދަލުވުމުގެ ޕޯސްޓަރު
އެމްޑީޕީ
ސުލްހަވެރި އެއްވުމަށް ހުރަސް އެޅުން
އެމްޑީޕީން ހުޅުމާލޭގައި މިރޭ ބާއްވަން އުޅުނު ބައްދަލުވުމަށް އެޗްޑީސީ އިން ހުރަސް އަޅާ ހުއްޓުވައިފި
މިއީ ސަރުކާރުން ސުލްހަވެރި ސިޔާސީ ހަރަކާތްތަކަށް ސީދާ ހުރަސްއެޅުމުގެ ނިޔަތުގައި ކުރި ކަމެއް

މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ) އިން ހުޅުމާލޭ ރުއްގަނޑު ސަރަހައްދުގައި އަންގާރަ ދުވަހުގެ ރޭ ބާއްވަން އުޅުނު ކަންމަތީ ޖަލްސާ އަށް އެޗްޑީސީ އިން ހުރަސް އަޅާ ހުއްޓުވައިފިއެވެ.

ބައްދަލުވުން ބާއްވަން ހަމަޖައްސާފައިވަނީ ހުޅުމާލޭ ރުއްގަނޑު-1 ސަރަހައްދުގައި ރޭގަނޑު 8:30 ގައެވެ.

"ހިތާމައާއެކު ދަންނަވަމެވެ. މި ޖަލްސާ ބޭއްވުމަށް އެޗްޑީސީ އިން ހުއްދަ ނުދިނުމުން، އެމްޑީޕީއަށް މިރޭ ހުޅުމާލޭގައި ކަންމަތީ ޖަލްސާ ނުބޭއްވޭނެ ކަމަށް މިހާރުވަނީ އަންގާފައި. މިއީ ސަރުކާރުން ސުލްހަވެރި ސިޔާސީ ހަރަކާތްތަކަށް ސީދާ ހުރަސްއެޅުމުގެ ނިޔަތުގައި ކުރާ ކަމެއްކަން ސާފުކޮށް އެނގޭ." އެމްޑީޕީ އިން މިކަމާ ބެހޭ ގޮތުން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައިވެއެވެ.   

މިއީ ރައީސް މުއިއްޒުގެ ސަރުކާރުގެ ސިޔާސާތުތަކުގެ ސަބަބުން ރައްޔިތުންނަށް ލިބެމުންދާ ބޮޑެތި ގެއްލުންތަކުގެ ސަބަބުން އެކަމާ އިހްތިޖާޖު ކުރުމަށް މިމަހުގެ 31 ވަނަ ދުވަހު މަލޭގައި އެ ޕާޓީން "ފުދިއްޖެ، ފުނޑިއްޖެ" ނަމުގައި ބޭއްވުމަށް އިންތިޒާމު ކުރަމުންދާ ސުލްހަވެރި ހިނގާލުމަށް ތައްޔާރުވުމުގެ ގޮތުން ބޭއްވުމަށް އިންތިޒާމު ކޮށްފައިވާ ހަރަކާތްތަކުގެ ތެރެއިން ހަރަކާތެކެވެ.

މީގެ އެއް ކަންމަތީ ބައްދަލުވުމުން ހުސްވި ހަފްތާގައި މާލޭގައި ވަނީ ބާއްވާފައެވެ.     

- ކޮމެންޓް