Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެޣައްޒާ ހަނގުރާމަ

އެއްބަސްވުމުގެ ދަށުން ހަމާސް އިން ފުރަތަމަ ތިން ރަހީނުން ދޫކޮށްލައިފި

އިސްރާއީލުގެ އިސް ފަރާތަކުން ރޮއިޓަރސް އަށް ބުނެފައިވަނީ ރެޑް ކްރޮސްއިން ބުނެފައިވާ ގޮތުގައި މި ތިން އަންހެނުންގެ ސިއްހީ ހާލަތުވެސް ރަނގަޅު ކަމުގައެވެ.

ރާއްޖެ އެމްވީ | 19 ޖެނުއަރީ 2025 | އާދީއްތަ 18:36
2025 ޖެނުއަރީ 19 - އޮކްޓޯބަރު 7، 2023 ގައި ހަމާސް އިން ރަހީނުކުރި މީހުންގެ ތެރެއިން ތިން އަންހެނުން ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމުގެ ދަށުން ރެޑްކްރޮސްގެ މެމްބަރުންނާ ހަވާލު ކުރަނީ

2025 ޖެނުއަރީ 19 - އޮކްޓޯބަރު 7، 2023 ގައި ހަމާސް އިން ރަހީނުކުރި މީހުންގެ ތެރެއިން ތިން އަންހެނުން ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމުގެ ދަށުން ރެޑްކްރޮސްގެ މެމްބަރުންނާ ހަވާލު ކުރަނީ

ޣައްޒާ ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމާ އެއްގޮތައް ހަމާސް އިން ފުރަތަމަ ތިން ރަހީނުން ރެޑް ކްރޮސްއާ އާދިއްތަ ދުވަހު ހަވާލުކޮށްފިއެވެ.

ޓީވީން ވަގުތުން ދައްކަމުން ދިޔަ މަންޒަރުތަކުން ފެންނަނީ ތިން އަންހެން ރަހީނުން، ހަމާސްގެ ހަނގުރާމަވެރިން ގާޑު ކޮށްފައިވާ ވެހިކަލަކުން ނުކުމެ އިންޓަނޭޝަނަލް ކޮމިޓީ އޮފް ދަ ރެޑް ކްރޮސްގެ ވެހިކަލްތަކަށް އެރި މަންޒަރެވެ.

އިސްރާއީލުގެ ސިފައިންގެ ބަޔާނެއްގައި ބުނެފައިވަނީ ރެޑް ކްރޮސް އިން މި ތިން ރަހީނުން ހަވާލުކުރިކަން ޔަގީންކޮށްދީފައިވާ ކަމަށެވެ.

އިސްރާއީލުގެ އިސް ފަރާތަކުން ރޮއިޓަރސް އަށް ބުނެފައިވަނީ ރެޑް ކްރޮސްއިން ބުނެފައިވާ ގޮތުގައި މި ތިން އަންހެނުންގެ ސިއްހީ ހާލަތުވެސް ރަނގަޅު ކަމުގައެވެ.

އަނެއްކޮޅުން އިސްރާއީލުން ހިފާފައިވާ ހުޅަނގު އައްސޭރީ ގައި، އިސްރާއީލުގެ ބަންދުން ދޫކުރެވޭ ފަލަސްޠީނު މީހުން އުފުލުމަށް އުޅަނދުތައް ވަނީ ތައްޔާރުވެފައެވެ. ހަމާސް އިން ބުނެފައިވާ ގޮތުގައި ރަހީނުން މިނިވަން ކުރުމުން އޭގެ ބަދަލުގައި ދޫކުރެވޭ ފަލަސްތީނުު މީހުންގެ ފުރަތަމަ ގްރޫޕުގައި ހިމެނެނީ 69 އަންހެނުންނާއި 21 ޒުވާން ފިރިހެނުންނެވެ.

އިސްރާއީލާއި ހަމާސްއާ ދެމެދު 15 މަސްދުވަސް ވަންދެން ހިނގަމުންދިޔަ ހަނގުރާމައިގެ ފުރަތަމަ ފިޔަވެއްސަށް އަމަލީ ސިފަ ގެނެވުނީ ކުރިން އެއްބަސްވެފައިވާ ސުންގަނޑިއަށް ވުރެ ތިން ގަޑިއިރުގެ ލަސްވުމަކަށްފަހުގައެވެ. އެ ވަގުތުކޮޅުގެ ތެރޭގައި އިސްރާއީލުގެ ބާރުތަކުން ޣައްޒާއަށް ހަމަލާ ދިނުމުގެ ސަބަބުން 13 މީހުން ޝަހީދުވެފައިވާ ކަމަށް ފަލަސްޠީނުގެ ޞިއްޙީ އިދާރާތަކުން ބުނެފައިވެއެވެ.

މި އެއްބަސްވުމުގައި ހިމެނެނީ ހަނގުރާމަ ހުއްޓާލުމާއި، ޣައްޒާއަށް އެހީ ފޯރުކޮށް ދިނުމާއި، އަދި ފުރަތަމަ 6 ހަފްތާގެ ތެރޭގައި އަދިވެސް ޣައްޒާގައި ހިފަހައްޓާފައިވާ 98 ރަހީނުންގެ ތެރެއިން 33 މީހުން ދޫކޮށްލުމެވެ. މީގެ ބަދަލުގައި އިސްރާއީލުގެ ޖަލުތަކުގައި ތިބި އެތައް ސަތޭކަ ފަލަސްޠީނު މީހުން މިނިވަންވާނެއެވެ.

އިތުރަށް ކިޔާލަން

25 ފެބުރުއަރީ 2017

ޕާކިސްތާނު މަތިންދާ ބޯޓަކަށް ގޮނޑިއަށް ވުރެ ގިނައިން ފަސިންޖަރުން އެރުވި މައްސަލަ ބަލަނީ

25 ފެބުރުއަރީ 2017
ޕާކިސްތާނު މަތިންދާ ބޯޓަކަށް ގޮނޑިއަށް ވުރެ ގިނައިން ފަސިންޖަރުން އެރުވި މައްސަލަ ބަލަނީ
25 ފެބުރުއަރީ 2017

އިރާގުން ފުރަތަމަ ފަހަރަށް ސީރިޔާގައި ހަރަކާތްތެރިވާ އައިއެސްއަށް ހަމަލާ ދީފި

25 ފެބުރުއަރީ 2017
އިރާގުން ފުރަތަމަ ފަހަރަށް ސީރިޔާގައި ހަރަކާތްތެރިވާ އައިއެސްއަށް ހަމަލާ ދީފި
21 ފެބުރުއަރީ 2017

ސައުދީ ސްޓޮކް އެކްސްޗޭންޖް އިން ފުރަތަމަ ފަހަަރަށް އަންހެންބޭފުޅަކު، އެތަނުގެ ޗެއާޕާސަން ކަމަށް އައްޔަން ކުރައްވައިފި

21 ފެބުރުއަރީ 2017
ސައުދީ ސްޓޮކް އެކްސްޗޭންޖް އިން ފުރަތަމަ ފަހަަރަށް އަންހެންބޭފުޅަކު، އެތަނުގެ ޗެއާޕާސަން ކަމަށް އައްޔަން ކުރައްވައިފި
18 ފެބުރުއަރީ 2017

ދެހާސްފަހެއްގައި އިންޑިއާގައި ދެވުނު ބޮން ގޮއްވުމުގެ ހާދިސާތަކުގައި ހައްޔަރު ކުރެވުނު ތިން މީހުން ދޫކޮށްލައިފި

18 ފެބުރުއަރީ 2017
ދެހާސްފަހެއްގައި އިންޑިއާގައި ދެވުނު ބޮން ގޮއްވުމުގެ ހާދިސާތަކުގައި ހައްޔަރު ކުރެވުނު ތިން މީހުން ދޫކޮށްލައިފި
11 ފެބުރުއަރީ 2017

ޔަމަނުގައި އެކަށީގެންވާ ވަރަށް ކާނާ ނުލިބޭ މީހުން އަދަދު ހަތް މަސް ތެރޭގައި ތިން މިލިއަނަށް އިތުރުވެއްޖެ: އދ.

11 ފެބުރުއަރީ 2017
ޔަމަނުގައި އެކަށީގެންވާ ވަރަށް ކާނާ ނުލިބޭ މީހުން އަދަދު ހަތް މަސް ތެރޭގައި ތިން މިލިއަނަށް އިތުރުވެއްޖެ: އދ.
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު