Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެޣައްޒާ ހަނގުރާމަ

ޣައްޒާ ހަނގުރާމަ ހުއްޓުނު އިރު ނަތަންޔާހޫގެ މަގްސަދު ހާސިލު ނުވެ، ވެރިކަން ބަލިކަށި ވެއްޖެ

އިއްތިހާދު ރޫޅި އޭނާގެ ވެރިކަން ވެއްޓޭކަށް ނަތަންޔާހޫ ބޭނުމެއް ނުވެއެވެ. އަދި އޭނާގެ ބާރު ގެއްލި، ބޯމަތިވެފައި އޮތް ކޮރަޕްޝަންގެ ޝަރީޢަތާ ކުރިމަތިލައްވާކަށްވެސް އޭނާ ބޭނުމެއް ނުވެއެވެ. ހަމަ އެއާއެކު އިސްރާއީލުގެ އެންމެ ބޮޑު މަދަދުވެރިޔާ ކަމުގައިވާ އެމެރިކާގެ ވެރިކަމަށް ވަޑައިގަތް ޑޮނަލްޑް ޓްރަމްޕް ގެ ނުރުހުން ވެސް ބޭނުމެއް ނުވެއެވެ.

ރާއްޖެ އެމްވީ | 21 ޖެނުއަރީ 2025 | އަންގާރަ 02:01
ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ އޭނާގެ ސެކިއުރިޓީ ކެބިނެޓް ބައްދަލުވުމެއްގައި

ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ އޭނާގެ ސެކިއުރިޓީ ކެބިނެޓް ބައްދަލުވުމެއްގައި

ޣައްޒާގައި އިސްރާއީލުން ހިންގަމުން އައި 15 މަސް ދުވަސްވީ ހަނގުރާމަ ހުއްޓުމަކަށް އައި އިރު ބޮޑު ވަޒީރު ބެންޖަމިން ނަތަންޔާހޫ ގެ އެންމެ މުހިންމު މަގްސަދު ކަމުގައިވި ހަމާސް މުޅިން ނައްތާލުން ހާސިލެއް ނުވިއެވެ.

ހަނގުރާމަ ހުއްޓުމަކަށް އައުމާއެކު ހަމާސް އިން ރަހީނު ކޮށްފައި ތިބި އިސްރާއީލުގެ ރައްޔިތުން ދޫކޮށްލުން ކަށަވަރުވެގެން ދެއެވެ. އެހެން ނަމަވެސް އިސްރާއީލުން އެ ޤައުމުގެ މައިގަނޑު މަޤްޞަދު ކަމުގައި ތަކުރާރުކޮށް ބުނަމުން އައި ޣައްޒާގައި ހަމާސްގެ ވެރިކަން ނައްތާލުން އެއީ ހާސިލު ކުރެވުނު ކަމަކަށް ނުވިއެވެ. މިއީ އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނެތަންޔާހޫ ހަނގުރާމަ ކުރިއަށް ގެންދިއުމުގެ އެންމެ ބޮޑު ސަބަބުގެ ގޮތުގައި ދައްކަވަމުން ގެންދެވި ވާހަކަ އެވެ.

އަނެއްކޮޅުން ނަތަންޔާހޫ އަށް ކުރިމަތިވެފައިވާ ފިއްތުންތައް ވަނީ އިތުރުވެފައެވެ. އޭނާގެ ސަރުކާރު އޭގެ މައްޗަށް ދެމި އޮތް ނާޒުކު އިއްތިހާދު ރޫޅުމުގެ ނުރައްކާ ވަނީ އިތުރުވެފައެވެ. އެމެރިކާގެ އައު ރައީސް ޑޮނަލްޑް ޓްރަމްޕްގެ ފްރެޝަރަށް ހަނގުރާމަ ހުއްޓާލުމަށް ނަތަންޔާހޫގެ ކެބިނެޓުން ފާސް ކުރި ނަމަވެސް ކޯލިޝަންގައި ހިމެނޭ ހައްދުފަހަނަ އަޅާފައިވާ ބައެއް ޕާޓީ ތަކުން ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމާ މުޅިން ދެކޮޅެވެ.

އޭގެ އިތުރުން އިސްރާއީލުގެ މީޑިއާގެ ފޯކަސް ބޮޑަށް އެނބުރިފައިވާ ތަން ފެންނަނީ ނަތަންޔާހޫ ހަނގުރާމައިގެ ކަންކަން ކުރިއަށް ގެންދެވި ގޮތާ މެދުގައެވެ. އިސްރާއީލުގެ މީޑިއާ އިން ވެސް އަދި އާންމުންވެސް އޭނާ ޣައްޒާ ހަނގުރާމަ ގެންދެވި ގޮތާ މެދު ހިތްހަމަ އެއް ނުޖެހެއެވެ. 

އިއްތިހާދު ރޫޅި އޭނާގެ ވެރިކަން ވެއްޓޭކަށް ނަތަންޔާހޫ ބޭނުމެއް ނުވެއެވެ. އަދި އޭނާގެ ބާރު ގެއްލި، ބޯމަތިވެފައި އޮތް ކޮރަޕްޝަންގެ ޝަރީޢަތާ ކުރިމަތިލައްވާކަށްވެސް އޭނާ ބޭނުމެއް ނުވެއެވެ. ހަމަ އެއާއެކު އިސްރާއީލުގެ އެންމެ ބޮޑު މަދަދުވެރިޔާ ކަމުގައިވާ އެމެރިކާގެ ވެރިކަމަށް ވަޑައިގަތް ޑޮނަލްޑް ޓްރަމްޕް ގެ ނުރުހުން ވެސް ބޭނުމެއް ނުވެއެވެ. އެއީ ބައިޑެންއާ ޚިލާފަށް، ޓްރަމްޕް "މެނިޕިއުލޭޓް" ކުރުން އުނދަގޫވާނެ ކަން ނަތަންޔާހޫ އަށް އެނގިވަޑައިގަންނަވައެވެ. 

ކެބިނެޓްގައި ހިމެނޭ ބެޒަލެލް ސްމޮޓްރިޗް އިސްވެ ހުންނަ ކަނާތުފިޔައިގެ ހައްދުފަހަނަ އެޅި ޕާޓީ ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމާ މެދު ވަނީ ވަރަށް ބޮޑަށް ރުޅި އައިސްފައެވެ. އެ ޕާޓީ އިއްތިހާދުން ވަކިވާ ހިސާބުން ނަތަންޔާހޫގެ ސަރުކާރަށް އޮތް އަޣުލަބިއްޔަތު ގެއްލޭނެ އެވެ. އަނެއްކޮޅުން އައު އިންތިޚާބަކަށް ކުރިމަތިލައްވާކަށް ނަތަންޔާހޫ ބޭނުންފުޅެއް ނުވެއެވެ. އެއީ ގިނަ މީހުން މިހާރު ބޭނުންވަނީ ނަތަންޔާހޫ ނޫން ގޮތެއް ކަމުގައިވާތީއެވެ. 

އިސްރާއީލުގެ ކަނާތުފިޔައިގެ ޤައުމީ ސަލާމަތާ ބެހޭ ވަޒީރު އިޓާމާރ ބެން-ގްވީރު އަދި އޭނާގެ ވަތަނީ-ދީނީ ޕާޓީގެ އިތުރު ދެ ވަޒީރުން ވަނީ ޣައްޒާގެ ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމަށް ނުރުހުންވެ ނަތަންޔާހޫގެ ކެބިނެޓުން އިސްތިޢުފާދީފައެވެ. މިއީ ވެރިކަން ހިންގާ އިއްތިހާދުން އެ ޕާޓީ ވަކިވުމެވެ. 

އިސްރާއީލުގެ ހައްދުފަހަނަ އެޅި ކަނާތުފިޔައިގެ މާލީ ވަޒީރު ސްމޮޓްރިޗް ވެސް ވަނީ ހަނގުރާމަ ހުއްޓާލައިފިނަމަ އިއްތިހާދީ ސަރުކާރުން ވަކިވާނެކަމުގެ އިންޒާރުދީފައެވެ. ސްމޮޓްރިޗްއަކީ ނަތަންޔާހޫގެ ސަރުކާރުގެ ބައިވެރިއެއް ކަމުގައިވާ ވަތަނީ-ދީނީ ޒަޔޮނިޒަމް ޕާޓީގެ އިސްވެރިޔާއެވެ. 

ތަޖުރިބާކާރުން ދެކޭ ގޮތުގައި ހަނގުރާމަ ކުރިއަށް ގެންދަން ދެއްކި އެންމެ ބޮޑު ސަބަބު ކަމުގައިވާ ހާމާސް މުޅިން ނައްތާލުމުގެ ވާހަކަ އަކީ ހަގީގަތަކަށް ނުހެދޭނެ ބޮޑު އޮޅުވާލުމެކެވެ. އިސްރާއީލުގެ ހަމާސް ނައްތާލުމުގެ ނުވަތަ ފުރިހަމަ ކާމިޔާބީގެ ޚިޔާލަކީ "ހާސިލުކުރެވޭނެ އެއްޗަކަށްވުރެ ބޮޑަށް އޮޅުވާލުމެއް" ކަމުގައި ތަޖުރިބާކާރުން ދެކެއެވެ.

އިތުރަށް ކިޔާލަން

09 ފެބުރުއަރީ 2017

އައިއެސްގެ ހަނގުރާމަވެރިން ކަމަށް ބެލެވޭ ބަޔަކު ރެޑް ކްރޮސްގެ މުވައްޒަފުންތަކެއް މަރާލައިފި

09 ފެބުރުއަރީ 2017
އައިއެސްގެ ހަނގުރާމަވެރިން ކަމަށް ބެލެވޭ ބަޔަކު ރެޑް ކްރޮސްގެ މުވައްޒަފުންތަކެއް މަރާލައިފި
01 ފެބުރުއަރީ 2017

ސީރިއާގެ ހަނގުރާމަވެރިންނަށް ޓްރަމްޕްގެ ސަރުކާރުން ހަތިޔާރު ފޯރުކޮށްދީފި

01 ފެބުރުއަރީ 2017
ސީރިއާގެ ހަނގުރާމަވެރިންނަށް ޓްރަމްޕްގެ ސަރުކާރުން ހަތިޔާރު ފޯރުކޮށްދީފި
30 ޖެނުއަރީ 2017

ޓްރަމްޕް ޔޫކޭއަށް ވަޑައިގަތުމާ ދެކޮޅަށް 24 ގަޑިއިރު ތެރޭ މިލިއަނަކަށްވުރެ ގިނަ ސޮއި

30 ޖެނުއަރީ 2017
ޓްރަމްޕް ޔޫކޭއަށް ވަޑައިގަތުމާ ދެކޮޅަށް 24 ގަޑިއިރު ތެރޭ މިލިއަނަކަށްވުރެ ގިނަ ސޮއި
25 ޖެނުއަރީ 2017

ސީރިޔާ ހަނގުރާމައިގެ ސުލްހައިގެ މަޝްވަރާތައް: ފުރަތަމަ ދުވަސް ކޮޅެއްގައި ނުޖެހުނު

25 ޖެނުއަރީ 2017
ސީރިޔާ ހަނގުރާމައިގެ ސުލްހައިގެ މަޝްވަރާތައް: ފުރަތަމަ ދުވަސް ކޮޅެއްގައި ނުޖެހުނު
23 ޖެނުއަރީ 2017

ސީރިއާގެ ހަނގުރާމައަށް ސުލްހަ ގެނައުމަށް މަޝްވަރާތައް ބާއްވަނީ

23 ޖެނުއަރީ 2017
ސީރިއާގެ ހަނގުރާމައަށް ސުލްހަ ގެނައުމަށް މަޝްވަރާތައް ބާއްވަނީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު